29‏/10‏/2009

ޢަބޫބަކުރުގެ ފާނުގެ ޙަޔާއްޕުޅު




މުސްލިމުންގެ ފުރަތަމަ ޚަލީފާ ޢަބޫބަކުރުގެ ފާނުގެ ޙަޔާއްޕުޅު



28‏/10‏/2009

އައްބާސީ ދައުލަތް ހެދިބޮޑުވުން

އައްބާސީ ދައުލަތް ހެދިބޮޑުވުން

(އުފެދިގެން އައިގޮތް)

ކީރިތި ރަސޫލާ މިދުނިޔެދޫކުރަށްވައި ސުވަރުގެ ވަޑައިގެންނެވީ އެކަލޭގެފާނަށް ފަހު މިއުންމަތުގެ މައްޗަށް ޚަލީފާއަކު އައްޔަން ކުރައްވާފަ އެއްނޫނެވެ. އެކަން އެކަލޭގެފާނު މީސްތަކުންގެ މައްޗަށް ދޫކޮށްލެއްވިއެވެ. އެކަލޭގެފާނު ދަސްކޮށްދެއްވާފައިވާ ފުރިހަމަ ރިވެތި އަޚުލާޤާއި ސުލޫކުގެ މަތިވެރިކަން އެތައްގުނައަކަށް ހާމަވެގެންދިޔައީ އަބޫބަކުރުގެފާނު ޚަލީފާކަމަށް އިސްކުރެވުނު ފުރިހަ އިންތިޒާމީނިޒާމާއި މީސްތަކުން އެކަލޭގެފާނަށް ކިޔަމަންތެރިކަން އަދާކުރުމުންނެވެ. އެއަށްފަހު ޢުމަރުގެފާނު ދެންއުޘްމާނުގެފާނު ޚަލީފާކަމަށް އިސްކުރެވުނެވެ. އުޘްމާނުގެފާނު ޚަލީފާކަމުގެ ދައުރުގައި ޢައްބާސްގެފާނު އަވަހާރަވީއިރު އެކަލޭގެފާނުގެ ބެއިފުޅުންގެ ތެރެއިން އެންމެ ފާހަނގަ ކޮށްލެވޭ އެއްބޭފުޅަކީ އަބުދުﷲ ބިން ޢައްބާސްއެވެ.

އުޘްމާނުގެފާނު ޚަލީފާކަމަށް އަހަރުވެގެން ދިޔުމުން ބައެއްމީހުންގެ ހިތުގައި، ޚަލީފާކަމުން ޢުޘްމާނުގެފާނު ޢަޒަލުކުރުމަށްފަހު ޢަލީގެފާނު ޚަލީފާކަމަށް އިޚްތިޔާރު ކުރުމުގެ ޝުޢޫރުތަކެއް އުފެދިގެން ދިޔައެވެ. އަދި މިފިތުނާގައި މިބައިމީހުންގެ ޢަދާވާތްތެރިކަމާއި ނަފްޞުގައި ފޮރުވިފައިވާ ނުބައިކަން ފައުޅުކޮށް ނުޙައްޤުން ޢުޘްމާނުގެފާނު ޝަޙީދުކުރިއެވެ. މިގޮތުން އުފެދުނު ފިތުނަވެރިކަމުގެ ތެރޭގައި ޢަލީގެފާނު ޚަލީފާކަމަށް އިސްކުރުވަން މަސައްކަތްކުރިމީހުންނަށް ކާމިޔާބުލިބުނީ، ޢަލީގެފާނު ޚަލީފާކަން ނޫންއެހެންގޮތެއް ނެތިގެން އެކަން ޤަބޫލްފުޅު ކުރެއްވީމައެވެ. އެކަލޭގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރު ހޭދަކުރެއްވީ ދެކޮޅުވެރިންނާއި ހަނގުރާމަ ކުރެއްވުމާއިގެން، ބަޞަރާއާއި، ނަހުރުވާނާއި ޞިއްފީނުގައެވެ.ޢަލީގެފާނު ޝަހީދުވުމުން ޝީޢީން އެކަލޭގެފާނުގެ މަޤާމަށް ދަރިކަލުން އަލްހަސަން ބިން ޢަލީ އައްޔަން ކުރިއެވެ. ނަމަވެސް އެކަލޭގެފާނަށް މުސްލިމުންގެޙާލަތު ވިސްނިވަޑައިގެން ޞުލްހައަށްޓަކައި ޚަލީފާކަމުން ތަނާޒުލް ވެވަޑައިގެންނެވިއެވެ.

ހިޖުރައިން 40 ވަނައަހަރު މުއާވިޔަތުގެފާނު އުމަވީދައުލަތުގެ ބިންގާއެޅުއްވިއެވެ. އަދި އެކަލޭގެފާނަށްފަހު އިސްލާމީ ޚިލާފަތަކީ ވިރާސީ ރަސްކަމަކަށް ބަދަލުކުރެއްވިއެވެ. އެކަލޭގެފާނު އަވަހާރަވުމަށްފަހު ދަރިކަލުން ޔަޒީދުބިން މުޢާވިޔާއަށް ބައިއަތު ހިތްޕެވުމުގެ ނަތިޖާއަކަށް ވެގެންދިޔައީ އިސްލާމި ކަންކޮޅުތަކުގައި، މަދިނާ، މައްކާ، ކޫފާގައި ފިތުނައާއި ހަމަނުޖެހުން އުފެދިގެންދިޔުމެވެ. މަދީނާގެ އަހުލުވެރީން ޔަޒީދު ބިން މުޢާވިޔާ އަޒުލުކުރުމަށް އެދެމުންދިޔައެވެ. މިކަމުގައި ކުރިއަށް ތިއްބެވީ އަންޞާރިއްޔަ ބޭކަލުންގެ ދަރިދަރިކަލުންނެވެ. ކޫފާގައި ތިބި ޝީޢީން ހުސައިންގެފާނަށް ބައިއަތު ހިފުމަށް ބޭނުންވިއެވެ.

ހަމައެދުވަސްވަރު މުޙައްމަދު ބިން ޢަލީ އަބުދުލް މަލިކު ބިން މަރުވާނަށް ޚަލީފާކަމަށް ބައިއަތު ހިއްޕެވުނީ އުމަވީ ދައުލަތުގެ ކަންތައް ހަމަޖެހުމުންނެވެ. މުޙައްމަދު ބިން ޢަލީ އަވަހާރަ ވުމުން ޝީޢީންގެ ފިކުރުތައް މުޅީންބަދަލުވެ އޮޅުންބޮޅުން ގަނޑަކަށްވެގެން ދިޔައެވެ. މިގޮތުން ޙުސައިންގެ ފާނަށްފަހު ދަރިކަލުން ޒައިނުލް ޢާބިދީން އެބައިމީހުންގެ ވެރިއަކު ކަމުގައި ހަމަޖެއްސެވިއެވެ. އެކަލޭގެފަނު ވަނީ ޔަޒީދު ބިން މުޢާވިޔާ އާއި ޢަބުދުލް މަލިކު ބިން މަރުވާނަށް ޚާލީފާ ކަމަށް ބައިއަތު ހިއްޕަވާފައެވެ.

މިފަދަ އޮޅުންބޮޅުން ގަނޑެއްގެތެރޭގައި މިބައިމީހުންވަނިކޮށް ޢައްބާސީ ދައުލަތް ވުޖޫދަށް އައުމުގެ ކުލަވަރު ފެންނަންފަށައިފިއެވެ. އައްބާސީ ދަރިކޮޅު ފެތުރިގެން ދިޔައީ ޢައްބާސްގެފާނުގެ ބޭފުޅުންގެ ތެރެއިން އެންމެ ދޮއްޓަށް ހުންނެވި، ޢަލީ ބިން އަބުދުﷲ ބިން ޢައްބާސްގެފާނު ފަރާތްޕުޅުންނެވެ. ފުރަތަމަފަހަރަށް ޚަލީފާކަމުގެ ރޫޙު އުފެދިގެން ދިޔައީވެސް ޢަލީ ބިން އަބުދުﷲ ޢައްބާސްގެފާނު އުމަވީދައުލަތުގެ ޚަލީފާ އަލްވަލީދުބިން ޢަބުދުލް މަލިކު، އެކަލޭގެފާނު ހުމައިމިއްޔާއަށް ފޮނުއްވާފައި ހުންނަވަނިކޮށް، ޢައްބާސީންނަށް އިސްލާމި ޚިލާފަތު ފޮރޮޅާއިލުމުގެ ޚިޔާލު އުފެދުމުންނެވެ. އަދި މިކަމާއި ޚިޔާލްހޯއްދެވުމުގެ މަސައްކަތްޕުޅު ފެއްޓެވިއެވެ.

މުޙާއްމަދު ބިން ޢަލީ ބިން ޢާބުދުﷲ ބިން ޢައްބާސަކީ ޢައްބާސީންގެ ތެރޭގައި އެއިރު ހުންނެވި އެންމެ ސިކުނޑި ތަނަވަސް އަދި އެމީހުންގެ ރައީސްމެއެވެ. އެކަލޭގެފާނުގެ މަޝްވަރާއަކީ ވެރިކަމުގެ ބާރު އެބައެއްގެ އަތުން އަނެއްބައަކަށް ފޮރޮޅާލުމަށްޓަކައި ދުރާލަ އެކަމަށް ރާވައި ތައްޔާރުވާންޖެހޭނެކަމެވެ. އަހުލުބައިތުންނަށް ވެރިކަމުގެ ބާރުހޯއްދަވައި ދެއްވުމަށް، ދުޢާތުންތަކެއް ހޯއްދަވައި ދެއްވުމަށް އެކަލޭގެފާނަށް ތާޢީދު ކުރައްވާ ބޭފުޅުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ. އަދި މިބޭފުޅުން ހޯއްދަވާއިރު އަހުލުބައިތުންގެ ވަކިބަޔަކު ކަނޑަނޭޅުމަށް އެންގެވީ ބަނީއުމަށްޔަތު ވަންހައިގެ މީހުންނަށް އެކަން އެގިއްޖެނަމަ ނަތީޖާ މާރަގަޅު ނުވާނެތީއެވެ. އަދި މިދަޢުލަތުގެ ދަޢުވަތު ފެތުރުމަށްޓަކައި އެންމެރަގަޅު މަރުކަޒެއްކަމުގައި އެކލަލޭގެފާނު ވިދާޅުވީ ކޫފާއަޢި ޚުރާސާނުގެ ރަށްތައްކަމަށެވެ. އަދި ދުޢާތުން ޚުރާސާނަށް ފޮނުއްވަމުން ޢަލީ ބިން ޢަބުދުﷲ ވިދާޅުވިއެވެ. އެތަނުގައި ވަރަށްގިނަ ބަޔަކުވެއެވެ. އެއީ ތަނަވަސް މޭމަތިތަކެއްގެވެރި ސަލާމަތްހިތްތަކެއްގެ ވެރިބައެކެވެ.

ޢުމަވީ ދައުލަތް ވައްޓާލައި ޢައްބާސީން އެމިހުންގެ ޙަރަކާތްތައް ފެށީ އަލްކޫފާގައެވެ. އެއީ ޢައްބާސީދައުލަތުގެ ފުރަތަމަ ވެރިރަށެވެ. ނަމަވެސް ޢައްބާސީ ދައުލަތުގެ ޒަމާނުގައި މިރަށުގައި ދީނީ، ޞިޔާސީ ހަމަނުޖެހުންތަކާއި ކުރިމަތިލާންޖެހުނެވެ. އޭގެތެރޭގައި އިސްމާޢިލީންގެ ހަރަކާތްތަކާއި ޤަރާތިމީންގެ ހަރަކާތްތައް ފާހަނގަކުރެވެއެވެ.

ޞިއްރު ޖަމްޢިއްޔާ:-

ޢައްބާސީދައުލަތުގެ ޞިއްރު ޖަމްޢިއްޠާ އެކުލަވައިލެވުނީ ޢަލީ ބިން ޢަބުދުﷲ ބިން ޢައްބާސް ދުނިޔޭގައި ހުންނަވަނިކޮށް ހިޖުރައިން 2 ވަނަ ޤަރުނުގައެވެ. އެކަލޭގެފާނު އަވހާރަވީ ހިޖުރައިން 117 ނުވަތަ 118 ވަނަ އަހަރުއެވެ. ބައެއްރިވާޔަތްތަކުގައި ހިޖުރައިން 114 ވަނައަހަރު ކަމަށްވެއެވެ. އެއިރު އެކަލޭގެފާނު ހުންނެވި އަލްހުމައިމާގައެވެ. އަދި ބަނީ އުމައްޔަތރު ވަނހައިގެ ޚަލީފާއަކީ ޢުމަރު ބިން އަބުދުލް އަޒީޒުއެވެވެ.

ޢައްބާސީ ދައުލަތް ފެތުރުމަށްޓަކައި މައިގަނޑުދެމަރުކަޒެއް ކަނޑައެޅުއްވިއެވެ. ފުރަތަމަ މަރުކަޒަކީ ކޫފާއެވެ. އަދި މިދައުވަތުގެ މުޢާސަލާތީ ކަންތައް ހިގަމުންދިޔައި ކޫފާގައެވެ. މައިސަރާ މަވްލާ ޢަލީ ބިން އަބުދުﷲ ހުންނެވީވެސް ކޫފާގައެވެ. ދެވަނައީ ޢައްބާސި އަދުލަތުގެ ޙަޤީޤީ މަރުކަޒު ކަމުގައިވާ ޚުރާސާނެވެ. ޢަލީ ބިން އަބުދުﷲ ބިން ޢައްބާސް ޚުރާސާނަށް މުޙައްމަދު ބިން ޚުނައިސާއި އަބޫ ޢިކުރާމާ އައްޞިރާޖު ފޮނުއްވައި ބާރަ ނަޤީބުން އިޚުތިޔާރު ކުރެއވިއެވެ. މިބެއިކަލުން ނަކީ: .

9- އަލްޤާސިމް ބިން މުޖާޝިޢު އައްތަމީމީ

5- ޢީސާ ބިން އަޢުޔުނު އަލްޚުޒާޢީ

1- ސުލައިމާން ބިން ކަޘީރު އަލްޚުޒާޢީ

10- އަބޫ ދާޥޫދު ޚާލިދު ބިން އިބުރާހީމް އައްޝައިބަނީ

6- ޤަޙްޠަބާ ބިން ޝަބީބު އައްޠާއީ

2 - މާލިކު ބިން އަލްހައިޘަމް އަލްޚުޒޢީ

11- ޢަބޫ ޢަލީ އަލްހަރަވީ ޝުބުލު ބިން ޠަހްމާނު އަލްޙަނަފީ

7- ލާހިޒު ބިން ޤުރައިޟް އައްތަމީމީ

3- ޠަލްޙަތު ބިން ޒުރައިޤު އަލް ޚުޒާޢީ

12- ޢިމްރާން ބިން އިސްމާޢީލް އަލްމުޢައިޠީ

8- މޫސާ ބިން ކަޢްބު އައްތަމީމީ

4- ޢަމްރު ބިން އަޢުޔުނު އަލްޚުޒާޢީ

މިބައިމީހުންގެ ކަންތަކަށް ފަސޭހަ ކުރުމަށްޓަކައި މަޝަވަރާކޮށް ވާހަކަ ދެއްކުމަށްޓަކައި އިތުރު 70 މީހުން އިޚްތިޔާރުކުރިއެވެ. މުހައްމަދު ބިން ޢަލީ އެބައިމީހުންގެ މަސައްކަތް ކުރިއައްގެންދާންވީގޮތުގެ ނާރެހެއް ކުރުއްސެވިއެވެ. އަދި ދުޢާތުންއެމީހުންގެ މަސައްކަތާއިގެން ހިޖުރައިން 2 ވަނަ ޤަރުނާއިހަމައަށް (132) އަށް ކުރިއަށް ގެންދިޔައެވެ.

ޢައްބާސީ ދައުވަތުގެ މުއްދަތު ބެހިގެންދިޔަ ފުރަތަމަ މަރުޙާލާ ފެށުނީ ހިޖުރައިން ފުރަތަމަ ޤަރުނުގެ ތެރޭގައެވެ. އެއީ ޢުމަވީ ދައުލަތުގެ ބާރުގެ ދުވަސްވަރެވެ. އުމަވީ ޢައިލާގެ ތެރޭގައިވާނީ އެކުވެރިކަމާއި އެއްބައިވަންތަކަމަށް ވީއިރު، ޚުރާސާނުގައި ތިބި ސިފައިންގެ މެދުގައި ޤަޢުމީ އަސަބިއްޔަތެއް އުފެދިފައެއް ނުވެއެވެ. 27އަހަރަށް ދެމިގެންދިޔަ ފުރަތަމަ ދައުރު ނިމިގެން ދިޔައީ ޞުލްހް މަސްލަސް ކަމާއެކީގައެވެ. ދެވަނަ މަރުހާލަފެށުނީ އަބޫމުސްލިމް އެދައުވަތާއިގުޅި ބާރުގެ ބޭނުންކުރަންޖެހި އެކަމުގެ މަގުފަހިވެގެން ދިޔަ ހިސާބުންނެވެ.

ޢައްބާސީ ދައުލަތް ރަސްމީގޮތުން އިޢުލާން ކުރެވުނީ ހިޖުރައިން 132 ވަނައަހަރު މަރުވާން ބުނު މުހާއްމަދު އަވަހާރަކޮށްލައި އިސްތަށިފުޅު އަބުލް ޢައްބާސް އާއި ހަމައަށް ގެންދެވުމުންނެވެ. އަދި އޭނާގެ ލީޑާރުންނަށް ބައިއަތު ޖިއްޕެވުމާއިއެކު ޢައްބާސީ ދައުލަތް އިޢުލާން ކުރެއްވިއެވެ. ޢައްބާސީންނަށް އިސްލާމީ ޚިލާފަތު ލިބުނިއިރު ދައުލަތުގެ ބޮޑު މިނެއްކަމުގައި ޢަބޫ އަބުދުﷲ މުޙައްމަދު ބިން އަޙުމަދު އަލްމަޤްދިސީ ބަޔާންކުރައވާފައިވަނީ 2600 ފަރުސަޚުކަމަށެވެ. އެއީ ޤަޒުވީން ކަނދުގެ ގޮނޑުދޮށުން ފެށިގެން ބިލާދުއްނޫބާގެ ނިމެންދެނެވެ. އަދި ދައުލަތް 14 ބަޔަކަށް ބެހިގެން ގޮސްފައިވެއެވެ. އެއި ޢަރަބި ބަހުން ވާހަކަދައްކާ 6 އިޤްލީމާއި، އަޖަމީ، ޢަރަބިބަސްނޫން ބަސްބަހުން ވާހަކަ ދައްކާ 8 އިޤްލީމެވެ.

ޢައްބާސީ ދައުލަތުގެ ޚަލީފާއިން


އަބުލް ޢައްބާސް އައްސައްފާހު (أبوالعبا س السفا ح)

ފުރިހަމަ ނަންފުޅު:
އަބުލްޢައްބާސް ޢަބްދުﷲ ބިން މުޙައްމަދު ބިން ޢަލީ ބިން ޢަބްދުﷲ ބިން ޢައްބާސް ބިން ޢަބްދުލްމުއްޠަލިބު ބިން ހާޝިމް.


މަންމާފުޅު :
ރައިޠާ ބިންތު ޢުބައިދިﷲ ބިން ޢަބްދުﷲ ބިން ޢަބްދުއްދާރެވެ.

އުފަންވެ ވަޑައިގަތުން:
އެމަނިކުފާނު އުފަންވެވަޑައިގަތީ ހިޖުރައިން 108 ވަނައަހަރު އަލްޙުމައިމިއްޔާގައެވެ. އަދި ބޮޑުފުޅުވީވެސް އެރަށުގައެވެ.


 

ޚަލީފާ ކަމަށް ބައިޢަތުހިފުން

     އަބުލް ޢައްބާސަށް ޚަލީފާކަމަށް ބައިޢަތު ހިއްޕެވީ އުމަވީދައުލަތުގެ އެންމެ ފަހު ޚަލިފާ މަރަވާން ބިން މުޙައްމަދު ޚަލީފާކަމުގައި ހުންނަވަނިކޮށް ރަބީޢުލް އައްވަލުމަހުގެ ބާރަވީ ހުކުރު ދުވަހުއެވެ. ޚަލީފާކަމުގެ ޢާއްމު ބައިޢަތު ހިފެވުނީ ކޫފާގައި ހިޖުރައިން 132 ވަނަ އަހަރު މީލާދީން 749 ވަނައަހަރު އެވެ.

ޢާއްމު ދިރިއުޅުއްވުން

     ޢަބުލްޢައްބާސަކީ އަބޫޖަޢުފަރަށްވުރެ ހަނގުބޭފުޅެއް ނަމަވެސް ވެރިކަމާއި ހެދި އެއްބޭފުޅަކު އަނެއްބޭފުޅެއްގެ މައްޗަށް ކަނޑިއުފުއްލަވައި ފިތުނަވެ ނުލައްވައެވެ. ދެބޭފުޅުންގެ މެދުގައި އޮތީ ލޯތްބާއި އޯގާތެރިކަމާއި ކަމޭހިތުމެވެ. ޢައްބާސީންނަށް އެމީހުންގެ ދައުލަތުގެ ކަންތައްތައް ޤާއިމުކޮށްދިންމީހަކީ އަބޫމުސްލިމުލް ޚުރާސާނީއެވެ. މިގޮތުން އޭނާ އިރުމައްޗާއި ހުޅަގުގައި އަބުލްޢައްބާސް އައްސައްފާޙުގެ ބާރުގަދަ ކޮށްދިނެވެ.

އެކަލޭގެފާނަށް ޚަލީފާކަމުގެ ބައިއަތު ހިއްޕެވުމުން މީސްތަކުންނާއި މުޚާތަބު ކުރައްވައި ވިދާޅުވި ޚުތުބާގައި ވެއެވެ. " فإن لم أكن فيكم خطيبا فإننى ، بسيفى إذا جدّ الواغى لخطيب " އެއަށްފަހު
ކަނޑި ހިތްޕަވައިގެން މިންބަރުން ފޭބެންނެވިއެވެ. އެމަނިކުފާނުގެ ފަޞާޙަތްތެރިކަމުގެ ސަބަބުން މީސްތަކުން ޢަޖާއިބު ވިއެވެ. އެމަނިކުފާނުގެ މިޚުޠުބާގެ ބަސްކޮޅުތައް ކިތަންމެ ކުރު ނަމަވެސް މިޚުޠުބާގައި އެމަނިކުފާނު ހުރިހާ ކަމެއް ޝާމިލު ކުރައްވާފައެވެ. ޢަބުލްޢައްބާސްގެ ޙަޔާތްޕުޅުގައި އެމަނިކުފާނު ހާޝިމިއްޔާ ބިނާކުރެއްވިއެވެ. މިހާރުއެރަށް މަޝްހޫރު ވެފައިވަނީ އަލްއަންބާރުގެ ނަމުންނެވެ. ޢަބުލްޢައްބާސްގެ ޚަލީފާގެ ޙަޔާތްޕުޅަކީ ހަމަހިމޭން ޙަޔާތް ޕުޅެއްނޫނެވެ. އެމަނިކުފާނު ޚަލީފާކަމަށް އިސްވެވަޑައިގެންނެވިއިރު އުމަވީ ދައުލަތުގެ އެންމެފަހު ޚަލީފާ މަރަވާން ބިން މުޙައްމަދު ދުނިޔޭގައި ހުންނެވިއެވެ. އެހެންކަމުން ދެބައިމީހުންގެ މެދުގައި އަށްމަސް ދުވަސްވަންދެން ހަނގުރާމަ ހިގައިދިޔައެވެ. އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރު ފުރަތަމަފަހަރަށް ދައުލަތުގެ މިނިސްޓްރީތައް އުފެއްދެވިއެވެ. އަދި އެޚިލާފަތުގެ ވެރި ރަށެއްގެ ގޮތުގައި އަލް އަންބާރު ކަނޑައެޅުއްވިއެވެ.

އަވަހާރަވުން:

         ކީރިތި قران
ގިނައިން ކިޔުއްވާ އުޅުއްވި އަޅުވެރި ބޭކަލެއްކަމަށް ވެއެވެ ޢަބުދުﷲ ބިން މުޙައްމަދު އައްސައްފާހު މިދުނިޔެ ދޫކުރެއްވީ ހިޖުރައިން 136 ވަނަ އަހަރު، މީލާދީން 754 ވަނައަހަރު ذى
الحجة

މަހު 13 ވަނަދުވަހު އަލްއަންބާރުގައެވެ. އެކަލޭގެފާނުގެ ޢުމުރުފުޅަކީ 33 އަހަރެވެ. ޚަލީފާކަމުގެ މުއްދަތަކީ 4 އަހަރާ 8މަސްދުވަހެވެ. އެމަނިކުފާނަށް އިމާމުވެ ކަށުނަމާދު ކުރެއްވީ ބޮޑުބޭބޭ
عيسى
بن
على އެވެ.


 

އަބޫޖައުފަރުލް މަންޞޫރު (أبوجعفرالمنصور)

        أبوجعفرالمنصور
ގެ ފުރިހަމަ ނަންފުޅަކީ، އަބޫ ޖައުފަރު އަބުދުﷲ ބިން ޢަލީ ބިން ޢަބުދުﷲ ބިން އަލް ޢައްބާސް ބިން ޢަބުދުލް މުޠަލިބު ބިން ޙާޝިމް އެވެ. މަޝްޙުރުވެ ވަޑައިގެންފައިވަނީ أبوجعفرالمنصور
ގެ ނަމުންނެވެ. މަންމާފުޅަކީ، سلامة
البربرية

(އުއްމު ވަލަދު)އެވެ.
މިއީ ޙާޝިމީ ދަރިކޮޅުގެ ދެވަނަ ޚަލީފާއެވެ.
أبوجعفرالمنصور
އުފަންވެވަޑައިގަތީ ހިޖުރައިން 95 ވަނައަހަރު ذى
الحجة ، މީލާދީން 714 ވަނަ އަހަރުއެވެ

ޚަލީފާ ކަމަށް ބައިޢަތުހިފުން

ޚަލީފަކަމަށް ބަޢިއަތު ހިއްޕެވީ އެމަނިކުފާނުގެ އަޚު أبو
العباس
السفاح
އަވަހާރަވުމާއި ވިދިގެންނެވެ. މީލާދީން 754 ވަނައަހަރު އެމަނިކުފާނުގެ ޢުމުރުފުޅުން 41 ގައެވެ. أبوجعفرالمنصور ޚަލީފާކަމަށް ބައިޢަތު ހިޕެވުނުއިރު އަންދަލުސްގައި ވެރިކަން ކުރައްވަމުންގެންދެވީ عبد
الرحمن
الداخل
معاوية
بن
هشام
بن
عبد
الملك
(138ޙ 755މ) އެވެ. ފްރާންސްގެ ވެރިއަކީ بران އެވެ. އެއަށްފަހު شارلمان

( 151ހ 768މ)އެވެ. ރޯމަން އެމްޕެރާއަކަށް ހުންނެވީ قسطنطين
الخامس
އެވެ.

ހިޖުރައިން 145 ވަނައަހަރު ބަޣުދާދު ބިނާކުރެއްވުމަށް ޢަމުރު ކުރެއްވިއެވެ. އެރަށް ބިނާކުރެއްވުމުން ދަޢުލަތުގެ ވެރިރަށް ކަމުގައި އެރަށް ހަމަޖެއްސެވިއެވެ. ޢައްބާސީ ދައުލަތުގައި ވެރިކަން ކުރެއްވި ގިނަ ޚަލީފާއިންތަކެއް ނިސްބަތްވަނީ أبوجعفرالمنصور
އަށެވެ.

     أبوجعفر
المنصور
އަކީ ފިޤްހު ޢިލްމު ދެނެލައްވާ، ފަލަކް އަދި ފަލްސަފާގައި ކުރިއަރާފައިވާ ޢިލްމުވެރިއެކެވެ. أبوجعفرالمنصور ހިޖުރައިން 142 ވަނައަހަރު މީލާދީން 759ވަނަ އަހަރު ބަޞަރާގެ އަހުލުވެރިންނަށްޓަކައި މިސްކިތެއް ބިނާކޮށްދެއްވިއެވެ. އެމަނިކުފާނު އަވަހާރަވީ ހިޖުރައިން 158 ވަނަ އަހަރު މީލާދީން 775 ވަނަ އަހަރު ޙައްޖުކުރެއްވުމަށް އިޙްރާމްބަންނަވައިގެން ހުންނަވަނިކޮށެވެ. ފަސްދާނުލެވިފައިވަނީ މައްކާގެ ހުޖޫންއޭ ކިޔޭހިސާބުގައެވެ. ޢުމުރުފުޅަކީ 63 އަހަރެވެ. ވެރިކަން ކުރައްވާފައިވަނީ އެކާވީސްއަހަރާ އެގާރަމަހާ ތޭވީސްދުވަހުއެވެ. އަވަހާރަ ވުމާއި ހަމައަށް ހުންނެވީ ޚަލީފާކަމުގައެވެ.


 

أبوعبدالله އަލް މަހުދީ

ފުރިހަމަ ނަންފުޅަކީ މުހައްމަދު ބިން ޢަބުދުﷲ އަލްމަންޞޫރު ބިން މުޙައްމަދު ބިން ޢަލީ ބިން ޢަބުދުﷲ ބިން އަލްޢައްބާސްއެވެ. މަންމަފުޅަކީ، އަރްވާ ބިންތި މަންޞޫރު ބިން ޢަބުދާ އަލް ހުމައިރީއެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 127 ވަނައަހރުއެވެ. މިއި ޢައްބާސީ ދައުލަތުގެ 3 ވަނަ ޚަލީފާއެވެ.

ޚަލީފާކަމަށް ބައިއަތު ހިއްޕެވީ ހިޖުރައިން 158 ވަނައަހަރު ބައްޕާފުޅު أبوجعفرالمنصور
އަވަހާރަވުމާއި ގުޅިގެންނެވެ. އެކަލޭގެފާނަކީ ރައްޔިތުން ދެކެ ލޯބިވެލައްވާ، އުޅުމާއި ޚުލްޤުހެޔޮ މާތްބޭފުޅެއްކަމަށް މަޝްޙޫރުވެފައިވެއެވެ. ވެރިކަމުގެ ދުވަސްވަރު އިންޑިޔާގެ އިރުބަދާއޭ ކިޔުނު ހިސާބާއި ރޫމީންގެ އެތައް ރަށްތަކެއް ފަތަޙަ ކުރައްވައި ރަސާފާ މިސްކިތް ބިނާކުރެއްވިއެވެ. ޙިޖާޒު ކަރައިން އިރާޤަސް ފުރަތަމަ ފަހަރަށް ޕޯސްޓްގެ ޚިދުމަތް ތަޢާރަފް ކުރައްވައި، މަގުތައްހައްދަވައި، ވިޔަފާރި ފުޅާކުރެއްވިއެވެ. މަސްޖިދުލް ޙަރާމް އަދި މަސްޖިދުލް ނަބަވީއަށް ޒިޔާރަތް ކުރެއްވުމަށް މީސްތަކުންނަށް ޢަމުރު ކުރެއްވިއެވެ.އަދި މައްކާއަށް ދަތުރު ކުރާ މަގުގައި ދަތުރު ވެރިންނަށް ޓަކައި ގަނޑުވަރެއް ބިނާ ކުރެއްވިއެވެ.

އަވަހާރަވީ ހިޖުރައިން 169 ވަނައަހަރު އެވެ. އެއިރު އުމުރުފުޅާކީ 42 އަހަރެވެ. ޚަލީފާކަން ކުރެއްވީ 10 އަހަރާއި 1 މަސްދުވަހުގެ މުއްދަތަށެވެ.


 

أبومحمد މޫސާ އަލް ހާދީ

ފުރިހަމަ ނަންފުޅަކީ، މޫސާ ބިން މުޙައްމަދު އަލްމަހުދީ ބިން އަބުދުﷲ އަލް މަންޞޫރުއެވެ. ޢާއްމު ނަންފުޅަކީ އަލް ޙާދީ އެވެ. މަންމާފުޅަކީ، ޚައިޒަރާންއެވެ. ޢައްބާސީ ދައުލަތުގެ ހަތަރުވަނަ ޚާލީފާ އަލްހާދީ އުފަންވެ ވަޑައިގަތީ ހިޖުރައިން 144 ވަނަ އަހަރުއެވެ.

ވެރިކަމށް އިސްވެވަޑައިގަތީ ބައްޕާފުޅު އަވަހާރަވުމާއި ގުޅިގެން ހިޖުރައިން 169 ވަނައަހަރުއެވެ. އަލްހާދީ ޚަލީފާ ކަން ކޮށްފައިވަނީ އަހަރަކާއި ދެތިން މަސް ދުވަހުއެވެ.


 


 

ޚަލީފާ ޙާރޫން އައްރަޝީދު

އަބޫ ޖައުފަރު ޙާރޫނުއްރަޝީދު ގެ ފުރިހަމަ ނަންފުޅަކީ ހާރޫން ބިން މުޙައްމަދު އަލްމަހުދީ ބިން އަބުދުﷲ އަލްމަންޞޫރުއެވެ. މަންމާ ފުޅަކީ الخيزران އެވެ. ޚަލީފާ ކަމަށް އިސްވެ ވަޑާއިގަތީ ކޮށްކޯފުޅު އަލްހާދީ އަވަހާރަވުމާއި ގުޅިގެން ހިޖުރްއިން 170 ވަނައަހަރުއެވެ.

މިއީ އައްބާސީންގެ 5ވަނަ ޚަލީފާއެވެ. އަދި ޢައްބާސީ ޚިލާފަތުގެ ރަންޒަމާނެވެ. ޚަލީފާއިންގެ ތެރެއިން، އެންމެރަނގަޅު، އެންމެ ފަޞޭޙަތްތެރި އެންމެ ޢިލްމުވެރި، އެންމެ ދީލަތި އެއްޚަލީފާއެވެ. އެމަނިކުފާނު އެއްއަހަރު ޙައްޖުގެ އަޅުކަން އަދާކުރައްވައި، އަނެއްއަހަރު މާތްﷲގެ މަގުގައި ޖިހާދުކުރައްވައެވެ. އޭނާގެ ޚަލީފާ ކަމުގެ ދުވަސްވަރު ކޮންމެ ދުވަހަކު ސަތޭކަ ރަކްޢަތް ނަމާދު ކުރައްވާކަމަށްވެއެވެ. އެމަނިކުފާނަކީ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފައިމަގުގައި ހިންގަވާފައި ވަޑައިގެންނެވި ހަމައެކަނި ޢައްބާސީންގެ ޚަލީފާއެވެ.

ދައުލަތްތަކުގެ ތެރެއިން އެންމެ ފުރިހަމަ، އެންމެ ފެންވަރުރަނގަޅު، ތަނަވަސް ހައިބަތުކަން ބޮޑު ދައުލަތަކީ މިދައުލަތެވެ. ޚަލީފާ ހާރޫނުއްރަޝީދުވަނީ ދުނިޔޭގެ ބޮޑުބައެއް އެމަނިކުފާނުގެ ބާރުފުޅުދަށަށް ގެންނަވާފައެވެ. ޔޫރަޕުގައި ވެރިކަން ހިންގުމަށް ބައިޒަންތީނިންނާއި އެތައް ހަނގުރާމައެއް ކުރެއްވިއެވެ. ޤުސްތަންތީނިއްޔާގެ ދޮރޯށި ތަކާއިހަމައަށް ވާޞިލްވިއެވެ. ފާރިސީ ރަށްތައް ކޮންޓްރޯލްގެ ދަށަށް ގެންނަވައި އުތުރު އެފުރިކާގައި ވެރިކަން ހިންގުމަށް އަޣާލްބީންގެ މައްޗަށް ބާރުފޯރުވިއެވެ. ޢިލްމުވެރިންނާއި ޝާއިރުންނާއި، ފިޤުހުޢިލްމުވެރިންނާއި، ޤުއްރައުންނާއި، ޤާޟީންނާއި، ކުއްތާބުންނާއި، ނުދަމާއުން އެމަނިކުފާނުގެ ދަރުބާރަށް ޖަމަޢާވާ މިންވަރަށް އެހެން އެއްވެސް ޚަލީފާއެއްގެ ދަރުބާރަށް ޖަމާއެއްނުވެއެވެ.

އަވާހާރަވުން : ހާރޫނުއްރަޝީދު ޚުރާސާނުގައި އުފެދުނު އިންޤިލާބެއް ހުއްޓެވުމަށްޓަކައި އެތަނަށް ވަޑައިގެންނެވިއެވެ. ބަޣްދާދުގެ ކަންތައްތައް އެމަނިކުފާނުގެ ޙަވާލުކުރައްވާފައިވަނީ ދަރިކަލުން އަލްއަމީނުއާއެވެ. ހާރޫނުއްރަޝީދަށް އެމަނިކުފާނުގެ އަލަޖުލުކައިރިވެއްޖެކަން އެނގިވަޑައިގެންނެވުމުން އެމަނިކުފާނު އަވަހާރަވެއްޖެނަމަ ދަރިކަލުން އަލްމައުމޫންއާއި ބައްދަލުކުރެއްވުމަށް އަލްފަޟްލު ބިން އައްރަބީޢުއަށް ވަޞިއްޔަތް ކުރެއްވިއެވެ. ޚަލީފާ ހާރޫނުއްރަޝީދު އަވަހާރަވީ ހިޖުރައިން 193 ވަނައަހަރު، ޢުމުރުފުޅުން 44 އަހަރާއި ދުވަސްކޮޅެވެ.

    

އަލްއަމީން

އަބޫޢަބްދުﷲ މުޙައްމަދު އަލްއަމީން އުފަންވެ ވަޑައިގަތީ ހިޖުރައިން 170 ވަނައަހަރުއެވެ. މަންމާފުޅަކީ ޒަބިއްޔާ ބިންތު ޖަޢުފަރު ބިން އަލްމަންޞޫރުއެވެ.

ހާރޫނުއްރަޝީދު އަވަހާރަވުމުން އެއްވެސް ޚިލާފެއްނެތި ހުރިހާ ކަންކޮޅުތަކެއްގައި އަލްއަމީނަށް ބައިޢަތު ހިފުނެވެ. އަވަހާރަވުމުގެ އާލާސްކަންފުޅުގައި ހާރޫނުއްރަޝީދު، އަލްފަޟުލު ބިން އައްރަބީޢުއަށް ކުރެއްވި ވަޞިއްޔަތަށް އޭނާ ޚިޔާނާތްތެރިވުމުގެ ސަބަބުން އަލްއަމީންއާއި އަލްމައުމޫންއާއި ދެމެދު ފިތުނަ އުފެދިގެންދިޔައެވެ. އަދި މައުމޫނަށް ބިރުން، އަލްމައުމޫންއާއި އަލްޤާސިމު ވަލީއަހުދުކަމުން ޢަޒަލުކުރުމަށްފަހު އަލްއަމީންގެ ދަރިކަލުން މޫސާ ބިން އަލްއަމީނަށް ވަލީއަހުދުކަން ދިނުމަށް އޭނާ އަލްއަމީނަށް ހިތްވަރުދިނެވެ.

އަލްއަމީނާކީ ބާރުގަދަ ބޭފުޅެއްނަމަވެސް ރައުޔު ބަލިކަށި އެއްވެސް ތަދު ބިރެއްނެއް، ވެރިކަމަށް އެކަށެ ބޭފުޅެއްނޫނެވެ. އަދި ބުނެވޭގޮތުގައި އަލް އަމީނަކީ ދައުލަތުގެ ބަޖެޓުން ބޭކާރު ފާސިދު އަމަލުތަކަށް ފައިސާ ހޭދަކުރުން ގިނަބޭފުޅެކެވެ. އަލްއަމީން މިދުނިޔެ ދޫކުރެއްވީ ޤަތުލްކުރެވިގެން ހިޖުރައިން 198 ވަނައަހަރު ސާލާމްގައެވެ. އުމުރުފުޅަކީ 28 އަހަރެވެ. ޚާލީފާކަމުގެ މުއްދަތަކީ 5 އަހަރެވެ.

އަލް މައުމޫން

ޢައްބާސީ ދައުލަތުގެ 7ވަނަ ޚަލީފާ އަބުދުﷲ އަބު އަލ އައްބާސް އަލް މައުމޫން އުފަންވެ ވަޑާއިގަތީ ހިޖުރައިން 170 ވަނަ އަހަރުއެވެ. މަންމާފުޅާކީ އުއްމުލް ވަލަދުއެވެ.ވެރިކަމަށް އިސްވެޑައިގަތީ ކޮށްކޯފުޅު އަލްއަމީން ވެރިކަމުން ދުރު ކުރެއްވުމަށްފަހު ހިޖުރައިން 198 ވަނަ އަހަރުއެވެ.

އަލްއަމީނާއި ޚިލާފަށް އަލްމައުމޫނަކި ހިތްވަރުގަދަ އަދަބުވެރި ދީލަތި ޖެހިލުން ކުޑަ ބޭފުޅެއްކަމަށްވެއެވެ. ޝީޢީންނަށް ވަރަށް ގާތްކޮށް ހިއްތެވި ކަމަށްވެއެވެ. އަލްމައުމޫނުގެ ޚިލާފަތުގެ ދުވަސްވަރަކީ އުދަނގޫތަކައި ދުއްތުރާތަކުން ފުރިފައިވީ ދުވަސްވަރެކެވެ. ދެބެންގެ މެދުގައި އުފެދުނު ދެކޮޅުވެރި ހަރަކާތްތަކުގެ އަޞަރު އެކުލެވިފައިވީ ދުވަސްވަރެކެވެ.

ޚަލީފާ އަލްމައުމޫން އަވަހާރަވީ ހިޖުރައިން 232 ވަނައަހަރު އެވެ. އުމުރުފުޅާކީ 36 އަހަރެވެ. ޚަލީފާކަން ކުރެއވީ 5 އަހރާއި ދެތިން މަސްދުވަހުއެވެ.

ޚަލީފާ އަލްމުޢުތަޞިމް

        އަބޫ އިސްޙާޤު މުޙައްމަދުލް އަލްމުޢުތަސިމް ބިﷲއުފަންވެވަޑައިގަތި ހިޖުރައިން 187 ވަނައަހަރުއެވެ. މަންމާފުޅަކީ މާރިދާއެވެ. އެމަނިކުފާނު ބޮޑުފުޅުވެފައިވަނީ ޢަސްކަރީވެއްޓެއްގައިކަމުން އެމަނިކުފާނަކީ، ހިތްވަރުގަދަ، ކާމިޔާބީތަކަށް އިސްކަންދެއްވާ ބޭފުޅަކަށްވިއެވެ. މުއުތަސިމްއަކީ ޢިލްމީ ޘަޤާފަތުގައި ފާހަގަކޮށްލެވޭ ބޭފުޅެއްނޫނެވެ. ނަމަވެސް އެމަނިކުފާނުގެ ހިއްވަރުފުޅު ގަދަކަމާއި ހުރެ ޚަލީފާ މައުމޫނުގެ ލޯބިވެތިކަމާއި ގާތްކަން ލިބިލައްވާފައިވެއެވެ.އަދި ތަފާތު މައްސަލަތަކުގައްޔާއި، ހަނގުރާމައިގެ ކަންތައްތަކުގައި މައުމޫނުގެ އަރިހުގައި ނިކުންނަވައެވެ. ޚަލީފާ މައުމޫންވަނީ މުއުތަސިމް ޝާމްކަރައާއި މިޞްރުގެ ވާލީކަމުގެ މަޤާމު ޙަވާލުކުރައްވާފައެވެ. އެއަށްފަހު އެމަނިކުފާނުގެ ވަލީއަހުދުކަމުގެ މަޤާމަށް ޢައްޔަންކުރެއްވިއެވެ.

        ޚަލީފާ އަލްމުއުތަޞިމު ޚަލީފާކަމަށް އިސްކުރެވުނީ ހިޖުރައިން 218 ވަނައަހަރު ރަޖަބު މަހުގެ 19 ވަނަ ދުވަހުގައެވެ. މިލާދީ ގޮތުން 10 އޯގަސްޓް 833 އެވެ. ޚަލީފާ މުއުތަސިމުގެ ޒަމާނުގައި ޢަލަވީންގެ މާބޮޑުޙަރަކާތެއްނެތެވެ. ތާރީޚްގައި ހިގައިގެންގޮސްފައިވާ ޙާދިޘާތަކުގެ ސަބަބުން ޢަރަބިންނާއި ފާރިސީންގެ އިތުބާރުވަނީ އަލްމުއުތަސިމުގެކުރިފުޅުމަތީ ގެއްލިފައެވެ. ފާރިސީންނަށް ބަލާއިރު އެމީހުން ބޭނުންވަނީ ވެރިކަން އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށެވެ.

        ޚަލީފާމުއުތަސިމް ތުރުކީންނަށް ދައުލަތުގެ އެހާމަތީ މަޤާމުތަކެއްދެއްވުމުގެ ނަތީޖާއަކަށްވީ، ޢަރަބީން ޚަލީފާއާއި، الأفشين އާއި ދެކޮޅަށް ބަޣާވާތުގެ ޙަރަކާތްތަކެއް ފެއްޓުމެވެ. މިހަމަނުޖެހުން ނިމިގެންދިޔައީ ޚަލީފާމުއުތަސިމް، ޤަތުލުކުރުމަށް ރޭވުމާއި އައްބާސް ބިން މައުމޫން ޚަލީފާއަކަށް ޢައްޔަންކުރުމަށެވެ.

        ޚަލީފާ އަލްމުޢުތްޞިމު އަވަހާރަވީ އާލާސްކަންފުޅެއް ޖެހިވަޑައިގެން ހިޖުރައިން 227 ވަނައަހަރު ރަބީޢުލްއައްވަލް މަހުގެ 8 ވަނަ ދުވަހުއެވެ. ޚަލީފާކަން ކުރެއްވީ 8 އަހަރާއި 8 މަހާއި 2 ދުވަހުއެވެ. އޭރު ޢުމުރުފުޅަކީ 48 އަހަރެވެ. އަވަހާރަވީއިރު ވަނީ ދަރިކަލުން الواثق އަށް ޚަލީފާކަމަށް ބައިޢަތުހިއްޕަވާފައެވެ.


 

އަލްއަމީނާއި އަލްމައުމޫންގެ ޚިލާފުތައް

އަލްއަމީނާއި މައުމޫނަކީ ދެބެންނެވެ. ނަމަވެސް މިދެބޭފުޅުންގެ މިޒާޖު ވަރަށްވެސްތަފާތެވެ. މިދެބޭފުޅުންގެ މެދުގައި ފުރަތަމަ ފަހަރަށް ޚިޔާލު ތަފާތުވުން އުފެދެން ޖެހުނު ސަބަބެއްކަމަށްވީ، "ޢައްރަބީޢުއަށް" މިބޭފުޅުންގެ ބައްޕާފުޅު ހާރޫނުއްރަޝީދު އާލާސްކަންފުޅުގައި އޮންނަވައި ކުރެއްވެވި ވަޞިއްޔަތާއި ޚިލާފުވެ މައުމޫނުގެ އަރިހަށް ޚުރާސާނަށް ދިއުމުގެ ބަދަލުގައި އަލްއަމީނުގެ އަރިހަށް ބަޣްދާދަށް ދިއުމެވެ. މިކަމުގެ ސަބަބުން އެދެބޭފުޅުންގެ ދެމެދުގައި ފިތުނައުފެދުނެވެ. އަދި މިރަބީޢު އަލްއަމީނަށް އޭނާގެ ދެބޭބެއިން ވަލީއަހުދުކަމުން އަޒަލުކުރުމަށްފަހު އަލްއަމީނުގެ ދަރިކަލުން މޫސާބިން އަލްއަމީނަށް ވަލީއަހުދުކަން ދިނުމަށް ހިއްވަރުދިނެވެ.

މިގޮތުން އަލްއަމީނަށް ޚަލީފާކަން ލިބިވަޑައިގަތުމާއި ގުޅިގެން ހިއްޕުޅުގައި ފޮރުވިފައިވާ ސިއްރު ފަޅާއެރީ އެމަނިކުފާނުންގެ ދެއަޚުން ވަލީއަހުދު ކަމުން ދުރުކުރަށްވައި ދަރިކަލުން މޫސާބިން އަލްއަމީނަށް ވަލީއަހުދުކަން ހަމަޖެއްސެވުމުންނެވެ. އަދި ބައްޕާފުޅު ހަރޫނުއްރަޝީދު ލިޔުއްވާފައިވާ ފަތްކޮޅު އަލްއަމީނު ވީދާލެއްވިއެވެ.

އަލްއަމީނާއި މައުމޫނާއި ދެމެދުގައި އުފެދުނު ފިތުނަވެރިކަމުން ފައިދާ ލިބިގަތުމަށްޓަކައި ބަލަބަލއި ހުރި ޢަލީ ބިން އަބުދުﷲ ބިން ޚާލިދު ބިން ޒިޔާދު ބިން މުއާވިޔާ "އައްސުފިޔާނީ" ޝާމްކަރައަށް ވަޑައިގެން ދެވަނަ ފަހަރަށް ބަނީ އުމައްޔާގެ ވެރިކަން ގެނައުމަށް ގަސްދުކުޅައެވެ.

ހިޖުރައިން 193 ވަނައަހަރު އަމީނާއި މައުމޫނާއި ދެމެދު ކުރެވުނު ހަނގުރާމާގައި އަލްމައުމޫނުގެ ކޮޅަށް ކާމިޔަބު ލިބެންފެށުމުން އަލްފަޟުލު ބިން އައްރަބީއު އަލްއަމީނުގެ މައްޗަށް ދެކޮޅުވެރިވެ އަމީނު ހައްޔަރުކޮށް އެމަނިކުފާނު ޖަލަށްލުމަށްފަހު އަލްމައުމޫނަށް ބައިއަތު ހިފިއެވެ. އަލް އަމީނުޖަލުން ސަލާމަތްވެ ޚަލީފާކަމުގެ މަޤާމަށް ވަޑައިގެން އޭނާއަށް މަޢާފުދެއްވުމާއި އެކުވެސް އިސްލާހެއްނުވިއެވެ. އެންމެފަހުން އަލްއަމީނުގެ ސިފައިން އޭނާ ބަޣުދާދުން ފިލައިގެން ދިޔުމަށް އުޅެނިކޮށް ހީފާ ހައްޔަރު ކުރުމަށްފަހު ޤަތުލުކޮށްފިއެވެ. އަލްއަމީނުގެ ޝަޙުސިއްޔަތާއި އަޚުލާޤަށް ބާލާއިރު، މިނާއަކީ ކުޅިވަރާއި މަޖަލަށް ގޮސް ހުސްވެފައި ހުންނެވި ބޭފުޅެކެވެ. ދައުލަތުގެ ބަޖެޓުން ފާސިދު ޢަމަލުތަކަށް ފައިސާ ހޭދަކުރެއްވުމާއި މުދަލުން އިސްރާފު ކުރެއްވުން ގިނަ ބޭފުޅެކެވެ. އެމަނިކުފާނުގެ ބާރުގަދަކަމާއި މެދުބުނެވެނީ ދެއަތްޕުޅުން ސިންގާއެއް މަރާލެއްވިކަމެވެ. ފަޞޭހަތްތެރިކަމާއި ބަލާޣާތްތެރި ޢަދީބެކެވެ. ނަމަވެސް ރައުޔު ބަލިކަށި ތަދުބީރެއނެތް ވެރިކަމަށް ކުފޫއު ހަމަނުވާބޭފުޅެކެވެ. މައުމޫނާއި އަމީނުގެ ލަޝްކަރުގެ ހަނގުރާމަ ހިނަގަމުންދިޔައިރު އަލްއަމީނު އިންނެވީ އެކަލޭގެފާނުންގެ ރުދަމާއުންގެ އަރިހުގައެވެ.

ނަމަވެސް އަލްމައުމޫނަކީ މުޅިން މިޔާއި އިނދިކޮޅު ބޭފުޅެކެވެ. އެކަލޭގެ ފާނުގެ ކެއްތެރިކާމާއި ހިތްވަރު ކުރެއްވުމުގެ ސަބަބުން އެކަލޭގެފާނުގެ ޒަމާނުގައި އިސްލާމީ އުންމަތް ސަލާމަތްކުރެވުނެވެ. ޚަލީފާ އަލްމައުމޫނަކީ މަތިވެރި ބޭފުޅެކެވެ. މިހެންކަމުން އެމަނިކުފާނުގެ ދަރަޖަ، މަތިވެރި ޚަލީފާއިންގެ އަރިހުގައި އިތުރުވެގެން ދިޔައެވެ.

އަމީނުގެ މައްޗަށް ކާމިޔާބު ހޯއްދެވުމަށްފަހު މައުމޫނު ޚަލީފާކަމަށް އިސްވެވަޑައިގެންނެވިއެވެ. މިދުވަސްވަރު ވެގެނަދިޔައީ އުދަގުލާއި ދެކޮޅުވެރިކަމާއި ހަނގުރާމައިގެ ދުވަސްވަރެކެވެ. މިދެކޮޅުވެރިކަން ހުއްޓުވުމަށް މަސައްކަތް ކުރައްވަން ޖެހިވަޑައިގެންނެވިއެވެ. މިހުރިހާ މަސައްކަތެއްގައިވެސް އެމަނިކުފާނު ކެއްތެރިކަން އިޚުތިޔާރު ކުރެއްވެވިއެވެ.

ބެލެވޭގޮތުގައި މައުމޫނުގެ ޚިލާފަތުގެ ދުވަސްވަރު ދިމާވި ދަތި އުނދަގޫތައް ގިނަކަމުގައި ވީނަމަވެސް އަލްއަމީނަށްވުރެ މައުމޫނުގެ ޚިލާފަތު ކާމިޔާބުކަން ފަހަނގަ ކުރެވުނެވެ. އެއީ އެމަނިކުފާނުގެ ރިވެތި އަޚުލާޤާއި، ސްލޫކުގެ މަތިވެރިކަމުންކަން ހަމަޔަޤީނެވެ.


 

ޢައްބާސީންގެ ޒަމާނުގައި އިސްލާމީ ޙަޟާރަތު

ޢައްބާސީންގެ ވެރިކަމުގެ ޒަމާނުގައި ގިނަގުނަ ކޯޅުންތަކާއި ހަނގުރާމަތަކާއި ފިތުނަފަސާދައާއި ތަފާތު އެތައްކަމެއް އޮތްނަމަވެސް އެދުވަސްވަރަކީ އިސްލާމީ ޙަޟާރަތު އެއިގެ އެންމެ މަތީ މަޤާމަށް ރުޖޫޢަވި ދުވަސްވަރެވެ. އިސްލާމީ އިލްމުތަކަށް އުފެއްދުންތެރިކަމާއި ޙަޟާރަތުގެ އަސްލު އުޞޫލްތައް ލިބެމުންދިޔުމާއި، އިލްމީ ދާއިރާ ފުޅާވެ ބަހާއި ފަލްސަފާއާއި ތަޖުރިބާކުރުމުގެ ހުރިހާ ކަމެއް މިޒަމާނުގައި ހިމެނުނެވެ.

ވިޔަފާރިގެ ގޮތުން ތަރައްޤީވެ ހަލަބޮލި ކަމާއި އެކު ޢަރަބި ވިޔަފާރިވެރިން ދުނިޔޭގެ ކަންކޮޅުތަކުގައި އެބައިމީހުންގެ ފައިތިލަސާބިތުކުރަމުން ދިޔައީ، އެބައިމީހުންގެ އުފެއްދުންތަކާއި ދަނޑު ބިންތަކުން ލިބެމުންދިޔަ ތަކެތި ހިފައިގެންނެވެ. އަދި ޢަރަބި ވިޔަފާވެރި ވެރިން ވެގެންދިޔައި ހުޅަނގާއި އިރުމަތީގެ ވިޔަފާރީގެ ގުޅުން ގުޅުވައިދޭ މެދުވެރިއަކަށެވެ. އެހެން ކަމުން އައްބާސީންގެ މުޖުތަމަޢު އަކީ މުއްސަނދިކަމާއި، ތަރައްޤީއާއި ރައްވެހިކަމުގެ ގޮތުން ކުރިއަރާފައިވީ މުޖުތަމަޢު އަކަށްވިއެވެ.

ޢައްބާސީ ދައުލަތުގެ ދުވަސްވަރު އިސްލާމީ ޙަޟާރަތުގެ ރަންޒަމާން ކަމަށްވެފައިވަނީ ޚަލީފާ ހާރޫނުއްރަޝީދުގެ ޚިލާފަތުގެ ދުވަސްވަރެވެ. މިދުވަސްވަރު އިމާރާތް ކުރުމުގެ ފަންނުގައި ބެލެވެނީ ބަޣްދާދަކީ މުޅި ދުނިޔެއަށްވެސް ނަމޫނާ ރަށެއް ކަމުގައެވެ. ބަޣުދާދުގެ ގަނޑުވަރުތައް ބިނާކުރުމަށް އެތަކެއް ސަތޭކަހާސް ދިރުހަމާއި ދީނާރު ޚަރަދު ކުރެއވިއެވެ. ވިޔަފާރި ކުރިއަރައިގެންގޮސް އިންޑިޔާ، ޗައިނާ، ޝާމްކަރައާއި ޚުރާސާންގެ ވިޔަފާރިވެރިންގެ އެތައްބަޔަކު ބަގުދާދަށް އައިސް ގޮސްއުޅުނެވެ. މުއްސަނދިކަމާއި މުދައު ވެރިކަމުގެ ގޮތުން ބަޣުދާދު ފާހަނގަ ކުރެވެއެވެ. ބައިތުލް މާލަށް އިތުރު ކުރެވޭ ފައިސާ ވެގެންދިޔައީ ސަރުކާރު މަވައްޒަފުންގެ މުސާރައާއި ޢާންމު މަޞްލަޙަތަށްޓަކައި ޚަރަދު ކުރުމަށް ބޭނުންކުރާ ފައިސާގެ ގޮތުގައެވެ.

އިސްލާމީ ޢިލްމުވެރިކަމުގެ ގޮތުން ބަޣުދާދަކީ މަދީނާ އާއި ވާދަ ކުރެވޭ ވަރުގެ ތަނަކަށް ވެގެންދިޔައެވެ. ޢަރަބި ބަހާއި، ހަދީޘް ޢިލްމާއި، ފިޤްހު ޢިލްމާއި ޤާރީވެރިންގެ މަރުކަޒުކަމުގައި ބަޣުދާދު ވިއެވެ. ޢިލްމުވެރިންގެ ޙަރަކާތްތައް މިސްކިތްތަކުގައި ހިންގަމުން ދިޔައީ މިޒަމާނުގެ ޔުނިވަރސިޓީ ތަޢުލީމްދެ ފެންވަރަށެވެ. މެޑިސިންނާއި، އިންޖިނޭރިން، ފަލަކީ ޢިލްމުގެ ރޮނގާއި، ސައިންސްގެ މައިދާނުގައި ތަޢުލީމީ ޖީލެއް އުފައްދަމުން ދިޔައެވެ. ހާރޫނުއްރަޝީދުގެ ޚިލާފަތުގެ ދުވަސްވަރު ބަޣުދާދުގައި އިސްލާމީ ޙަޟާރަތަށް މިއައި ވަރުގަދަ އިންޤިލާބު މުޅި ޢައްބާސީ ދައުލަތުގެ ޒަމާނުގައި ރަސްކަންކުރިއެވެ.


 

ކުރެވުނު މުހިންމު ކަންތައްތައް

ޢައްބާސީ ދަޢުލަތުގެ ފުރަތަމަ ޒަމާނަކީ އެދައުރުގެ ރަންޒަމާނެވެ. ޢައްބާސީ ދައުލަތުގެ ޚާލީފާއިންގެ ޒަމާނުގެ އެކިދުވަސްވަރު ތަފާތު ގިނަކަންތައް ހިނގާފައިވެއެވެ. މިގޮތުން ޙަރޫނުއްރަޝީދުގެ ޒަމާނުގައި ޙަވާރިޖުންގެ ހަރަކާތްތަކާއި، ރޫމީންނާއި ހަނގުރާމަކުރެއްވުން ހިމެނެއެވެ. އަދި މިދުވަސްވަރަކީ ޢިމްރާނީ ގޮތުންނާއި ޢިލްމީގޮތުން ގިނަގުނަ ކުރިއެރުންތަކެއް ބަޣްދާދަށް ލިބުނު ދުވަސްވަރެކެވެ. ޢައްބާސީންގެ ދައުރުގައި އުފެދުނު ބައެއް މުސްތަޤިއްލު ދައުލަތްތަކުގެ ތެރޭގައި ، އަންދަލުސް ގައި އުފެދުނު އުމަވީ ދައުލަތް، ހިޖުރައިން 172 ވަނައަހަރު މަޣްރިބުގައި އުފެދުނު އިދުރީސީ ދައުލަތް، ހިޖުރައިން 164 ވަނައަހަރު ޖަޒާއިރުގައި އުފެދުނު ރުސްތުމީ ދައުލަތް، ރުސްތުމީ ދައުލަތުގެ ޙާޤީޤީ ބާނީއަކީ ޢަބުދުއްރަޙުމާން ބިން ރުސްތުމްއެވެ. އަދި ހިޖުރައިން 148 ވަނަ އަހަރު އަލްތޫނިސްގައި އުފެދުނު އަޣާލަބީ ދައުލަތް ހިމެނެއެވެ. މިހުރިހާ ދަޢުލަތަކީވެސް އިސްލާމްދީނުގެ ހިޔާވަހި ކަމުގެ ދަށުގައި އުފެދުނު ދައުލަތްތަކެވެ.

އަދި ޚަލީފާއިން އެކިދުވަސްވަރު އަދާވާތްތެރިންނާއި ހަނގުރާމަ ކުރުމަށް ލަޝްކަރުތައް ތައްޔާރު ކުރައްވައި އެތައްހަނގުރާމައެއް ކުރައްވައި ފަތަޙަ ހޯއްދެވިއެވެ. މިގޮތުން މިދުވަސްވަރު ހިނގި ބައެއް ހާދިޘާ ތަކުގެ ތެރޭގައި ޢަބޫއިސްޙާގު އަލް މުއުތަސިމް ހުންނަ ވައިގެން ހިނގައިދިޔަ "އަމޫރިޔާ ފަތަޙަ ކުރެއްވުން" އަދި އަސަދު ބިން ފުރާތު އިސްވެ ހުންނަވައިގެން ހިންގެވި " ޞަޤްލިއްޔާ ފަތަޙަ ކުރެއްވުން" ފަދަ ޙާދިޘާތަކެވެ. އަދި އަސްކަރީ ބައެއް ހަރަކާތްތަކުގައި ކުދިކުދި އަވަށްތަކާއި ރަށްތައް ފަތަޙަކޮށްފައި ވެއެވެ. މިގޮތުން ހިންގުނު ހަރަކާތްތަކަށް ނަންދެވިފައިވަނީ "އައްޞަވާއިފް ވައްޝަވާތީ" އެވެ.

ޢައްބާސީ ދައުލަތުގެ ފުރަތަމަ ޒަމާނުގައި ހިނގާފައިވާ ހަނގުރާމަތަކުގެ ތެރޭގައި، ހިޖުރައިން 223 ވަނައަހަރު ރަމަޟާން މަހުގެ 6 ވަނަ ދުވަހު މުސްލިމުންނާއި ރޫމީންނާއި ދެމެދު ކުރެވުނު ހަނގުރާމަ "އަލްމޫރިއްޔާ ފަތަހަކުރެއްވުން" ހިމެނެއެވެ. ހިޖުރައިން 211 ވަނައަހަރު މުސްލިމުންނާއި ބައިޒަންތީނިންނާއި ދެމެދު ހިނގި ހަނގުރާމަ "ޞަޤްލިއްޔާ ފަތަހަކުރެވުނު" ހަނގުރާމައާއި ކޮންމެ ހޫނު މޫސުމަކާއި ފިނި މޫސުމެއްގައި ރޫމީންގެ ރަށްތަކާއި މެދުތެރޭ އޭޝިޔާ ހިސާބުގައި ކުރާ ހަނގުރާމައަށް ކިޔާ "އައްޞަވާއިފު ވައްޝަވާތީ" ހިމެނެއެވެ.

ވިޔަފާރީގެ ގޮތުންނާއި މުދައުވެރިކަމުގެ ގޮތުން ޢައްބާސީންގެ ދުވަސްވަރު ވަރަށްބޮޑަށް ކުރިއަރާފައިވެއެވެ. މިގޮތުން ޢަރަބީންނަކީ އެހިސާބުގެ މެދުތެރޭގައިވާ ރަށްކަމުން އެބައިމީހުންގެ ވަށައިގެންވާ މީސްތަކުންގެ ވިޔަފާރީގެ މަރުކަޒަކަށް އެބައިމީހުން ވިއެވެ. ވިޔަފާރީގައި ކުރިއަރާފައިވާ ރަށަކަށް އެދުވަސްވަރު ބަޣުދާދުވިއެވެ.

ބަޣުދާދު ބިނާކުރެވުނުތާ ޤަރުނެއްގެ ފަހުން އެހެން ރަށެއް ބިނާކުރުމަށް ގަސްތުކޮށް ޚަލީފާ އަލްމުއުތަސިމް ބަޣްދާދާއި 130 ކިލޯމީޓަރު ދުރުގައިވާ ސާމަރާ ބިނާކުރެއްވިއެވެ. އެރަށް ބިނާކުރައްވަން ފެއްޓެވީ ހިޖުރައިން 221 ވަނައަހަރު މީލާދީން 836 ވަނައަހަރުއެވެ. ސަބަބަކަށްވީ ރައްޔިތުންގެ ތެރެއަށް އިތުރުވެގެންދިޔަ ޢަޞަބިޔާއިންގެ ގިނަކަމާއި، ހަރުކަށިކަމާއި އެމީހުންގެ އުންދަގުލުން ރައްޔިތުން ސަލާމަތްކުރުމަށެވެ. އަދި ސިފައިންގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުމާއި ދެކޮޅުވެރިކަމާއި ނުރައްކަލުގެ އިންޒާރުތަކުގެ ކުރިމަތިވުންތައް ފެންނަންވެސް ފެށުމުންނެވެ.

މީގެއިތުރުން ޢައްބާސީންގެ ޚަލީފާއިންގެ ދުވަސްވަރު ދައުލަތުގެ ސަރަހަށްދު ކަނޑައަޅައި އެސަރަހައްދު ތަކުގެވަށައިގެން ބަލަހައްޓަމުން ދިޔުމާއި ސިފައިންނާއި ފުލުހުންގެ ދައުރު ވަރުގަދަ ކުރައްވައި، އަދުލްއިންސާފު ޤާއިމްކުރެއްވިއެވެ. މުއާސަލާތީ ނިޒާމް ހަރުދަނާ ކުރައްވައި، މިނިސްޓްރީ ތަކުގެ ނިޒާމް ދައުލަތުގައި އުފެއްދެވިއެވެ.

ސާމަރާގެ އިމްރާނީ ހަޔާތުގެ އެންމެ ފާހަނގަ ކޮށްލެވެނީ ޚާލީފާ މުތަވައްކިލުގެ ދުވަސްވަރަށެވެ. އެދުވަސްވަރު ގަނޑުވަރުތައް އެރަށުގައި ބިނާކުރެއްވުމަށް 140 މިލިއަން ދިރުހަމް ހަރަދު ކުރެއްވިއެވެ. މީގެ އިތުރުން ފެންގަނޑާއި، 44 ހާސް މީޓަރގެ ބޮޑު އަލް މަސްޖިދު ޖާމިޢު ފާހަނގަ ކުރެވެއެވެ.މީގެ އިތުރުން ބަޣުދާދުގައިވާ ޢިމްރާނީ ބިނާތައްފާހަނަގަ ކުރެވެއެވެ.

ޢައްބާސީންގެ ދުވަސްވަރު ދެންފާހަނގަ ކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި، އައްބާސީންގެ ދައުރު ފެތުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އަޅުންނަށް ބަރޯސާކުރުމާއި، ޚަލީފާކަމަށް އިސްކުރުމުގައި ކީރިތި ރަސޫލާގެ އާލުބައިތުން ޙައްޤުކަންބޮޑުކަމަށް ދުއްޓެވެ. މިގޮތުން އެމީހުންނާއިދޭތެރޭ ޚާއްޞަގޮތެއް ގެންގުޅުއްވިއެވެ. މީގެއިތުރުން އެބައިމީހުންނާއި އެކި ގޮތްގޮތުން ކުރިމަތި ވަމުންދިޔަ ގޮންޖެހުންތަކަށް ރައްދު ދިނުމުގެ ގޮތުން ސިޔާސީ ހުނަރުވެރިން އިތުރުކުރުމަށް ދީންތަންދިން މިންވަރަކުން މަސައްކަތްކުރިއެވެ.

އިސްލާމީ ޙަޟާރީ ކުރިއެރުންތަކާއި ފުޠޫޙާތުގެ ޙަރަކާތްތަކަކީވެސް ޢައްބާސީ ދައުލަތުގެ ޒަމާނުގައި ފާހަނގަ ކޮށްލެވޭ ޚާއްޞަ ކަންތައްތަކެވެ. މިދައުރުގައި އިސްލާމީ ފުތޫޙާތުގެ ކަންތައްތައް ހިނަގަމުންދިޔައީ ޙަޟާރީ އުސޫލް ތަކުގެ ތެރެއިންލާފައެވެ.


 

ޢަލީބިން އަބޫ ޠާލިބު

މުސްލިމުންގެ ހަތަރުވަނަ ޚަލީފާ ޢަލީ ބިން ޢަބީޠާލިބުގެ ފާނުގެ ޙަޔާއްޕުޅު

ނަސަބުފުޅު

ޢަބޫޠާލިބު

ބައްޕާފުޅުގެ ނަން

ޢަލީ ބިން ޢަބީޠާލިބް

ނަން

ފާޠިމަތު

މަންމާފުޅުގެ ނަން

 

ލަޤަބު

ޢަބުދުލް މުޠަލިބު

ބައްޕާފުޅު ފަރާތުގެ ކާފަ

 

ކުންޔާ

 

މަންމާފުޅުފަރާތުކާފަ

ޙާޝިމީ ދަރިކޮޅު

ދަރިކޮޅު

ރަސޫލާގެ ނަސަބުފުލާއި ގުޅިވަޑައިގަންނަވާ ހިސާބު: ޢަލީގެފާނަކީ ކީރިތިރަސޫލާގެ ދެބެންގެ ދެދަރި ބޭކަލެކެވެ.

ދުނިޔޭގެ އަލިކަން ދެކިވަޑައިގަތުން، އަވަހާރަވުން:

* ދުނިޔޭގެ އަލިކަން ދެކެވަޑާއިގަތީ ކީރިތި ރަސޫލާ ހިޖުރައަށް ވަޑައިގަތުމުގެ 23 އަހަރު ކުރީންކަމުގައި ބުނެވެއެވެ.

* އެހެން ބައެއްފޮތްތަކުގައިވާގޮތުން އެކަލޭގެފާނު ދުނިޔޭގެ އަލިކަންދެކެވަޑައިގަތީ ކީރިތި ރަސޫލާ ނަބީކަމާއިގެން ފޮނުއްވުމުގެ 10 އަހަރު ކުރިންނެވެ.

* ގާތްގަނޑަކަށް މީލާދީން 601 ހާތާގައެވެ.

* ޢަލީގެފާނު އަވަހާރަވީ ޝަހީދުވެވަޑައިގެންނެވެ.

* ހިޖުރައިން 40 ވަނައަހަރު ރަމަޟާންމަހު 17 ވީ އާދީއްތަ ދުވަހުއެވެ.

* އެއިރު އުމުރުފުޅަކީ 63 އަހަރެވެ.

* އެކަލޭގެފާނު ޝަހީދުކުރީ އިބުނު މަލްޖަމއެވެ ކިޔުނުމީހެކެވެ.

* ރަމާޟާން މަހު 15 ވީ ހުކުރު ވިލޭރޭ ފަތިހު ނަމާދަށް ވަޑައިގަންނަވަނިކޮށް ދިން ހަމަލާގެ ޒަހަމްތަކުގެސަބަބުންނެވެ.

* ޚަލީފާ ކަންކުރައްވާފައިވަނީ 4 އަހަރާއި 8 މަހާއި 25 ދުވަހުއެވެ.


މުހިންމު ސިފަފުޅުތައް:

އިސްކޮޅުފުޅުން މާބޮޑުނޫން ބޭކަލެކެވެ. މޫނުފުޅު ރީތި ދެލޯފުޅު ރީތި ބޭކަލެކެވެ.

* ހިތްވަރުފުޅުގަދަކަމާއި، ފިޤްހުވެރިކަމާއި، ވާހަކަދެއްކުންތެރިކަން، ވިސްނުންތެރިކަމާއި، އަޅުވެރިކަމާއި، ދިރިއުޅުއްވުމުގެ ސާދާކަން، ﷲގެ މަގުގައި ނިކަމެތީންނަށް ހޭދަކުރެއްވެވުން، މިހުރިހާ ސިފަތަކެއްގެ އެންމެ ބޮޑުސަބަބަކީ ކީރިތިރަސޫލާގެ އަރިހުން ލިބިވަޑާއިގެންފައިވާ ތަރުބިއްޔަތެވެ.

އިސްލާމްވެވަޑައިގަތުން:

* ޢަލީގެ ފާނުގެ ބައްޕާފުޅަކީ ބޭފުޅުންގިނަކަމާއިއެކު ތަނަވަސްކަން ކުޑަބޭކަލެކެވެ.

* ތުއޕުޅުއިރުއްސުރެ ޢަލީގެފާނު ބެލެހެއްޓެވީ ކީރިތި ރަސޫލާއެވެ.

* ވުމާއިއެކު ރަސޫލާ ދީނަށް ގޮވައިލައްވަން ފެއްޓެއވުމާއި އެކު އެކަލޭގެފާނު ރަސޫލާއަށް އީމާންވީއެވެ.

* ކުޑަކުދިން ކުރެ އެންމެފުރަތަމަ އިސްލާމްވީ ޢަލީގެފާނެވެ.

ކީރިތިރަސޫލާގެ އެހެން ޢަސްހާބުބޭކަލުންނަށް ލިބިވަޑައިގެންފައިނުވާ ބައެއްކަންތައްތައް ޢަލީގެފާނަށް ލިބިލައްވާފައިވެއެވެ. މިގޮތުން ޚާއްޞަ ކަންތައްތަކުގެ ތެރޭގައި:

* ކީރިތި ރަސޫލާގެ އަރިހުގައި ފުރަތަމަ ނަމާދު ކުރެއްވުމުގެ ޝަރަފު

* ތަބޫކު ހަނގުރާމަ ފިޔަވައި ކޮންމެ ހަނގުރާމައެއްގައި ބައިވެރިވެ ވަޑައިގަތުމާއި އެކަލޭގެފާނު ކީރިތި ރަސޫލާގެ ދިދަކޮޅު ހަވާލު ކުރެއްވެވުން

* ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމުން، އެ3ކަލޭގެފާނު ހިނަވައި ކަފުންކުރައވައި އަދފި ވަޅުފުޅޫ ލެއވެވުމުގައި ބައިވެރިވެވަޑައި ގަތުމުގެ ހިތާމަވެރި ވާޖިބު އަދާކުރެއްވެވެން.

ޢަލީގެފާނަކީވެސް އެބޭކަލަކު ދުނިޔޭގައި ހުންނަވަނިކޮށް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިވަޑައިގެން 10 ބޭކަލުންގެ ތެރެއިން 1 ބޭކަލެކެވެ.

ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި ދިނަށްޓަކައި ކުރެއްވެވި މުހިންމު ޚިދުމަތްތައް

* މައްކާގެ މުޝްރިކުންގެ ފަރާތުން ކީރިތި ރަސޫލާއަށްދެމުން ގެންދިޔަ އަނިޔާތައް ދިފާޢު ކުރެއްވުމުގައި ޢަލީގެފާނުގެ ތުއްޕުޅުއިރުއްސުރެ މަސައްކަތް ކުރެއވެވިއެވެ.

* ކީރިތިރަސޫލާ މައްކާއިން މަދީނާއަށް ހިޖުރަ ކުރެއްވެވިރޭ، އަމިއްލަފުޅު ފުރާނަފުޅަށް ބެއލްވުމެއްނެތި ރަސޫލާގެ ދިފާއުގައި އެކަލޭގެފާނުގެ ދާންމަތިކޮޅުގައި ޢަލީގެފާނު އަވަހާރަ ލެއްޕެވުން ހިމެނެއެވެ.

* މަދީނާއަށް ހިޖުރަ ކުރެއްވެވުމަށްފާހު ކުރެއްވެވުނު ހަނގުރާމަތަކުގައި ޢަލީގެފާނުގެ ޖިހާދު ފާހަނގަ ކޮށްލެވެއެވެ.

* ޢަލީގެފާނު ވެރިކަމުގެ ދަށުގައި އެކިފަރާތްތަކަށް ކީރިތިރަސޫލާ ވަނި ލަޝްކަރުތައް ފޮނުއްވާފައެވެ.

* ކީރިތިރަސޫލާގެ ހަޔާތްޕުޅުގައި ވަޙީ ލިޔުއްވުމުގެ ބުރަ މަސްޢޫލިއްޔަތު އުފުއްލެވި ބޭކަލުންގެ ތެރޭގައި ޢަލީގެފާނު ހިމެނިވަޑައިގެންވެއެވެ.

* ޔަމަންކަރައަށް އެކިއެކި މަސްއަލަތައް ބައްލަވައި ހުކުމްކުރެއވެވުމަށްޓަކައި ޢަލީގެފާނު ފޮނުއްވެވިއެވެ.

ޢަޅިގެފާނާއިމެދު މަޝްޙޫރު ޚަލީފާ ޢުޟާރުގެފާނު ވިދާޅުވެފައިވެއެވެ. " ކީރިތި ރަސޫލާގެ ޢަސްޙާބުންގެތެރޭގައިވާ އެންމެފުރިހަމަ ޤާޒީއަކީ (ނުވަތަ ކަންކަމާއިމުދު ފުރިހަމައަށް ޙުކުމްކުރެއވުމުގެ ޤާބިލިއްޔަތު ލިބިވަޑައިގެންފައިވާ ބޭކަލަކީ) ޢަލީގެފާނެވެ".

ޚަލީފާކަމަށް އިސްކުރެއްވުން

* ޢަލީގެފާނަށް ޚާލީފާކަން ލިބިވަޑާއިގަތީ ހިޖުރައިން 35 ވަނައަހަރު ޒުލްޙައްޖަމަހު 22ވީ އަންގާރަ ދުވަހުއެވެ.


ޢަލީގެފާނު ޚަލީފާކަމުގައި ކުރިމަތިލައްވަން ޖެހިވަޑައިގަތް ނުރައްކާތެރި ހަމަނުޖެހުންކާއެކުވެސް އެޅުއްވެވި އިސްލާހީ ފިޔަވަޅުތައް:

* ސަރުކާރުގެ އެކި އެކި ކަންތައްތައް އިސްލާހު ކުރައްވައި އަބޫބަކުރުގެފާނާއި އުމަރުގެފާނުގެ ދައުރުގައި އޮތްގޮތަށްވެރިކަމުގެ ކަންތައް އަނބުރާ ގެންދެވިއެވެ.

* ސިފައިންގެ ލަޝްކަރުތަކަށް އިތުރު ތަރަށްޤީ ގެންނަވައި ސިފައިންގެ އެކިއެކި މަރުކަޒުތަކާއި ބައެއްކިއްލާ ބިނާކުރެއވެވިއެވެ.

* ސަރުކާރުގެ އާމްދަނީ އިތުރު ކުރެއވެވުމުގެ ގޮތުން ފިޔަވަޅުތައް އެޅުއްވެވިއެވެ.

* އެކިއެކި ރަށްރަށުގެ ގަވަރނަރުންނާއި އެކިފެންވަރުގެ ވެރީންގެ ދިރިއުޅުއްވުން ޢިސްލާހު ކުރެއްވުމުގެގޮތުން ޙާއްޞަ އަމުރުތައްނެރު7އްވިއެވެ.

* ސަރުކާރުގެ ޚަޒާނާއިން އިތުރު ޚަރަދުތައް ނުކުރުމަށް ބާރުއަޅައި އަދި ޚުދު އެކަލޭގެފާނާއި އެކަލޭގެފާނުގެ އަޚުލުވެރީން އެފަދަ ހަރަދުތައް ކުރެއވެވުމުން ރައްކައުތެރިވެ ވަޑާއިގަތެވެ.

* އިސްލާމީވެރިކަމުގެ ދަށުގައިވާ ޣައިރުމުސްލިމުންނާމެދު ނުހަނު އޯގާތެރިކަމާއި އެކު ޢަމަލުކުރައވައި، އެގޮތަށް ޢަމަލުކުރެއވުމަށް ނަޞޭހަތް ދެއްވިއެވެ.

* ޢަދުލް އިންސާފުގެ ކުރިމަތީގައި ހަމަހަމަކަން ދެއްކެވިއެވެ. ޚުދު އެކަލޭގެފާނު ޝަރުޢީމަޖުލީހަށް ޚާޒިރުވެ ވަޑައިގެންފައިވެއެވެ.

* ތަކެތީގެ އަގުތަކާއި މިނެކިރުމުގައި މަކަރާއި ހީލަތްހަދާތޯ އެކަލޭގެފާނު އަމިއްލަފުޅަށް ބާޒާރަށް ނުކުމެވަޑައިގެން ބެއްލެވިއެވެ.


 


 


 

އުމަރު އިބުނު ޢަބުދުލް ޢަޒީޒު

ނަސަބުފުޅު:

ނަން: އުމަރު ބުން އަބުދުލް އަޒީޒު

މަންމާފުޅު: ލައިލާ އުއްމު އާސިމް

ލަޤަބު: އަލްއަޝައްޖު

ކުންޔާ: އަބޫހަފުސް

ރައްކައުވީ: އަލްމަދީނަތުލް މުނައްވަރާގައެވެ. ހިޖުރައިން 61 ނުވަތަ 63 ވަނައަހަރުގައެވެ. މީލާދީގޮތުން 682 ވަނައަހަރު

ބޮޑުފުޅުވުން:

އުސްތާޒު: އަބުދުﷲ ބުން ޢުމަރު (ބޮޑުބޭބޭފުޅެއް)، ޞާލިހު ބިން ކީސާން އަރިހުން

ތައުލީމް ހާސިލްކުރެއްވިތަން: މަދީނަތުލް މުނައްވަރާ

ދީނީ އިލްމު، ސިޔަރަތު، ތާރީޚް، ތަފްޞީރު، ޙަދީޘް، އަރަބިބަހުގެ އަދަބިއްޔާތު

* ތާރީޚީ ފޮތްފޮތުގައި9 އެކަލޭގެފާނަކީ " އުމަރު ބުން އަބުދުލް އަޒީޒަކީ ޢިލްމުވެރިންގެ އިލްމުވެރިޔާއެވެ". މިގޮތަށް ލިޔުއްވާފައިވެއެވެ.

ޚުލްޤުފުޅު:

* ވައުދާއި ޚިލާފުވެ ވަޑައި ނުގަތުން

* އަހުދު އުވައި ނުލެއްވުން

* ޙައްޤުތައް ރައްކާތެރި ކުރެއްވުމަށް ބާރުއެޅުއްވުން:

- ދައުލަތުގެ ޖަނަވާރެއްގެމަތީގައި އެކަލޭގެފާނުގެ ކަދުރުތައް އުފުއްލެވުމުން އެކަދުރުތައް ވިއްކާލާފައި އެޖަނަވާރަށް ކާންދޭނެ ހުއިބައްލަވައިގަތެވެ.

- ޢާންމުންނަށް ބަހަންޖެހޭ އާފަލްތަކެއްގެ ތެރެއިން އާފަލެއް ދަރިކަލުން ނެންގެވުމުން އެއާފަލު އަތުލެއްވިއެވެ.

- ދައުލަތުގެ އުދުނެއްގައި އަޅިޔަށްވެދާން ހުރި އަގުރުން އެކަލޭގެފާނަށް ފެންހޫނުކުރެއްވުމުން އެއުދުނުގައި ޖެއްސެވި ދަރުގެ އަގުއަދާކުރެއްވެވި

* ޙައްޤުތައް ޤާއިމްކުރެއްވުމުގައި މީސްތަކުންގެ މެދުގައި ތަފާތު ނުބެހެއްޓެވުން:

- އެކަލޭގެފާނުގެ ބޮޑުބޭބެ މަސްލަމާގެ ބޭފުޅަކު ޝަރީއަތުގެ މަޖުލީހުގައި އިށިއިނދެވަޑައިގަތުމުން ކޮޅަށް ނެންގެވިއެވެ.

* ޠައާސުއުވެރިވެ ވަޑައިގަތުން:

- ގާޑުން އެކަލޭގެފާނަށް ސެލިޔުޓް ނުނެންގެވުމަށް އެންގެވިއެވެ.

- އަމިއްލަ ގައުމީ ހައިސިއްޔަތު ހާމަނުކުރެއްވުމަށް އިރުޝާދު ދެއވެވިއެވެ.

* ތަޢުލީމަށް ލޯބި ކުރެއްވުން؛

- ހަދީޘް ލިޔެ ރައްކާތެރިކުރެއްވުމަށް މީސްތަކުންނަށް އެންގެވިއެވެ.

ޢުމަރުބުނު އަބުދުލް އަޒީޒަކީ އަލް ޚުލަފާއުއް ރާޝިދޫންގެ 5 ވަނަ ޚަލީފާކަމަށް ބުނެވެއެވެ.

އެއީ އެކަލޭގެފާނުގެ އަމަލުފުޅުތަކާއި އަޚުލާޤު އެބޭކަލުންގެ އަމަލުފުޅުތަކާއި އަޚުލާގާއި އެއްގޮތްކަމުންނެވެ.

ޚަލީފާކަމުގެ ކުރީގެ ދިރިއުޅުއްވުން؛

މުއްސަދި ދިރިއުޅުއްވުމެއް އުޅުއްވެވި (ގަނޑުވަރުތެރޭގެ ދިރިއުޅުއްވުން)

ސަބަބު: އާއިލާގެ ގިނަބޭފުޅުންނަކީ ރަސްރަސްކަލުންނާއި ވެރީންނެވެ.

އުމަރުގެފާނަކީ ޚަލީފާ އަކަށް ވެވަޑައިގަތުމުގެ ކުރިންވެސް ވެރިކަމުގެ ކަންތައް އެގިލައްވާ ބޭކަލެކެވެ.

މިގޮތުން ހިޖުރައިން 87 ވަނައަހަރު މަދީނާގެ ވެރިއަކަށް ހުންނެވިއެވެ.

މައްކާއާއި މަދީނާގެ ވެރިކަމުގައި ވަލީދުބުން އަބުދުލްމަލިކުގެ ޒަމާނުގައި 93 ހ ޖެހެންދެން ހުންނެވިއެވެ.

ޚަލީފާ ކަމަށް އިސްކުރެއްވުން:

އެކަލޭގެފާނަކީ ރައްޔިތުން ހޮއްވެވި ވެރިއެކެވެ. (ވާރުތައިން ލިބުނުވެރިކަމެއްނޫން)

އަބުދުލް އަޒީޒާއި ވެރިކަން ހަވާލުކުރެއްވުމުން އެކަލޭގެފާނު ޤަބޫލް ފުޅުނުކުރެއްވުމުން މީސްތަކުން އެކަމާ ރުހިވަޑައި ނުގަތުމުން ހަވާލުވީއެވެ.

ޚަލީފާ އަކަށް ވެވަޑައި ގަތުމަށްފަހު

ދުނިޔޭގެ އުފަލާ އަރާމަކީ އެހާ މުހިންމު އެއްޗަކަށް ނުވިއެވެ. ގަނޑުވަރުތަކާއި ބާނދީންނާއި ޖާރިޔާއިން ބޭނުންފުޅުވެ ވަޑައެއް ނުގަތެވެ. ދިރިއުޅުއްވަން ބޭނުންފުޅުވީ އެންމެ އާދައިގެ ސާދާ ދިރިއުޅުއްވުމެކެވެ. ދިރިއުޅުއްވީ ޢާދައިގެ ގެއެއްގައެވެ ޚަލީފާއަށް ހަމަޖެހިފައިވާ ގަނޑުވަރު ދެއްވީ ސުލައިމާނު އިބުނު އަބުދުލް މަލިކުގެ އާއިލާއަށެވެ. ޝާހީ ހެދުން ކޮޅުގެ ބަދަލުގައި ތުރުކުރެއްވީ އާދައިގެ ލިބާސްކޮޅެކެވެ.

1 ޚަލީފާއިން ތުރުކުރެއްވި ހެދުންކޮޅުތައް ވިއްކާލައްވައި ލިބުނުފައިސާ ބައިތުލް މާލަށް ޖަމާކުރެއްވުން

2 މީސްތަކުންގެ ޝަކުވާ އަޑުއަހައި އިންސާފު ހޯއްދެވުން

3 ވެރިކަންކުރެއްވި މީހުންނާއި އެމީހުންގެ އާއިލާގެ މީހުންގެ ކިބައިން ރައްޔިތުންނަށް ލިބިދޭންޖެހޭ ޙައްޤުތައް ދެއްވުން

- އަބިކަނބަލުންގެ ގަހަނާތަށް ބައިތުލްމާލަށް ލެއްވުން

- މާބޮޑުތަހުޤީގަކާއި ނުލައި ރައްޔިތުންނަށް އެމީހުންގެ ޙައްޤުތައް ދެއްވުން

4 ޚަލީފާއިންނަށް ލިބޭ އުޖޫރަ ބޭނުން ނުކުރެއްވުން

5 ޙައްޤުނޫން ގޮތަކަށް މީހުންނަށް ދިނުމަށް ޚަލީފާއިން ނިންމާފައިވާ ނިންމެވުންތަކާއި އެއްގޮތަށް ޢަމލުނުކުރެއްވުން

- ސުލައިމާނު، ސައީދުބުނުލް އާސްއަށް ދިނުމަށް ލިޔުއްވާފައިވާ 20000 ދީނާރު ނުދެއްވުން

6 ޚާންދާން ބޭފުޅުންގެ މުސާރަޔާއި އެހެނިހެން އިނާޔަތްތައް ކަނޑުއްވައި ލެއްވެވުން

# މިފަދައިން އަމަލުފުޅުތައް ބެހެއްޓެވުމުގެ ސަބަބުން ޚަވާރިޖުންގެ މައްސަލަ ހަމަޖެހުނެވެ.

އަވަހާރަވުން:

* އުމަރުގެފާނު އަވަހާރަ ވުމުގެ ކުރިން އެކަލޭގެފާނުގެ ބޭފުޅުން ފަޤީރު ޙާލުކޮޅުގައިޥާތީ އާއިލާގެ ފޯރުންތެރި ބޭފުޅުން އެބޭފުޅުންނާއި އެކަލޭގެފާނުގެ ބޭފުޅުން ބެލެހެއްޓުމަށްޓަކައި ދެންނެވުމުންވެސް އެކަމުންމަނާވެގެންނެވިއެވެ. އެހެނީ އެކަލޭގެފާނު ދެކެވަޑައިގަންނަވާގޮތުގައި ޞާލިހުން ބައްލަވާފަރާތަކީ މާތް ﷲ އެވެ. ތަނަވަސް އަރާމު ދިރިއުޅުމަކީ ތަރުބިއްޔަތައް އެޅޭ ހުރަހެކެވެ.

* އަވަހާރަވީ ހިޖުރައިން 101 ވަނައަހަރުއެވެ

* އުމުރުފުޅުން 39 އަހަރެވެ

* ވެރިކަމުގެ މުއްދަތަކީ 2 އަހަރާއި 5 މަސްދުވަހެވެ.

އައްބާސީ ދައުލަތް އުފެދިގެން ދިޔަގޮތް

ތައްޔާރު ކުރީ :މަރިޔަމް ނާއިލާ

އައްބާސީ ދައުލަތް އުފެދިގެން ދިޔަގޮތް


 

އަލްޢައްބާސް ބިން ޢަބުދުލް މުއްޠަލިބު:

    އެކަލޭގެފާނުގެ މަންމާފުޅަކީ ނަތީލާ ބިންތު ޖުނާބު ބިން ކަލީބު އައްނަމްރު ބިން ޤާސިޠު ، މިއީ ރަބީޢަތު ބިން ނިޒާރުގެ ޤަބީލާއެކެވެ. އެކަލޭގެފާނު އުފަންވެވަޑައިގެންފައިވަނީ ޢާންމލްު ފީލުގެ ތިންއަހަރު ކުރީގައެވެ. އެކަލޭގެފާނު ކީރިތިރަސޫލާއަށްވުރެ ތިންއަހަރު ދޮށްޓެވެ.

    އެކަލޭގެފާނުގެ އެންމެ ދޮށީދަރިކަލުންނަކީ އަލްފަޟުލެވެ. އެކަލޭގެފާނުގެ ޢަބުދުﷲ ، ޢުބައިދުﷲ ޢަބުދުއްރަޙުމާނު، ޤުޘުމް، މަޢްބަދު ، އުންމު ޙަބީބާގެ މައިކަނބަލުންނަކީ ލުބާބާ ބިންތު އަލްޙާރިޘް ބިން ޙަޒުނު ، ބަނީ ހިލާލު ބިން ޢާމިރު ،ޤައިސް ބިން ޢައިލާންއެވެ.


 

ޢަބުދުﷲ ބިން ޢައްބާސް:

ޢަބުދުﷲ ބިން ޢައްބާސަކީ ޢައްބާސުގެފާނުގެ ދެވަނަ ދަރިކަލުންނެެވެ. އެކަލޭގެފާނު މިދުނިޔެއަށް ވަޑައިގަތީ ހިޖުރައިގެ ދެއަހަރު ކުރިންނެވެ. ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގެންނެވިއިރު އިބުނުޢައްބާސުގެ ޢުމުރުފުޅަކީ ތޭރައަހަރެވެ. ޢައްބާސުގެފާނުގެނަސްލު ފެތުރިގެންދިޔައީ އެކަލޭގެފާނުގެ ދަރިކަލުން ޢަބުދުﷲ ބިން ޢައްބާސުގެ ފަރާތްޕުޅުންނެވެ.     ޢަބުދުﷲ ބިން ޢައްބާސުގެ ނަސްލުދެމިގެންދިޔައީ އެކަލޭގެފާނުގެ ދަރިކަލުން ޢަލީ ބިން ޢަބުދުﷲ ބިން ޢައްބާސުގެ ފަރާތުންނެވެ.


 


 

ޢަލީ ބިން ޢަބުދުﷲ ބިން ޢައްބާސް:

        ޢަލީ ބިން ޢަބުދުﷲ ބިން ޢައްބާސު އުފަންވެވަޑައިގަތީ ޢަލީގެފާނު ޝަހީދުވިރޭ، ހިޖުރައިން ސާޅީސް ވަނަ އަހަރުއެވެ. އެހެން ކަމުން ޢަބުދުﷲ ބިން ޢައްބާސު އެކަލޭގެފާނުގެ މިދަރިކަލުންނަށް ޢަލީގެފާނުގެ ނަންފުޅުން ނަންކިޔުއްވައި އެކަލޭގެފާނުގެ ކުންނިއްޔަތުކަމުގައި ވާ އަބީ އަލްހަސަން ، ކުނިންޔަތެއްކަމުގައި ހަމަޖެއްސެވިއެވެ. ބަނޫ އުމައްޔަތު ވަންހައިގެ މީހުން އެމީހުންގެ ވެރިކަމުގައި އެކަލޭގެފާނު ދިރިއުޅުއްވުމަށްޓަކައި ޝާމުކަރައިގެ ދިމިޝްޤަށް ދާމަގުމަތީގައިވާ އައްޝުވައިކުން ގެ ޤަރުޔާއެއް ކަމުގައިވާ އަލްޙުމައިމިއްޔާ އިން ބިމެއްދެއްވިއެވެ. އެކަލޭގެފާނުގެ ގިނަ ބޭފުޅުން ލިބިވަޑައިގަތީ އެރަށުގައެވެ. އަވަހާރަވީ ހިޖުރައިން 117 ވަނައަހަރުއެވެ.

    އެކަލޭގެފާނަށް ބާވީސް ފިރިހެން ބޭފުޅުންނާއި އެގާރަ އަންހެން ބޭފުޅުން ލިބިވަޑައިގަތެވެ. އެބޭފުޅުންނަކީ މުޙައްމަދު ، ދާވޫދު، ޢީސާ، ސުލައިމާން، ޞާލިޙު، ޢަޙުމަދު، ބިޝްރު ، މުބައްޝިރު، އިސްމާޢީލް، ޢަބުދުއްޞަމަދު، ޢަބުދުﷲ އަލްއަކުބަރު، ޢަބުދުލްމަލިކު، ޢުޘްމާނު، ޢަބުދުއްރަޙްމާނު، ޢަބުދުﷲ އަލްއަސްޣަރު، ޔަޙްޔާ، އިސްޙާޤު، ޔަޢްޤޫބު، އިސްމާޢީލްއަލްއަސްޣަރު، ޢަބުދުﷲ އަލްއަވްސަޠު، ޢައްބާސީ ދައުލަތް ފެތުރިގެން ދިޔައީ މިބޭފުޅުންގެ ފަރާތުންނެވެ. އަދި ޚިލާފަތު ލިބިގެން ދިޔައި އެކަލޭގެފާނުގެ ދޮށީދަރިކަލުން މުޙައްމަދުލް ޢަކުބަރާއި އެކަލޭގެފާނުގެ ބޭފުޅުންނަށެވެ.

ކީރިތިރަސޫލާ ސުވަރުގެވަޑައިގަތީ އެކަލޭގެފާނަށްފަހު މިއުންމަތުގެ މައްޗަށް ޚަލީފާއަކު ޢަައްޔަން ކުރައްވާފައެއް ނޫނެވެ. ކީރިތި ރަސޫލާ އަވަހާރިވި އާލާސްކަންފުޅުގައި އަލްޢައްބާސް ބިން ޢަބުދުލްމުއްޠަލިބު ޢަލީގެފާނަށް އެކަމާބެހޭގޮތުން އިޝާރާތްކުރެއްވިއެވެ. އަދި އެކަލޭގެފާނު އާލާސްކަންފުޅުގައި ވަނިކޮށް އަރިހަށް ގޮސް އެކަލޭގެފާނަށްފަހު ޚަލިފާކަމާ ޙަވާލުވާނެ ބޭކަލަކާ ބެހޭގޮތުން ސުވާލުކުރެއްވުމަށް އެދިވަޑައި ގަތެވެ. އެއީ ޚަލީފާކަންވަނީ އެބޭފުޅުންގެ ކިބައިގައިތޯ؟ ނުވަތަ އެކަލޭގެފާނަށް ފަހު ޚަލީފާއަކަށްވާނެ ބޭކަލާކާ ބެހޭގޮތުން އެއްވެސް ވަސިއްޔަތެއް ކުރައްވައިފައިވޭތޯއެވެ. އެކަމުން މަނަޢަވެވަޑައިގެންްނެވުމުގެ ގޮތުން ޢަލީގެފާނު ވިދާޅުވިއެވެ. އެކަލޭގެފާނު އެކަން ތިމަންމެންނަށް މަނަޢަ ކުރައްވައިފިނަމަ ދުވަހަކުވެސް ތިމަންމެންނަކަށް އެކަމެއް ނުލިބޭނެއެވެ.

        ޢަލީގެފާނާއި ޢައްބާސުގެފާނު އަބޫބަކުރުގެފާނުގެ ދައުރުގައި އެކަލޭފާނަށް ކިޔަމަން ތެރިކަން އަދާކުރެއްވިއެވެ. އެއަށްފަހު އަބޫބަކުރުގެފާނުގެ އެކަލޭގެފާނަށްފަހު ޢުމަރުގެފާނުގެ ޚާލީފާއަކު ކަމުގައި ހަމަޖެއްސެވުމުން ޢުމަރުގެފާނަށް އެދެބޭކަލުން ކިޔަމަންތެރިކަން އަދާކުރެއްވިއެވެ. ޢުމަރުގެފާނު އައްޔަން ކުރެއްވި ހަބޭކަލުންގެ މަޝަވަރާ ކޮމެޓީން ޢުޘްމާނުގެފާނު ޚާލީފާއަކު ކަމުގައި ހަމަޖެއްސުމުން އެކަލޭގެފާނަށް ވެސް އެދެބޭކަލުން ކިޔަމަންތެރިކަން އަދާކުރެއްވިއެވެ. ޢުޘްމާނުގެފާނުގެ ޚަލީފާކަމުގެ ފަހުގެ ދައުރުގައި ޢައްބާސުގެފާނު އަވަހާރަވީއިރު އެކަލޭގެފާނުގެ ބޭފުޅުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބޭފުޅަކީ ޢަބުދުﷲ ބިން ޢައްބާސެވެ.

        

ޢުޘްމާނުގެފާނުގެ ޚަލީފާކަމަށް ހައަހަރު ވެގެންދިޔުމުން ބައެއްމީހުންގެ ހިތުގައި ، ޚަލިފާކަމުން ޢުޘްމާނުގެފާނު ޢަޒުލުކުރުމަށްފަހު ޢަލީގެފާނު ޚާލީފާއަކު ކަމުގައި އިޚުތިޔާރުކުރުމުގެ ޝުޢޫރުތަކެއް އުފެދިގެން ދިޔައެވެ. ކުރިން މިއިޝާރާތްކުރި ފިތުނައިން އަސަރުކުރި ޖަމާޢަތެއް މީހުން މަދީނާއަށްގޮސް ޢުޘްމާނުގެފާނުގެ އަރިއަހުގައި އެވާހަކައިން ޝަކުވާކުރިއެވެ. ނަމަވެސް ޢުޘްމާނުގެފާނު އެމީހުންނަށް ފިތުނައަކަށް ފުރުޞަތު ނުދެއްވައި އެކަން ވާހަކަދައްކަވައިގެން ހަމަޖެއްސެވިއެވެ. އެކަލޭގެފާނު އެމީހުނާ ވަަކަފުޅުު ދެއްކެވުމުގެ ނަތިޖާއެއްގެ ގޮތުން އެކަލޭގެފާނުގެ ވާހަކަފުޅު ޤަބޫލުކޮށް އެމީހުން އެބުރި ދިޔައެވެ. އެހެންނަމަވެސް އޭގެދުވަސްކޮޅެއް ފަހުން އެމީހުން ، އެކަލޭގެފާނުގެ ނަންފުޅުގައި ލިޔެސިއްކަ ޖަހާފައިވާ ސިޓީއެއް ހިފައިގެން އައެވެ. އެސިޓީގައި ވަނީ ކުރިން އައި މީހުންގެތެރޭގައި ހިމެނޭ، މިޞްރުމީހުން ޤަތުލުކުރުމަށް ، މިޞްރުގައި ހުންނެވި އެކަލޭގެފާނުގެ ޢާމިލަށް ލިޔެފައިވާ ސިޓީއެކެވެ. ޢުޘްމާނުގެފާނު އެސިޓީ ބެއްލެވުމަށްފަހު އެއީ އެކަލޭގެފާނު ލިޔުއްވާފައިވާ ސިޓީ އެއްނޫންކަމަށް ވިދާޅުވެ ހުވައިކުރެއްވިއެވެ. އަދި އެފަދަ ސިޓީއެއް ލިޔުމަށް އަމުރުނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އެއަށްފަހު އެމީހުން އެކަމާއި ތުހުމަތުކުރީ އެކަލޭގެފާނު ކާތިބު މަރުވާން ބިން ޙަކަމަށެވެ. އަދި މަުަވާން ބިން ޙަކަމު އެމީހުންނާ ޙަވާލުކުރުމަށް ޢުޘްމާނުގެފާނުގެ ކިބައިން އެދުނެވެ. ޢުޘްމާނުގެފާނު އެކަމުން މަނަޢަ ވެވަޑައިގެންނެވުމުން އެމީހުންގެ ޢަދާވަތްތެރިކަމާއި ، ނަފުސުގައި ފޮރުވާފައިވާ ނުބައިކަން ފައުޅުކުރިއެވެ. އެއަށްފަހު އެމީހުން ޢުޘްމާނުގެފާނު އެކަލޭގެފާނުގެ ގެކޮޅުގައި ޙީޞާރު ކުރުމަށްފަހު ގަދަކަމުން އެގެކޮޅަށް ވަނުމަށްފަހު އަނިޔާވެރިކަމާއި ނުޙައްގުން ޢުޘްމާނުގެފާނު ޝަހީދު ކުރިއެވެ. މިކަމުގެ ނަތީޖާ އަކަށްވީ މުސްލިމުންގެ މެދުގައި ޒަމާންތައް ތަކުރާރުވިޔަސް ނިވުމެއްނުވާ ފިތުނަތަކެއް އުފެދިގެންދިޔުމެވެ.

        ކުރިން އިޝާރާތް ކުރިމީހުންނަށް އެމީހުންގެ މަޤްޞަދު ޙާސިލުވުމުން ޢަލީގެފާނުގެ ކިބައިން ޚަލީފާކަން ޤަބޫލުކުރުމަށް އެދުނެވެ. އެކަލޭގެފާނު އެނޫންގޮތެއް ނެތިގެން އެމީހުންގެ އެހުށަހެޅުން ޤަބޫލުކުރެއްވިއެވެ. ނަމަވެސް އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ދުވަސްތައް ހޭދަކުރައްވަން ޖެހިވަޑައިގަތީ ދެކޮޅުވެރިންނާ ހަނގުރާމަ ކުރެއްވުމާއިގެންނެވެ. އެއީ ބަޞާރާއާއި ، ނަހުރުވާނާއި ޞިއްފީނުގައެވެ. ހިޖުރައިން ސާޅީސްވަނަ އަހަރު ޚަވާރިޖުންގެ މީހަކު ޚަލީފާކަމުގެ މަޤައްރުކަމުގައިވާ ކޫފާގައި އެކަލޭގެފާނު ޝަހީދުކޮށްލިއެވެ.

        ޢަލީގެފާނު ޝަހީދުވުމުން ޝީޢީން އެކަލޭގެފާނުގެ މަޤާމަށް ދަރިކަލުން އަލްޙަސަން ބިން ޢަލީ އައްޔަންކުރިއެވެ. ނަމަވެސް އެކަލޭގެފާނުގެ ދުރުވިސްނުންފުޅާއި ، މުސްލިމުންގެ ސަފުތައް އިތުރަށް ބައިބައިވެގެން ދިޔަ ނުދެއްވުމަށްޓަކައި ޚަލިފާކަމުން ތަނާޒުލު (to abandon)ވެވަޑައިގެންނެވިއެވެ.

        އެއަށްފަހު ހިޖުރއަިން 40 ވަނައަހަރު މުޢާވިޔަތުގެފާނު އުމަވީ ދައުލަތުގެ ބިންގާ އެޅުއްވިއެވެ. އަދި އެކަލޭގެފާނަށްފަހު އިސްލާމީ ޚިލާފަތަކީ ވިރާސީ ރަސްކަމަށް ބަދަލުކުރެއްވިއެވެ. އެކަލޭގެފާނަށްފަހު ދަރިކަލުން ޔަޒީދު ބިން މުޢާވިޔަތަށް ބައިޢަތު ހިއްޕެވިއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އިސްލާމީ ކަންކޮޅުތަކުގައި، މަދީނާ ، މައްކާ، ކޫފާގައި ފިތުނައާއި ހަމަނުޖެހުން އުފެދިގެން ދިޔައެވެ. މަދީނާގެ އަހުލުވެރިން ޔަޒީދު ބިން މުޢާވިޔާ ޢަޒުލުކުރަންް އެދެންފެށިއެވެ. އެކަމުގައި ނަގާކިޔާ ބަޔަކަށް ތިބީ އަންޞާރިއްޔަ ބޭކަލުންގެ ދަރިދަރިކަލުންނެވެ. ނަމަވެސް މިގޮވާލުންތަކާއި އިންޤިލާބުތައް މުސްލިމު ބިން ޢުޤުބާ ހިންދަވާލެއްވިއެވެ. އެއީ މަޝްހޫރު وقعة الحرة ގައެވެ. މިއާއި އެކުވެސް މައްކާގައި ޢަބުދުﷲ ބިން ޒުބައިރު އެކަލޭގެފާނުގެ ޚިލާފަތު އިޢުލާން ކުރެއްވިއެވެ.

        ކޫފާއަށް ބަލާއިރު އެރަށުގައި ތިބި ޝީޢީންގެ މީހުން ކީރިތި ރަސޫލާގެ ކާފަދަރިކަލުން ޙުސައިނުގެފާނު އެމީހުންގެ ގާތަށް ވަޑައިގަތުމަށް އެދެންފެށިއެވެ. އެއީ އެކަލޭގެފާނަށް ޚަަލީފާކަމަށް ބައިޢަތުހިފުމަށެވެ. ޙުސައިނުގެފާނަށް ޝީޢީންގެ މީހުން އެކަލޭގެފާނުގެ ބައްޕާފުޅާއި ބޭބޭފުޅާއިމެދު ކަންތައްކުރިގޮތުގެ ތާރީޚު އެގިވަޑައިގެން ހުންނެވުމާއި އެކުވެސް ، އެމީހުންގެ ތެރެއަށް ވަޑައިގަތީ އެއްވެސް ލަޝްކަރެއްނެތި، ހަމައެކަނި އެކަލޭގެފާނުގެ ޢާއިލާ ގޮވައިގެންނެވެ. ނަމަވެސް ޔަޒީދު ބިން މުޢާވިޔާގެ ފަރާތުން ޢިރާޤަށް ކަނޑައަޅާފައިވާ ޢާމިލު ޢަބުދުﷲ ބިން ޒިޔާދު ޢިރާޤުގެ ސިފައިންގެ އެހީގައި އެކަލޭގެފާނު ކަރުބަލާގެ ބިންމަތީގައި ޝަހީދު ކޮށްލިއެވެ. މިހިތާމަވެރި ޙާދީޘާގެފަހުން ޔަޒީދު މިދުނިޔެ ދޫކޮށް، ޢަބުދުﷲ ބިން ޒުބައިރު ގެ ދަޢްވަތުގެ ދަށަށް މިޞްރާއި ، ޙިޖާޒާއި ޢިރާޤު ވަނެވެ.

        އަދި ހަމަ މިދުވަސްވަރު މުޙައްމަދު ބިން ޢަލީ ޢަބުދުލްމަލިކު ބިން މަރުވާނަށް ޚަލީފާކަމަށް ބައިޢަތުހިއްޕެވިއެވެ. އެއީ ޢަބުދުލްމަލިކުބިން މަރުވާނުގެ އަތްޕުޅުމައްޗަށް އުމަވީ ދައުލަތުގެ ކަންތައްތައް ހަމަޖެހިގެން ދިޔުމުންނެވެ. އަދި ޢަބުދުﷲ ބިން ޒުބައިރުގެ ބާރުވެސް ޢަބުދުލްމަލިކުބިން މަރުވާން ކަނޑުއްވައިލެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަފަހަރަށް އިސްލާމީ އުންމަތުގެ ވިޙްދަތު ޤާއިމުވެގެންދިޔައެވެ. ކުރިން މިއިޝާރާތްކުރި ބައިޢަތާ އެކުވެސް ޝީޢީން ދުށްގޮތުގައި ޚަލީފާކަމަށް އެންމެ ޙައްޤުކަންބޮޑީ މުޙައްމަދު ބިން ޢަލީއެެވެ. އެކަމުގައި އެކަލޭގެފާނުވަނީ އަނިޔާލިބިގެންނެވެ. އެކަލޭގެފާނު މިދުނިޔެ ދޫކުރުމުން ޝީޢީންގެ ބައެއްމީހުން އެކަމަށްވެސް އިންކާރު ކުރިއެވެ.


 

  1. މުޙައްމަދު ބިން ޢަލީ އަވަހާރަވުމުން ޝީޢީންގެ ފިކުރުތައް މުޅިން އެގޮތް މިގޮތްވެ ބައެއްމީހުން އެކަލޭގެފާނުގެ ކިޔަމަންތެރި ކަމުގައިިތިބެ ، އަނެއްބަޔަކު އެކަލޭގެފާނު ދެވަނަފަހަރަށް ދުނިޔެއަށް އަންނާނެކަމަށް ބުނަމުން ދިޔައެވެ. އަދި ޝީޢީންގެ ބައެއްމީހުން އެކަލޭފާނަށްފަހު ދަރިކަލުން އަބާހާޝިމް އެމީހުންގެ ވެރިއަކު ކަމުގައި ހަމަޖެއްސިއެވެ. މިބައިމީހުންނަށާ، މިބައިމީހުންގެ ކުރީގެ މީހުންނަށް އަލްކައިސާނިއްޔާގެ ނަމުން މުޚާޠަބު ކުރެވެއެވެ. އެއީ މުޚުތާރު ބިން އަބީ ޢުބައިދުގެ ލަޤަބެވެ.


     

  2. އަދި މިމީހުންތެރެއިން ބައެއްމީހުން ޙުސައިނުގެފާނަށްފަހު އެކަލޭގެފާނުގެ ދަރިކަލުން ޒައިނުލް ޢާބިދީން އެމީހުންގެ ވެރިއަކު ކަމުގައި ހަމަޖެއްސިއެވެ. އެކަލޭފާނުވަނީ ޔަޒީދު ބިން މުޢާވިޔާއާއި ޢަބދުލްމަލިކު ބިން މަރުވާނަށް ޚަލިފާކަމަށް ބައިޢަތު ހިއްޕަވާފައެވެ. ތާރީޚު ޢިލްމުވެރިން އެކަލޭގެފާނު ޚަލީފާކަމަށް ދަޢުވާ ކުރެއްވިކަމަށް ބަޔާން ކުރައްވާފައެއް ނުވެއެވެ. ކުރިން މިއިޝާރާތް ކުރިމީހުން ބުނާގޮތުގައި ޚަލީފާކަން ލިބެންވާނީ ޢަލީގެފާނައި ފާޠިމަތުގެފާނުގެ ބޭފުޅުންނަށެވެ.


     

  3. މިދުވަސްވަރު ޢައްބާސުގެފާނުގެ ބޭފުޅުންގެތެރެއިން އެންމެ ދޮށްޓަށްހުންވީ ޢަލީ ބިން ޢަބުދުﷲ ބިން ޢައްބާސެވެ. ޢައްބާސީ ދަރިކޮޅުފެތުރިގެން ދިޔައީ އެކަލޭގެފާނުގެ ފަރާތުންނެވެ. ޢަލީ ބިން ޢަބްދުﷲ ބިން ޢައްބާސްގެ ގިނަބޭފުޅުން ލިބިވަޑައިގަތީ އަލްޙުމައިމިއްޔާގައި ހުންނަވަނިކޮށެވެ. އެބޭފުޅުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މުޙައްމަދު ބިން ޢަލީއެވެ. މިމަނިކުފާނުގެ ބޭފުޅުންގެ ތެރޭގައި، އިމާމު އިބްރާހީމް، އަބުލް ޢައްބާސް، އަބޫޖަޢުފަރުލް މަންޞޫރު ހިމެނެއެވެ. ޢައްބާސީ ދަޢުލަތުގެ މުއައްސިސުންނަކީ މިބޭފުޅުންނެވެ. ޢަލީ ބިން ޢަބުދުﷲ ބިން ޢައްބާސު ހުންނެވީ ޙިޖާޒުދޫކުރެއްވުމަށްފަހު ހުމައިމިއްޔާގައެވެ. އެކަލޭގެފާނު ހުމައިމިއްޔާއަށް ފޮނުއްވީ އުމަވީދައުލަތުގެ ޚަލީފާ އަލްވަލީދު ބިން ޢަބުދުލްމަލިކެވެ. ޙުމައިމިއްޔާގައި ޢައްބާސީންނަށް އިސްލާމީ ޚިލާފަތު ފޮރޮޅައިލުމުގެ ޚިޔާލުއުފެދުނެވެ. އެޚިޔާލުއުފެދެން ދިމާވި ސަބަބެއްކަމުގައި ޢިލްމުވެރިން ބަޔާން ކުރައްވާފައިވަނީ، އަބާޙާޝިމް ބިން މުޙައްމަދު ބިން ޢަލީ ބިން އަބީޠާލިބު ހުންނެވީ އެކަލޭގެފާނުގެ ބޮޑުބޭބެއިންގެ އަރިހުގައި ޙުމައިމިއްޔާގައެވެ. އެކަލޭގެފާނު މިދުނިޔެ ދޫކުރެއްވި އާލާސްކަންފުޅުގައި ، ޢަލީ ބިން ޢަބުދުﷲ ބިން ޢައްބާސާއި އެކަލޭގެފާނުގެ ބޭފުޅުންނަށް އިސްލާމީ ޚިލާފަތުގައި އެބޭފުޅުންގެ ނަޞީބާއިބެހޭގޮތުން ވަސިއްޔަތްކުރެއްވިއެވެ. އަދި އެކަމުގައި އެކަލޭގެފާނުގެ އެކުވެރިންނަށްވެސް އެބޭފުޅުންނަށް އެހީތެރިވުމަށް ވަޞިއްޔައްކުރެއްވިއެވެ. މިވަޞިއްޔަތުގެ ނަތީޖާއަކީ ޝީޢާ އަލްކައިސާނިއްޔާ ޢަލީ ބިން ޢަބުދުﷲ ބިން ޢައްބާސަށް ތާއީދު ކުރަންފެށުމެވެ.


     

    ޒައިނުލް ޢާބިދީން މިދުނިޔެ ދޫކުރުމުން ޝީޢީންގެ ބާކީތިބި މީހުން ތަފާތުބައިތަކަށް ބެހިގެންދިޔައެވެ. އެމީހުންގެ ތެރެއިން ބައެއްމީހުން އެކަލޭގެފާނުގެ ދަރިކަލުން އެމީހުންގެ އިމާމަކު ކަމުގައި ހަމަޖެއްސިއެވެ. އަދި ޝީޢީންގެ ބައެއްމީހުން، ޚިލާފަތަކީ ފާޠިމީންގެ ތެރެއިން ޢިލްމުވެރިކަމާއި، ހިތްވަރުގަދަަމާއި ، ދީލަތި ކޮންމެ މީހަކު ގެ ޙައްޤެއްކަމުގައި ބަޔާންކުރަން ފެށިއެވެ. މިބައިމީހުން ޒައިދު ބިން ޢަލީ ބިން އަލްޙަސަނަށް އެހީތެރިވެދިިނެވެ. އެމީހުން މަޝްހޫރުވެފައިވަނީ އައްޝީޢާ އައްޒައިދިއްޔާގެ ނަމުންނެވެ. ބަނީ އުމައްޔަތުވަންހައިގެ މީހުންގެ ކިބައިން އިސްލާމީ ޚިލާފަތު ނިގުޅައިގަތުމަށް ، ނުވަތަ އިސްލާމީ ޚިލާފަތާ ހަމައަށް ވާޞީލުުވުމަށް މަސައްކަތްކުރީ ޝީޢާ އަލްކައިސާނިއްޔާ އެވެ. އެމީހުންނަކީ ޢަލީ ބިން ޢަބުދުﷲ އަށް ތާއީދު ކުރިމީހުންނެވެ. އެއަށްފަހު އައްޝީޢާ އައްޒައިދިއްޔާއިންނެވެ. އެއީ ޒައިދު ބިން ޢަލީއާއި އެކަލޭގެފާނުގެ ދަރިކަލުން ޔަޙްޔާއަށް ތާއީދު ކުރިމީހުންނެވެ.


     

    އައްޝީޢާ އައްޒައިދިއްޔާއިން ޒައިދު ބިން ޢަލީ އަށް ނަޞްރު ދިނުމަށް ކޫފާއަށް ދިޔައެވެ. ނަމަވެސް އެދުވަސްވަރަކީ ބަނީއުމައްޔަތު ވަންހައިގެ މީހުންގެ ކިބައިގައިވެސް އެއްވެސްް ކަހަލަ ޢައިބެއްނެތް ދުވަސްވަރެކެވެ. ނަތީޖާއެއްގެ ގޮތުން އެމީހުން ޒައިދު ބިން ޢަލީގެ މައްޗަށް ކާމިޔާބު ހޯދައި އެކަލޭގެފާނު ޤަތުލުކޮށް ޞަލީބަށް އެރުވިއެވެ. އެކަލޭގެފާނުގެ ދަރިކަލުން ޔަޙްޔާއާއި މެދުވެސް އެފަދައިން ކަންތައްކުރިއެވެ.

    މުޙައްމަދު ބިން ޢަލީ ބިން ޢަބުދުﷲ ބިން ޢައްބާސަކީ ޢައްބާސީންގެ ތެރޭގައި ހުންނެވި އެންމެ ސިކުނޑި ތަނަވަސް އަދި އެމީހުންގެ ރައީސް ވެސް މެއެވެ. އެކަލޭގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި ވެރިކަމުގެ ބާރު އެއްބައެއްގެ އަތުން އަނެއްބައެއްގެ އަތަށް ފޮރޮޅާލުމައްޓަކައި ދުރާލާ އެކަމުގެ ރޭވުންތައް ރާވައި ތައްޔާރުވާން ޖެހެއެވެ. ކުއްލިއަކަށް ގެންނަ ކޮންމެ ޙަރާކާތެއްގެ އާޚިރުނަތީޖާއަކީ ނާކާމިޔާބީއެވެ. އެހެން ކަމުން އެކަލޭގެފާނަށް ތާއިދުކުރާމީހުންގެ ކިބައިން އެދިވަޑައިގަތީ އަހުލުުބައިތުންނަށް ވެރިކަމުގެ ބާރު ހޯދައިދިނުމަށް މަސައްކަތް ކުރުމަށްޓަކައި ދުޢާތުންތަކެއް ހަމަޖެއްސުމަށެވެ. އަދި މިދަޢްވަތުގައި އަހުލުބައިތުންގެ ތެރެއިން ވަކި ބަޔަކު ޚާއްޞަ ނުކުރުމަށްވެސް އެކަލޭގެފާނު އެންގެވިއެވެ. އެއީ ބަނީއުމައްޔަތު ވަންހައިގެ މީހުންނަށް އެކަން އެގިއްޖެނަމަަ، ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނެތީއެވެ. އަދި ދަޢުވަތު ފެތުރުމަށްޓަކައި އެންމެ ރަގަޅު މަރުކަޒެއްކަމުަގައި އެކަލޭގެފާނު ވިދާޅުވީ ، ކޫފާއާއި ޚުރާސާނުގެ ރަށްތަކެވެ.

    މުޙައްމަދު ބިން ޢަލީ ބިން ޢަބުދުﷲ އެކަލޭގެފާނުގެ ދުޢާތުން ތަންތަނަށް ފޮނުއްވަމުން ވިދާޅުވިއެވެ. ތިޔަބައިމީހުން ޚުރާސާނަށް ދާށެވެ. އެތަނުގައި ވަރަށް ގިނަބަޔަކުވެއެވެ. އެމީހުންނަކީ ތަނަވަސް މޭމަތިތަކެއްގެ ވެރި، ސަލާމަތް ހިތްތަކެއްގެ ވެރި ބައެކެވެ.


     

    ޢައްބާސީ ދަޢުވަތަށް ސިއްރު ޖަމްޢިއްޔާއެއް އެކުލަވާލުން:

            މިޖަމްޢިއްޔާ އެކުލަވާލެވުނީ ޢަލީ ބިން ޢަބުދުﷲ ބިން ޢައްބާސު ދުނިޔޭގައި ހުންނަވަނިކޮށެވެ. އެއީ ހިޖުރައިން ދެވަނަ ޤަރުނުގައެވެ. ޢަލީ ބިން ޢަބުދުﷲ ބިން ޢައްބާސް އަވާހާރަވީ ހިޖުރައިން 117 ވަނައަރު ، ބައެއް ރިވާޔަތްތަކުަގި ހިޖުރައިން 114 ވަނައަހަރުއެވެ. އެދުވަސްވަރު ބަނީއުމައްޔަތު ވަންހައިގެ ޚަލީފާއަކީ ޢުމަރު ބިން ޢަބުދުލް ޢަޒީޒެވެ. ކުރިން މިއިޝާރާތްކުރި ޖަމްޢިއްޔާ އެކުލެވިގެންވަނީ ދުޢާތުންނާއި ރުއަސާއުންނެވެ.


     

            އައްބާސީ ދަޢްވަތު ފެތުރުމައްޓަކައި ދެމަރުކަޒެއް ކަނޑައެޅުނެވެ. ފުރަތަމަ މަރުކަޒަކީ އަލްކޫފާއެވެ. އެހެން ކަމުން މިދަޢްވަތުގެ މުވާޞަލާތުގެ މަރުކަޒަކީ ކޫފާއެވެ. ކޫފާގައި މައިސަރާ މަވްލާ ޢަލީ ބިން ޢަބުދުﷲ ހުންނެވިއެވެ. ދެވަނަ މަރުކަޒަކީ ޚުރާސާނެވެ. ޢަައްބާސީ ދަޢްވަތުގެ ޙަޤީޤީ މަރުކަޒަކީ ޚުރާސާނެވެ. މުޙައްމަދު ބިން ޢަލީ ބިން ޢަބުދުﷲ ބިން ޢައްބާސް ޚުރާސާނަށް މުޙައްމަދު ބިން ޚުނައިސާއި އަބޫ ޢިކުރަމާ އައްސިރާޖު ފޮނުއްވައި ބާރާ ނަޤީބުން (chief) އިޚުތިޔާރު ކުރިއެވެ. އެއީ:

    1- ސުލައިމާން ބިން ކަޘީރު އަލްޚުޒާޢީ

    7- ލާހިޒު ބިން ޤުރައިޟް އައްތަމީމީ    

    2 - މާލިކު ބިން އަލްހައިޘަމް އަލްޚުޒޢީ

    8- މޫސާ ބިން ކަޢްބު އައްތަމީމީ

    3- ޠަލްޙަތު ބިން ޒުރައިޤު އަލް ޚުޒާޢީ

    9- އަލްޤާސިމް ބިން މުޖާޝިޢު އައްތަމީމީ

    4- ޢަމްރު ބިން އަޢުޔުނު އަލްޚުޒާޢީ

    10- އަބޫ ދާޥޫދު ޚާލިދު ބިން އިބުރާހީމް އައްޝައިބަނީ

    5- ޢީސާ ބިން އަޢްޔުނު އަލްޚުޒާޢީ    

    11- ޢަބޫ ޢަލީ އަލްހަރަވީ ޝުބުލު ބިން ޠަހްމާނު އަލްޙަނަފީ

    6- ޤަޙްޠަބާ ބިން ޝަބީބު އައްޠާއީ

    12- ޢިމްރާން ބިން އިސްމާޢީލް އަލްމުޢައިޠީ އެވެ.


     

    މިބައި މީހުން މަޝަވަރާކޮށް ވާހަކަދެއްކުމަށްޓަކައި އިތުރު ހަތްދިހަ މީހުން އިޚުތިޔާރު ކުރިއެެވެ. މުޙައްމަދު ބިން ޢަލީ އެބައިމީހުން ކުރިއަށް ދާންވީގޮތުގެ ނާރެހެއް ކުރައްސަވައި ދެއްވިއެވެ. ކުރިން މިއިޝާރާތް ކުރި ދުޢާތުން އެމީހުންގެ މަސައްކަތާއިގެން ހިޖުރައިން ދެވަނަ ޤަރުނުނާ ހަމައަށް (132) ކުރިއަށް ގެންދިޔައެވެ.

    އައްބާސީ ދަޢްވަތުގެ މުއްދަތު ބެހިގެން ގޮސްފައިވަނީ ފާހަގަކުރެވޭ ދެމަރުޙަލާއަކަށެވެ. ފުރަތަމަ މަރްހަލާ ފެށުނީ ހިޖުރައިން ފުރަތަމަ ޤަރުނުގެ ތެރޭގައެވެ. އެދުވަސްވަރަކީ އުމަވީ ދައުލަތުގެ ބާރުގަދަ ދުވަސްވަރެވެ. އުމަވީ ޢާއިލާގެ ތެރޭގައި ވަނީ އެކުވެރިކާމާއި އެއްބައެއްވަންތަ ކަމެވެ. ޚުރާސާނުގައި ތިބިސިފައިންގެ މެދުގައި ޤައުމީ ޢަޞަބިއްޔަތެއް އުފެދިފައެއް ނުވެއެވެ. އެމުއްދަތު 27 އަހަރަށް ދެމިގެން ގޮސްފައިވެއެވެ. ފުރަތަމަ ދައުރު ނިމގެންދިޔައީ އަބޫ މުސްލިމުލް ޚުރާސާނީ އެދަޢުވަތާއި ގުޅުނު ހިސާބުންނެވެ. ފުރަތަމަ ދައުރު ނިމިގެން ގޮސްފައިވަނީ ޞުލްޙަ މަސަލަސްކަމާއި އެކުގައެވެ.

    ދެވަނަ މަރުޙަލާ ފެށުނީ އަބޫމުސްލިމުލް ޚުރާސާނީ އެދަޢްވަތާ ގުޅި ބާރުގެ ބޭނުުންކުރަންޖެހި އެކަމުގެ މަގުފަހިވެގެން ދިޔަހިސާބުންނެވެ.

    ފުރަތަމަ މަރުޙަލާ ( 100- 127)

            މިދައުރުގައި ދުޢާތުން ޚުރާސާނުގެ ކަންކޮޅުތަކުގައި ދަތުރުފަތުރު ކުރަމުންދިޔައެވެ. ބޭރުފުށުން ދައްކަމުން ދަނީ އެމީހުންނަކީ ވިޔަފާރިވެރިން ކަމުގައެވެ. އެތެރެފުށުން އެމީހުންނަކީ ދުޢާތުންނެވެ. ލިބޭކޮންމެ ފުރުޞަތެއްގައި ކޫފާގައި ތިބި މީހުންނަށް އެމީހުން ދަޢްވަތު ފޯރުކޮށްދެމުން ދިޔައެވެ. މައްކާ އަށް މީސްތަކުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ޖަމަޢްވުމުން އެމީހުން ޙައްޖަށްގޮސް ޙައްޖާޖީންގެ ގާތުގައި އެދަޢްވަތުގެ ވާހަކަ ތައް ދައްކަމުންދިޔައެވެ. އެހެން ކަމުން މީސްތަކުންނަށް ދަޢްވަތުގެ އަސަރުދިޔައީ ވަރަށް ބޮޑަށް ކުރަމުންނެވެ. ޚުރާސާނު ގައި ދަޢްވަތު ފެތުރުމުގައި އުދަގޫ ތަކާ ކުރިވެއްޖެނަމަ އެބައިމީހުން ޙައްޖުވެރިންގެ ގޮތުގައި ނުވަތަ ފިޔަފާރިވެރިންގެ ގޮތުގައި ފުރައިގެން ދެއެވެ. ހަމައެފަދައިން މުޙައްމަދު ބިން ޢަލީހުުމައިމިއްޔާގައި ހުންނެވުންވީ މިދަޢްވަތު އިންތިޒާމީ ގޮތެއްގައި ކުރިއަށްގޮސް އެކަން ސިއްރުވެފައި އޮތުމުގެ ސަބަބެއްކަމުގައެވެ.

            ޚުރާސާނުގައި އެންމެ ފުރަތަމަ މިދަޢްވަތުގެ ކަންތައް ފައުޅުވީ ހިޖުރައިން 102 ވަނައަހަރު އެވެ. އެއަހަރު ތަމީމުވަންހައިގެ މީހަކު ( ސަޢީދު ޚުޒައިނާ) ޚުރާސާނުގެ އަމީރު ސަޢީދު ބިން ޢަބުދުލްޢަޒީޒު ބިން އަލްޙާރިޘް ބިން އަލްޙަކަމު ބިން އަބިލް ޢާޞް ގެ އަރިހަށް ގޮސް ދެންނެވިއެވެ. މިރަށުގައި ބަޔަކު މީހުން ވަރަށް ހުތުރު ވާހަކަތަކެއް ދައްކައިގެން އެބައުޅެއެވެ. ސަޢީދު އެމީހުން ބަލާފޮނުއްވައިގެން ގެންނެވުމަށްފަހު އެމީހުންނާ ސުވާލުކުރެއްވިއެވެ. ތިޔަބައިމީހުނަކީ ކޮންބަޔަކީމު ހެއްޔެވެ؟ އެމީހުން ދެންނެވިއެވެ. އަޅުގަނޑުމެންނަކީ ވިޔަފާރިވެރި ބަޔަކީމުއެވެ. ސަޢީދު ވިދާޅުވިއެވެ. ތިޔަބައިމީހުންނާ ބެހޭގޮތުން މީނާ މިދައްކަނީ ކޮންވާހަކަ ތަކެއްހެއްޔެވެ؟ އެމީހުން ދެންނެވިއެވެ. އަޅުގަނޑުމެނަކަށް އެއްގޮތަކަށްވެސް ނޭގެއެވެ. ސަޢީދު ވިދާޅުވިއެވެ. ތިޔަބައިމީހުން އައިސްގެން ތިޔައުޅެނީ ދުޢާތުންގެ ގޮތުގައި ހެއްޔެވެ. އެމީހުންދެންނެވިއެވެ. ތިމަންމެންވަނީ ތިމަންމެންގެ ވިޔަފާރިއާއި އެނޫންވެސް މަސައްކަތް ތަކުގައި މަޝްޣޫލު ވެގެންނެވެ. ތިޔަފަދަކަމަކަށް ތިމަންމެންނަށް ވަގުތެއް ނެތެވެ. ދެން ސަޢީދު ޚުރާސާނުގައި އެމީހުން ދަންނަ ބަޔަކު ތިބިތޯ ސުވާލުކުރެއްވިއެވެ. ޚުރާސާނުގައި ތިބި ރަބީޢަތާއި ޔަމަނުގެ ބަޔަކުއައިސް ދެންނެވިއެވެ. ތިމަންމެން އެމީހުން ދަންނަމެވެ. ކަލޭގެފާނު ހިތްޕުޅު ހަމަޖެހިވަޑައި ނުގަންނަވާފަދަ ކަމެއް އެމީހުންގެ ކިބައިން ފެނިވަޑައިގެންފިނަމަ ، އެމީހުންނަށް މަޢާފު ކުރައްވައި ދޫކޮށްލައްވާށެވެ.

            ހިޖުރައިން 105 ވަނަ އަހަރު މިޖަމްޢިއްޔާ އާއި ބަކީރު ބިން މާހާން ގުޅުނެވެ. އޭނާއަކީ އެދައުލަތުގެ ޝައިޚެކެވެ. ދައުލަތުގެ ބޮޑެކެވެ. އަތްމަތި ތަނަވަސް މީހެކެވެ. އެހެން ކަމުން އޭނާގެ މުދަލުން ދަޢްވަތު ފެތުރުމުގައި އެހީތެރިވެދިނެވެ. އިއްތިފާގުން ދިމާވިގޮތުން ކޫފާގައި ހުރި ޢަބުދުﷲ ބިން ޢަލީގެ މައުލާ މައިސަރާ އެދުވަސްވަރު މިދުނިޔެ ދޫކުރިއެވެ. އޭނާގެ ބަދަލުގައި މުޙައްމަދު ބިން ޢަލީ ބަކީރުބިން މާހާން އެމަގާމަށް އައްޔަން ކުރެއްވިއެވެ. މިދަޢްވަތުގެ ރައްބާނަކީ (master) ބަކީރު ބިން މާހާންއެވެ. ދުޢާތުންނަށް އެމީހުން ކުރިއަށް ދާންވީގޮތާއި، ހުރިހާކަމެއް ބަޔާން ކޮށްދެނީ އޭނާއެވެ.

            އެންމެފުރަތަމަ މިދަޢްތަށް ދިމާވި ނުރައްކަލަކީ ޚުރާސާނުގެ އަމީރު އަސަދު ބިން ޢަބުދުﷲ ބިން އަލްޤަސްރީ އަށް މިސިއްރު އެގުމެވެ. އޭނާއަކީ ވަރަށް ހަރުކަށި ވެރިއެކެވެ. އެހެންކަމުން އަސަދު ބިން ޢަބުދުﷲ ބިން އަލްޤަސްރީ އަބޫޢިކުރަމާއާއި ، އަބޫ މުޙައްމަދު އައްޞާދިޤުއާއި ، މުޙައްމަދު ބިން ޚުނައިސް އާއި ޢައްމާރު އަލްޢިބާދީ އަތްފައި ބުރިކޮށް ޞަލީބަށް ނެގިއެވެ. ޢައްމާރު އަލްޢިބާދީ މިތަނުން ސަލާމަތްވެގެން ކޫފާއަށްގޮސް މިނުބައި ޚަބަރު ބަކީރު ބިން މާހާނަށް ދިނެވެ. އޭނާ އެޚަބަރު މުޙައްމުދު ބިން ޢަލީ އަށް ލިޔުނެވެ. އެސިޓީގެ ޖަވާބުގައި މުޙައްމަދު ބިން ޢަލީ ލިޔުއްވާފައިވެއެވެ. މާތްﷲ އަށް ޙަމްދު ކުރަމެވެ. އެކަލާނގެއީ ކަލޭގެ ސިޓީގައިވާހަކަތަކާއި، ކަލޭގެ ދަޢްވަތު ތެދުކުރެއްވި ރަސްކަލާނގެއެވެ. ތިޔަބައިމީހުންގެ ތެރެއިން ޤަތުލުވިމީހުން ބާކީވެއްޖެއެވެ. އަހަރެމެންގެ ތެރެއިން ޤަތުލުވީ މީހުންގެ ބަދަލުގައި އެމީހުންގެ ތެރެއިން ތިމަންމެން ޤަތުލުކުރާނަމެވެ. ޢައްމާރު އަލްޢިބާދީ ދެވަނަ ފަހަރަށް އަސަދު ބިން ޢަބުދުﷲ އަލްޤަސްރީ އަތުގައި ހައްޔަރުވުމުން އޭނާ ޤަތުލުކޮށްލިއެވެ.

            ޚުރާސާނުގެ ވާލީންގެ ތެރެއިން އަސަދު ބިން ޢަބުދުﷲ އަކީ ޝީޢީންނަށް ހަރުކަށިކޮށް ކަންތައްކުރެއްވި ވެރިޔާއެވެ. އެމަނިކުފާނު ޝީޢީންގެ އެއްވެސް މީހަކަށް ރަޙުމެއް ނުކުރައްވައެވެ. ހައްޔަރުކުރެވިގެން ގެންދެވޭކޮންމެ މީހަކު އަރުވާލައްވައި ، ޤަތުލުކުރައްވަމުން ގެންދެވިއެވެ. އެހެން ކަމުން އެމަނިކުފާނުގެ ވާލީކަމުގެ ދުވަސްވަރު ދުޢާތުންގެ މާބޮޑު ޙަރަކާތްތަކެއް ހިނގައިގެން ގޮސްފައެއްނުވެއެވެ. ހިޖުރައިން 109 ވަނައަހަރު އެމަނިކުފާނު އެމަޤާމުން ޢަޒުލުކުރެވުނެވެ. އެއަށްފަހު ދެވަނަ ފަހަރަށް ހިޖުރައިން 117 ވަނައަހަރު ޚުރާާސާނުގެ ވާލީކަމަށް އިސްކުރެވުމުން ޝީޢީނާއި މެދު އިހުމުޢާމަލާތު ކުރެއްވި އުޞޫލުން މުޢާމަލާތު ކުރައްވަމުން ގެންދެވިއެވެ.


     

        އެއަށްފަހު އިސްލާމީ ދުނިޔޭގައި ޝީޢީންގެ މިދަޢްވަތު ކުރިއަރައިގެން ދިޔުމަށް މެދުވެރިވި އެތަށްކަމެއް ހިގައިގެންދިޔައެވެ. އެގޮތުން:

  4. އުމަވީދަރިކޮޅުގެ މިހުންގެ މެދުގައި ދެކޮޅުވެރިކަން އުފެދި ވެރިކަމުގައި ރެނދު އެޅުނެވެ. މިގޮތުން ޔަޒީދު ބިން އަލްވަލީދު ބިން ޢަބުދުލްމަލިކު ބިން މަރުވާން އެމަނިކުފާނުގެ ބޮޑުބޭބެގެ ދަރިކަލުން އަލްވަލީދު ބިން ޔަޒީދު ބިން ޢަބުދުލް މަލިކާއި ދެކޮޅަށް ނުކުތުން ހިމެނެއެވެ. މިފުރުޞަތުގެ ބޭނުން ހިފައި އެޢާއިލާގެ އެހެންބޭފުޅުން ޚަލީފާކަން ހޯދުމަށް މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. މިގޮތުން މަރުވާން ބިން މުޙައްމަދު ، ވަލީދުގެ އަޚު ޢުމަރު ބިން ޔަޒީދު އެމަނިކުފާނުގެ އަޚުގެ ލޭގެބަދަލު ހޯދުމަށް ގޮވައިލެއްވިއެވެ.

    ޢޭރު މަރުވާން ބިން މުޙައްމަދު ހުންނެވީ ޖަޒީރާއާއި އަރުމީނިޔާގެ އަމީރަކަށެވެ. އެމަނިކުފާނުގެ ބާރުގެދަށުގައި ވަރަށް ބޮޑު ލަޝްކަރެއް އޮތެވެ. އެހެންކަމުން ބޮޑުލަޝްކަރުގެ އެހީގައި އަދި ކުރިން އިޝާރާތް ކުރިވާފަށުގެ ބޭނުން ކުރައްވައިގެން ޚަލީފާކަން ހޯއްދެވުމަށް މަސައްކަތް ފެއްޓެވިއެވެ.


     

  5. ޚުރާސާނުގައި ޤައުމީ ޢަޞަބިއްޔާތު ގެ އޮއިވަރެއް ހިގައިގެން ދިޔައެވެ. ޢަރަބި ޤަބީލާތައް ބައިބައިވެ ގެން ދިޔައެވެ. ޢަރަބި ޤަބީލާތައް ބެހިގެންގޮސަފައިވަނީ ބޮޑު ދެދަރިކޮޅުގެ މައްޗަށެވެ. އެއީ ޤަޙުޠާނާއި ނިޒާރު ދަރިކޮޅެވެ. ޤަދީމީ ޒަމާނުގައި ޢަރަބިންގެ ރަސްކަން އޮތީ ޔަމަނުގައެވެ. އިސްލާމްދީން އަމުމަށްފަހު މާތްނަބިއްޔާގެ ސަބަބުން ނިޒާރު ދަރިކޮޅުމަތިވެރި ވެގެން ދިޔައެވެ. ނުބުއްވަތާއި ޥަޙީގެ ސަބަބުން ޖާހިލިއްޔަތުގެ ހޫނުކަމުން މީސްތަކުންގެ ހިތްތަކަށް ފިނިކަމެއް ލިބިގެން ދިޔައެވެ. އަދި ޔަމަނުމީހުން ނާއި ނީޒާރު ދަރިކޮޅުގެ މީހުންނަކީ އަޚުންތަކެއް ކަމުގައި ވެގެން ދިޔައެވެ. އެދެބައިމީހުންގެ ބާރުގައި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޢަދުއްވުންގެ މައްޗަށް ގަދަކަން ހޯދިއެވެ. އެފަދަކާމިޔާބީއެއް އޭގެކުރީގެ އެއްވެސް އުންމަތަކަށް ޙާޞިލުކުރެވިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން އެމީހުންގެ ޤަދަރު އުފުލިގެން ދިޔައެވެ.

    ކުރިން މިއިޝަރާތް ކުރިި ބައިބައިވުން އުފެދިގެން ދިޔައީ ނަޞަރު ބިން ސަޔާރުގެ ވެރިކަމުގައެވެ. ޔަމަނު ދަރިކޮޅު މީހުންގެ ރައީސަކީ ނަޞަރު ބިން ސައްޔާރުއެވެ. ނިޒާރު ދަރިިކޮޅު މީހުންގެ ރައީސަކީ ޖުދައިޢު ބިން ޝަބީބެވެ.

    މިޙާދިޘާ ހިގައިގެން ދިޔައިރު ޝީޢީންގެ އިމާމު މުޙައްމަދު ބިން ޢަލީ އަވަހާރަވެއްޖެއެވެ. އެއަށްފަހު އެމަނިކުފާނަށްފަހު އެކަންތަކާއި ޙަވާލުވެވަޑައިގަތީ އެމަނިކުފާނުގެ ދަރިކަލުން އިމާމު އިބުރާހީމެވެ. އެމަނިކުފާނުގެ ބައްޕާފުޅުގެ މަސައްކަތްޕުޅު ކުރިއަށް ގެންދެވިއެވެ. އޭގެދުވަސް ކޮޅެއްފަހުން ކޫފާގައި ހުންނެވި ޝީޢީންގެ އިމާމު ބަކީރު ބިން މާހާން މިދުނިޔެ ދޫކުރިއެވެ. އެނާގެ ބަދަލުގައި އިމާމު އިބުރާހީމް އެމަޤާމަށް ގެންނެވީ ޙަފުޞް ބިން ސުލައިމާން ( އަބީ ސަލަމަތުލް ޚިލާލް) އެވެ.

    މިދުވަސްވަރު އިމާމު އިބުރާހީމް ހިތްވަރުގަދަ ޢަޒުމް ވަރުގަދަ ، ދޫފަސޭހަ ޒުވާނަކާ ގުޅުއްވިއެވެ. އެއީ އަބޫމުސްލިމުލް ޚުރާސާނީއެވެ. ޚުރާސާނުގައި ތިބި ޝީޢީން ތިބީ އެފަދަ ޒުވާނަކަށް ބޭނުންވެފައެވެ. އެއީ އެމީހުންގެ މަސައްކަތުގައި މަގުދައްކާ އާރުކާޓީއެކެވެ. އަދި ފުރުޞަތެއް ލިބޭއިރަށް އުމަވީ ދައުލަތުގެ ތެރޭގައި އުފެދިފައިވާ ޚިލާފުތަކުގެ ބޭނުން ކުރަން އެގުމާއި އެކު ޚުރާސާނުގެ އިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުގެ ފައިދާ ނަގަން އެގޭފަދަ މީހެކެވެ.
    ކުރިން މިއިޝާރާތް ކުރިމަސަތްކަތަށް އިމާމު އިބުރާހީމް އަބޫމުސްލިމުލް ޚުރާސާނީ އިޚުތިޔާރު ކުރެއްވިއެވެ. އަދި އެމަނިކުފާނުގެ އެކުވެރިންނަށް އަބޫމުސްލިމުލް ޚުރާސާނީ އަށް ކިޔަމަން ތެރިކަން އަދާކުރުމަށް އަމުރުކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ފަރާތުން ޚުރާސަނުގެ ކަންތައް ބަލަހައްޓަވާނީވެސް އޭނާކަން ބަޔާންކުރެއްވިއެވެ. އަދި ޔަމަނުދަރިކޮޅާ ބޮޑަށް ގުޅިގެން އުޅުމަށްވެސް އަބޫމުސްލިމުލް ޚުރާސާނީ އަށް އަމުރުކުރެއްވިއެވެ. ސަބަބަކީ ޢަޞަބިއްޔަތުގެ ސަބަބުން އެމީހުންވަނީ އުމަވީދަރިކޮޅާއި ދެކޮޅުވެރިވެފައެވެ. އަދި މުޟަރު ދަރިކޮޅު މީހުންނާމެދު ޚާއްޞަގޮތަކަށް ބެލުމަށްވެސް އަމުރުކުރެއްވިއެވެ. އެބައިމީހުންނަކީ އުމަވީ ދައުލަތުގެ ބައިވެރިންނެވެ. އަބޫމުސްލިމުލް ޚުރާސާނީ ކަންތައްތައް ތަދުބީރު ކުރައްވަމުން ގެންދެވިއެވެ. އޭގެއަހަރެއްހާދުވަސް ފަހުން އިމާމު އިބުރާހީމަށް ޒިޔާރަތްކުރުމަށް އޭނާއަށް ފުރުޞަތު ލިބިގެންދިޔައެެވެ. ދުޢާތުންގެ ވަރަށްގިނަ ބަޔަކާއެކު ޤޫމުސް ގައި އަބޫމުސްލިމުލް ޚުރާސާނީ ހުންނަވަނިކޮށް އިމާމު އިބުރާހީމުގެ ސިޓިފުޅެއް ލިބުނެވެ. އެސީޓިގައި ބަޔާން ކުރައްވާފައިވެއެވެ. ތިމަންނާ ތިބާޔަށް ނަޞްރުގެ ދިދަފޮނުއްވަމެވެ. ތިމަންނާގެ ސިޓީ ލިބުމުން ހުރިހިސާބުން އެނބުރި ތިބާޔާއެކުގައި ތިބިބަޔަކާ އެކު ޤާޙްޠަބާގެ ގާތަށް ދާށެވެ.


     

    ޢަމަލީ ދައުރު:

    ކުރިން ބަޔާންކުރިހެން އިމާމު އިބުރާހީމުގެ އެސިޓީ ލިބުމުން އަބޫމުސްލިމުލް ޚުރާސަނީ މަރުވުގެ ރަށެއްކަމުގައިވާ سفيذنج އަށް ފޭބިއެވެ. އެއަށްފަހު އެމަނިކުފާނުގެ ދުޢާތުން މީސްތަކުގެތެރެއަށް ފޮނުއްވިއެވެ. އަދި މީސްތަކުން އެމަނިކުފާނުގެ އަރިހަށް ޖަމަޢަވާން ފެށިއެވެ. ހިޖުރައިން 129 ވަނައަހަރު ރަމަޟާންމަހު އިމާމު އިބުރާހީމް އޭނާއަށް ފޮނުއްވި ދިދަ ލޮންސި އަކަށް ނެންގެވިއެވެ. މިލޮންސީގެ ދިގުމިނުގައި ސާދަމުށް ހުރިކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ. އެއަށްފަހު އައްސަޙާބު ކިޔޭ ދިދައެއް ތޭރަށްމުށްހުރި ލޮންސިއެއްގެ ކުރިއަށް ނެންގެވިއެވެ. އޭރު އަބޫމުސްލިމުލް ޚުރާސާނީ ކިޔަވަމުންގެންދެވީ ސޫރަތުލް ޙައްޖުގެ 39 ވަނައާޔަތެވެ. އެއީ:â
    tbÏŒé&
    tûïÏ%©#Ï9
    šcqè=tG»s)ãƒ
    öNßg¯Rr'Î/
    (#qßJÎ=àß
    4
    ¨bÎ)ur
    ©!$#
    4n?tã
    óOÏdÎŽóÇtR
    퍃Ïs)s9
    á
    މާނައަކީ: " ހަނގުރާމަވެވެމުންދާ
    މީހުންނަށް ހަނގުރާމަކުރުމުގެ އިޛުނަ ދެއްވައިފިއެވެ. އެއީ ހަމަކަށަވަރުން އެބައިމީހުންނަށް އަނިޔާލިބުނު ކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން އެބައިމީހުންނަށް ނަޞްރުދެއްވުމަށް ﷲ ކުޅަދުންވަންތަކަން ކަށަވަރެވެ."

    އެއަށްފަހު އެމީހުން ޢައްބާސީ ދައުލަތުގެ ޝިޢާރެއްކަމުގައި ހެދި ކަޅުކުލައިގެ ހެދުންއެޅިއެވެ. އަބޫމުސްލިމުލް ޚުރާސާނީ ގެ އެންމެ ފުރަތަމަ ޢަމަލެއްގެގޮތުން سفيذنج ކިއްލާ އޭނާގެ ބާރުގެދަށަށް ގެންނެވުމަށްފަހު އަރިހުގައި ތިބިމީހުންނާއި އެކު އެކިއްލާގައި މަޑުކުރެއްވުމެވެ. ހިޖުރައިން 129 ވަނައަހަރު ރަމަޟާންމަހުގެ ފިޠުރުޢީދު ނަމާދު މީސްތަކުންނާއެކު ކުރުމަށް ސުލައިމާނު ބިން ކަޘީރަށް އަމުރުކުރެއްވިއެވެ. އެއަށްފަހު އޭނާއަށްޓަކައި ލަޝްކަރުގެ ތެރޭގައި މިންބަރެއް ބެހެއްޓުނެވެ.

    އަބޫމުސްލިމުލް ޚުރާސާނީ ނަޞްރުބިން ސައްޔާރަށް ސިޓީއެއް ލިޔުމަށްފަހު އެސިޓީގައި ބަޔާންކޮށްފައި ވެއެވެ. ދެންއެއަށްފަހު ދަންނައެވެ. މާތްﷲ ސުބުޙާނަހޫވަތަޢާލާގެ އިސްމުފުޅުތަކުގެ ބަރަކާތްތެރި ކަމާއެވެ. އަދި އެކަލާނގެ ޛިކުރުގެ މަތިވެރިއެވެ. ކީރިތި ޤުރްއާނުގައި ޤައުމެއްގެ ބަޔަކު ބަދަލުކުރައްވައިފައިވާ ވާހަކަ ބަޔާން ކުރައްވާފައިވެއެެވެ. އެކަލާނގެ ވާޙީކުރައވާފައިވެއެވެ.
    '' އެބައިމީހުންގެ އެންމެ ގަދަހުވައިން މާތްﷲ ގަންދީ އެބައިމީހުން ހުވައިކުޅައެވެ. ފަހެ ބިރުވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު އެބައިމީހުންގެ ގާތަށް ވަޑައިގެންނެވިހިނދު ، އެއިން ނަފުރަތުވެ ދުރުހެލިވުން މެނުވީ އެބައިމީހުންނަކަށް އިތުރެއްނުވިއެވެ. (އެއީ) ބިންމަތީގައި ބޮޑާވެގަތުމުގެ ގޮތުންނެވެ. އަދި ނުބައި މަކަރުވެރި ރޭވުމެއްގެ ގޮތުންނެވެ. އަދި ނުބައި މަކަރުވެރި ރޭވުން އޭގެ އަހުލުވެރިންނަށް މެނުވީ ނުޖެހޭނެއެވެ. ފަހެ އިސްވެދިޔަ މަކަރުވެރި މީހުންނާމެދު، ﷲ ކަންހިންގެވިގޮތަށް މެނުވީ އެބައިމީހުން އިންތިޒާރު ކުރޭހެއްޔެވެ؟ ފަހެ ﷲ ކަން ހިންގަވާ ގޮތަށް ބަދަލެއްއަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެއެވެ. އަދި ﷲ ކަން ހިންގަވާގޮތް އެހެން ފަރާތަކަށް އަނބުރައިލެވޭތީވެސް ކަލޭގެފާނަކަށް ފެނިވަޑައެއްނުގަންނަވާނެއެވެ''.(މި އާޔަތް ހޯދުމަށްފަހު މިތަނަށް އިތުރު ކުރޭ)

    ކުރިން މިއިޝާރާތްކުރި ސިޓީ ކިޔުމަށްފަހު ނަޞްރު ބިން ސައްޔާރު ވަރަށް ހިތްހަމަނުޖެހުނެވެ. ސަބަބަކީ ނަޞްރު ބިން ސައްޔާރުގެެ ނަމުގެ ކުރިން އަބޫމުސްލިމުލް ޚުރާސާނީ އޭނޭގެ ނަން އިސްކުރައްވައިިފައިވާތީއެވެ. އަދި އެސިޓީގެ ޖަވާބުގައި އަބީމުސްލިމުލް ޚުރާސާނީ އާއި ހަނގުރާމަކުރުމަށް އޭނާގެ مولى އަކުކަމުގައިވާ ޔަޒީދު ވަރަށް ބޮޑު ލަޝްކަރެއްގެ މައްޗަށް ވެރިިކުރުމަށްފަހު ފޮނުވިއެވެ. އޭނާއާއި ހަނގުރާމައަށް އަބޫމުސްލިމުލް ޚުރާސާނީ މާލިކު ބިން އަލްހައިޘަމް އަލްޚުޒާޢީ ފޮނުވިއެވެ. މިދެލަޝްކަރު ބައްދަލުކުރީ އާލީން ކިޔޭތަނެއްގައެވެ. ހަނގުރާމަ ނިމިގެންދިޔައީ ޝީޢީންނަށް ކާމިޔާބު ލިބި ނަޞްރުގެ ލަޝްކަރުގެ ވެރިޔާ ޔަޒީދު ހައްޔަރުވެގެންނެވެ.

    މިވަގުތާ ދިމާކޮށް އަބޫމުސްލިމުލް ޚުރާސާނީ އޭނާގެ ލަޝްކަރު ފޮނުއްވައި ނަޞްރުގެ ވާލީކަމުގެ ދަށުގައިވާ ރަށްތައް ފަތަޙަކުރައްވަމުން ގެންދެވިއެވެ. އެރަށްތަކުން އެޙަމަލާތަކަށް އެއްވެސް ކަހަލަ ދެކޮޅުވެރިކަމަކާ ކުރިމަތިލާކަށް ނުޖެހެއެވެ. ރަބީޢަތަށް މިކަންތައް ފެނުމުންނާއި އަބޫމުސްލިމުލްޚުރަސާނީގެ ބާރުގަދަކަން ވަޒަން ކުރެވުމުން، ނަސްރުުގެ ކިބައިން މަދަދަށް އެދުމުން ނަޞްރު އެކަމަށް އިޖާބަދިނެވެ. އަބޫމުސްލިމުލްޚުރާސާނީ އަށް މިކަން އެގުމުން އެދެބައިމީހުންގެ މެދުގައި އަލުން ފިތުނަވެރިކަން އުފެއްދިއެވެ. އަދި އެކަމުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދިއެވެ. އަބޫ މުސްލިމުލް ޚުރާސާނީ مرو ގެ މައްޗަށް ކާމިޔާބު ހޯދައި ، އޭނާގެ ފަރާތުން ނަޤީބަކު އެރަށުގެ މީހުންގެ ކިބައިން ބައިޢަތު ހިފުމަށް ފޮނުވިއެވެ.

    އެއަށްފަހު އަބޫމުސްލިމުލް ޚުރާސާނީ ޝައިބާން އަލްޙަރޫރީއަށް އޭނާއަށް ބައިޢަތު ހިފުމަށް މީހަކުފޮނުވިއެވެ. ނަމަވެސް އޭނާއެކަމުން މަނަޢަވެ، مرو އިން ސަރުޚަސްއަށް ދިޔައެވެ. އޭނާޔާ ހަނގުރަމައަށް އަބޫމުސްލިމުލް ޚުރާސާނީ ލަޝްރާއިގެންގޮސް ދެބައިމީހުންގެ މެދުގައި ހިނގި ހަނގުރާމައިގައި ޝައިބާނާއި އޭނާގެ ލަޝްކަރުގެ ވަރަށް ގިނަޤާއިދުން ޤަތުލުވެގެން ދިޔައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން މުޅި ޚުރާސާނު އަބޫމުސްލިމުލް ޚުރާސާނީގެ ބާރުގެދަށަށް ދިޔައެވެ. އަދި އޭނާގެ ފަރާތުން ހުރިހާ ރަށަކަށް ޢާމިލުން ފޮނުވިއެވެ. އެއަށްފަހު ޤަޙުޠަބާ ބިން ޝަބީބު ނަޞްރުގެފަހަތުން ދިޔުމަށް އަމުރުކޮށް އޭނާއަށް އިމާމު އިބުރާހީމުގެ ނަޞްރުގެ ދިދި އަޤުދުކޮށް ދިނެވެ. ޤަޙުޠަބާ ޝަބީބުގެ ފަހަތުން އެއްރަށްފަހު އަނެއްރަށަށް ދަތުރުކުރަމުން ދިޔައެވެ. ނަޞްރު الرى ގައި ބަލިވެ މިދުނިޔެ ދޫކުރީ ބިސާވާގައެވެ. ނަޞްރު މިދުނިޔެ ދޫކުރުމުން ޤަޙުޠަބާ އޭނާގެ ލަޝަކާރާއެކު ގޮސް އައްރައިި ގެ މައްޗަށް ބާރުފޯރުވިއެވެ. ޝީޢީނަށް ޚުރާސާނައި ބިލާދުލް ޖަބަލު ލިބިގެން ދިޔައެވެ. އެއަށްފަހު ޤަޙުޠަބާ އޭނާގެ ދަރިފުޅު އަލްޙަސަން ފޮނުވައި ހަމަޒާން ފަތަޙަކުރިއެވެ. އެތަނުްން އަލްޙަސަން ނިހާވަންދަށް ގޮސް އެރަށް ޙިޞަރުކުރުމުން އޭނާގެ ބައްޕަ އެލަޝްކަރުގެ ފަހަތުން އައިސް އެނާއަށް އެހީތެރިކަން ފޯރުވިއެވެ. އެރަށް ތިންމަސްދުވަހުގެ ޙިޞަރަކަށް ފަހު އެދެބަފައިން ފަތަޙަކުރިއެވެ. އެއަށްފަހު އޭނާ شهر زور ފަތަޙަކުރިއެވެ. އެއަށްފަހު ޤަޙުޠަބާ ޢިރާޤާދިމާޔަށް ދަތުރުފެށިއެވެ. އޭނާއާއި ހަނގުރާމައަށް އުމަވީ ދައުލަތުގެ ޚަލީފާ މަރަވާން ބިން މުޙައްމަދުގެ ފަރާތްޕުޅުން ޢިރާޤުގެ އަމީރު އިބުނު ހުބައިރާ ނިކުތެވެ. މިދެބައިމީހުން ބައްދަލުކުރީ ފުރާތު ކޯރުގެ ހުޅަގުން ކޫފާއާއި 23 ފަރުސަޚުގެ ދުރުމިނުގައެވެ. މިދެބައިމީހުންގެ މެދުގައި ބޮޑު ކުރިމަތިލުމެއް ހިނގުމުގެ ކުރިން ޤަޙުޠަބާ މިދުނިޔެ ދޫކޮަށްފިިއެވެ. މިލަޝްކަރުގެ ޤާއިދުކަމާއި ޙަވާލުވީ އަލްޙަސަނެވެ. ޤަޙުޠަބާ މަރުވުމުގެ ކުރިން އޭނާގެ ދަރިފުޅަށް ބުންޏެވެ. ކަލޭމެންނަށް ކުފާއަށް ދެވިއްޖެނަމަ މިކަންތައް "އާލު މުޙައްމަދު" ގެ ވަޒީރު އަބުސަލަމަތުން ޚައްލާލާ ޙަވާލުކުރާށެވެ.

    ދެބައިމީހުންގެ މެދުަގައި ހިނގި ހަނގުރާމައިގައި އިބުނު ހުބައިރާ ބަލިވެ އެތަނުން ވާސިޠަށް ދަތުރުކުރިއެވެ. އަލްޙަސަން ބިން ޤަޙުޠަބާ ކޫފާއަށް ވަނުމުގެ ކުރިން މުޙައްމަދު ބިން ޚާލިދު އަލްޤަސްރީ އިބުނު ހުބައިރާގެ ގަނޑުގެ މައްޗަށް ގަދަވެ އެތަށް އަތުލައިގަތެވެ. އަދި އެކަން ބަޔާން ކޮށް ޤަހުޠަބާއަށް ސިޓީ ފޮނުވިއެވެ. އޭރަކު އޭނާއަށް ޤަޙުޠަބާ މިދުނިޔެ ދޫކުރިކަމެއް ނޭގެއެވެ. އެސިޓީ ލިބުނީ ޤަޙުޠަބާގެ ދަރިފުޅު އަލްޙަސަނަށެވެ. އޭނާ ހިޖުރައިން 132 ވަނައަހަރު ކޫފާއަށް ގޮސް އަބޫސަލަމަތުލް ޚައްލާލާއި ކަންތައް ޙަވާލުކުރިއެވެ. އެއަށްފަހު އަލްޙަސަން ބިން ޤަޙުޠަބާ އިބު ހުބައިރާއާއި ހަނގުރާމަ ކުރުމަށް ނިކުތެވެ. އަދި ޙަމީދު ބިން ޤަޙުޠަބާ މަދާއިނާ ހަނގުރާމައަށް ނިކުތެވެ. އަދި އަލްމަސީނު ބިން ޒުގައިރު އާއި ޚާލިދު ބިން ބަރުމަކު دير قنى އާއި ހަނގުރާމައަށް ނިކުތެވެ. އަދި އަލްމުހައްލަބީއާއި ޝުރަޙަބީލް ޢައިނުއްތަމްރަށް، ބައްސާމު ބިން އިބުރާހީމް އަހުވާޒަށް ދިޔުމަށްޓަކައި ކޫފާއިން ނިކުމެ ކޫފާއާއި ތިންފަރުސަޚު ދުރުގައިވާ ޙައްމާމު އަޢުނުގައި ލަޝްކަރު މަޑުކުރިއެވެ.


     

    ސިއްރުފައުޅުވުން:

        ކުރިން ބަޔާންކޮށްފައިވާ މުއްދަތު ފާއިތުވެ ދިޔައިރުވެސް އުމަވީންނަކަށް ޝީއީންގެ މިދަޢްވަތުގެ އަސްލު ސިއްރެއް ނޭގެއެވެ. އެމީހުން ގޮވާލަމުން ދިޔައީ محمد صلى الله عليه وسلم ގެ އާލުންނާމެދު މީސްތަކުން ރުހިޤަބޫލުވުމަށެވެ. ދަޢްވަތުގެ އަސްލު ސިއްރު އެނގެނީ ހަމައެކަނި ނުޤަބާއިންނަށާއި ދުޢާތުންނަށެވެ. އެމީހުންގެ ގޮވާލުންތަކުން މީސްތަކުންނަށް އެގިގެންދަނީ އާލު ބައިތުންގެ ތެރެއިން ކޮންމެވެސް ބޭކަލަކަށް ގޮވާލާކަމެވެ.

    އެހެން ނަމަވެސް އުމަވީ ދައުލަތުގެ އެންމެފަހު ޚަލީފާ މަރަވާން ބިން މުޙައްމަދުގެ އަތްޕުޅަށް އިމާމް އިބްރާހީމް އަބޫމުސްލިމުލް ޚުރާސާނީ އަށް ލިޔުއްވާފައިވާ ސިޓީފުޅެއް އެރިއެވެ. އެސިޓީގައި އިމާމު އިބުރާހީމް ލިޔުއްވާފައިވަނީ ޚުރާސާނުގައި ތިބި ޢަރަބި ބަހުން ވާހަކަދައްކާ އެންމެން ޤަތުލުކުރުމަށެވެ. އެވަގުތު މަރަވާން ބިން މުޙައްމަދު އެމަނިކުފާނުގެ ފަރާތްޕުޅުން ދިމިޝްޤަށް ކަނޑައަޅުއްވާފައިވާ ޢާމިލަށް އެންގެވީ ޙުމައިމިއްޔާ އަށް ގޮސް އިމާމު އިބުރާހީމް ހައްޔަރުކުރުމަށެވެ. އޭނާ އިމާމު އިބުރާހީމާއި އެމަނިކުފާނުގެ އެކުވެރިންގެ ބަޔާކާއެކު ޙައްރާނުގެ ޖަލުގައި ހައްޔަރުކުރިއެވެ. އެމަނިކުފާނު އަވަހާރަވީ ޖަލުގައި އޮންނަވައެވެ.

    އިމާމު އިބްރާހީމް އެމަނިކުފާނު ސަލާމަތްވެ ވަޑައިނުގަންނަވާނެކަން އެގިވަޑައިގަތުމުން، އެމަނިކުފާނުގެ އަޚް ޢަބުލް ޢައްބާސް ޢަބްދުﷲ ބިން މުޙައްމަދަށް ވަލީ އަހްދުކަން ޙަވާލު ކުރުމަށް ވަޞިއްޔަތް ކުރައްވައި އެމަނިކުފާނާއި ޢައްބާސީ ދަޢުވަތު ފެތުރެއްވުމުގެ މަސައްކަތް ޙަވާލުކުރެއްވިއެވެ. އިމާމު އިބްރާހީމް މިދުނިޔެ ދޫކުރެއްވުމުގެ ކުރިން، އެމަނިކުފާނުގެ ފަރާތްޕުޅުން ރަސޫލަކު ޙުމައިމިއްޔާއަަށް ފޮނުއްވައި އެމަނިކުފާނުގެ ވަޞިއްޔަތް އަބުލް ޢައްބާސާއި ޙަވާލު ކުރެއްވިއެވެ. އެއަށްފަހު އެމަނިކުފާނުގެ އަހުލުބައިތުން ހިޖުރައިން 132 ވަނައަހަރު ކޫފާއަށް ދަތުރުފެށިއެވެ. އެވަގުތު އެދައުވަތުގެ ރައީސަކީ އަދި ޤާއިދަކީ އަބޫސަލަމަތުލް ޚައްލާލެވެ. އޭނާ އެބޭފުޅުން ކޫފާގެ ގެތަކުގެތެރެއިން ގެއަކަށް ބޭލުމަށްފަހު އެކަން ސާޅީސް ދުވަސްވަންދެން ސިއްރުކޮށްފައިބޭއްވިއެވެ، އޭރު އޭނާގެ ލަޝްކަރު އޮތީ ކޫފާގެ ބޭރުގައިވާ ޙައްމާމު އަޢުޔުނުގައެވެ.


     

    އަބުލް ޢައްބާސް އައްސައްފާޙު، ހިޖުރައިން 132 ވަނައަހަރު ރަބީޢުލްއައްވަލުމަހުގެ 13 ވަނަޔަށް ވީ ހުކުރު ދުވަހު މީސްތަކުންނާއިގެން ހުކުރުނަމާދު ކުރެއްމަށްފަހު ، ޚުޠުބާ ދެއްވަމުން ވިދާޅުވިއެވެ. " މާތް ﷲ އަށް ޙަމްދުކުރަމެވެ. އަދި އެކަލާނގެއަށް ޘަނާ ކިޔަމެވެ. އެއަށްފަހު އެބޭފުޅުންނާއި ކީރިތި ރަސޫލާއާއި އޮތް ގާތްތިމާގެ ކަމުގެ މައްޗަށް ފަޚުުރުވެރިވެ ވަޑައިގަތެވެ. އެއަށްފަހު ހަތަރު ޚަލީފާއިންގެ ވާހަކަ ބަޔާން ކުރައްވައި އެބޭކަލުން ޘަނާވިދާޅުވިއެވެ. އެއަށްފަހު ބަނީ އުމައްޔަތުވަންހައިގެ މީހުންނާއި މަބީ މަރަވާނު ދަރިކޮޅުމީހުންގެ އަނިޔާވެރިކަން ބަޔާން ކުރެއްވިއެވެ. ދެން އެއަށްފަހު ވިދާޅުވިއެވެ. ތިމަން ތިޔަބައިމީހުންނަށް ސުލްޙަވެރިކަމާއި ، ހެޔޮކަން އައުމަށްފަހު ނުބައިކަމާއި ފިތުނަ ފަސާދަ އައުމަށް ނޭދެމެވެ. އަހަރެމެން އަހުލުބައިތުންނަށް ތާވްފީޤު ދެއްވާނީ މާތްﷲ އެވެ. އޭކޫފާގެ އަހުލުވެރިންނޭވެ. ތިޔަބައިމީހުންނަކީ ތިމަންމެންގެ ލޯބިވެރިންނެވެ. އަދި އޯގާވެރިކަމުގެ މަޙައްލެވެ. ތިޔަބައިމީހުންގެ މައްޗަށް އަނިޔާވެރިކަމާއި ހަރުކަށިކަން އައުމުން ވެސް ތިޔަބައިމީހުން ބަދަލެއްނުވަމުއެވެ. ތިޔަބައިމީހުން އަހަރެމެންގެ ޒަމާން ދެކެފީމުއެވެ. އަދި އަހަރެމެންގެ ދައުލަތާއި ބައްދަލުކޮށްފީމުއެވެ. ތިޔަބައިމީހުންނަކީ އެންމެބޮޑު އުފާވެރިކަމުގެ އަހުލުވެރިންނެވެ. އަހަރެމެންނަށް އެންމެ އޯގާތެރިވިމީހުންނެވެ. ތިމަންމަނިކުފާނު ތިޔަބައިމީހުންގެ ހަދިޔާ ސަތޭކަ ދިރުހަމަށް އިތުރުކޮށްދެއްވައި ފީމެވެ. ތިޔަބައިމީހުން ތައްޔާރުވާށެވެ. ތިމަންމނިކުފާނަކީ السفاح المبيح ، الثائر المتيح އެވެ". މިޖުމްލައިގެ ސަބަބުން އެމަނިކުފާނަށް އައްސައްފާޙުގެ ލަޤަބު ދެވުނެވެ.

    މިހިސާބަށް ޢައްބާސީ ދައުލަތުގެ ކަންތައްދިޔައިރު އެމީހުން ކަނޑުވާލަންޖެހޭ ދެބާރެއްވެއެވެ. އެއީ އަލްޖަޒީރާގައި ހުންނެވި މަރަވާން ބިން މުޙައްމަދުގެ ބާރާއި ، ވާސިޠުގައި ހުންނެވި އިބުނު ހުބައިރާއާއި އެނާގެ އަރިހުގައި އޮތް ބޮޑު ލަޝްކަރުގެ ބާރެވެ. މަރާވާން ބިން މުޙައްމަދު އެމަނިކުފާނުގެ އަރިހުގައިވާ ލަޝްކަރާއިގެން الموصل އަށް ދަތުރުކުރެއްވިއެވެ. އަބުލްޢައްބާސް އައްސައްފާޙު މިބާރާއި ކުރިމަތިލުމަށް އެމަނިކުފާނުގެ ބޮޑުބޭބެ ޢަބުދުﷲ ބިން ޢަލީ ފޮނުއްވިއެވެ. މިދެލަޝްކަރު ބައްދަލުކުރީ އައްޒާބު ކޯރުގެ މަތީފަރާތުގައެވެ. އައްޒާބު ކޯރަކީ ދިޖުލަތުކޯރުގެ އިރުމަތީން އައިސްފައިވާ ގޮތްޕެކެވެ. ދެބައިމީހުންގެ މެދުގައި ވަރަށް ވަރުގަދަ ހަނގުރާއެއް ހިގުމަށްފަހު ކުރިން އިޝާރާތް ކުރިން ލަޝްކަރު ދޫކުރައްވައި ފިއްލަވައިގެން މަރާވާން ބިން މުޙައްމަދު ދަތުރުކުރެއްވިއެވެ. ޢަބުދުﷲ ބިން ޢަލީ މަރަވާން ބިން މުޙައްމަދގެ ލަޝްކަރުގެ މައްޗަށް ބާރު ފޯރުވިއެވެ. އެއީ ހިޖުރައިން 132 ވަނައަހަރު ޖުމާދިލް އާޚިރާމަހުގެ 11 ވަނަ ދުވަހެވެ. މަރަވާންގެ އަރިއަހުގައި ޝާމުކަރައިގެ މަޝްހޫރު ފަހުލަވާނުންގެ ތެރެއިން 120 ހާސް ފަހުލަވާނުން ތިއްބެވެ. އެއަށްފަހު މަރަވާން ފިއްލަވައިގެން ޙައްރާނުގެ ވާލީއަކަށް ހުންނެވި އެމަނިކުފާނުގެ އަޚުގެ ދަރިކަލުން އަބާން ބިން ޔަޒީދު ބިން މުޙައްމަދުގެ ގާތާށް ވަޑައިގެންނެވިއެވެ. އެމނިކުފާނުގެ އަރިހުގައި މަރަވާން 22 ހަކަށް ދުވަސް ހޭދަކުރެއްވުމަށްފަހު ޢަބުދުﷲ ބިން މުޙައްމަދު ވަޑައިގަތުމުން އެތަނުން ފިއްލަވައިގެން ދަތުރުކުރެއްވިއެވެ. އަބާން ބިން ޔަޒީދު ބިން މުޙައްމަދާއި ޙައްރާނާއި ޖަޒީރާގެ އަހުލުވެރިން ޢަބުދުﷲ ބިން ޢަލީއަށް ކިޔަމަންތެރިކަން އަދާކުރިއެވެ.

    އެއަށްފަހު މަރަވާން ޤިންސިރީނަށް ވަޑައިގަތުުމުން ޢަބުދުﷲ ބިން ޢަލީ އެތަނަށް ވަޑައިގަތުމުން ، މަރަވާން ޙިމްޞަށް ޙިމްޞުން ދިމިޝްޤަށް ވަޑައިގަތެވެ. އެރަށުގައި އަލްވަލީދު ބިން މުޢާވިޔާތު ބިން މަރަވާން ހުންނެވިއެވެ. ޢަބުދުﷲ ބިން ޢަލީ އެރަށްވަޑައިގަތުމުން އެތަނުން ފިއްލަވައިގެން ވަޑައިގެން ނެވިއެވެ. ޢަބުދުﷲ ބިން އަލީ ގަދަކަމުން އެރަށްވަންނަވައި އެރަށުގެ އަމީރު އަލްވަލީދު ބިން މުޢާވިޔަތު ޤަތުލުކޮށްލެއްވިއެވެ. މަރަވާން ބިން މުޙައްމަދު އުރުދުނުން ފަލަސަޠީނަށް ފަލަސްޠީނުން މީޞްރުގެ ފުސްޠާޠަށް ދިޔުމަށްފަހު ، މިސްރުގެ ބަނީ ސުވައިފުގެ އަލްބޫޞީރަށް ދިޔައެވެ.

    މަރަވާން ބިން މުޙައްމަދުގެ ފަހަތުން ދަތުރުކުރައްވަނިކޮށް ޢަބުދުﷲ ބިން ޢަލީއަށް ، އަބުލްޢައްބާސް އައްސަފާހުގެ ސިޓީފުޅެއް ލިބިވަޑައިގެންނެވިއެވެ. އެސިޓީގައި ބަޔާން ކުރައްވާފައިވަނީ މަރާވާނާ ހަނގުރާމައަށް ޞާލިޙު ބިން ޢަލީ ފޮނުއްވުމަށެވެ. ޞާލިޙު ބިން ޢަލީ މަރަވާން ބިން މުޙައްމަދު ފައްސަވަމުން ހިޖުރައިން 132 ވަނައަހަރާހަމަޔަށް ކޮނޑުދޮށް ތަކުންނާއި ނާފަހަރު ތަކުގައްޔާއި ، ފައިމަގުގައި ދަތުރު ކުރެއްވިއެވެ. އެއަށްފަހު އެމަނިފާނުގެ ފަހަތްޕުޅުން މިޞްރަށް ވަޑައިގެން އަލްބޫޞީރުގައި ހިޖުރައިިން 132 ވަނައަހަރު ذى الحجة މަހުގެ 3 ވަނަދުވަހު އެމަނިކުފާނު ޤަތުލުކޮށްލެއްވިއެވެ.

    ޚުރާސާނުގައި އިބުނު ހުބައިރާ ބަލިވުމުން ވާސިޠަށް އައެވެ. އަދި އެތަނުގައި ރައްކާތެރިކަން ހޯދިއެވެ. މީސްތަކުން އޭނާއަށް ކޫފާއަށް ދިޔުމަށް މަޝްވަރާ ދިނެވެ. އެއީ ކުފާގައި ހަނގުރާމަކޮށް ކާމިޔާބު ހޯދުމަށް ނުވަތަ ޝަހީދުވެގެން ދިޔުމަށެވެ. އަދި ވާސިޠުގައި މަޑުނުކުރުމަށް މަޝްވަރާދިނެވެ. އެއީ އެރަށް ޙިޞާރު ވިޔަނުދިނުމަށެވެ. ޙިޞާރަށްފަހު އޮތީ މަރުވުން ކަމަށްވާތީއެވެ. އަބޫސަލަމަތުލް ޚައްލާލާ ހަނގުރާމައަށް އަލްޙަސަން ބިން ޤަޙުޠަބާ ފޮނުވައިގެން ދެބައިމީހުންގެ މެދުގައި ހިނގި ހަނގުރާާމައިގައި އިބު ހުބައިރާ ބަލިވުމުން، އެރަށުގެ ކިއްލާތަކުގައި ރައްކާތެރިކަން ހޯދިއެވެ. މިޙިޞާރު ދިގުވުމުން އަބުލް ޢައްބާސް އައްސައްފާޙު އިބުނު ހުބައިރާ އާއި ހަނގުރާމައަށް އެމަނިކުފާނުގެ އަޚު އަބާ ޖަޢްފަރު ޢަލީ ފޮނުއްވިއެވެ. ދެބައިމީހުންގެ މެދުގައި ހަނގުރާމަ ދިހަމަސްދުވަހަށް ދެމިގެން ދިޔައެވެ. އެހިސާބުން އިބުނު ހުބައިރާއަށް މަރަވާން ބިން މުޙައްމަދު ޤަތުލުވި ޚަބަރު ލިބުމުން އަބާޖަޢްފަރު ޢަލީ ގެ ކިބައިން ސުލްޙަވުމަށް އެދުނެވެ. ދެބައިމީހުންގެ ސަފީރުންގެ މެދުގައި ސުލްޙައިގެ ވާހަކަތައް ހަތަރުދުވަހަށް ދެމިގެން ދިޔައެވެ. ދެބައިމީހުންގެ މެދުގައި އަމާން ކަމުގެ ފަތްލިޔެވި އިބުނު ހުބައިރާއާއި އަބާ ޖަޢްފަރު ޢަލީ ސޮއިކުރެއްވިއެވެ.

    އަބުލްއައްބާސް އައްސައްފާޙު އެއްވެސް ކަމެއް އަބޫމުސްލިމުލްޚުރާސާނީ އާއި މަޝްވަރާ ނުކުރައްވާ ނުނިންމަވާތީ އެޞުލްޙައިގެ ވާހަކަ ލިޔުއްވިިއެވެ. އެސިޓީގެ ޖަވާބުގައި އަބޫމުސްލިމުލް ޚުރާސާނީ ލިޔުއްވާފައިވެއެވެ." މަގުވަނީ ވަރަށް ފަސޭހަކޮށެވެ. ނަމަވެސް މަނިކުފާނު މަގުގެ މެދުގައި ފާސިދު ހިލައެެއް ބައވަވައިފީމުއެވެ. މާތްﷲ ގަންދީ ބުނަމެވެ. އިބުނު ހުބައިރާހުރި މަގެއް ރަގަޅެއްނުވާނެއެވެ. މިސިޓި ލިބުމުން އިބުނު ހުބައިރާ ގެންނައި އަބާޖަޢްފަރު ގަޑިއެއްހާއިރު ވަންދެން ވާހަކަ ދައްކަވަން އިންނެވިއެވެ. އޭގެދުވަސްކޮޅެއްފަހުން އިބުނު ހުބައިރާ އާއި އޭނާގެ އަޞްޙަބުންގެ ތެރެއިން މަޝްހޫރު މީހުން ޤަތުލުކުރުމަށް އަބޫޖަޢްފަރު އަމުރުކުރެއްވިއެވެ. އޭރު އަދި ސުލްހައިގެ ފަތުން ދެލިނުހިކެއެވެ.

    ޢައްބާސީންނަށް އިސްލާމީ ޚިލާފަތު ލިބުނުއިރު ދައުލަތުގެ ބޮޑުމިނެއްކަމުގައި އަބޫ ޢަބުދުﷲ މުޙައްމަދު ބިން އަޙުމަދު އަލްމަޤްދިސީ ބަޔާން ކުރައްވާފައިވަނީ 2600 ފަރުސަޚުކަމަށެވެ. އެއީ ޤަޒުވީން ކަނޑުގެ ގޮނޑުދޮށުން ފެށިގެން ބިލާދުއްނޫބާގެ ނިމެންދެނެވެ. ދައުލަތް ބެހިގެންވަނީ 14 ބައިގެ މައްޗަށެވެ. އެއީ ޢަރަބިބަހުން ވާހަކަ ދައްކާ 6 އިޤުލީމާއި ޢަޖަމީ( ޢަރަބިބަސް ނޫންބަސް ބަހުންވާހަކަ ދައްކާ) 8 އިޤުލީމެވެ.


     

    أبو العباس السفاح

    ނަސަބުފުޅު: އަބުލްޢައްބާސް ޢަބްދުﷲ ބިން މުޙައްމަދު ބިން ޢަލީ ބިން ޢަބްދުﷲ ބިން ޢައްބާސް ބިން ޢަބްދުލްމުއްޠަލިބު ބިން ހާޝިމް.

    މަންމާފުޅަކީ : ރައިޠާ ބިންތު ޢުބައިދިﷲ ބިން ޢަބްދުﷲ ބިން ޢަބްދުއްދާރެވެ.


     

    އުފަންވެ ވަޑައިގަތުން:

        އެމަނިކުފާނު އުފަންވެވަޑައިގަތީ އަލްޙުމައިމިއްޔާގައެވެ. އަދި ބޮޑުފުޅުވީވެސް އެރަށުގައެވެ. އެއަށްފަހު މަރަވާން ބިން މުޙައްމަދު އެމަނިކުފާނުގެ އަޚު އިބުރާހީމް އިމާމު ޤަތުލު ކުރެއްވުމުން، އިބުރާހީމުގެ ވަޞިއްޔަތާއި އެއްގޮތް ވާގޮތުގެ މަތީން ކޫފާއަށް ވަޑައިގެންނެވިއެވެ.

    ބައިޢަތުހިފުން:

        އަބުލް ޢައްބާސަށް ޚަލީފާކަމަށް ބައިޢަތު ހިފުނީ އުމަވީދައުލަތުގެ އެންްމެ ފަހު ޚަލިފާ މަރަވާން ބިން މުޙައްމަދު ޚަލީފާކަމުގައި ހުންނަވަނިކޮށް ރަބީޢުލް އައްވަލުމަހުގެ ބާރަވީ ހުކުރު ދުވަހުއެވެ. ޚަލީފާކަމުގެ ޢާއްމު ބައިޢަތު ހިފެވުނީ ކޫފާގައި ހިޖުރައިން 132 ވަނަ އަހަރު މީލާދީން 749 ވަނައަހަރު އެވެ. ( 20 / 3 / 132 ހ )


     

    ސިފަފުޅުތައް:

        އެމަނިކުފާނަކީ އިސްކޮޅުފުޅުންދިގު، ގައިގެކުލަ ދޮންބޭކަލެކެވެ. ހަށިކޮޅުގައި އިސްތަށިގިނަ ތުބުޅިފުޅުރީތި މޫނުއަލި ދޫފަސޭހަ ޚިޔާލުތަނަވަސް ވިސްނުންތެރި ބޭކަލެކެވެ. ޢަބުދުﷲ ބިން މުޙައްމަދު އައްސައްފާޙަކީ ފިރިހެނުންގެ މަޖިލިސްތަކަށް އިސްކަންދެއްވައި ، ޖާރިޔާއިންނާއި އެނޫންވެސް އެފަދަ މީސްމީހުންގެ ގާތުގައި އިށީދެވަޑައިގަތުމަށް ނަފުރަތުކުރައްވާ ބޭފުޅެކެވެ. އެކަމާއިބެހޭގޮތުން އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ޢިލްމު އިތުރުވުން ދޫކޮށްލުމަށްފަހު ޖާހިލުވުން އިތުރުވާ މަޖިލިސްތަކުގައި އިށީންނަ މީހުންނާއި މެދު ތިމަންމަނިކުފާނު ޢަޖާއިބު ވެވަޑައިގަންނަވަމެވެ.


     

    ޢާއްމު ދިރިއުޅުއްވުން:

        ޢަބުލްޢައްބާސަކީ އަބޫޖަޢުފަރަށްވުރެ ހަނގުބޭފުޅެކެވެ. އެހެންނަމަވެސް ވެރިކަމާއި ހެދި އެއްބޭފުޅަކު އަނެއްބޭފުޅެއްގެ މައްޗަށް ކަަނޑިއުފުއްލަވައެއް ނުލައްވައެވެ. ދެބޭފުޅުންގެ މެދުގައި އޮތީ ލޯތްބާއި އޯގާތެރިކަމާއި ކަމޭހިތުމެވެ.

        ޢައްބާސީންނަށް އެމީހުންގެ ދައުލަތުގެ ކަންތައްތައް ޤާއިމުކޮށްދިންމީހަކީ އަބޫމުސްލިމުލް ޚުރާސާނީއެވެ. އަދި ޚާއްޞަގޮތެއްގައި އޭނާ އިރުމައްޗާއި ހުޅަގުގައި އަބުލްޢައްބާސް އައްސައްފާޙުގެ ބާރުގަދަކޮށްދިނެވެ. އަދި ކީރިތިރަސޫލާގެ بُرْد އެއް އޭނާހޯދިއެވެ. ކީރިތިސާހިބާގެ القضيب އާއި އެކަލޭގެފާނުގެ އަލްމަޙްޞަރާ އުމަވީދައުލަތުގެ އެންމެފަހުގެ ޚަލީފާ މަރަވާން ްބިން މުޙައްމަދު ޢައްބާސީންނަށް ލިބިދާނެ ކަމަށްޓަކައި ވަޅުލާފައިވަނިކޮށް ، މަރުވާނު ޤަތުލުކުރި ޢާމިރު ބިން ޢިސްމާޢީލު އެތަކެތި ހޯދުމަށްފަހު ޢަބުލްޢައްބާސަށް އެތަކެތި ފޮނުވިއެވެ.

        ބަނޫއުމައްޔަތުވަންހައިގެ މީހުންނަށް އެގިފައިވާގޮތުން އެމީހުންގެ ރަސްކަން ވެއްޓިގެންދާނީ ބަނީއަލްޙާރިޘިއްޔާ ދަރިކޮޅު ގެ ސަބަބުންނެވެ. އެހެންކަމުން އެމީހުންވަނީ ޢައްބާސީން އެދަރިކޮޅުގެ އަންހެނުންނާ ކައިވެނި ކުރުން މަނާކޮށްފައެވެ. ނަމަވެސް ޢުމަރު ބިން ޢަބުދުލްޢަޒީޒު ވެރިކަމާއި ޙަވާލުވެވަޑައިގަތުމުން މުޙައްމަދު ބިންޢަލީ (އައްސައްފާޙުގެ ބައްޕަ) ޢުމަރު ބިން ޢަބުލްޢަޒީޒުގެ އަރިހަށް ވަޑައިގެން އެދަރިކޮޅުގެ އަންހެން ބޭކަނބަލަކާ ކާވެނި ބައްލަވައިގެންނެވުމުގެ ހުއްދައަށް އެދިވަޑައިގެންނެވިއެވެ. ޢުމަރު ބިން ޢަދުލްޢަޒީޒު އެކަމުގެ ހުއްދަދެއްވުމުން ރައިޠާ އާއި ކައިވެނި ބައްލަވައިގެންނެވިއެވެ.


     

        ޢަބުލްޢައްބާސަށް ޚަލީފާކަމަށް ބައިޢަތުހިފުމުން މިންބަރަށް އަރާވަޑައިގެން ކޮޅަށްހުންނަވައި ޚުޠުބާދެއްވިއެވެ. މީސްތަކުން އެމަނިކުފާނަށް ދެންނެވިއެވެ. އޭކީރިތި ރަސޫލާގެ ބޮޑުބޭބެގެ ދަރިކަލުންނޭވެ! ކަލޭގެފާނު ކީރިތިރަސޫލާގެ ސުންނަތް ދިރުވައިފީމުއެވެ. އުމަވީން ޚުޠުބާދެމުންއައީ މިންބަރުގައި އިށީދެގެންތިބެއެވެ. އަބުލް ޢައްބާސް އައްސައްފާހު އެމަނިކުފާނުގެ ޚުޠުބާގައި ވިދާޅުވިއެވެ.

    فإن لم أكن فيكم خطيبا فإننى         بسيفى إذا جدّ الواغى لخطيب

            އެއަށްފަހު ކަނޑި ހިތްޕަވައިގެން މިންބަރު މަތިން ފޭބެންނެވިއެވެ. އެމަނިކުފާނުގެ ފަޞާޙަތްތެރިކަމުގެ ސަބަބުން މީސްތަކުން ޢަޖާއިބު ވިއެވެ. އެމަނިކުފާނުގެ މިޚުޠުބާއަކީ ކިތަންމެ ކުރުޚުޠުބާ އެއްކަމުގައި ވިޔަސް މިޚުޠުބާގައި އެމަނިކުފާނު ވަނީ ހުރިހާ ކަމެއް ޝާމިލު ކުރައްވާފައެވެ. ޢަބުލްޢައްބާސް އެމަނިކުފާނުގެ ޙަޔާތްޕުޅުގައި ހާޝިމިއްޔާ ބިނާކުރެއްވިއެވެ. މިހާރުއެރަށް މަޝްހޫރުވެފައިވަނީ އަލްއަންބާރުގެ ނަމުންނެވެ.

            ޢާއްބާސީދައުލަތުގެ ފުރަތަމަ ޚަލީފާގެ ޙަޔާތްޕުޅަކީ ހަމަހިމޭން ޙަޔާތް ޕުޅެއްނޫނެވެ. ކުރިން އިޝާރާތްކުރިހެން އެމަނިކުފާނު ޚަލީފާކަމަށް އިސްވެވަޑައިގެންނެވިއިރު އުމަވީ ދައުލަތުގެ އެންމެފަހު ޚަލީފާ މަރަވާން ބިން މުޙައްމަދު ދުނިޔޭގައި ހުންނެވިއެވެ. އެހެންކަމުން ދެބައިމީހުންގެ މެދުގައި އަށްމަސް ދުވަސްވަންދެން ހަނގުރާމަ ހިގައިގެން ދިޔައެވެ. އަބުލް ޢައްބާސް ވިދާޅުވިއެވެ. ތިމަންނާގެ އަހުލުބައިތުންގެ ތެރެއިން މަރަވާނުގެ ކަންތައްތައް ނިންމާލަދޭނީ ކާކުހެއްހެވެ. އެމަނިކުފާނުގެ ބޮޑުބޭބެ ޢަބުދުﷲ ބިން ޢަލީވިދާޅުވިއެވެ. އެމީހަކީ ތިމަންމަނިކުފާނެވެ. އެހިނދު އައްސައްފާޙު އޭނާއަށް ވިދާޅުވިއެވެ. މާތްﷲ ގެ ބަރަކާތާއި އެކު ދަތުރު ފައްޓަވާށެވެ. ޖުމާދިލް ޢާޚިރާމަހުގެ 2 ވަނަދުވަހު މީލާދީން 750 ވަނައަހަރު ޢަބްދުﷲ ބިން ޢަލީ مخاضة އާއި (ކޯރެއް) ބެހޭގޮތުން ސުވާލުކުރެއްވުން މީސްތަކުން الزاب ގެ ސަރަހައްދުން އެކޯރު ދެއްކިއެވެ. ޢަބުދުﷲ ބިން ޢަލީ ޢުޔައިނާ ބިން މޫސާ ފަސްހާސް މީހުންގެ މައްޗަށް ވެރިކޮށް ކޯރުހުރަސްކުރުމަށްފަހު މަރަވާނާ ހަނގުރާއަށް ފޮނުއްވިއެވެ. ދެބައިމީހުންގެ މެދުގައި ހަވީރުވަންދެން ވަރަށް ގަދަފަދަ ހަނގުރާއެއް ހިނގުމަށްފަހު ކޯރުހުރަސްކޮށް ޢުޔައިނާ އެނބުރި ޢަބުދުﷲ ބިން ޢަލީގެ ލަޝްކަރަށް އައެވެ.

    އެދުވަހުގެ ހެނދުނު މަރަވާން އެމަނިކުފާނުގެ ދަރިކަލުން ޢަބުދުﷲ ބިން މަރަވާނަށް ޢަބުދުﷲ ބިން ޢަލީގެ ލަޝްކަރުގެ ފަހަތުން ޚަންދަޤެއް ކޮނުމަށް އަމުރުކުރެއްވިއެވެ. ޢަބުދުﷲ ބިން ޢަލީ އަލްމަޚާރިޤު ބިން ޣިފާރު ޙަތަރުހާސް މީހުންގެ މައްޗަށް ވެރިކުރެއްވުމަށް ފަހު ފޮނުއްވިއެވެ. އޭނާ ލަޝްކަރާއިގެން ގޮސް ޢަބުދުﷲ ބިން ޢަލީގެ ލަޝްކަރާ ފަސްމޭލު ދުރުގައި މަޑުކުރިއެވެ.


     

            ޢަބުދުﷲ ބިން މަރަވާން ، އަލްވަލީދު ބިން މުޢާވިޔާ އަލްމަޚާރިޤާ ހަނގުރާމައަށް ފޮނުއްވިއެވެ. ދެބައިމީހުންގެ މެދުގައި ހިނގި ހަނގުރާމައިގައި އަލްމަޚާރިޤު ގެ ލަޝްކަރު ބަލިވެި މަޚާރިޤާވަރަށް ގިނަމީހުން އަސީރުންގެ ގޮތުގައި ހައްޔަރުވިއެވެ. އަދި އެމީހުންގެ ތެރެއިން ވަރަށް ގިނަމީހުން ޤަތުލުވެގެން ދިޔައެވެ. އަލްވަލީދު ބިން މުޢާވިޔާ އެމީހުން ޢަބުދުﷲ ބިން މަރަވާނުގެ އަރިހަށްފޮނުވުމުން އެމަނިކުފާނު އެބައިމީހުން މަރަވާން ބިން މުޙައްމަދުގެ އަރިހަށް ފޮނުއްވިއެވެ. އެމީހުންނާއި އެކު ޤަތުލުވެފައިތިބި ވަރަށް ގިނަމީހުންގެ ބޯތައްވެސް ފޮނުވިއެވެ. މަރަވާން ވިދާޅުވިއެވެ. ތިމަންނާގެ ގާތަށް އަސީރުންތައް ވައްދާށެވެ. މަރަވާނުގެ އަރިހަށް އަލްމަޚާރިޤު ވެއްދުމުން އޭނާ އާއި މުޚާޠަބު ކުރައްވައި މަރަވާން ވިދާޅުއެވެ. ކަލެއަކީ މަޚާޜީޤު ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ނޫނެކެވެ. އަޅުގަނޑަކީ އޭނާގެ ލަޝްކަރުގެ އަޅުންގެ ތެރެއިން އަޅަކީމެވެ. މަރަވަން ވިދާޅުވިއެވެ. ކަލެއަށް އޭނާ އެގޭނެހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އާދޭހެވެ! މަރަވާން ވިދާޅުވިއެވެ. މިތިބަމީހުންގެ ތެރޭގައި އޭނާއެބަހުރިހެއްޔެވެ؟ އެތާގައިތިބި މީހުނަށް ބެލުމަށްފަހު މަޚާރިޤު ދެންނެވިއެވެ. އެހެރީއެވެ. ދެން މަރަވަން އޭނާ ދޫކޮށްލެއްވިއެވެ.

            ޢަބުދުﷲ ބިން ޢަލީއަށް މަޚާރިޤު ބަލިވިޚަބަރު ލިބިވަޑައިގަތެވެ. އެހިނދު މޫސާ ބިން ކަޢްބު އެމަނިކުފާނަށް ދެންނެވިއެވެ. މަރަވާން ބިން މުޙައްމަދު އެލަޝްކަރާ ގުޅިވަޑައިގެންނެވުމުގެ ކުރިން އޭނާއާއި ހަނގުރާމައަށް ނިކުމެވަޑައިގަންނަވާށެވެ. އަދި މަޚާރިޤަށް ވީގޮތް ފާޅުކުރައްވާށެވެ. އެއަށްފަހު ޢަބުދުﷲ ބިން ޢަލީ ، މުޙައްމަދު ބިން ޞޫލާއި އެލަޝްކަރުގެ ކަންތައްތަކާ ޙަވާލު ކުރެއްވުމަށްފަހު އެމަނިކުފާނު މަރަވަނުގެ ފަހަތުން ވަޑައިގެންނެވިއެވެ. މަރަވާނާ ބައްދަލުކުރައްވައި ދެފަރާތުގެ މެދުގައި ހަނގުރާމަހިގައިގެން ދިޔައެވެ. ޢަބުދުﷲ ބިން ޢަލީ ގޮވަލެއްވިއެވެ. " އޭހައްދަވައި ބޮޑުކުރެއްވި ރަސްކަލާނކޯ! ތިމަންމެން އިބަރަސްކަލާނގެ މަގުގައި ހަނގުރާމަ ކުރަންވީ ކިހާދުވަހެއްވަންދެން ތޯއެވެ؟ އަދި ގޮވައިލެއްވިއެވެ. އޭ ޚުރާސާނުގެ އަހުލުވެރިންނޭވެ! އިމާމު އިބުރާހީމުގެ ލޭގެ ބަދަލުހިފާށެވެ. އޭމުޙައްމަދެވެ! އޭ މަންޞޫރެވެ! ދެބައިމީހުންގެ މެދުގައި ހަނގުރާމަ ވަރުގަދަވެ ޝާމުކަރައިގެ ލަޝްކަރު ބަލިވެގެންދިޔައެެވެ.

        

    އައްޒާބު ހަނގުރާމައިގެ ފަސް:

            މަރަވާން ބިން މުޙައްމަދު އައްޒާބު ހަނގުރާމައިން ބަލިވެގެން ފިއްލަވައިގެން ވަޑައިގެންނެވުމުން އެމަނިކފާނުގެ ފަހަތުން ވަޑައިގަތުމަށް ޢަބުދުﷲ ބިން ޢަލީއަަށް އަބުލް ޢައްބާސް އައްސައްފާޙު އަމުރު ކުރެއްވިއެވެ. ޢަބުދުﷲ ބިން ޢަލީ އަލްމޫޞަލަށް ވަޑައިގެނެވިއރު އެރަށުގެ އަހުލުވެރިން ތިބީ ޢައްބާސީ ދައުލަތުގެ ކުލަކަމުގައިވާ ކަޅުކުލަ ލައިގެންނެވެ. އެމީހުން އެމަނިކުފާނުވަޑައިގަތުމުން ރަށުގެ ދޮރުތައް ހުޅުވައިލިއެވެ. އެއަށްފަހު ޙައްރާނަށްވަޑައިގެން އިމާމު އިބުރާހީމް ހައްޔަރު ކޮށްފައިހުރި ގެތަޅާލެއްވިއެވެ. އެރަށުން منبج އަށާއި ޤިންސިރީނަށް ވަޑައިގެންނެވިއިރު އެދެރަށުގެ އަހުވެރިން ވެސްތިބީ ކަޅުކުލައިގެ ހެދުންލައިގެންނެވެ. އެއަށްފަހު ޙިމްޞަށް ވަޑައިގެން އެރަށުގައި ދުވަސްކޮޅަކު މަޑުކުރެއްވިއެވެ. އެރަށުގެ އަހުލުވެރިން ވެސް އެމަނިކުފާނަށް ބައިޢަތު ހިފިއެވެ.

            ޝާމުކަރައިގެ ރަށްތަކަށް އެމަނިކުފާނު ވަޑައިގެންނެވިރު އެރަށްތަކުގެ އަހުލުވެރިން އެމަނިކުފާނު ވަޑައިގަތުމުގެ ކުރިން ކަޅުކުލަ ބޭނުންކުރަން ފަށައިފިއެވެ. އެއަށްފަހު އެމަ    ނިކުފާނު ދިމްޝްޤަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން އެރަށުގެ ދޮރުހުޅުވައިލިއެވެ. ދިމިޝްޤަށް ޢަބުދުﷲ ބިން ޢަލީ ވެދެވަޑައިގަތީ ހިޖުރައިން 132 ވަނައަހަރު މީލާދީން 750 ވަނައަހަރުއެވެ.

            ޢަބުލްޢައްބާސް އައްސައްފާޙުގެ ސިފައިން މަރާވާން ބިން މުޙައްމަދު ހޯދަމުންދިޔައިރު އެމަނިކުފާނު ހުންނެވީ ކަނީސަތު ބޫޞީރުގައެވެ. މަރަވާން ޤަތުލުކުރި ޢާމިރު ބިން އިސްމާޢީލް މަރަވާން އިންނެވި ކަނީސާއަށްވަނުމަށްފަހު އެމަނިކުފާނުގެ ކާބޯތަކެތި ބޭނުންކޮށް އެމަނިކުފާނުގެ ތަންމަތިވެސް ބޭނުންކުރިއެވެ.

            މަރަވާނުގެ ދަރިކަނބަލުން އުންމު މަރަވާން އެތަނަށް ނިކުމެވަޑައިގެންނެވުމަށްފަހު ޢާމިރާ މުޚާޠަބު ކޮށް ވިދާޅުވިއެވެ. " ޒަމާން މަރާވާން، ކަލޭތިޔަ އިށީދެގެން އިން ތަންމައްޗަށް ވާޞީލުކުރިވިއެވެ. އޭނާ ކަލޭ ތިޔަ ކާބޯތަކެތިން ކެއެވެ. އަދި އޭނާގެ ބޭނުންތައް ފުއްދިއެވެ. އަދި އޭނާގެ ދައުލަތުގައި ވެރިކަން ކުރިއެވެ. އޭރު ކަލެއަށް ލިބިފައިވާ ނިޢުމަތްތައް ބަދަލުކުރުމުގެ ކުޅަދާނަކަށް އޭނާއަށް ލިބިގެންވެއެވެ.

    ޢާމިރު ބިން އިސްމާޢީލް ކަންތައް ކުރިގޮތުގެ ޚަބަރު ލިބިވަޑައިގަތުމުން އައްސައްފާޙު ކޯފާއިސްކުރައްވައި ، އެކަމާ ނުރުހުން ފައުޅުކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. ކަލެއަށް ހަލާކު ހުއްޓެވެ. މާތްﷲ ސުބުޙާނަހޫވަތަޢާލާ ދެއްވި އެއްވެސް އަދަބުވެރިކަމެއް ކަލޭގެ ކިބައިގައި ނެތީހެއްޔެވެ. އެއީ މަރަވާނުގެ ކާބޯތަކެތި ބޭނުންކުރުން ދުރުހެލި ވުމަށެވެ. އަދި އޭނާގެ ދާންމަތީގައި އީށީނުމަށް ލަދުވެތިވުމަށެވެ.

    މާތްﷲ ގަންދީ ބުނަމެވެ. އަމީރުލް މުއުމީން ކަލޭތިކުރި ކަންތައް ތައުވީލު ކުރައްވައިފިނަމަ، އެކަންތައް ތަކަކީ ކަލޭ ޤަޞްދަކާއި ނުލައި ކުރިކަމަކަށް ނުވިނަމަ އެކަމުގެ އަދަބުކަލެއަށް ލިބިގެން ދިޔައީހެވެ. އަމީރުލް މުއުމީންގެ ސިޓީ ކަލެއަށް ލިބުމާއި އެކު . އެކަލާނގެ ކޯފާއިން ސަލަމަތްވުމަށްޓަކައި ޞަދަޤާތްކުރާށެވެ. އަދި ކަލޭ ޠާހިރުވުމަށްޓަކައި ނަމާދު ކުރާށެވެ. އަދި ކަލެއާއި ކަލޭގެ އެކުވެރިން ތިންދުވަހު ރޯދަ ހިފުމަށް އަމުރުކުރާށެވެ.


     

    ބަނީ އުމައްޔަތު ވަންހައިގެ މީހުން ހަނގުރާމަކުރުން:

            މަރަވާން ބިން މުހައްމަދުގެ ފަރާތުން އަރުމީނިޔާއަށް ކަނޑައަޅުއްވާފައިވާ ޢާމިލަކީ އިސްޙާޤު ބިން މުސްލިމު އަލްޢުޤައިލީ އެވެ. އޭނާއަކީ އެލަޝްކަރުގެ ޤާއިދެކެވެ. މަރަވާން ބަލިވި ޚަބަރުލިބުމުން، އަރުމީނިޔާއިން އަލްޖަޒީރާއަށް ބަދަލުވިއެވެ. އަދި އެރަށުގެ އަހުލުވެރިންނާއެކު ދެމަސްދުވަސް ވަންދެން ޙައްރާނުގައި މޫސާ ބިން ކަޢްބު ޙިޞާރު ކޮށްގެން ހުއްޓެވެ. އައްސައްފާޙު އެމަނިކުފާނުގެ އަޚު އަބާޖަޢްފަރު އެތަނަށް ފޮނުއްވިއެވެ. އޭރު އެމަނިކުފާނު ހުންނެވީ ވާސިޠުގައި އިބުނު ހުބައިރާ ޙިޞާރު ކުރައްވައިގެންނެވެ. އެތަނުން އަބޫ ޖަޢްފަރު ވަައިގަތީ އިސްޙާޤު ބިން މުސްލިމާއި ހަނގުރާމަކުރެއްވުމަށެވެ.

            އަބޫ ޖަޢްފަރު ޤަރުޤީސިޔާއިން އައްރިއްޤާއަށް ވަޑއިގެންނެވިއިރު އެރަށުގެ ރައްޔިތުން ތިބި ކަޅުކުލައިގެ ހެދުން ބޭލުަމަށްފަހު ހުދުކުލައިގެ ހެނދުން ލައިގެންނެވެ. އަބޫ ޖަޢްފަރު ޙައްރާނަށް ދަތުރުކުރެއްވިއެވެ. އިސްޙާޤު ބިން މުސްލިމް އައްރުހާ އަށް ގޮސް އޭނާގެ އަޚު ބައްކާރު ބިން މުސްލިމު ރަބީޢަތުގެ ޤަބިލާތަކަށް ފޮނުވިއެވެ. އެދުވަސްވަރު އެޤބީލާގެ ވެރިއަކަށް ހުރީ ބަރުމަކާ އަލްޙަރޫރިއްޔާއެވެ. އަބޫ ޖަޢްފަރު އެމީހުންނާ ހަނގުރާމަ ކުރައްވައި ބަރުމަކު ޤަތުލުކުރެއްވިއެވެ. ބައްކާރު އޭނާގެ އަޚު އިސްޙާޤުގެ ގާތަށް ގޮސް އޭނާގެ ކިޔަމަންތެރިކަން ދޫކޮށްލުމަށްފަހު އޭނާގެ ލަޝްކަރާއެކު ޝިމްޝާޠަށް ދަތުރުކުރިއެވެ.

            ޢަބުދުﷲ ބިން ޢަލީ އާއި އަބޫޖަޢްފަރު ވަޑައިގެން ހަތްމަސްދުވަސް ވަންދެން އިސްޙާޤު ބިން މުސްލިމު ޙިޞާރުކުރައްވައިގެން ތިއްބެވިއެވެ. އޭރު އޭނާ ބުނަމުން ދިޔައެވެ. '' ތިމަންނާއި މަކަންތައް ޙަވާލުކުރިމީހާ މަރުވިކަން ޔަޤީން ނުވަނީސް އޭނާގެ ބައިޢަތު ތިމަން ދޫކޮށް ނުލާނަމެވެ." މަރަވާން ޤަތުލުވިކަން ޔަޤީން ވުމުން އޭނާ ޞުލްޙައަށް އެދުނެވެ. އެދެބޭފުޅުން އަބުލްޢައްބާސް އައްސައްފާޙުގެ ކިބައިން އެކަމުގެ ހުއްދަ ހޯއްދަވައިގެން އޭނާއަށް އަމާން ކަންދެއްވިއެވެ. އިސްޙާޤު ބިން މުސްލިމު އަބޫ ޖަޢްފަރުގެ އަރިހަށް ނުކުތެވެ. އަދި ފަހުން އޭނާއަކީ އަބޫ ޖަޢްފަރު އެންމެ އިސްކުރައްވާ މީހުންގެ ތެރެއިން މީހަކު ކަމުަގައިވިއެވެ. އަދި އަލްޖަޒީރާއާއި ޝާމުކަރައިގެ އަހުލުވެރިން ކިޔަމަން ވެގެން ދިޔައެވެ. އައްސައްފާޙު އެމަނިކުފާނުގެ އަޚު ވަލީ ޢަހުދު ކަމާ ޙަވާލުކުރެއްވުމާ ހަމައަށް ބެހެއްޓެވި އަލްޖަޒިރާއާއި އަރުމީނިޔާއާއި އާޛަރުބައިޖާނުގެ ވެރިއަކުކަމުގައެވެ.


     


     


     

    އިބުނު ހުބައިރާ ވާސިޠުގައި:

            ޙަވްޘަރާ އިބުނު ހުބައިރާ އަށް ބުންޏެވެ. ކަލޭކޫފާއަށް ދާށެވެ. ކަލޭގެ ގާތުގައިވަރަށް ގިނަސިފައިން އެބަތިއްބެވެ. ކާމިޔާބު ލިބެންެދެން ހަނގުރާމަ ކުރާށެވެ. އޭގެ ޖަވާބުގައި އިބުނު ހުބައިރާ ބުންޏެވެ. ވާސިޠަށް ގޮސް އަހަރެން މަޑުކޮށްލާނީއެވެ. ޙަޥްޘަރާ ބުންޏެވެ. އެކަމުގެ ސަބަބުން ކަލޭއެބޭފުޅުންގެ އަތްދަށުގައިވުން ފަސޭހަވެ ޤަތުލުވެގެން ދާނީއެވެ.

        ޔަޙްޔާ ބިން ޙަޟީން އިބުނު ހުބައިރާއަށް ބުންޏެވެ. މަރަވާނަށް ކަލެއަށް ކޮށްދެވޭނެ އެންމެ ބޮޑުހެޔޮކަމަކީ ތިޔަލަޝްކަރު އޭނާއަށް ފޯރުކޮށްދިނުމެވެ. ފުރާތު ކޯރުކައިރީ މަޑުކުރާށެވެ. ނަމަނަމަ ވާސިޠަށް ނުދާށެވެ. ޙިޞާރަށް ކެއްތެރިވަށެވެ. ޙިޞާރަށްފަހު އޮތީ ހަމައެކަނިޤަތުލެވެ. ނަމަވެސް އިބުނުހުބައިރާ އެކަން ޤަބޫލުނުކޮށް ވާސިޠަށް ގޮސް އެރަށުގެ ރަށްކާތެރިކަން ހޯދިއެެެވެ.

            މިދެބައިމީހުންގެ މެދުގައި ހަނގުރާމަފެށުނީ ބުދަދުވަހުއެވެ. ޝާމުކަރައިގެ އަހުލުވެރިން އިބުނި ހުބައިރާ އަށް ބުންޏެވެ. ތިމަންމެން ހަނގުރާމަ ކުރުމުގެ ހުއްދަދޭށެވެ. އޭނާ އެމީހުނަށް ހުއްދަދިނުމަށް ފަހު އެމީހުންނާއެކު ހަނގުރާމައަށް ނިކުތެވެ. ނަމަވެސް މިހަނގުރާމައިން ޝާމުކަރައިގެ އަހުލުވެރިން ވަރަށް ނިކަމެތި ގޮތަކަށް ބަލިވެގެން ދިޔައެވެ.


     

    އަބީސަލަމާ ޤަތުލުކުރެއްވުމަށް އައްސައްފާޙު ހިންގެވީ މުއާމަރާ

            އަބޫސަލަމަތުލް ޚައްލާލަކީ އާލުޢައްބާސަށް ވެރިކަންހޯދައިދިނުމަށް މަސައްކަތްކުރަމުން ދިޔަމީހެކެވެ. އެހެންނަމަވެސް އިމާމު އިބުރާހީމް ޤަތުލުވީޚަބަރު އޭނާއަށް ލިބުމުން ވެރިކަމުގެ ބާރުތައް ޢަލީގެފާނުގެ ބޭފުޅުންނަށް ހޯދައިދިނުމަށް ޤަޞްދުކުރިއެވެ. އެގޮތުން އެއްރެއަކު ޤައުމުގެ މީހުން ވާހަދައްކަމުން ގޮސް އަބޫސަމަތުލް ޚައްލާލު ޤަޞދުކުރި ކަންތައްތަކާ ބެހޭގޮތުން ވެސް ވާހަކަދެއްކިއެވެ. އެމީހުންގެ ތެރެއިން މީހަކު ބުންޏެވެ. ފަހަރެއްގައި އަބޫސަލަމަތުލްޚައްލާލު ކަންތައްކުރަންއުޅުނީ އަބޫމުސްލިމުލްޚުރާސާނީގެ ރައުޔާއި އެއްގޮތަށް ކަމަށް ވެދާނެއެވެ. އޭނާ އެހެން ބުނުމުން އެތަނުގައި ތިބި މީހުންގެ ތެރެއިން އެކަކުވެސް އަގަޔަކުން ނުބުންޏެވެ. އެޚަބަރު ލިބިވަޑައިގަތުމުން އަބުލްޢައްބާސް ވިދާޅުވިއެވެ. ތިޔައީ އަބޫމުސްލިމުލް ޚުރާސާނިގެ ރައުޔެއްް ކަމުގައިވާނަމަ އަހަރެމެންނަށް ވަރަށް ބޮޑު ބަލައެއް ޖެހޭނެއެވެ. އެހެނެއްކަމަކު މާތްﷲ އަހަރެމެން އެކަމުން ސަލާމަތް ކުރައްވައި، ބައިބައިވުމުން ސަލާމަތް ކުރައްވާށިއެވެ. އަބުލްޢައްބާސް އައްސައްފާޙު އަބޫ ޖަޢްފަރާ ސުވާލުކުރެއްވިއެވެ. މިކަމުގައި ދެކެނީ ކިހިނެއްޔެއްޔެވެ؟ އަބޫ ޖަޢްފަރު ވިދާޅުވިއެވެ. މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތަކީ އެންމެ ރަގަޅުގޮތެވެ.

            އަބުލްޢައްބާސް އައްސައްފާޙު ވިދާޅުވިއެވެ. ތިމަންމެންގެ ތެރޭގައި އަބޫމުސްލިމުލް ޚުރާސާނީ އެންމެ ރަގަޅަށް ދަންނަނީ ތިބާއެވެ. އޭނާގެ ގާތަށް ވަޑައިގެން އޭނާގެ ޚިޔާލު އޮޅުން ފިލުއްވާށެވެ. އޭނާ ތިބާޔަކަށް އެއްވެސް ކަމެއް ވަންހަނާއެއް ނުކުރާނެއެވެ. އެއީ އޭނާގެ ރައުޔުކަމުގައިވާނަމަ އަހަރެމެން އޭނާގެ ކިބައިން ސަލާމަތް ވާނަމެވެ. އެއީ އޭނާގެ ރައުޔުކަމުގައި ނުވާނަމަ އެކަމުން އަހަރެމެންނަށް ހިތްހަމަޖެހުން ލިބިގެން ދާނެއެވެ. އަބޫ ޖަޢްފަރު ބަޔާން ކުރައްވާފައިވެއެވެ. ތިމަންވަރަށް އަވަސްކަމާއިއެކު އައްރައި އަށް ދިޔައިރު އަބޫމުސްލިމުލް ޚުރާސާނިގެ ސިޓީ އެރަށުގެ ވާލީ އަށް އޮތީލިބިފައެވެ. އެސިޓީގައި އަބޫމުސްލިމް ބަޔާން ކުރައްވާފައިވެއެވެ. ތިމަންނާ އަށް ޚަބަރު ލިބިފައިވާގޮތުގައި އައްރައިއަށް އެބަވަޑައި ގަންނަވައެވެ. އެކަލޭގެފާނު ވަޑައިގަތް ވަގުތުން ފެށިގެން މެހެމާން ދާރީއަދާކުރާށެވެ. ތިމަންމާ ދިޔުމުން އައްރައިގެ ޢާމިލުއައިސް އަބޫމުސްލިމުލް ޚުރާސާނީގެ ސިޓީގެ ވާހަކަ ބަޔާން ކުރިއެވެ. ތިމަން ނައިސާބޫރަށް ދިޔުމުން އެރަށުގެ ޢަމިލު ވެސް އަބޫމުސްލިމުލް ޚުރާސާނީގެ ސީޓީ ހިފައިގެން އައެވެ. އެސީޓިގައި ބަޔާން ކޮށްފައިވެއެވެ. ކަލޭގެގާތަށް ޢަބުދުﷲ ބިން މުޙައްމަދު ވަޑައިގެންފިނަމަ އެކަލޭގެފާނަށް ޚާއްޞަ ވާށެވެ. އެކަލޭގެފާނު ކަލޭގެ ގާތުގައި ހުއްޓި ހުންނަށް ނުޖައްސާށެވެ. އެކަލޭގެފާނު ކަލެއާއި މެދު ރުހިއްޖެނަމަ ޚަވާރިޖުން ރުއްސުމުން ނޫނީ ކަލެއަކަށް އަމާނެއް ނެތެވެ.

            ތިމަންނާ މަރުވޫ އާއި ދެފަރުސަޚުގެ ދުރުމުގައި ހުއްޓަ މީސްތަކުންގެ ޖަމާޢަތަކާއި އެކު އަބޫމުސްލިމް އަތުވެއްޖެއެވެ. ތިމަންނާގެ ކައިރިއަށް އައުމަށްފަހު އޭނާ ތިމަންނާގެ އަތުގައި ބޮސްދިނެވެ. އަދި މަރުވު ގެ ގެއަކަށް ފޭބުމަށްހު ތިންދުވަސް ހޭދަކުރިއެވެ. އެމުއްދަތުގެ ތެރޭގައި އެއްވެސް ކަމަކާއި ބެހޭގޮތުން ސުވާލެއް ނުކުރެއެވެ. ހަތަރުވަނަ ދުވަހު ބުންޏެވެ. ކަލޭގެފާނު ވަޑައިގެންނެވުމުގެ ބޭނުންފުޅަކީ ކޮބައިތޯއެވެ. ތިމަން އަބޫސަލަމަތުލް ޚައްލާލު ކަންތައް ކުރިގޮތުގެ ވާހަކަ ބުނީމެވެ. އެހިނދު އަބޫމުސްލިމު ބުންޏެވެ. އަބޫސަލަމާ އެކަންކޮށްފިއެވެ. ތިބައިމީހުން އެކަމުން ސަލާމަތް ކުރައްވާށިއެވެ. އަދި مرار بن أنس الضبى ގެނައުމަށްފަހު ބުންޏެވެ. ކޫފާއަށް ދާށެވެ. ގޮސް ފެނުނުތަނަކުން އަބޫސަލަމަތު ޤަތުލުކުރާށެވެ. މިރާރާ ކޫފާއަށް ދިޔައިރު އަބޫސަލަމަތު އިނީ އަބުލްއައްބާސްގެ އަރިހުގައި ހޭލާ ތަފާތު ވާހަތައް ދައްކާށެވެ. އެގަނޑުވަރަުން އެނާ ނިކުތުމުން މިރާރާ އޭނާ ޤަތުލުކުރިއެވެ. އަދި އެއަށް ފަހު އެޢަމަލަކީ ޝީޢީން ހިންގި ޢަމަލެއްކަމުގައި ހެދިއެވެ.

            ހިޖުރައިން 133 ވަނައަހަރު މީލާދީން 750 ވަނައަހަރު ބުޚާރާއިން شريك بن شيخ المهرى ތިންހާސް މީހުންގެ ލަޝަކަރަކާއެކު އަބޫމުސްލިމުލް ޚުރާސާނީ އާއި ދެކޮޅަށް ނިކުތެވެ. އެމީހުންބުންޏެވެ. އަހަރެމެން އާލު މުޙައްމަދަށް ބައިޢަތު ހިފީ ލޭއޮހުރުވުމާއި ، މީސްތަކުން ޤަތުލުކުރުމަކަށް ނޫނެވެ. އަބޫމުސްލިމު އޭނާގެ ޤާއިދުންގެ ތެރެއިން ޤާއިދަކު شريك بن شيخ المهرى އާއި ހަނގުރާމައަށް ފޮނުވިއެވެ. ދެބައިމީހުންގެ މެދުގައި ހަނގުރާމަ ހިގައި އޭނާ ޤަތުލުވިއެވެ.

            ހިޖުރައިން 134 ވަނައަހަރު މީލާދީން 751 ވަނައަހަރު ބައްސާމު ބިން އިބުރާހީމް އައްސައްފާޙާއި ދެކޮޅަށް ނިކުތެވެ. އޭނާއާއި ހަނގުރާމައަށް އައްސައްފާޙު ޚާޒިމް ބިން ޚުޒައިމާ ފޮނުއްވިއެވެ. މިހަނގުރާމައިގައި އޭނާގެ ލަޝްކަރުގެ ވަރަށް ގިނަ އެކުވެރިން ޤަތުލުވިއެވެ. އޭނާ އެނބުރި އައިމަގުމަތީ އައްސައްފާޙުގެ ބޮޑުބޭބެއިން ކަމުގައިވާ بنى عبد الدار ވަންހައިގެ ބަޔަކާ ދިމާވިއެވެ. އޭނާ އެމީހުންގެ ކިބައިން ޚަލީފާއަށް ނަޞްރުދޭނެ އެއްޗަކާ ބެހޭގޮތުން ސުވާލުކުރުމުން އެމީހުން އޭނާގެ ސުވާލަށް ޖަވާބެއް ނުދިނެވެ. އެކަމުގެ ރުޅީގައި އެމީހުން ޤަތުލުކުރުމަށް ޚާޒިމު އަމުރުކުރިއެވެ. އެމީހުންގެ ޢަދަދަކީ ވިހިމީހުންނާއި އެމީހުންގެ މަވާލީންނެވެ.

            ބަނޫޢަބުދުއްދާރުގެ މީހުން ޚާޒިމުގެ މައްޗަށް ނަޞްރުދިނުމަށް އައްސައްފާޙުގެ ކިބައިން އެދުނެވެ. އެމަނިކުފާނު އެނާ ޤަތުލުކުރައްވަން ޤަޞްދުކުރެއްވިއެވެ. އެހެން ނަމަވެސް ބައެއް އަމިރުންގެ މަޝްވަރާގެ މަތިން އޭނާ ޤަތުލުކުރެއްވުމުގެ ބަދަލުގައި އޭނާއަށް ޙައްލުކުރުން އުދަގޫ މައްސަލަ އެއްގެ ތެރެއަށް ފޮނުވިއެވެ. އެމީހުން ދެންނެވިއެވެ. އެކަމުން އޭނާ ސަލާމަތް ވެއްޖެއްޔާ އެނިމުނިއެވެ. އެހެން ނޫންނަމަ އޭނާޤަތުލުވެ އޭނާގެ ކިބައިން އަޅުގަނޑުމެން ސަލާމަތްވީއެވެ. އެމަނިކުފާނު އޭނާ ޢައްމާނަށް ފޮނުއްވިއެވެ. އެރަށުގައި ޚަވާރިޖުން ތަމައްރުދުވެ (mutiny)އިމާމާ ދެކޮޅަށް ނިކުތެވެ. އެމަނިކުފާނު އޭނާއާއި ހަތްސަތޭކަމީހުންގެ ލަޝަކަރެއް ޙަވާލުކުރައްވައި އެމަނިކުފާނުގެ ބޮޑުބޭބެއަށް އޭނާ ނާފަހަރުގައި ޢައްމާނަށް ގެންގޮސް ދިނުމަށް އަމުރުކުރެއްވިއެވެ.

            ޚާޒިމް އެމީހުންނާ ހަނގުރާމަކޮށް އެމީހުން ބަލިކޮށްލިއެވެ. އަދި އެމީހުންގެ އަމީރު الجلندى އާއި އެނާގެ އެކުވެރިންގެ ތެރެއިން ގާތްގަޑަކަށް ދިހަހާސް މީހުން ޤަތުލުކޮށްލިއެވެ. އަދި އެމީހުންގެ ބޯތަށް ބަޞަރާއަށް ފޮނުވިއެވެ. ބަޞަރާގެ ނާއިބު އެބޯތަށް ޚަލިފާގެ ދަރުބާރަށް ފޮނުވިއެވެ. އެގެ ދުވަސްކޮޅެއްފަހުން އޭނާ އެނބުރި އައުމަށް ޚަލިފާ އެންގެވިއެވެ. އޭނާ ސަލާމަތުން ޣަނީމާ މުދަލާއެކު އެނބުރިއައެވެ.

            ހަމައެއަހަރު އަބޫމުސްލިމުލް ޚުރާސާނީ بلاد الصغد އާއި ހަނގުރާމަ ކުރިއެވެ. އަދި އޭނާގެ ނާއިބުންގެ ތެރެއިން ނާއިބަކު بلاد كش އާއި ހަނގުރާމަކޮށް ވަރަށް ގިނަމީހުން ޤަތުލުކުރިއެވެ. އެތަނުން އޭނާވަރަށް ގިނަ ޣަނީމާ މުދާގެނައެވެ.

        އައްސައްފާޙު މޫސާ ބިން ކަޢްބު އިންޑިޔާއަށް ، މަންޞޫރު ބިން ޖުމްޙޫރާއި ހަނގުރާމައަށް ފޮނުއްވިއެވެ. އަދި އޭނާއާއި އެކު ތިންހާސް މީހުންގެ ލަޝްކަރެއް ފޮނުއްވިއެވެ. މަންޞޫރާ އޭނާބައްދަލުކުރީ ބާރަހާސް މީހުންގެ ލަޝަކަރަކާއިގެންނެވެ. މޫސާ ބިން ކަޢްބު މަންޞޫރު ބަލިކުރުމަށްފަހު އެނާގެ ލަޝްކަރު ގެ ވަރަށް ގިނަމީހުން ޤަތުލުކުރިއެވެ.


     

            ހިޖުރައިން 136 ވަނައަހަރު މީލާދީން 753 ވަނައަހަރު އަބޫމުސްލިމުލް ޚުރާސާނީ ، ޚަލިފާއާއި ބައްދަކުރެއްވުމުގެ ހުއްދައަކަށް އެދިވައިގެންނެވިއެވެ. ޚަލީފާއޭނާއަށް ހުއްދަދެއްވައި އެކުގައި ފައްސަތޭކަ ސިފައިން ގެނައުމުގެ ހުއްދަދެއްވިއެވެ. އަބޫމުސްލިމުލް ޚުރާސާނީ ޚަލީފާއަށް ލިޔުއްވިއެވެ. ތިމަންނަޔާމެދު މީސްތަކުންވަނީ ހިތްހަމަނުޖެހިއެވެ. އެހެންކަމުން ފައްސަތޭކަމީހުން މަދުކަމަށް ތިމަން ބިރުވެތިވަމެވެ. އެސިޓިގެ ޖަވާބުގައި ޚަލިފާ އޭނާއަށް އެންހާސް މީހުން ގެނައުމުގެ ހުއްދަ ދެއްވިއެވެ. ނަމަވެސް އަބޫމުސްލިމުލް ޚުރާސާނީ ޚަލީފާގެ އަރިހަށް އައީ އަށްހާސް ސިފައިންގެ ބޮޑު ލަޝްކަރާއެކުއެވެ. އަދި އެސިފައިން ތައް އެކިރަށް ތަކުގައި ބޭތިއްބިއެވެ. އެއަށްފަހު ތަފާތުވައްތަރުގެ ހަދިޔާތައް ހިފައިން ޚަލީފާގެ ދަރުބާރަށް އައެވެ. ޚަލިފާގެ އަރިހަށް އަބޫމުސްލިމުލް ޚުރާސާނީ އައައިރު އެކުގައި ގެންނެވީ އެންމެ އެންހާސް ސިފައިންނެވެ. އަމީރުންނާއި ޤާއިދުން ވަރަށް ދުރުން އޭނާއަށް މަރުޙަބާ ދެންނެވިއެވ. ޚަލީފާ އައްސައްފާޙު އޭނާއަށް މާތްކޮށްހިއްތަވައި އިޙުތިރާމް އަދާކުރައްވައި އެމަނިކުފާނުގެ އަރިހުގައި ބެހެއްޓެވިއެވެ. އަދި އޭނާ ކޮންމެ ދުވަހަކުވެސް ޚަލިފާގެ ދަރުބާރަށް ޙާޟިރުވެއެވެ.

            އަބޫމުސްލިމުލް ޚުރާސާނީ ، ޚަލިފާގެ އަރިހުން އެއަހަރު ޙައްޖަށް ދިޔުމަށް ހުއްދައަށް އެދިވަޑައިގަތެވެ. ޚަލީފާ އެކަމުގެ ހުއްދަދެއްވިއެވެ. ޚަލީފާ އެމަނިކުފާނުގެ އަޚު އަބީ ޖަޢްފަރަށް އަބޫމުސްލިމުލް ޚުރާސާނީ ވަޑައިގެންނެވި ވާހަކައާއި އެނާ ޙައްޖަށް ވަޑައިގަތުމަށް ހުއްދައަށް އެދުނު ވާހަކަ ލިޔުއްވިއެވެ. އެއަށްފަހު އައްސައްފާޙު އަބީ މުސްލިމަށްވިދާޅުވިއެވެ. ތިމަންނާގެ އަޚު އަބާޖަޢްފަރު މިއަހަރު ޙައްޖަށް ދިޔުމަށް ހުއްދައެދިފައި ނުވާނަމަ ތިބާއަށް މިފަހަރު އަމީރުލް ހައްޖުކަން ޙަވާލު ކުރީމުހެވެ.

            އަބޫމުސްލިމުލް ޚުރާސާނީ އާއި އަބީޖަޢްފަރާއި ދެމެދުގައި ވަނީ ކިލަބުކަމެއް ހިގާފައެވެ. އަބީ ޖަޢްފަރު އަބޫމުސްލިމާއި މެދު ހިތްޕުޅު ހަމަޖެހިވަޑައެއް ނުގަންނަވައެވެ. އެއީ އެމަނިކުފާނު ނައިސާބޫރަށް ވަޑައިގަތުމުން އެތަނުން އަބޫމުސްލިމުގެ ސިފައިން އޭނާއަށް ކިޔަމަން ތެރިކަން އަދާކުރާމިންވަރު ފެނިގެންނެވެ. އެހެންކަމުން އަބޫޖަޢްފަރު އައްސައްފާޙަށް ، އޭނާ ޤަތުލުކުރުމަށް މަޝްވާރަ ދެއްވިއެވެ. އައްސައްފާޙު އެމަނިކުފާނަށް އެކަން ވަންހަނާ ކުރުމަށް އަމުރުކުރެއްވިއެވެ. އައްސައްފާޙުގެ އަރިހަށް އަބުމުސްލިމު އައަމުން އޭނާ ޤަތުލުކުރުމަށް އަބޫޫ ޖަޢްފަރު އަމުރުކުރެއްވިއެވެ. އެހެން ނަމަވެސް އެވާހަކައިގެ ޖަވާބުގައި ޚަލީފާ ވިދާޅުވިއެވެ. ކަލޭގެފާނަށް ވެސް އޭނާތިމަންމެން ނަށްޓަކައި ކޮށްދިން ޚިދުމަތާއި ، ބަލާތައް އެގިވަޑައިގަންނަވާނެއެވެ. ޚަލިފާގެ އެވާހަކައިގެ ޖަވާބުގައި އަބޫ ޖަޢްފަރު ވިދާޅުވިއެވެ. އޭއަމީރުލް މުއުމިނީނެވެ! އެއީ އަހަރެމެންގެ ދައުލަތުގައެވެ. މާތްﷲ ގަންދީ ބުނަމެވެ. ކަލޭގެފާނު ވަލުބުޅަލެއް ފޮނުއްވިއަސް އެމީހުން އެސޮރަށްވެސް ކިޔަމަންތެރިކަން އަދާކުރާނެއެވެ. ކަލޭގެފާނު އެސޮރަށް ކާންނުދީފިނަމަ މާދަމާ އެސޮރުކަލޭގެފާނު ކާާލާނެއެވެ.


     

        އައްސައްފާޙު ވިދާޅުވިއެވެ. ތިކަމުގައި އޮތް ޙައްލަކީ ކޮބައިހެއްޔެވެ؟ އަބޫ ޖަޢްފަރު ވިދާޅުވިއެވެ. ކަލޭގެފާނުގެ އަރިހަށް އޭނާ އަތުވެއްޖެނަމަ އޭނާއާއި ވާހާކަ ދެއްކެވުމާއިގެން މަޝްޣޫލު ވެވަޑައިގަންނަވާށެވެ. އެއަށްފަހު އަޅުގަނޑު ފަހަތުން އައިސް ކަނޑިން ޖަހައި އޭނާ ޤަތުލުކުރާނަމެވެ. އައްސައްފާޙު ވިދާޅުވިއެވެ. އޭނާއާއި އެކުގައިވާ މީހުންނަށް ހަދާނީ ކިހިނެއްތޯއެވެ؟ އަބޫ ޖަޢްފަރުލް މަންޞޫރު ވިދާޅުވިއެވެ. އެމީހުންނަކީ ބަލިކަށި މަދުބަޔެކެވެ. ޚަލިފާ އަބޫޖަޢްފަރުލް މަންޞޫރަށް ، އަބޫމުސްލިމު ޤަތުލުކުރެއްވުމުގެ ހުއްދަ އަބޫޖަޢްފަރަށް ދެއްވިއެވެ.

            ނަމަވެސް އަބޫމުސްލިމު އެމަނިކުފާނުގެ އަރިހަށް ވެންނެވުމުން އެމަނިކުފާނުގެ އަޚަށް އަބޫމުސްލިމު ޤަތުލުކުރުމަށް ހުއްދަދެވުނު ކަމަށްޓަަކައި ހިތާމަކުރައްވައި މީހަކު ފޮނުއްވުަމަށްފަހު ވިދާޅުވިއެވެ. އަމީރުލް މުމުމިނީނާއި މަނިކުފާނާ ދެމެދު ދެކެވުނު ވާހަކައާއި މެެދު އެމަނިކުފާނު ހިތާމަކުރައްވައެވެ. އެގޮތަށް އެކަން ނުކުރައްވާށެވެ. ޚާދިމު އަބޫޖަޢްފަރުގެ އަރިހަށް ދިޔައިރު އެމަނިކުފާނު ހުންނެވި އަބޫމުސްލިމު ޤަތުލު ކުރެއްވުމަށް ތައްޔާރު ވެވަޑައިގެންނެވެ. ޚަލީފާގެ ބަސްފުޅު ދެންނެވުމުން އެކަމާ ވަރަށް ކޯފާއިސް ކުރެއްވިއެވެ.


     

    އަބޫމުސްލިމު ސުލައިމާނު ބިން ކަޘީރު ޤަތުކުރުން:

         އަބޫ ސަލަމަތުލް ޚައްލާލު ޤަތުލުވުމާއި ގުޅިގެން އަބުލް ޢައްބާސް އެމަނިކުފާނުގެ އަޚު އަބޫ ޖަޢްފަރު އަރިހަށް ތިރީސް މީހުންނާއި އެކު އަބޫމުސްލިމުގެ ގާތަށް ފޮނުއްވިއެވެ. عبيد الله بن الحسن الأعرج އައި سليمان بن كثير ވާހަކަ ދައްކަމުން ބުންޏެވެ. އޭ މިހިރަމިހާއެވެ. އަހަރެމެން ބޭނުންވީ ތިޔަބައިމީހުންނަށް ކަންތައް ފުރިހަމަވުށެވެ. ކަލޭމެން ބޭނުންނަމަ އަހަރެމެން ކަލޭމެން ބޭނުންވާ ކަންތައްތަކަށް ދޫކޮށްލާށެވެ.

        އަލްޢަޢްރަޖު އަބީ މުސްލިމުގެ ގާތަށް އައިސް އެވާހަކަ ދެންނެވިއެވެ. އަބޫމުސްލިމު ސުލައިމާނު ބިން ކަޘީރުގެ ގާތަށް މީހާކު ފޮނުވުމަށްފަހު ބުންޏެވެ. އިމާމު އިބުރާހީމް ތިމަންނާއަށް ވިދާޅުވި ބަސްފުޅު ހަނދުމަ އެބަހުރިހެއްޔެވެ؟ އެއީ ކަލޭ ތުހުމަތު ކުރާމީހަކު ޤަތުލުކުރާށެވެ. ސުލައިމާނު ބިން ކަޘީރު ބުންޏެވެ. އާއެކެވެ. އަބޫމުސްލިމު ސުލައިމާނު ބިން ކަޘީރާށް ބުންޏެވެ. އަހަރެން ކަލެއަށް ތުހުމަތު ކުރަމެވެ. ސުމައިނު ބުންޏެވެ. މާތްﷲ އަށްޓަކައި ބުނަމެވެ. އަބޫމުސްލިމު ބުންޏެވެ. މާތްﷲ މެދުވެރިކޮށް ނުބުނާށެވެ. ކަލޭތިވަނީ އިމާމަށް ޚިޔާނާތްތެރިވެ ، އޮޅުވާލާފައެވެ. އަދި ސުލައިމާނު ޤަތުލުކުރުމަށް އަމުރުކުރިއެވެ. އަބޫޖަޢްފަރު ، އަބޫމުސްލިމުގެ އަރިހުން ވަޑައިގެން އަބުލްޢައްބާސަށް ދެންނެވިއެވެ. އަބޫމުސްލިމު ޤަތުލު ނުކޮށް ދޫކޮށްލައްވައިފިނަމަ ، ކަލޭގެފާނަކީ ޚަލީފާއެއްނޫނެވެ. އަބުލްޢައްބާސް ވިދާޅުވިއެވެ. އެއީ ކިހިނެއްހެއްޔެވެ؟ އަބޫޖަޢްފަރު ވިދާޅުވިއެވެ. އޭނަ ކުރަނީ ބޭނުންކަމެކެވެ. އަބުލް ޢައްބާސް ވިދާޅުވިއެވެ. ހަމަހިމޭން ވެވަޑައިގެން ތިޔަކަން ސިއްރުކުރައްވާށެވެ. އެދުވަހުން ފެށިގެން އަބޫ ޖަޢްފަރުގެ ހިތްޕުޅުގައިވަނީ އަބޫމުސްލިމް ޢަބުދުއްރަޙްމާނު އަލްޚުރާސާނީ އާއިމެދު ކަރާހަތްތެރިކަން އުފެދިފައެވެ. އަބޫ ޖަޢްފަރު އެންމެ ބޮޑަށް އަބޫމުސްލިމާއި މެދު ބިރުވެތިވެވަޑައިގަންނަވަނީ ، އޭނާ ދުށްލައިފިނަ ވެރިކަމުގެ ކަންތައް ބަދަލުކޮށްފާނެތީއެވެ. އަދި އޭނާ ވެރިކަމަށް ދަޢްވާ ކޮށްފާނެތީއެވެ. އެހިނދު ދެރަވުމަކުން ކުރާނެ ފައިދާއެއް ނެތެވެ. މިހެންވިނަމަ އޭ ބުނާނެ ޖާގައެއްނެތެވެ.

        އަބޫ ޖަޢްފަރު ހައްޖަށް ވަޑައިގެންނެވިއިރު އެމަނިކުފާނާއެކު ޙައްޖަށް އަބޫމުސްލިމު ވަޑައިގެންނެވިއެވެ. ޙައްޖުން އެނބުރި ވަޑައިގެންނެވީ ދެކަލުން އެކުގައެވެ. ހިތުގައި ފޮރުވިފައިއޮތް ކަންތައް އޮތީ ހިތުގައި ފޮރުވިފައެވެ.


     

    ވަލީޢަހުދު ކަމާއިމެދު މަޟްވަރާ ކުރެއްވުން:

            މަރަވާނު ބިން މުޙައްމަދުގެ އިސްތަށިފުޅު އައްސައްފާޙުގެ އަރިއަހުގައި ބޭއްވިފައި އޮތްއިރު އެމަޖިލިސްގައި އިބުނު ހުބައިރާ އިނެވެ. އައްސައްފާހު އެމަނިކުފާނުގެ އެކުވެރިންނާ ދިމާއަށް އެނބުރިވަޑައިގަތުމަށް ފަހު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ތެރެއިން މީނަދަންނަނީ ކާކުހެއްޔެވެ؟ އަބޫޖަޢުދާ ބިން ހުބައިރާ ދެންނެވިއެވެ. އަޅުގަނޑު ދަންނަމެވެ. ތިޔައީ އިއްޔެ އަހަރެމެންގެ ޚަލީފާ ޢަބުދުލްމަލިކު މަރަވާން ބިން މުޙައްމަދު ގެ ބޮލެވެ.

            އިބުނު ހުބައިރާ ބުނެފައިވެއެވެ. އަހަރެން އައްސައްފާހުގެ އަރިއަހުގައި އިންދާ މީސްތަކުން ދާންފެށުމުން އަހަރެންވެސް ދިޔުމަށްޓަކައި ތެދުވުމުން ، އަދިކަލޭމަޑުކޮށްލާށެވެ. އައްސައްފާހު ވިދާޅުވިއެވެ. ހުރިހާ އެންމެން ދިޔުމުން އައްސައްފާހު ވިދާޅުވިއެވެ. ތިންމަނިކުފާނު ކަލެއާއި ކަމަކާ ބެހޭގޮތުން މަޝްްވަރާ ކުރައްވަން ޤަސްދުކުރައްވަމެވެ. ކަލޭގެ ކިބައިން މިކަން އެއްވެސް މީހަކަށް އެގިގެން ނުވާނެއެވެ. ކަލެއަށްވެސް އެގިފައި އޮންނާނެފަދައިން މިދައުލަތުގެ ވަލީޢަހުދުކަން ދިނުމަށް ހަޖެހިފައިވަނީ މަރަވާން ބިން މުޙައްމަދު ޤަތުލުކުރިމީހަކަށެވެ. މަރަވާން ޤަތުލުކުރިމީހަކީ އަހަރެންގެ ބޮޑުބޭބެ ޢަބުދުﷲ ބިން ޢަލީ އެވެ. އެއީ އޭނާގެ އެކުވެރިންނާއި ލަޝްްކަރާ ގޮވައިގެން ގޮހެވެ. އަހަރެންގެ އަޚު އަބޫޖަޢްފަރު (އޭނާގެ މަތިވެރިކަމާއި ޢިލްމުވެރިކަމާއި ޢުމުރާއި ، މާތްﷲ ގެ އަމުރުތަކަށް ކިޔަމަންވާމިންވަރާ) އޭނާ މިކަމުން އެއްކިބާކުރެވޭނީ ކިހިނެތް ހެއްޔެެވެ؟

            ތިމަންނާ އެމަނިކުފާނަށް ދެންނެވީމެވެ. މާތްﷲ އަމީރުގެ ޙާލުރަގަޅުކުރައްވާނެއެވެ. ތިމަންނާ އެކަމަކަށް އިޝާާރާތެއްނުކުރާނަމެވެ. ނަމަވެސް މަނިކުފާނަށް ވާހަކައެއް ދަންނަވާނަމެވެ. އެކަމުން ޢިބުރަތް ޙާޞިލުކުރައްވާށެވެ. އެހިނދު އައްސައްފާހު ވިދާޅުވިއެވެ. ކިޔައިދޭށެވެ. ތިމަންނާ ދެންނެވީމެވެ. ސުލައިމާނު އަވަހާރަވީ ޚަަބަރާއި ޚަލީފާކަން ލިބިވަޑައިގެންނެވިކަން ބަޔާންކުރައްވައި، ޢުމަރު ބިން ޢަބުދުލް ޢަޒީޒު ފޮނުއްވި ސިޓީފުޅު ލިބުނުއިރު ތިމަންމެން ތިބީ މަސްލަމާ ބިން ޢަބުދުލްމަލިކުގެ އަރިއަހުގައި ޤުސްޠަންޠީނިއްޔާގެ ޢާއްމު ޚަލީޖުގައެވެ. ތިމަންނާ އެމަނިކުފާނުގެ އަރިހަށް ވަނުމުން އެސިޓީ ތިމަންނާ އަށް ދިއްކޮށްލެވުމުން ތިމަން އެސިޓީ ކީމެވެ. އެއަށްފަހު މަސްލަމާ ބިން ޢަބުދުލްމަލިކު ކީރިތި ކުރައްވަން ފެއްޓެވިއެވެ. ތިމަންނާ އެމަނިކުފާނަށް ދެންނެވީމެވެ. މާތްﷲ އަމީރުގެ ޙާލުރަގަޅުކުރައްވާނެއެވެ. މަނިކުފާނުގެ އަޚާއާއި މެދު ކީރިތި ނުކުރައްވާށެ، އެހެން ނަމަވެސް ޚަލީފާކަން މަނިކުފާނުގެ ބައްޕަގެ ބޭފުޅުންގެ ކިބައިން ވަކިވެ ، ބޮޑުބޭބެގެ ކުދިންނަށް ލިބިގެން ދިޔަކަމަށްޓަކައި ކީރިތި ކުރައްވާށެވެ. ތިމަަންނާގެ ވާހަކަ ނިމުމުން އައްސައްފާހު ވިދާޅުވިއެވެ. ކަލޭގެކިބައިން ތިމަންމަނިކުފާނަށް ވިސްނިވަޑައިގެންފިއެވެ. ކަލޭބޭނުންނަމަ ދިޔަޔަސް އެންމެ ރަގަޅެވެ.


     

    އަބުލްޢައްބާސުގެ އެންމެފުރަތަމަ ވަޒީރު:

    އަބުލް ޢައްބާސް އައްސައްފާޙުގެ އެންމެ ފުރަތަމަ ވަޒީރަކީ އަބޫސަލަމާ ޙަފުޞް ބިން ސުލައިމާނުލް ޚައްލާލު އަލްހަމަދާނީއެވެ. ކުރީގައި އިޝާާރާތްކުރިހެން އަބޫސަލަމާ ޙަފުޞް ބިން ސުލައިމާން އާއިމެދު ، އެމަނިކުފާނުގެ ހިތްޕުޅުގައިވަނީ ކިލަނބުކަމެއް އުފެދިފައެވެ. އިމާމު އިބުރާހީމް ޤަތުލުވީޚަބަރު އޭނާއަށް ލިބުމުން ވެރިކަމުގެ ބާރުތައް ޢަލީގެފާނުގެ ބޭފުޅުންނަށް ހޯދައިދިނުމަށް ޤަޞްދުކުރިއެވެ. އަބޫމުސްލިމުލް ޚުރާސާނީ ޢަބުދުﷲ ބިން މުޙައްމަދު އައްސައްފާހު އަށް އަބޫސަލަމާ ޤަތުލުކުރުމުގެ މަޟްވަރާ ދިނެވެ. އެވާހަކައިގެ ޖަވާބުގައި އައްސައްފާހު ވިދާޅުވިއެވެ. ތިމަންމަނިކުފާނުގެ ޕާޓީގެމީހެއްގެ ލެއިން ތިމަންމަނިކުފާނުގެ ދައުލަތުގެ ފެށުން ގެންނަވާކަށެއް ބޭނުމެއް ނޫނެވެ. އަދި ޚާއްޞަ ގޮތެއްގައި އަބޫސަލަމާ ފަދަމީހެކެވެ. މިދަޢުވަތުގެ އަޞްލަކީ އޭނާއެވެ. އޭނާގެ ބާރާއި މުދަލާއި ވަޤުތު މިކަމަށް ހޭދަކުރިއެވެ. އޭނާ އިމާމަށް ނަޞޭޙަތްތެރިވެ، ޢަދުއްވުންނާ ދެކޮޅާށް ޖިހާދު ކުރިއެވެ.

    އެމަނިކުފާނުގެ އަޚު އަބީ ޖަޢްފަރާއި އަބޫމުސްލިމުގެ ބާރުއެޅުމާއެކުވެސް އަބޫސަލަމާ ޤަތުލުކުރެއްވުމުން އައްސައްފާޙު ދުރުހެލިވެވަޑައިގެންނެވިއެވެ. އެހެންނަމަވެސް އަބޫ މުސްލިމު ޙީލަތަކުން އަބޫ ސަލަމާ ޤަތުލުކޮށްލެއްވިއެވެ. އަބޫ ސަލަމާ ޙަފުޞް ބިން ސުލައިމާނާ މުޚާޠާބު ކުރެވެނީ ވަޒީރު އާލު މުޙައްމަދުގެ ނަމުންނެވެ. އަބޫމުސްލިމާއި މުޚާޠަބު ކުރެވެނީ އަމީނު އާލު މުޙައްމަދުގެ ނަމުންނެވެ.

    އަބޫ ސަލަމާއަކީ ކޫފާގެ ތަނަވަސް މީހުންގެ ތެރެއިން މީހެކެވެ. ދަޢްވަތުގެ ބައިވެރިންގެ މައްޗަށް ވަރަށް ދީލަތި ކަމާއެކު މުދާހޭދަކުރިއެވެ. އަބޫސަލަމާއަކީ ބަކީރު ބިން މާހާންގެ ޅިޔަނެކެވެ. އަދި ބާކީރު ބިން މާހާން ދަރިފުޅަކީ އިމާމު އިބުރާހީމުގެ ކާތިބެވެ. ބަކީރު އޭނާގެ އަޖަލުގާތްވުމުން އިމާމު އިބުރާހީމަށް ދެންނެވިއެވެ. ތިމަންނާގެ ޅިޔަނަކު ކޫފާގައިހުންނާމެއެވެ. ތިމަންނާގެ ބަދަލުގައި ދަޢްވަތުގެ ކަންތައް ކުރިއަށް ގެންދާނީ އޭނާއެވެ. ބަކީރު މިދުނިޔެ ދޫކުރުމުން އަބޫސަލަމާ ދަޢްވަތުގެ ކަންތަކާ ޙަވާލުވިއެވެ. އެކަމުގައި އޭނާ އެތަށް މުދަލަކާއި ވަޤުތުތަކެއް ހޭދަކުރިއެވެ. ދަޢްވަތުގެ ދުވަސްވަރު ބަނީ ޢައްބާސުގެ ކަންތައް ހުރިނެތްގޮތް އަބޫސަލަމާ ބެލިއެވެ. އެމީހުންގެ ވަރަށް ގިނަކަންތައްތަކެއް އެގުމުން ބަނީ ޢަލީ އަށް ދަޢްވަތުގެ ކަންތައް އަނބުރާލުމަށް އޭނާ ޤަޞްދުކުރިއެވެ. އަދި ބަނީޢަލީގެ ތިންބޭފުޅުންކަމުގައިވާ جعفر بن محمد الصادق އާއި عبد الله المحصن بن حسن بن حسن بن على އާއި عمر الأشرف بن زين العابدين ( عليهم السلام) އަށް ސިޓީ ލިޔުނެވެ. ނަމަވެސް ކުރިން ބަޔާން ކުރިހެން އަބޫސަލަމާގެ މަޤުޞަދު ޙާޞިލުވާ ގޮތެއްނުވެ އަބުލް ޢައްބާސް އައްސައްފާޙަށް ޚަލީފާކަމަށް ބައިޢަތުހިފުނެވެ.


     

    އަވަހާރަވުން:

             ޢަބުދުﷲ ބިން މުޙައްމަދު އައްސައްފާހު މިދުނިޔެ ދޫކުރެއްވީ ހިޖުރައިން 136 ވަނަ އަހަރު ، މީލާދީން 754 ވަނައަހަރު ذى الحجة މަހު 13 ވަނަދުވަހު އަލްއަންބާރުގައެވެ. އޭރު އެމަނިކުފާނުގެ ޢުަމުރުފުޅަކީ 33 އަހަރެވެ. ޚަލީފާކަމުގެ މުއަދަތަކީ 4 އަހަރާ އަށްމަސްދުވަހެވެ. އެމަނިކުފާނަށް އިމާމުވެ ކަށުނަމާދު ކުރެއްވީ ބޮޑުބޭބޭ عيسى بن على އެވެ.

    أبو جعفر المنصور


     

    ނަސަބުފުޅު:
    أبو جعفر عبد الله بن محمد بن على بن عبد الله بن العباس بن عبد المطلب بن هاشم އެވެ.

    މަންމާފުޅަކީ:
    سلامة البربرية ( އުއްމު ވަލަދު)


     

    އުފަންވެވަޑައިގަތުން:

        އަބޫޖަޢުފަރުލް މަންޞޫރު އުފަންވެވަޑައިގަތީ ހިޖުރައިން 95 ވަނައަހަރު ذى الحجة ، މީލާދީން 714 ވަނަ އަހަރުއެވެ.
    އެއަހަރަކީ ޙައްޖާޖު ބިން ޔޫސުފު އައްޘަޤަފީ މިދުނިޔެ ދޫކުރިއަހަރެވެ. މަންޞޫރުގެ މަންމަ އެމަނިކުފާނާއިގެން އާލާސްވެ އިންނަވައި ހުވަފެންފުޅެއް ދެކެވަޑައިގެންނެވިއެވެ. އެކަމަނާ ބަޔާން ކުރައްވާފައިވެއެވެ. ތިމަންނާގެ ހަށިގަނޑުގެތެރެއިން ސިންގާއެއް ނުކުތްހެންނެވެ. އަދި ތިމަންނާގެ މޭގަނޑު ވެއްޓުނު ހެންނެވެ. އެސޮރު ބިމުގައި ނިގުކުލުން ވަރަށް ބާރަށް ޖެއްސެވެ. އެއަޑަށް ހުރިހާ ދިމާޔަކުންވެސް ސިންގާތައް ޖަމަޢަވިއެވެ. އަދި އެތަނަށް އަންނަ ކޮންމެ ސިންގާއެއްވެސް ހުރިހިސާބުގައި ސަޖިދަކުރިއެވެ.


     

    ސިފަފުޅު:

            އަބޫޖަޢުފަރުލް މަންޞޫރަކީ ހިމަތޮޅި އިސްކޮޅުންދިގު ، ނިންކުރިފުޅު ތަނަވަސް ބޭފުޅެކެވެ. އެމަނިކުފާނުގެ ކިބައިން އަޅުވެރިކަމާއި ރަސްކަލެއްގެ އަސަރުތަކާއި އަޅުވެރިއެއްގެ އަސަރު ފައުޅުވާކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ. އެމަނިކުފާނުގެ ދުވަސްވަރުގައި އެމަނިކުފާނަކީ ރައްޔިތުންގެ ކަންތައް ބައްލަވާ އުޅުއްވި ވެރިއެކެވެ. ކުޅިވަރާ މަޖާ އަންހެނުންގެ ކަންތަކުން ދުރުހެލިވެވަޑައިގެން ހުންނެވިބޭކަލެކެވެ. އެމަނިކުފާނުގެ ޢާމިލުންގެ ކަންތައް ބައްލަވާ ޙިސާބުކިތާބު ބެއްލެވި ވެރިއެކެވެ. އެހެންކަމުން އެމަނިކުފާނަށް الدوانق މިލަގަބުދެ ވުނެވެ.


     


     

    ބައިޢަތުހިފުން:

  • ޚަލީފަކަމަށް ބަޢިއަތު ހިފެވުނީ އެމަނިކުފާނުގެ އަޚު أبو العباس السفاح އަވަހާރަވުމުން ހިޖުރއަިން 153 ވަނައަހަރު ذى الحجة ، މަހު 12 ވަނަދުވަހުއެވެ. އެއީ މީލާދީން 754 ވަނައަހަރު އެމަނިކުފާނުގެ ޢުމުރުފުޅުން 41 ގައެވެ.

        އަބޫޖަޢުފަރުލް މަންޞޫރަށް ޚަލީފާކަމަށް ބައިޢަތު ހިފެވުނުއިރު އަންދަލުސްގައި ވެރިކަންކުރައްވަމުންގެންދެވީ عبد الرحمن الداخل معاوية بن هشام بن عبد الملك(138ޙ 755މ) އެވެ. ފްރާންސްގައި ވެރިއަކަށް ހުރީ بران އެވެ. އެއަށްފަހު شارلمان ( 151ހ 768މ) އެވެ. ރޯމަން އެމްޕެރާ އަކަށް ހުންނެވީ قسطنطين الخامس އެވެ.

    އަބުލް އައްބާސް އައްސައްފާހުވެސް ވަނީ އެމަނިކުފާނުގެ ކުރީގެ ސަލަފުން ހެއްދެވިހެން އެމަނިކުފާނަށް ފަހު ވަލީޢަހުދުކަމަށް ދެބޭފުޅުން އިޚުތިޔާރުކުރައްވާފައެވެ. އެއީ އެމަނިކުފާނުގެ އަޚު އަބޫޖަޢުފަރުލް މަންޞޫރާއި އެމަނިކުފާނުގެ އަޚުގެ ދަރިކަލުން ޢީސާ ބިން މޫސާއެވެ. ބަނީއުމައްޔަތުވަންހަވެސް ބައިބައިވުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބަކީ މިއީއެވެ. ނަމަވެސް އަބޫޖަޢުފަރުލް މަންޞޫރު މިކަމުން ޢިބުރަތް ޙާޞީލުކުރެއްވުމުގެ ބަދަލުގައި އެމަނިކުފާނުވެސް ވަނީ ކުރިން މިއިޝާރާތް ކުރިފަދަ ވަނީ ޢަމަލުކުރައްވާފައެވެ.


 

އަބީ ޖަޢްފަރުގެ ފުރަތަމަ މަސައްކަތްޕުޅު:

އަބޫޖަޢްފަރުލް މަންޞޫރު ވެރިރަކަމަށް އިސްވެވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް ތިންކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ.

1- ފުރަތަމަ ނުރައްކަލަކީ އެމަނިކުފާނުގެ ބޮޑުބޭބެ عبد الله بن على އެވެ. عبد الله بن على ގެ ވެރިކަމުގައި ޝާމުކަރައިގެ މީހުންނާއި ފާރިސީން އެކުލެވޭ ވަރަށް ބޮޑު ލަޝްކަރެއް އޮތެވެ. އެމަނިކުފާނުވެސް އިންތިޒާރު ކުރައްވަމުންގެންދެވީއަބުލް ޢައްބާސަށް ފަހު ޚަލީފާއަކަށް ވެވަޑައިގަތުމަށެވެ. ސަބަބަކީ އަބުލް ޢައްބާސްވަނީ ވަނީ ވެރިކަމަށް ވަޑައިގަތުމަށްފަހު އުމަވީ ދައުލަތުގެ އެންމެފަހުގެ ޚަލީފާ މަރަވާން ބިން މުޙައްމަދު ޤަތުލުކުރިމީހަކަށް އެމަނިކުފާނަށްފަހު ޚަލީފާކަން ލިބޭބެކަން އަންގަވާފައެވެ. ކުރީގައި އިޝާރާތްކުރިހެން މަރަވާން ޤަތުލުކުރެއްވީ ޢަބުދުﷲ ބިން ޢަލީއެވެ.


 

2- އަބޫމުސްލިމުލް ޚުރާސާނީ، ޚުރާސާނުގެ އަހުލުވެރިންގެ ހިތްތަކުގައިވަނީ އަބޫމުސްލިމުލު ޚުރާސާނީ އާއި މެދުވަރަށް ބޮޑު ހައިބަތަކާއި ގަދަރެއް އުފެދިފައެވެ. ހަމައެއާއިއެކު ޢައްބާސީދައުލަތުގެ އެއްމުއައްސިސަކީ އަބޫމުސްލިމުލް ޚުރާސާނީއެވެ. އެހެންކަމުން އޭނާގެ ބަސްތަކަކީ ފާރިސީ ސިފައިންގެ ގާތުގައި ބުރަދަންހުރި ، އަދިއެއަމުރުތަކަށް ތަބާޢަަވާ ބަސްތަކަކާއި އަމުރުތަކެކެވެ.


 

  1. ޢަލަވީ ދަރިކޮޅުގެ ބޭފުޅުން، އިސްލާމީ އުންމަތުގެ ފަރުދުން އެބޭފުޅުންދެކެ ވަރަށް ޚާއްޞަ ލޯތްބެއްވެއެވެ. އަދި އެބޭފުޅުންނަށް ވެރިކަން ލިބިވަޑައިގަތުމަށް އުންމީދުކޮށް އެކަމަށް މަސައްކަތް ކުރަމުން ދިޔައެވެ. އެބޭފުޅުންގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ محمد بن عبد الله بن حسن އެވެ. އަބޫޖަޢްފަރުލް މަންޞޫރުގެ ހިތްޕުޅުގައި މިތިންބައިމީހުންނާއި ިމެދު އުފެދިފައިވާ ބިރުވެރިކަން ދުވަހެއްދުވަހަކަށް ބޮޑުވަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން އެމަނިކުފާނު މިތިންނުރައްކަލުން ސަލާމްތް ވެވަޑައިގެންނެވުމަށް ޤަޞްދުކުރެއްވިއެވެ. އަދި މިތިން ބައިމިހުން އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަކޮށް ހަލާކުވެގެންދާ މަންޒަރު ބައްލަވަން ހުންނެވުމަށެވެ.


     

  2. ބޮޑުބޭބެ عبد الله بن على السجاد:

            އަބޫ ޖަޢްފަރަށް ބައިޢަތު ހިފުމަށް ޢަބުދުﷲ ބިން ޢަލީގެ އަރިހަށް ފޮނުއްވިއިރު އެމަނިކުފާނު ހުންނެވި ހަނގުރާމާއިގެ މައިދާނުގައެވެ. އެމަނިކުފާނު އަމިއްލަނަފުސަށް ބައިޢަތު ހިއްޕެވުމަށްފަހު ލަޝްކަރާއެކު އެތަނުން ވަޑައިގެންނެވިއެވެ. އެކަން އެގިވަޑައިގެން އަބޫޖަޢްފަރުލް މަންޞޫރު އެމަނިކުފާނުގެ ބޮޑުބޭބެ އާއި ހަނގުރާމައަށް އަބޫމުސްލިމުލް ޚުރާސާނީ ފޮނުއްވިއެވެ. އޭރު ޢަބުދުﷲ ބިން ޢަލީ ވަނީ ސިފައިންނާއި ލަޝަކަރާއި ކާބޯތަކެއްޗާއި އަސްތަކަށް ބޭނުންވާނެ ތަކެއްޗާއި، ހުރިހާ ކަމެއް ތައްޔާރު ކުރައްވައިގެންނެވެ. އަދި ޚަންދަޤުގެ އެހީގައި އެމަނިކުފާނުގެ ނަފުސްޙިމާޔަތް ކުރައްވައިގެންނެވެ. ޢަބުދުﷲ ބިން ޢަލީގެ ލަޝަކަރު އެކުލެވިގެންވަނީ ޚުރާސާނުގެ އަހުލުވެރިންނާއި ، ޝާމުކަރައިގެ އަހުލުވެރިންނާއި ، އަލްޖަޒާިރާގެ އަހުލުވެރިންގެ މައްޗަށެވެ. އެއަށްފަހު އެމަނިކުފާނު ވަރަށްވިސްނެވުމަށްފަހު ، އެމަނިކުފާނުގެ ވިސްނުން ބަޔާންކޮށްދިނީ އެމަނިކުފާނުގެ ލަޝްކަރުގައި ތިބިޚުރާސާނުގެ ސިފައިންނަށް އަބޫމުސްލިމު ފެނިއްޖެނަމަ ، ޢަބުދުﷲ ބިން ޢަލީއަށް ކިޔަމަންތެރިކަން އަދާނުކުރާނެކަމަށެވެ. އެގޮތަށް ވިސްނެވުމަށްފަހު އެމަނިކުފާނުގެ ލަޝަކަރުގައިތިބި ޚުރާސާނުގެ ސިފައިންގެތެރެއިން ސަތާރާހާސް މީހުން ޤަތުލުކުރުމަށެވެ. މިކަމަކީ އެމަނިކުފާނުކުރެއްވި ، ހަމަނުޖެހޭ ފުރަތަމަ ޢަމަލުފުޅެވެ. އެއީ އެމަނިކުފާނުގެ ލަޝްކަރުގައި އެމަނިކުފާނުގެ ކިޔަމަނުގައި އެމަނިކުފާނުގެ ވާގިވެރިން ކަމުގައިތިބި އެހޭ ގިނަ ސިފައިން ޤަތުލުކުރެއްވުމެވެ. އެއީ އެމީހުން އެއްވެސް ކުށެއް ނުރުމެއް ނެތިއެވެ.

            ހަމައެފަދައިން ޙަލަބުގެ ވާލީ ޒަފަރު ބިން ޢާޞިމަށް ސިޓީއެއް ލިޔުއްވިއެވެ. އެސިޓީގައިވަނީ ، ސިޓީހިައިގެންދާ މީހާ ޤަތުލުކުރުމަށެެވެ. އެސިޓީހިފައިގެންދިޔައީ ޢައްބާސީ ދައުލަތުގެ ޤާއިދުންގެ ތެރެއިން ވަރަށް މަޝްހޫރު ޤާއިދެއްކަމުގައިވާ ޙަމީދު ބިން ޤަޙުޠަބާ އެވެ. ނަމަވެސް އެސިޓުހިފައިގެން ދިޔަމަގުމަތީ ޙަމީދު އެސީޓީ ކަނޑައިގެން ބެލިއިރު ސިޓީގައި އޮތީ އެނާ ޤަތުލުކުރުމަށެވެ. އެހެންކަމުން އޭނާ ޢިރާޤުގެ މަގުން ފިލައިގެން ދިޔައެވެ. މއިީ އެމަނިކުފާނު ކުރެއްވި ދެވަނަ މޮޔަކަމެވެ. އެއީ ޢައްބާސީ ދައުލަތުގެ އެފަދަ ޤާއިދަކު ޤަތުލުކުރުމަށް އަމުރުކުރުމެވެ.

            ޢަބުދުﷲ ބިން ޢަލީ نِصّيبين
    އަށް ފޭބެންނެވުމަށްފަހު އެތަނަކީ ޢަސްކަރީ މަރުކަޒެއް ކަމުގައި ހަމަޖެއްސެވިއެވެ. އެތަނުގައި ކިއްލާތައްވެސް ހުއްޓެވެ. އަބޫމުސްލިމުލް ޚުރާސާނީ އެތަނަށް ދިޔުމަށްފަހު ، ބެއްލެވިއިރު ޢަބުދު ﷲ ބިން ޢަލީ ހުންނެވި ތަނަކީ ދިފާޢީގޮތުން ރައްކާތެރި ތަނެކެވެ. އެހެން ކަމުން ޢަބުދު ﷲ ބިން ޢަލީ ހުންނެވި ތަނަށް ފޭބެންނެވުމުގެ މަޤްޞަދުގައި ޙީލާތެއްގެ ބޭނުންހިއަޕަވަން ޤަޞްދު ކުރެއްވިއެވެ. އެގޮތުން ޢަބުދު ﷲ ބިން ޢަލީއަށް ސިޓީއެއް ލިޔުއްވުމަށްފަހު ، އެސިޓީގައި އޭނާއަށް ޢަބުދު ﷲ ބިން ޢަލީއާއި ހަނގުރާމާ ކުރުމަށް ޚަލީފާ ނައަންގަވާކަމަށާއި ، އަމީރުލް މުއުމިނީން އޭނާ ޝާމުކަރައިގެ މައްޗަށް ވެރިކުރެއްވި ކަމާއި އެނާ ވަޑައިގަންނަވަނީ ޝާމުކުރައަށް ކަން ބަޔާން ކުރެއްވިއެވެ.


     

            ޢަބުދު ﷲ ބިން ޢަލީއަކީ ހަނގުރާމައިގެ ތަޖުރިބާކާރެއްކަމުން އަބޫމުސްލިމުލް ޚުރާސާނީގެ އެޙީލަތް ވިސްނިވަޑައިގަތެވެ. ނަމަވެސް އަބޫމުސްލިމުގެ ސިޓީގެ އަޑުއިވުމުން ޢަބުދު ﷲ ބިން ޢަލީ އަށް ދެންނެވިއެވެ. ތިމަންމެން ކަލޭގެފާނުގެ އަރިހުގައި ތިބޭނީ ކިހިނެތްތޯއެވެ؟ އަބޫމުސްލިމު ބޭނުންވަނީ އަހަރެމެންގެ ކޯތިގެދޮރާއި އަނބިދަރިންނެވެ. އޭނާއަށް ކެރިކުޅަދާނަކަން ލިބިގެންވީހާ ބަޔަކު ޤަތުލުކޮށް އަހަރެމެންގެ އަނބިން ދަރިން އަޅުވެތކުރުމަށެވެ. އޭނާ އަހަރެމެންނަާ ހަނގުރާމަކުރުނަމަ އަހަރެމެން އޭނާއާއި ހަނގުރާމަ ކުރާނަމެވެ.

            ޢަބުދު ﷲ ބިން ޢަލީ ވިދާޅުވިއެވެ. މާތް ﷲ ގަންދި ބުނަމެވެ. އޭނާ އެނުކުތީ ތިޔަބައިމީހުންނާ ހަނގުރާމަ ކުރާކަށެއް ނޫނެވެ. ކަލޭމެން މިތަނުގައި މަޑުކޮށްފިނަމަ އޭނާ މިތަނަށް އަންނާނެއެވެ. އެހެން ނަމަވެސް އެމީހުން ބޭނުންވީދާށެވެ. އެމީހުންނާއިއެކު ޢަބުދު ﷲ ބިން ޢަލީވެސް ދަތުރުކުރެއްވިއެވެ. މިފުރުޞަތުގެ ބޭނުން ހިފައި އަބޫމުސލިމުލް ޚުރާސާނީ ޢަބުދު ﷲ ބިން ޢަލީގެ މުޢަސްކަރަށް (encampment) ބަދަލުވެވަޑައިގަތެވެ. ޢަބުދު ﷲ ބިން ޢަލީއަށް އެޚަބަރު ލިބިވަޑައިގަތުމުން އެއީ އެކަލޭގެފާނާ މެދު އަބޫމުސްލިމު ހެއްދެވި ޙީލަތެއްކަމާއި އެކަން އެގޮތަށް ކާމިޔާބުވީ ކަން އެގިވަޑައިގަތެވެ. އެއަށްފަހު ވަޑައިގެން އަބޫމުސްލިމު ލަޝްކަރު މަޑުކުރެއްވި ތަނުގައި ލަޝްކަރު މަޑުކުރެއްވިއެވެ.

            އަބޫމުސްލިމުލްޚުރާސާނީ މަޑުކުރެއްވި ތަނަކީ ރައްކާތެރިކަމުގެ ގޮތުންނާއި އަދި އޭނާގެ ލަޝްކަރަށްވެސް ހަރަކާތް ކުރަން ފަސޭހަތަނަކަށްވެގެން ދިޔައެވެ. އަބޫމުސްލިމުލް ޚުރާސާނީ އާއި ޢަބުދުﷲ ބިން ޢަލީ އާއި ދެމެދު ހަނގުރާމަ ހަމަސްދުހަށް ދެމިގެން ގޮސްފައިވެއެވެ. ހަނގުރާމައިގައި ކާމިޔާބު ލިބިގެން ދިޔައީ ޝާމުކަރައިގެ ސިފައިންނަށެވެ. ހުޖުރައިން 137 ވަނައަހަރު ޖުމާދަލް އަޚިރާމަހުގެ 7 ވީ ބުދަ ދުވަހު ، މީލާދީން 754 ވަނައަހަރު ހަނގުރާމަ ވަކިގޮތަކަށް ނިމިގެން ދިޔައެވެ. އަބޫމުސްލިމުލް ޚުރާސާނީ އަލްހަސަން ބިން ޤަޙުޠަބާ އަށް އޭނާގެ ލަޝްކަރުގެ ކަނާތްފަރާތުގައި ތިބި މީހުންގެ ތެރެއިން ގިނަމީހުން ވާތްފަރާތަށް ބަދަލުކުުރުމަށާއި ، ލަޝަކަރުގެ ކަނާތްފަރާތަށް ހިތްވަރުގަދަ ފަހުލަވާނުން ބަދަލުކުރުމަށް އަމުރުކުރިއެވެ. މިތަން ފެނުމުން ޢަބުދު ﷲ ބިން ޢަލީ ވެސް ލަޝްކަރުގެ ވައަތްފަރާތުގައި ތިބިމީހުނަށް ކަނާތްފަރާތަށް ބަދަލުވުމަށް އަމުރުކުރެއްވިއެވެ. އެއީ އަބޫމުސްލިމުލް ޚުރާސާނިގެ ލަޝްކަރުގެ ކަނާތްފަރާތުގެ ހަނގުރާމަވެރިންނާ ހަނގުރާމަ ކުރުމަށެވެ. އެއަށްފަހު އަބޫމުސްލިމު އަލްހަސަނަށް ލިޔުއްވިއެވެ. ލަޝްކަރުގެ މެދުގައި ތިބިމީހުން ، ކަނާތްފަރާތުގައި ތިބިއެންމެން އެކުގައި އަބުދު ﷲ ބިން ޢަލީގެ ލަޝްކަރުގެ ވައަތް ފަރާތަށް ޙަަމަލާ ދިނުމަށް އަމުރުކުރިއެވެ. ނިތީޖައެއްގެ ގޮތުން ބައިބައިވެ އަބޫމުސްލިމަށް ކާމިޔާބު ލިބިގެންދިޔައެވެ.


     

            ޢަބުދު ﷲ ބިން ޢަލީއަށް އެމަނިކުފާނުގެ ލަޝްކަރު ބަލިވެގެން ދިޔަތަން ފެނިވަޑައިގަތުމުން އެމަނިކުފާނުގެ ލަޝްކަރުގެ ޤާއިދަކަށް ވިދާޅުވިއެވެ. ތިބާއަށް ފެންނަނީ ކޮންގޮތެއްހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ކެއްތެރިވެ މަރުވަންދެން ހަނގުރާމަކުރުމެވެ. ސަބަބަކީ ފިލައިގެ ދިޔުމަކީ މަނިކުފާނަށް ލިބޭ ހުތުރެކެވެ. މަރަވާން ބިން މުޙައްމަދު ފިލައިގެން ދިޔުމުން ކަލޭގެފާނު ވަނީ އޭނާއަށް މަލާމާތް ކުރެއްވީމުއެވެ. އަދި ކަލޭގެފާނު ވިދާޅުވިމުއެވެ. މާތް ﷲ މަރަވާން ހުތުކުރައްވާށިއެވެ. މަރަށް ބިރުން ފިލަން މަރާވާން ދުވަނީއެވެ.

            ނަމަވެސް މިޚިޔާލާމެދު އެމަނިކުފާނު ހިތްޕުޅު ހަމަޖެހިވަޑައިނުގެން ފިއްލަވައިގެން ޢަރާޤަށް ވަޑައިގެންނެވިއެވެ. އަބޫމުސްލިމުން ޚުރާސާނީ އެމަނިކުފާނުގެ ލަޝްކަރުގެ މައްޗަށް ބާރުފޯރުއްވައި އެލަޝްކަރުގެ މީސްތަކުންގެ މައްޗަށް އަމާން ކަން ދެއްވިއެވެ.

        ޢަބުދު ﷲ ބިން ޢަލީ ފިއްލަވައިގެން ، އެމަނިކުފާނުގެ އަޚު ސުލައިމާނުގެ އަރިއަހަށް އަލްބާޞަރާ އަށް ވަޑައިގެންނެވިއެވެ. ސުލައިމާނުގެ އަރިއަހުގައި ޢަބުދުﷲ ބިން ޢަލީީ ހުންނަވަނިކޮށް ހިޖުރައިން 139 ވަނައަހަރު މީލާދީން 756 ވަނައަހަރު އަބޫޖަޢްފަރުލް މަންޞޫރުގެ އަމުރުފުޅަށް އޭގެތެރެއިން ބައެއް މީހުން ޤަތުލުކުރެވުނެވެ. ައދި އެމަނިކުފާނުގެ އަމުރުފުޅަށް އޭގެތެރެއިން ބަޔަކު ޤަތުލުކުރުމަށްޓަކައި ޚުރާސާނަށް ފޮނުވުނެވެ. އަދި އެމަނިކުފާނުގެ އަރިއަހަށް ޢަބުދުﷲ ބިން ޢަލީ ގެންދެވުނެވެ. އަބޫޖަޢުފަރުލް މަންޞޫރުގެ ޖަލުގައި އޮންނަވައި ޢަބުދުﷲ ބިން ޢަލީ އަވަހާރަވީ ހިޖުރައިން 147 ވަނައަހަރުއެވެ. މީލާދީން 764 ވަނައަހަރުއެވެ.


     

    2- އަބޫމުސްލިމު ( އަބުދުއްރަޙްމާނު އަލްޚުރާސާނީ)

        އަބޫމުސްލިމުލް ޚުރާސާނީގެ ފަރާތުން އަބޫޖަޢްފަރުލް މަންޞޫރު ހިތްޕުޅު ހަޖެހިވަޑައިނުގަންނަވާފަދަ ކަންތައްތަކެއް ހިގައި އެމަނިކުފާނުގެ ހިތްޕުޅު އޭނާއާއި މެދު ކިލަނބުވެގެން ދިޔައެވެ. އަދި އޭނާ ޤަތުލުކުރުމަށް އައްސައްފާޙުގެ ކިބައިން އެދިވަޑައިގެންނެވިއެވެ. ނަމަވެސް އެމަނިކުފާނު އެގޮތަށް އެކަންނުކުރެއްވިއެވެ. އަބޫމުސްލިމުލް ޚުރާސާނީ އޭނާގެ ގޮތުަގައި ދެމިހުންނެވިއެވެ. އަބޫޖަޢްފަރުލް މަންޞޫރާމެދު އޭނާ ކުރެއްވި އެންމެ ފުރަތަމަ ކުށަކީ އައްސައްފާޙު އަވަހާރަވުމުން އެކަމުގެ ތަޢްޒިޔާ ފޮނުވުމުން ފުއްދާލުމެވެ. އެމަނިކުފާނު ޚަލީފާމަށް އިސްވެވަޑައިގަތުމުން އެކަމަށް ތަހުނިޔާއެެއް ނުކިޔުއްވައެވެ. އަދި އެމަނިކުފާނު ބިރުފުޅުގެންނެވުމުގެ ގޮތުން ބައިޢަތު ހިއްޕެވުން ވެސް ލަސްކުރެއްވިއެވެ.


     

        އަބޫމުސްލިމަށް އަބީ ޖަޢްފަރުލް މަންޞޫރުގެ ސިޓީ ލިބިވަޑައިގަތުމުން ، އެސިޓީ ކިޔުމަށްފަހު ، އެސިޓީ އަބީ ނަޞްރަށް އެއްލިއެވެ. އޭނަ އެސިޓީ ކިޔުމަށްފަހު މަލާމާތް ކުރުމުގެ ގޮތުން އަބޫމުސްލިމާ ދެމީހުން ހޭން ފެށިއެވެ. އަދި އެތަނަށް އަބާ އައްޔޫބު އައުމަށްފަހު އޭނާ ވެސް އެމީހުނާ ބައިވެރިވިއެވެ. އަދި ބުންޏެވެ. އަހަރެމެން އަބޫމުސްލިމަށްވުރެ ބޮޑަށް ޢަބުދު ﷲ ބިން ޢަލީ އަށް ތުހުމަތު ކުރަމުއެވެ.

        އަބޫމުސްލިމުލް ޚުރާސާނީ އަތުން ޢަބުދު ﷲ ބިން ޢަލި ބަލިވުމާއި ގުޅިގެން އެމަނިކުފާނުގެ ލަޝްކަރުން ވަރަށް ގިނަގުނަ ޣަނީމާ މުދާތައް ލިބިގެން ދިޔައެވެ. އޭގެތެރޭގައި ރަނާއި ޖަވާހިރާއި އެނޫންވެސް އަގުބޮޑު ތަކެތި ލިބިގެން ދިޔައެވެ. އެތަކެތީގެ މައްޗަށް ބާރުހިންގެވުމަށްފަހު އެނާގެ ލަޝްކަރުގެ ތެރެއިން ބަޔަަކާއި އެތަކެތި ރައްކާތެރި ކުރުމާއި ހަވާލުކުރިއެވެ.

        އަބޫޖައްފަރު އަމީރުލް މުއުމީން އަބޫމުސްލިމަށް ލިޔުއްވިއެވެ. ތިމަންނާ ޢަބުދު ﷲ ބިން ޢަލީގެ ފަރަތުން ލިބުނު މުދަލުގެ ޙިސާބު ބެލުމަށް އަބާ ޚަޞީބު ފޮނުވީމެވެ. އަބޫމުސްލިމުން އެކަމާ ރުޅިދުރުވެ އޭނާ ޤަތުލުކުރުމާށް ޤަޞްދުކުރެއްވިއެވެ. އަދި ބުންޏެވެ. ތިމަންނާ ލެއަށް އަމާނާތްތެރި އަކުކަމުގައިވެފައި މުދަލުގެ މައްޗަށް އަމާންތްތެރިއަކު ކަމުގައި ނުވަނީހެއްޔެވެ؟ އަދި އަބޫޖަޢްފަރަށް ހުތުރުބަސް ރައްދުކުރިއެވެ.

        އަބޫ ޚަޞީބު މަންޞޫރުގެ އަރިހަށް ގޮސް އެވާހަކަތައް ދެންނެވިއެވެ. އަމީރުލް މުއުނީން އަބޫމުސްލިމަށް ސިޓީއެއް ލިޔުއްވިއެވެ. އެސިޓީގައި އެމަނިކުފާނު ބަޔާން ކުރައްވާފައިވެއެވެ. ތިމަންމަނިކުފާނު ކަލޭ ޝާމުކަރައާއި މިޞްރުގެ ވެރިއަކު ކަމުގައި ހަމަޖެއްސީމެވެ. ކަލޭބޭނުން މީހަކު މަޞްރަށް ފޮނުވާށެވެ. ތިމަންމަނިކުފާނުގެ އަރިހުގައި ޝާމުކާގައި ކަލޭމަޑުކުރާށެވެ. އަދި ތިމަންނާއާއި ބައްދަލުކުރަން ބޭނުން ކޮންމެ ވަގުތަކު އަންނާށެވެ. ޚަލީފަގެ ސިޓީ ލިބުމުން އަބޫމުސްލިމު ވަރަށް ރުޅިއިސްކުރުމަށްފަހު ބުންޏެވެ. އޭނާ ތިމަންނާ މިޞްރަށާއި ޝާމުކުރައިގެ ވެރިއަކުކަމުގައި ލީހެއްޔެވެ! ޚުރާސާނަކީ އަހަރެންގެ ރަށެވެ. އެހެން ބުނުމަށްފަހު ޚުރާސާނަށް ދިޔުމަށް ޢަޒުމް ކަނޑައެޅިއެވެ.

        އަބޫމުސްލިމުލް ޚުރާސާނީ އަމީރުލް މުއުމިނީނަށް ސިޓީއެއްލިޔުނެވެ. އެސިޓީގައި ބަޔާން ކޮށްފައިވެއެވެ. މާތްﷲ އަމީރުލް މުއުނީނަށް ( އޯގާވަންތަވެރި ވޮޑިގެން) އެމީހެއްގެ މައްޗަށް ބާރުނުދެއްވާ ޢަދުއްވަކު ނުވެއެވެ. އަހަރެމެން ސާސާނުގެ ރަސްެރަސްކަލުންގެ ވާހަކަތައް އަޑުއަހަމެވެ. އެންމެ ބިރުވެރިކަމެއް އެބައެއްގެ ޙަޔާތަަށް އޮތްބަހަކީ ވަޒީރުންނެވެ. މަނިކުފާނާ އަރިސްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރަކާއި ޝަރަފެކެވެ. މަނިކުފާނުގެ ޢަހުދަށް ވަފާތެރިވުމަށް އަޅުގަނޑުމެން ރައްކާތެރިވަމެވެ. ކިޔަމަންތެރިކަމާއި ޠާޢަތު އަދާކުރުމަށް ތިބި މިނިވަނުންނެވެ. އެހެންނަމަވެސް އެއީ ދުރުން ސަލާމަތާ އަޅާކިޔޭ ހިސާބުގައެވެ. އެއީ މަނިކުފާނުގެ ރުހުން އޮތްކަމުގައިވާނަމަ އެވެ. އަޅުގަނޑަކީ މަނިކުފާނުގެ އެންމެ ރަގަޅު އަޅުންގެ ތެރެއިން މީހަކީމެވެ.

        މަންޞޫރު އަބޫމުސްލިމަށް ލިޔުއްވިއެވެ." ކަލޭގެ ސިޓީގައިވާ ވާހަކަތައް ތިމަން މަނިކުފާނަށް ވިސްނިވަޑައިގެން ފިއެވެ. ކަލޭގެ ސިފައަކީ އެބައެއްގެ ރަސްރަސްކަލުންނަށް މަކަރުހަދާ ވަޒީރުންގެ ސިފައެއްނޫނެވެ. އެމީހުންގެ އެދެނީ އެމީހުންެގެ ފާފަތަކުގެ ސަބަބުން ދައުލަތުގެ ވާފަށް ގުޑައިގެން ދިޔުމެވެ. އެމީހުންގެ އަރާމަކީ ޖަމާޢަތުގެ ނިޒާމު ޤާއިމުވެފައި އޮތުމެވެ. ކަލޭއަމިއްލަ އެމީހުންނާ އެއްފަދަ ކުރީ ކީއްވެގެން ހެއްޔެވެ؟ ކަލޭގެ ކިޔަމަންތެރިކަމާ، ނަޞޭޙަތްތެރިވުމާ، މިކަމުގައި ކަލޭ އުފުލީ ބުރައެވެ. އެކަންތައް ކަލޭކުރީ އެއްވެސް މަޖުބޫރު ކަމެއްނެތި ކިޔަމަން ތެރިކަމާއެކުއެވެ.

    އަމީރުލްމުއުމީންފަރާތުން ޢީސާ ބިން މުސާ ސިޓީއެއްހިއްޕަވައިގެން ވަޑައިގަންނަވާނެއެވެ. އެސިޓިގައި ކަލޭއަޑުއަހާ ހިތްވާކަހަަލަ ވާހަކައެއް އޮންނާނެއެވެ. ޝައިޠާނާގެ ނުބައިކަމުންނާއި މަކަރުވެރިރޭވުމުން ކަލޭރައްކާތެރި ކުރެއްވުމަށް ތިމަންނާ އެދިވަޑައިގަންނަވަމެވެ. އޭނަވަނީ ކަލޭގެ ނިޔަތް ފަސާދަ ކުރުމަށްޓަކައި ދޮރެއް ނުހުޅުވިގެންނެވެ. އޭނާގެ ނުބައިކަމުން ރައްކާތެރިކަން ލިބިގަންނާށެވެ.

         އަބަދުވެސް ޚަލިފާ ޢަބޫޖަޢްފަރުލް މަންޞޫރު މިފަދަ ސިޓީތައް އަބޫމުސްލިމުލް ޚުރާސަނީއަށް ފޮނުއްވަމުން ގެންދެވިއެވެ. އަދި އަބޫމުސްލިމުން ވެސް ޚަލީފާގެ އަރިަހށް ޒިޔާރަތް ކުރައްވަމުން ގެންދެވިއެވެ. އެގޮތުން އަބޫމުސްލިމިގެ ގާތަށް ޚަލީފާ އަރަބިންގެ ތެރޭގައި ހުރި އެންމެ ވިސްނުންތެރި އެންމެ ސިކުނަޑި ރަގަޅު އެކަކުކަމުގައިވާ جرير بن يزيد بن جرير بن عبد الله البجلى ފޮނުއްވިއެވެ. ނަމަވެސް އަަބުމުސްލިމު އޭނާ އަށް މަކަރު ހަދައި އޮޅުވާލައި އޭނާ ފޮނުވާލިއެވެ.

        އިބުނު ޚަލްކާން ބަޔާން ކުރައްވާފައި ވެއެވެ. އަބޫޖަޢްފަރުލް މަންޞޫރު ޢަބޫމުސްލިމުގެ ކަންތައް ނިންމަވާނެ ގޮތެއް އެގިވަޑައިގެން ޙައިރާންވެވަޑައިގެން ހުންނަވަނިކޮށް އެއްދުވަހަކު سالم بن قتيبة بن مسلم الباهلى އާއި އެކަމާ ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ. ޚަލީފާ ވިދާޅުވިއެވެ. އަބޫމުސްލިމުގެ ކަންތަކާ މެދު ފެނިވަޑައިގަންނަވަނީ ކޮންގޮތެއްތޯއެވެ. އޭނާ ދެންނެވިއެވެ.â
    öqs9
    tb%x.
    !$yJÍÏù
    îpolÎ;#uä
    žwÎ)
    ª!$#
    $s?y|¡xÿs9
    4444
    á މާނައަކީ: "މާތްﷲ ފިޔަވާ އެހެންއިލާހުން ތަކެއް އުޑާއި މިބުގައި ވީނަމަ އުޑާއި ބިމުގެ ކަންތައްތައް ފަސާދަވެގެން ދިޔައީހެވެ!" މަންޞުރު ވިދާޅުވިއެވެ. އޭ އިބުނު ޤުތައިބާ އެވެ! ފުދިއްޖެއެވެ. ކަލޭ ތިބަސްތައް ތިޔައިއްވީ އަޑުއަހާ ކަންފަތަކަށެވެ.

        އަބޫމުސްލިމުލް ޚުރާސަނީ މަންޞޫރުގެ އަރިހަށް ދިޔުމުން އޭނާއަށް މަރުޙަބާ ދެންނެވިއެވެ. އަދި އޭނާގެ ފޭލިގެއަށް ދިޔުމަށް އަމުރުކުރެއްވިއެވެ. ޚަލިފާގެ އަރިހަށް ވަރަށް އެދުވަސްތަކުގައި އަބޫމުސްލިމު ޒިޔާރަތް ކުރަމުން ގެންދިޔައެވެ. ޚަލިފާ އެމަނިކުފާގެ އޯގާތެރިކަމާއި ދީލަތިކަން އޭނާގެ މައްޗަށް ފައުޅުކުރައްވަމުން ގެންދެވިއެވެ. އެފަހަރަކު އަބޫމުސްލިމު އެމަނިކުފާނުގެ އަރިހަށް ދިޔުމުން ބުނެވުނެވެ. އެމަނިކުފާނު ނަމާދުކުރެއްވުަމަށް ވުޟޫކުރައްވަނީއެވެ. އެމަނިކުފާނުގެ އިންތިޒާރުގައި އަބޫމުސްލިމު ރުވާޤުގައި (corridor, open gallery) މަޑުކުރިއެވެ. އެއިރު ޚަލީފާގެ ރޭވުމުގެ މަތިން އަބޫމުސްލިމު އިންނެވި ފަރުދާގެ ފުރަގަހުގައި އޭނާ ޤަތުލުކޮށްލުމަށް ބަޔަކު ތައްޔާރަށް ތިއްބެވެ. އެމަނިކުފާނު އަންގަވާފައިވަނީ އެމަނިކުފާނު އެތަނުން ވަޑައިގެން އަތްތިލަބަޑި ޖަހާލުމުން އެތަނަށް ނިކުމު އަބޫމުސްލިމު ޤަތުލުކޮށްލުމަށެވެ.


     


     

    އަބޫޖަޢުފަރުލް މަންޞޫރުގެ ދުވަސްރު އުފެދުނު ފިތުނަތައް:

        އަބޫމުސްލިމުލްޚުރާސާނީ ޤަތުލުވިޚަބަރު ލިބުމުން އޭނާގެ ލޭގެބަދަލުހިފުމުގެ ނަމުގައި އެންމެފުރަތަމަ ތެދުވި މީހަކީ ސުންބާޛު ކިޔޭމީހެކެވެ. އަބޫޖަޢުފަރުލް މަންޞޫރުގެ އަމުރަށް އަބޫމުސްލިމުލް ޚުރާސާނީ ޤަތުލުވީ ޚަބަރުލިބުން ސުންބާޛުވަރަށް ރުޅިއައިސްގެން އޭނާގެ ރުޅިވެރިކަން ޚަލީފާއާއި އެމަނިކުފާނުގެ ދައުލަތުގެ މަށްޗަށް އިޢުލާންކުރިއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ޚުރާސާނުގެ ވަރަށް ގިނަ އަހުލުވެރިން މީނާއަށް ތަބަޢަވިއެވެ.

        ސުންބާޛު އޭނާ ބާރުހިންގިރަށްތަކުގެ އަހުލުވެރިންނަށް އަނިޔާކޮށް ރަށުގައިވަރަށް ބޮޑު ފިތުނަ ފަސާދަ އުފެއްދިއެވެ. އަދި ޢަރަބީންގެ ވަރަށް ގިނަ މުދާތަކާއި އަންހެނުން އަސީރުންގެ ގޮތުގައި ހައްޔަރުކުރުމަށްފަހު ، އޭނާބޭނުންވަނީ ޙިޖާޒަށް ގޮސް ކަޢުބާ ތަޅާލުމަށް ކަމުގައިބުންޏެވެ.

        އެހެންކަމުން އަބޫޖަޢުފަރުލް މަންޞޫރުގެ އަމުރުފުޅަށް ދިހަހާސްމީހުންގެ މައްޗަށް އެކުލެވޭ ލަޝްކަރެއް އެމީހުންނާ ހަނގުރާމައަށް ފޮނުއްވިއެވެ. މިހަނގުރާމއަިގައި ފަސްދޮޅަސް ހާސް މީހުން ޤަތުލުވިއެވެ. ސުންބާޛު ޤަތުލުވީ طبرستان އާއި قومس އާއި ދެމެދުއެވެ.

        ސުންބާދަށްފަހު ملبد بن حرملة الشيبانى ކިޔޭމީހަކު ޖަޒީރާއާއިވީ ފަރާތުން ނުކުތެވެ. މީނާއާއިއެކު އެންހާސް ޚަވާރިޖުން ތިއްބެވެ. ޚަލީފާ އަލްމަންޞޫރު ލަޝްކަރުފޮނުއްވައިގެން މީނާވެސް ބަލިކުރެއްވިއެވެ.


     

    الرواندية ހަނގުރާމަ:

    އައްރުވާންދިއްޔާ އަކީ ޚުރާސާނުގެ އަހުލުވެރިބައެކެވެ. މިބައި މީހުންނަކީ އަބޫމުސްލިމުލް ޚުރާސާނީއަށް ތަބަޢަވާމިހުންނެވެ. އިންސާނާގެ ރޫޙު އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ނަޤުލުވަމުންދާކަމަށް މިބައިމީހުން ޤަބޫލުކުރެއެވެ. މިބައިމީހުން ބުނާގޮތުގައި އާދަމުގެފާނުގެ ރޫޙުފުޅުވަނި عثمان بن نهيك އަށް ނަޤުލުވެފައެވެ. އަދި ޖިބުރީލިގެ ފާނިވަނީ الهيثم بن معاوية އަށް ނަޤުލުވެފައެވެ. ހަމައެފަދައިން މާތްﷲ ސުބުޙާނަހޫވަތަޢާލާ ވަނީ އަބޫޖަޢްފަރުލް މަންޞޫރުގެ ރޫޙަށް ނަޤުލުވެ ވޮޑިގެންނެވެ. މިބައިމީހުން ޤަބޫލުކުރާ ގޮތުގައި އެމީހުންނަށް ކާންބޯންދެއްވަނީ އަބޫޖަޢުފަރުލް މަންޞޫރެވެ. އެޖަމާޢަތުގެ ބަޔަކު މަންޞޫރުގެ ގަނޑުވަރުގެ ވަށައިގެން ޠާވާފުކުރުމަށްފަހު ، މިއީ ތިމަންމެންގެ ވެރިރަސްކަލާނގެ ގަނޑުވަރުގަމުގައި ބުންޏެވެ.

    މިމައްސަލައިގެ ސަބަބުން އަބޫޖަޢުފަރުލްމަންޞޫރުގެ އަމުރުފުޅަށް އެމީހުންހެތެރެއިން ދުއިސައްތަ މީހުން ހަައްޔަރު ކުރުމުން އެމީހުންގެތެރެއިން ހަތްސަތޭކަ މީހުން ގެ ޖަމާޢަތެއް އެކުވުމަށްފަހު މީސްތަކުންނަށް އަނިޔާކުރަންފެށިއެވެ. އަލްމަންޞޫރު ލަޝްކަރެއްފޮނުއްވައި އެމީހުންބަލިކުރެއްވިއެވެ.

    ހިޖުރައިން 141 ވަނައަހަރު މީލާދީން 758 ވަނައަހަރު އަބޫޖަޢުފަރުލް މަންޞޫރު އެމަނިކުފާނުގެ އަޚުގެދަރިކަލުން عيسى بن موسى ވަލީ ޢަހުދުަމުން ޢަޒުލުކުރެއްވުމަށްފަހު ، ދަރިކަލުން މުޙައްމަދު އަށް ވަލީ ޢަހުދުކަން ދެއްވިއެވެ. އަދިއެމަނިކުފާނުގެ ލަޤބުފުޅަކީ المهدى ކަމުގައި ހަމަޖެއްސެވިއެވެ. ހަމައެއަހަރު އަލްމަންޞޫރު އެމަނިކުފާނުގެ ވާލީއެއްކަމުގައިވާ عبد الجبار بن عبد الرحمن އޭނާގެ މަޤާމުން ޢަޒުލުކުރެއްވިއެވެ. އޭނާ މަޤާމުން ޢަޒުލުކުރެއްވީ ޝީޢީންގެ ވަރަށް ގިނަބަޔަކު ޤަތުލުކުރުމާއި ގުޅިގެންނެވެ.


     

    الأصبهبز
    ޤަތުލުކުރެއްވުން:

    الأصبهبز އާއި ހަނގުރާމަކުރެއްވުމަށް ޚަލިފާ އަބޫޖަޢްފަރުލް މަންޞޫރު خازم بن خزيمة އާއި روح بن حاتم އާއި مرزوق بن الخصيب ފޮނުއްވިއެވެ. އެމީހުންލަޝްކަރާއިގެންގޮސް الأصبهبز އާއި އޭނާއާއި އެކުގައިތިބިމިޙުން ތިބިކިއްލާ ކައިރިއަށް ފޭބިއެވެ. އައދި ދެބައިމިޙުންގެ މެދުގައި ހަނގުރާމަ ފެށުނެވެ. ހަނގުރާމަ ދިގުލައިގެން ދިޔުމުގެ ސަބަބުން أبو الخصيب ހީލަތަކުން ކިއްލާއަށް ވެއްނެވުމަށް ޤަޞްދުކުރެއްވިއެވެ. އެހެންކަމުން އެނާގެ އެކުވެރިން ނަށް އަމުރުކުރައްވައިގެން އޭނާގެ ތުބުޅިއާއި ބޯބޭލުއްވުމަށްފަހު ވީދިފައިވާ ހެދުމެއްގައި الأصبهبز ގެގާތަށް ދިޔުމަށްފަހު ބުނުއްވިއެވެ. ތިމަންނާއާއި ވަރަށް ބޮޑު މުޞީބާތަކާއި ކުރިމަތިވެއްޖެއެވެ. ތިމަންނާގެ އެކުވެރިން ތިމަންނާގެ ގައިގައިތަޅާ އަނިޔާކުރުމަށްފަހު ލަޝްކަރުން ބޭރުކޮށްލައިފިއެވެ. އެއީ ތިމަންނާ ކަލެއަށް ތާއީދުކުރާކަމަށް ތުހުމަތު ކުރުމަށްފަހުއެވެ. الأصبهبز އަށް އަބޫޚަޞީބު ބުނުއްވިއެވެ. ތިމަންނާ ވަނީ ކަލެއާއި އެކުގައެވެ.

    أبو الخصيب ގެވާހަކަ ޤަބޫލުކުރުމަށްފަހު الأصبهبز އައބޫ ޚަޞީބުއައކީ އޭނާގެ ޚާއްޞަ މީހުންގެތެރޭގައި ހިމެނިއެވެ. ެ. الأصبهبز އޭނާގެ ކިއްލާގެ ދޮރު ބެލެހެއްޓުމާއި ޙަވާލުކޮށްފައިވަނީ އޭނާއަށް އެންމެ އިތުބާރުކުރެވޭ މީހުންނާއި އެވެ. އަބޫޚަޞީބު الأصبهبز އަށްބުންޏެވެ. ކަލޭތިމަންނާއަށް އިތުބާރު ނުކޮށް ، އައދި ތިމަންނާގެ ނަޞީޙަތް ޤަބޫލުކުރާތަނެއް ނުފެނެއެވެ. الأصبهبز ބުންޏެވެ. ކަލެއަށް އެގޮތަށް ހީވަނީ ކީވެގެންހެއްޔެވެ؟ އަބޫޚަޞީބު ބުންޏެވެ. އެއީ ކަލޭގެ މުހިންމުކަންތަކުގައި ތިމަންނާ ބައިވެރި ނުކުރާތީއެވެ.

    އެދުވަހުންފެށިގެން الأصبهبز އޭނާގެ މުހިންމުކަންތަކުގައި އަބޫޚަޞީބުގެ ބޭނުންހިފައި ، އޭނާއަށް އިތުބާރުކޮށް ކިއްލާގެ ދޮރުހުޅުވާ ލައްޕާމީހުންގެ ތެރޭގައި އޭނާ ހިމެނިއެވެ. އެއަށްފަހު އަބޫޚަޞީބު ، خازم بن خزيمة އާއި روح بن حاتم އަށްސިޓީއެއްލިޔުމަށްފަހު އެސިޓީ ކިއްލާއިން ބޭރަށް އެއްލިއެވެ. އެސިޓީގައި އޭނާގެ ޙީލަތްކަމުފޮޅާގޮތް ވެއްޖެކަމާއި ، ކިއްލާގެ ދޮރުހުޅުވާނެދުވަހާއި ތާރީޚު ބަޔާންކޮށްފައިވެއެވެ. ދޮރުހުޅުވުމަށް ކަނޑައަޅާފައިވާރޭ އަބޫޚަޞީބު ކިއްލާގެ ދޮރުހުޅުވުމުން ލަޝްކަރު ކިއްލާއަށްވަނުމަށްފަހު ، ކިއްލާގައިތިބިމީހުންތައް ޤަތުލުކުރުމަށްފަހު ބާކީތިބިމީހުން އަސީރުކުރިއެވެ.

    ހިޖުރައިން 142 ވަނައަހަރު މީލާދީން 759 ވަނަ އަހަރު ބަޞަރާގެ އަހުލުވެރިންނަށްތަކައި ޚަލީފާ އަބޫޖަޢުފަރުލް މަންޞޫރު މިސްކިތެއް ބިނާކޮށްދެއްވިއެވެ. މިމިސްކިތް ބިނާކުރެއްވުމުގެ މަސައްކަތާއި ޙަވާލުކުރައްވާފައިވަނީ سلمة بن سعيد بن جابر އާއި އެވެ. ހަމައެއަހަރު ޚަލިފާގެ ބޮޑުބޭބޭފުޅު سليمان بن على بن عبد الله بن عباس މިދުނިޔެ ދޫކުރެއްވިއެވެ. އެމަނިކުފާނަކީ ބަޞަރާގެ ނާއިބެވެ. އެމަނިކުފާނު އަވަހާރަވީ جمادى الآخرة މަހުގެ ހަތެއްވީ ހޮނިހިރުދުވަހުއެވެ.

    އަވަހާރަވުން:

        އަބޫޖަޢްފަރުލް މަންޞޫރު އަވަހާރަވީ ހިޖުރައިން 158 ވަނަ އަހަރު މީލާދީން 775 ވަނަ އަހަރުއެވެ. ފަސްދާނުވެޑުވިފައިވަނީ މައްކާގައެވެ. އޭރު އެމަނިކުފާނުގެ ޢުމުރުފުޅަކީ 63 އަހަރެވެ. ވެރިކަންކުރައްވާފައިވަނީ އެކާވީސްއަހަރާ އެގާރަމަހާ ތޭވީސްދުވަހުއެވެ.

    ޚަލީފާ ހާރޫނުއްރަޝީދު 170 – 193 ހ

        

        އަބޫޖަޢުފަރު ހާރޫނުއްރަޝީދު އުފަންވެ ވަޑައިގަތީ ހިޖްރައިން 145 ވަނަ އަހަރުއެވެ. އެމަނިކުފާނުގެ މަންމާފުޅަކީ އުއްމު ވަލަދެވެ. އޭނާގެ ނަމަކީ الخيزران އެވެ. ހާރޫނުއްރަޝީދު ތަރުބިއްޔަތު ލިބިވަޑައިގަތީ ޝަޙްޞިއްޔަތު ވަރުގަދަ ކެރޭ ހީވާގި ދީލަތި ބޭފުޅެއްގެ ގޮތުގައެވެ. އެމަނިކުފާނުގެ ބައްޕާފުޅު އެމަނިކުފާނު މައްސަލަތަކުގެ ތެރެއަށް ފޮނުއްވައެވެ. އެގޮތުން ހިޖުރައިން 163 ވަނައަހަރު الصائفة ގެ އަމީރަކަށް ފޮނުއްވިއެވެ. އެއަށްފަހު ހިޖުރައިން 164ވަނައަހަރު އަލްމަޣްރިބަށާއި އަލްއަންބާރާއި އެފްރިކާ ސަރަހައްދަށް ވާލިޔަކަށް ފޮނުއްވިއެވެ. ހިޖުރައިން 166 ވަނައަހަރު އެމަނިކުފާނުގެ ބައްޕާފުޅު، އަލްހާދިއަށްފަހު އައްރަޝީދު ވަލީއަހްދުކަމުގައި ހަމަޖައްސެވިއެވެ. އަލްހާދީ އަވަހާރަވުމުން ހާރޫނުއްރަޝީދު ޚަލީފާކަމަށް އިސްވެވަޑައިގަތީ ހިޖުރައިން 170 ވަނައަހަރުއެވެ.


     

    ޝަޚުޞިއްޔަތާއި އަޚުލާޤު:

            ހާރޫނުއްރަޝީދަކީ ޚަލީފާއިންގެ ތެރެއިން، އެންމެރަނގަޅު، އެންމެ ފަޞޭޙަތްތެރި އެންމެ ޢިލްމުވެރި، އެންމެ ދީލަތި އެއްޚަލީފާއެވެ. އެމަނިކުފާނު އެއްއަހަރު ޙައްޖުގެ އަޅުކަން އަދާކުރައްވައި، އަނެއްއަހަރު މާތްﷲގެ މަގުގައި ޖިހާދުކުރައްވައެވެ. ޚަލީފާކަމުގެ މުއްދަތުގައި ވަރަށް މަދު އަހަރަކު ފިޔަވައި އެމަނިކުފާނު ޢަމަލުކުރައްވާފައިވަނީ މިގޮތަށެވެ. ކޮންމެ ދުވަހަކު ސަތޭކަ ރަކްޢަތް ކުރައްވައެވެ. ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ހިންގަވާފައި ވަޑައިގެން އެމަތިވެރި އަޅުކަން އަދާކުރެއްވިއެވެ. އެމަނިކުފާނު ފިޔަވައި އެހެން ޚަލީފާއަކު ފައި މަގުގައި ޙައްޖުގެ އަޅުކަން އަދާކުރައްވާފައެއްނުވެއެވެ. ޚަލީފާ ހާރޫނުއްރަޝީދުގެ އަަމަލުފުޅުތައްއެންމެ އެއްގޮތްވަނީ އަބޫޖަޢުފަރުލްމަންޞޫރުގެ ގޮތްކޮޅާއެވެ. އެހެން ނަމަވެސް ހާރޫނުއްރަޝީދު މުދާ ހޭދަކުރައްވައެވެ. ކުރިން އިޝާރާތްކުރިހެން ޚަލީފާއިންގެ ތެރޭގައި އެމަނިކުފާނު ފަދަ ދީލަތި ޚަލީފާއަކު މަދުވާނެއެވެ. އެމަނިކުފާނު އިޙްސާންތެރިންގެ އިޙްސާންތެރިކަމުގެ އަގުވަޒަންކުރައްވައެވެ. ޅެމާއި ޅެންވެރިންނަށް ލޯބިކުރައްވައެވެ. އަދި އަދަބާއި، ފިޤުހު ޢިލްމަށް ބުރަވެވަޑައިގެންނެވިއެވެ. ޢިލްމުވެރިންނާއިއެކު ވަރަށް ތަވާޟުޢުވެރިކޮށް މުޢާމަލާތް ކުރެއްވިއެވެ. ހަމައެއާއެކު އެމަނިކުފާނަކީ ކީރިތިކުރެއްވުން އަވަސް، ހިނިވަރުނަކުރެއްވުންވެސް އެހާއަވަސް ބޭފުޅެކެވެ.


     

    ދައުލަތުގެ މަތިވެރިކަން:

            ޚަލީފާ ހާރޫނުއްރަޝީދުގެ ދައުލަތަކީ، ދައުލަތްތަކުގެ ތެރެއިން އެންމެ ފުރިހަމަ، އެންމެ ފެންވަރުރަނގަޅު، ތަނަވަސް ހައިބަތުކަން ބޮޑު ދައުލަތެވެ. ޚަލީފާ ހާރޫނުއްރަޝީދުވަނީ ދުނިޔޭގެ ބޮޑުބައެއް އެމަނިކުފާނުގެ ބާރުފުޅުދަށަށް ގެންނަވާފައެވެ. ޢިލްމުވެރިންނާއި ޝާއިރުންނާއި، ފިޤުހުޢިލްމުވެރިންނާއި، ޤުއްރައުންނާއި، ޤާޟީންނާއި، ކުއްތާބުންނާއި، ނުދަމާއުން އެމަނިކުފާނުގެ ދަރުބާރަށް ޖަމަޢާވާ މިންވަރަށް އެހެން އެއްވެސް ޚަލީފާއެއްގެ ދަރުބާރަށް ޖަމާއެއްނުވެއެވެ. އެމަނިކުފާނު އެއިން ކޮންމެ މީހަކަށްވެސް ގާތްކަން ބަހައްޓަވައި މާތްކޮށް ހިތްތަވައެވެ. ހަމައެފަދައިން އެމަނިކުފާނަކީ އަދީބެކެވެ. ޝާއިރެކެވެ. އަޚްބާރުތައް ދިރާސާކުރައްވާ، އާޘާރުތަކާއި އަޝްޢާރުތައް ދެނެލައްވާ ޚަލީފާއެކެވެ.

            ޚަލީފާ ހާރުނުއްރަޝީދުގެ ޒަމާނުގައި، ޖަލުމީހުންނަށް، އެމީހުންގެ ބޭނުންތައް ފުދޭ މިންވަރަށް ކާބޯތަކެއްޗާއި އެހެނިހެން ސާމާނު ދެއްވުމަށް އަމުރުކުރެއްވިއެވެ. އަދި ހޫނު މޫސުމާއި، ފިނިމޫސުމުގައި ޖަލުމީހުނަށް ހެދުން ދެއްވައެވެ. ހާރޫނުއްރަޝީދުގެ ކުރިން އެމަނިކުފާނަށް ބައްޕާފުޅު އަލްހާދީވެސް ޖަލުމީހުންނަށް ހަދިޔާދެއްވައެވެ. ނަމަވެސް ހާރޫނުއްރަޝީދުވަނީ އެކަމަކީ ލާޒިމްކަމެއްކަމުގައި ހަމަޖައްސަވާފައެވެ.

            ހާރޫނުއްރަޝީދުގެ ޝުހުރަތު އެންމެ ބޮޑަށް އިތުރުވެގެން ދިޔަކަމަކީ ޢިލްމަށް އެމަނިކުފާނު ބެހެއްޓެވި އަހަމިއްޔަތެވެ. އަދި '' ބަޢިތުލްޙިކްމަތު '' އުފެއްދެވުމެވެ. އެތަނަކީ ޘަޤާފާތާއި، ފިކުރުގެ ގޮތުން އެޒަމާނުގައި އެންމެ ފާޅުކަންބޮޑު ދަންމަރެވެ. ޔޫރަޕަށް ޢިލްމުތައް ފެތުރިގެން ދިޔައީ ކުރިން މިޢިޝާރާތްކުރި ދަންމަރުގެ އަލީގައެވެ.


     

    ހާރޫނުއްރަޝީދުގެ ޒަމާނުގައި ހިނގާފައިވާ މުހިންމުކަންތައްތައް:

            ޚަލީފާ ހާރޫނުއްރަޝީދުގެ ޒަމާނުގައި ވަރަށްގިނަ ކަންތައްތަކެއް ހިނގައިގެން ދިޔައެވެ. އެހަރަކާތްތަކުގެ ތެރޭގައި ޙަވާރިޖުންގެ ޚަރަކާތްތަކާއި ، ރޫމީންނާ ހަނގުރާމަކުރެއްވުމާ އަދި މިނޫންވެސް އެތައްކަމެއް ފާހަގަކޮށްލެވެއެވެ.

            ހާރޫނުއްރަޝީދުގެ ޒަމާނުގައި ޙަވާރިޖުންގެ ވަރަށް ވަރުގަދަ ރޯޅިއެއް، އެދައުލަތުގެ މައްޗަށް ޖެހިގެން ދިޔައެވެ. މި ثورة ގައި އެންމެ މުޙިއްމު ރޯލެއް ކުޅެފައިވަނީ އަލްވަލީދު ބިން ޠުރައިފެވެ. ޖުރައިން 178 ވަނައަހަރު ޖަޒީރާގައި އަލްވަލީދު ބިން ޠަރީފް އޭނާގެ ތުރަތުގެނައެވެ. އަދި އޭނާގެ ބާރުގަދަވެ މީސްތަކުން އޭނާއަށް ތަބަޢަވެގެން ދިޔައެވެ. ހާރޫނުއްރަޝީދު ފޮނުއްވި ވަރަށްގިނަ ލަޝްކަރުތައް އޭނާވަނީ ބަލިކޮށްލިއެވެ. އެހެންކަމުން ޚަލީފާ އޭނާގެ ބާރުކަނޑުއްވާލެއްވުމަށް ޚާއްޞަ ސަމާލުކަމެއްދެއްވިއެވެ. އެހެންކަމުން އެމަނިކުފާނުގެ ލަޝްކަރުގެ ފަހުލަވާނުންގެ ތެރެއިން ބަޠަލަކު ކަމުގައިވާ ޔަޒީދު ބިން މަޒީދު، އޭނާއާއި ހަނގުރާމައަށް ފޮނުއްވިއެވެ. އަލްވަލީދު ބިން ޠާރީފަކީ ޔަޒީދު ބިން މަޒީދުގެ ބޮޑުބޭބޭގެ ދަރިއެކެވެ. މިހަނގުރާމާއިގައި އަލްވަލީދު ބިން ޠަރީފް ޤަތުލުވެގެންދިޔައެވެ.


     

    ޚުރާސާނުގެ އިންްޤިލާބު:

            ޚަލީފާ ހާރޫނުއްރަޝީދުގެ ޒަމާނުގައި ޚުރާސާނުގައި ވަރަށް އަނިޔާވެރި ދެކޮޅުވެރި ހަރަކާތްތަކެއް ފެށިގެންދިޔައެވެ. ޔަޙްޔާ ބިން ޚާލިދުގެ ރައުޔާއި އިދިކޮޅަށް ޚުރާސާނުގެ ވާލީއަކަށް ހާރޫނުއްރަޝީދު، ޢަލީ ބިން ޢިސާ ބިން ޢަލީ ބިން މާހާނު އައްޔަންކުރެއްވިއެވެ. އެހެން ނަމަވެސް މިވާލީ ރަށުގެ އަހުލުވެރިންނަށް އަނިޔާވެރިވެ އެމީހުންގެ މުދާތައް ފޭރި، އެއްވެސް އިންޞާފެއް ނެތި މީސްތަކުންގެ މުދާތައް އަތުލައި އޭނާއާއި ބެހޭގޮތުން ޝަކުވާކުރާ މީހުންނަށް އަނިޔާކޮށް ޤަތުލުކުރަންފެއްޓިއެވެ. އެކަމުގެ ޚަބަރުތައް ހާރޫނުއްރަޝީދަށް ލިބިވަޑައިގަންނަވަމުން ދިޔައެވެ. އަދި ޢަލީ ބިން ޢީސާ އޭނާގެ ޝަކުވާ ކުރާމީހުން ބިރުގެންނެވުމުގެ ގޮތުން ޚަލީފާ ހާރޫނުއްރަޝީދު އޭނާދެކެ ބިރުގަންނަކަމަށްވެސް ބުންޏެވެ. އަދި އޭނާ ކިޔަމަންތެރިކަން ޝަރުތުކޮށްފައި އޮތީ އޭނާގެ ވިލާޔަތުގެ އެއްވެސްކަމަކާ ހާރޫނުއްރަޝީދު ބެހިވަޑައިނުގަންނަވާ ގޮތަށް ކަމުގައިވެސް ބުންޏެވެ. ހާރުނުއްރަޝީދު އެކަމާ ކޯފާ އިސްކުރައްވައި ޚުދު އެމަނިކުފާނު އޭނާއާއި ހަނަގުރާމައަށް ވަޑައިގަތުމުން އެމަނިކުފާނާއި الري ގައި ބައްދަލުކޮށް އޭނާގެ ކިޔަމަންތެރިކަން އަދާކޮށް އައްރަޝީދަށް ތަފާތު ކުލަތަކުގެ ހަދިޔާތަކުން ވެދުންކުރިއެވެ. އަދި ހަމައެފަދައިން ދައުލަތުގެ ބޮޑުންނަށްވެސް ހަދިޔާތައްދީ ހެދިއެވެ. އައްރަޝީދު ހިތްޕުޅު އޭނާއޢަިމެދު ހަމަޖެހުމުން ޚުރާސާނަށް ދެވަނަފަހަރަށް ރުޖޫޢަވިއެވެ.

            އެއަށްފަހު ޚަލީފާއަށް އޭނާގެ ޝަކުވާ ހުށައެޅި މީހުންގެ ކިބައިން ވަރަށްއަނިޔާވެރިގޮތަކަށް ބަދަލުހިފިއެވެ. މިފަދަ ހަލަބޮލި ދުވަސްވަރު ޢަލީ ބިން ޢިސާއާއި ދެކޮޅަށް ރާފިޢު ބިން ލައިޘް ބިން ނަޞްރު ބިން ޔަސާރު ތެދުވުމަށް ޚުރާސާނުގެ ވަރަށްގިނަ އަހްލުވެރިން އޭނާއަށް ތާއީދުކުރިއެވެ. ޙާލަތުގެ މައްޗަށް ވިސްނާވަޑައިގެން ޢަލީ ބިން ޢީސާ މަޤާމުން ޢަޛުލުކުރެއްވުމަކީ ކޮންމެހެން ބޭނުން ކަމެއްކަމަށް ފެނިވަޑައިގެން އޭނާ ހައްޔަރުކުރެއްވުމަށް ވަރަށްބޮޑު ލަޝްކަރެއްގެ މައްޗަށް ވެރިކުރައްވައި هرثمة بن أعين ހާރޫނުއްރަޝީދު ފޮނުއްވިއެވެ. އެހެންނަމަވެސް هرثمة بن أعين އަކަށް ރާފިޢު ގެ އެޙަރަކާތް ތައް ހުއްޓުވޭގޮތެއް ނުވިއެވެ. އެއީ ރައްޔިތުންގެ ވަރަށްބޮޑު ތާއީދެއް އޭނާއަށް އޮތުމުގެ ސަބަބުންނެވެ. އެހެންކަމުން ޚުދު ޚަލީފާ އޭނާއާއި ހަނގުރާމައަށް ނިކުމެވަޑައިގެން، އެޙަރަކާތް ހުއްޓުވިއެވެ.


     

    ހާރޫނުއްރަޝިދުގެ ވަޒީރުންނާއި ދައުލަތުގެ ބޮޑުން:

            ހާރޫނުއްރަޝީދުގެ ދަޢުލަތުގެ އެންމެ މުހިއްމު މަޤާމުތަކެއް އަދާކުރި އަލްބަރާމިކާ އިންނެވެ. ދަޢުލަތުގެ ހުރިހާ ކަމެއްގެ މަރްޖިޢަކީ އެމީހުންނެވެ. އަލްބަރާމިކާއިންގެ ބާރުކަނޑުވާލެއްވުމަށްފަހު ހާރޫނުއްރަޝީދު އެމަނުކިފާނުގެ ވަޒީރުކަމުގެ މަޤާމު އަލްފަޟްލު ބިން ރަބީޢުއަށް ދެއްވިއެވެ.

            ހާރޫނުއްރަޝީދުގެ ދައުލަތުގެ މަތީ މަޤާމުތަކުގައި ތިބި މީހުންގެ ނަންތައް ބަޔާންކުރަމުން އަލްޙަތީބުލް ބަޣްދާދީ ބަޔާންކުރައްވާފައިވެއެވެ. އެމަނިކުފާނުގެ ޤާޟީއަކީ އަބޫ ޔޫސުފެވެ. ޝާޢިރަކީ މަރްވާން ބިން އަބީ ޚަފްޞަވެ. އެމަނިކުފާނުގެ ނަދީމަކީ އަލްއައްބާސް ބިން މުޙައްމަދެވެ. އެމަނިކުފާނުގެ ޙާޖިބަކީ އަލްފަޟްލު ބިން ރަބީޢުއެވެ. އެމަނިކުފާނުގެ މުޣައްނީއަކީ އިބްރާހީމުލް މަޥްސިލީއެވެ.


     


     


     

    ހާރޫނުއްރަޝީދު އަވަހާރަވުން:

            ކުރިން އިޝާރާތްކުރިހެން ހާރޫނުއްރަޝީދު ޚުރާސާނުގައި އުފެދުނު އިންޤިލާބެއް ހުއްޓެވުމަށްޓަކައި އެތަނަށް ވަޑައިގެންނެވިއެވެ. ބަޣްދާދުގެ ކަންތައްތައް އެމަނިކުފާނުގެ ޙަވާލުކުރައްވާފައިވަނީ ދަރިކަލުން އަލްއަމީނުއާއެވެ. އެމަނިކުފާނަށް ދަޢުލަތުގެ ކަންތައްތަކުގައި އެހީތެރިއެއްގެ ގޮތުން ބެހެއްޓެވީ ޔަޙްޔާ ބިން ސަލީމެވެ. ހާރޫނުއްރަޝީދުގެ އަރިއަހުގައި އެމަނިކުފާނުގެ ދަރިކަލުން އަލްމައުމޫނާއި ވަޒީރުލް ފަޟްލު ބިން އައްރަބީޢުއާއި އިސްމާޢީލް ބިން ޞުބައިޙުއާއި ދަޢުލަތުގެ ވަރަށްގިނަ ބޮޑުން ގެނަދެވިއެވެ. ހަމައެފަދައިން ވަރަށް ބޮޑު ލަޝްކަރަކާއި ޚިލާފާތުގެ އެންމެ މުޙިއްމު ސިފައިން އަރިހުގައި ގެންދެވިއެވެ. މިދަތުރފުޅުމަތީގައި އެމަނިކުފާނަށް އާލާސްކަންފުޅެއް ޖެހިވަޑައިގެން، ބަލިމާބޮޑުވުމުން އެމަނިކުފާނު ޠޫރަސްގައި މަޑުކުރެއްވުމަށްފަހު ދަރިކަލުން، އަލްމައުމޫނު ލަޝްކަރުގެ މައްޗަށް ވެރިކުރެއްވުމަށްފަހު އެމަނިކުފާނުގެ މުއައްދިބު އަލްފަޟްލު ބިން ސަހުލު އެމަނިކުފާނުގެ އަރިހުގައި ފޮނުއްވިއެވެ. ހާރޫނުއްރަޝީދާއި އެމަނިކުފާނުގެ ވަޒީރު އަލްފަޟްލު ބިން އައްރަބީޢު ބައެއް ސިފައިންނާއި މުދަލާއެކު ޠޫރިސްގައި މަޑުކުރެއްވިއެވެ.

            ހާރޫނުއްރަޝީދަށް އެމަނިކުފާނުގެ އަލަޖުލުކައިރިވެއްޖެކަން އެނގިވަޑައިގެންނެވުމުން އެމަނިކުފާނު އަވަހާރަވެއްޖެނަމަ ދަރިކަލުން އަލްމައުމޫންއާއި ބައްދަލުކުރެއްވުމަށް އަލްފަޟްލު ބިން އައްރަބީޢުއަށް ވަޞިއްޔަތް ކުރެއްވިއެވެ.

        ޚަލީފާ ހާރޫނުއްރަޝީދު އަވަހާރަވީ ހިޖުރައިން 193 ވަނައަހަރު އެމަނިކުފާނު ޢުމުރުފުޅުން 44 އަހަރާއި ދުވަސްކޮޅެވެ.


     

    އަލްއަމީނު- 193 – 198 ހ


     

    އުފަންވެ ވަޑައިގަތުން:

            އަބޫޢަބްދުﷲ މުޙައްމަދުލް އަމީން އުފަންވެ ވަޑައިގަތީ ހިޖުރައިން 170 ވަނައަހަރު އެމަނިކުފާނުގެ އަޚްމައުމޫން ދުނިޔެއައަށް އުފަންވެވަޑައިގެންނެވިތާ ، ހަމަސްފަހުންނެވެ. އަލްއަމީން މަންމާފުޅަކީ ޒަބިއްޔާ ބިންތު ޖަޢުފަރު ބިން އަލްމަންޞޫރުއެވެ. ޢައްބާސީ ޚަލީފާއިން ތެރޭގައި އެމަނިކުފާނު ނޫނީ މަންމައާއި ބައްޕަ ހާޝިމުވަންހައިގެ ޚަލީފާއަކު ނުވެއެވެ.

            ޚަލީފާ ހާރޫނުއްރަޝީދު ވަނީ އެމަނިކުފާނަށްފަހު ވަލީއަހުދުކަމަށް އެމަނިިކުފާނުގެ ތިންދަރިކަލުން ޢައްޔަންކުރައްވާފައެވެ. އެއީ އަލްއަމީން، އަލްމައުމޫން، އަލްޤާސިމްއެވެ. އެއަށްފަހު އައްރަޝީދު އެމަނިކުފާނު އެތިން ބޭފުޅެއްގެ މެދުގައި ދަޢުލަތް ބައްސަވާލެއްވިއެވެ. ޚުރާސާނުގެ ހުރިހާ ބާރެއްދެއްވީ އަލްމައުމޫނަށެވެ. އަލްޖަޒީރަތުގެ ހުރިހާ ބާރެއްދެއްވީ އަލްޤާސިމަށެވެ. އަލްއިރާޤުގެ ހުރިހާ ބާރެއްދެއްވީ އަލްއަމީނަށެވެ. ކުރީގެ ފިލާވަޅުގައި ބަޔާންކުރިހެން ޚުރާސާނުގައި ރާފިޢުބިން ލައިޘުގެ އިންޤިލާބު ހަމައަކަށް އެޅުވުމަށްޓަކައި ވަޑައިގެންނެވި މަގުމަތީގައިވަނީ ތޫރިސްގައި ހާރޫނުއްރަޝީދުވަނީ އަވަހާރަވެފައެވެ. ހާރޫނުއްރަޝީދު އަވަހާރަވުމުން އެއްވެސް ޚިލާފެއްނެތި ހުރިހާ ކަންކޮޅުތަކެއްގައި އަލްއަމީނަށް ބައިޢަތު ހިފުނެވެ.

            ނަމަވެސް އަވަހާރަވުމުގެ އާލާސްކަންފުޅުގައިހާރޫނުއްރަޝީދު، އަލްފަޟުްލު ބިން އައްރަބީޢުއަށް ކުރެއްވި ވަޞިއްޔަތަށް އޭނާ ޚިޔާނާތްތެރިވެ، އަލްމައުމޫންގެ އަރިއަހަށް ޚުރާސާނަށް ދިއުމުގެ ބަދަލުގައި އަލްއަމީންގެ އަރިއަހަށް ބަޢްދާދަށް އައެވެ. އޭނާ ޢަމަލުގެ ސަބަބުން އަލްއަމީންއާއި އަލްމައުމޫންއާއި ދެމެދު ފިތުނަ އުފެދިގެންދިޔައެވެ. އަދި މައުމޫނަށް ބިރުން، އަލްމައުމޫންއާއި އަލްޤާސިމު ވަލީއަހުދުކަމުން ޢަަޒަލުކުރުމަށްފަހު އަލްއަމީންގެ ދަރިކަލުން މޫސާ ބިން އަލްއަމީނަށް ވަލީއަހުދުކަން ދިނުމަށް އޭނާ އަލްއަމީނަށް ހިތްވަރުދިނެވެ.


     

    ވަލީޢަހްދުކަން:

            ހާރުނުއްރަޝީދު އަވަހާރަވުމަށްފަހު އަލްއަމީނަށް ޚަލީފާކަން ލިބިވަޑައިގަތުމާގުޅިގެން، އެމަނިކުފާނުގެ ހިތުގައި ފޮރުވިފައިވާކަންތައް ފައުޅުކުރައްވާ، އެމަނިކުފާނުގެ ދެއަޚުުން ވަލީއަހުދުކަމުން ވަކިކުރެއްވުމަށްފަހު، އެމަނިކުފާނުގެ ދަރިކަލުން މޫސާ ބިން އަލްއަމީން ވަލީއަހުދުކަމުގައި ހަމަޖެއްސެވިއެވެ. އަދި އެމަނިކުފާނުގެ ވަޒީރު އަލްފަޟްލު ބިން އައްރަބީޢު އޭނާގެ ޙާޖިބަކު ފޮނުއްވުމަށްފަހު، ހާރޫނުއްރަޝީދު އެމަނިކުފާނުގެ ދެދަރިކަލުންނަށް ވަލީއަހުދުކަމަށް ޢައްޔަންކުރައްވައި ލިޔުއްވައި ބަޢިތުލްޙަރާމުގައި އެލުވާފައިވާ ފަތްކޮޅު ގެނައުމަށް އަމުރުކުރެއްވިއެވެ. ޙާޖިބު އެގޮތަށް ކަންތައްކޮށް އެފަތްކޮޅު ވަގަށް ނަގައިގެން ގެނެސް އަލްފަޟްލުއާއި ޙަވާލުކުރުމުން، އޭނާ އެފަތްކޮޅު އަލްއަމީން އަތްޕުޅަށް އެރުވުމުން އެމަނިކުފާނު އެފަތްކޮޅު ވީއްދަވައިލެއްވިއެވެ.

            އަލްއަމީންއާއި އަލްމައުމީންއާއި ދެމެދު އުފެދުނު ފިތުނަވެރިކަމަށް ބަލައި، އެފުރުޞަތުގެ ބޭނުންހިފުމުގެ ގޮތުން އަލީ ބިން ޢަބްދުﷲ ބިން ޚާލިދު ބިން ޔަޒީދު ބިން މުޢާވިޔާ ''އައްސުފިޔާނީ'' ޝާމުކަރައަށް ވަޑައިގެން ދެވަނަފަހަރަށް ބަނީ އުމަތްޔާގެ ވެރިކަން ގެނައުމަށް ޤަޞްދުކުޅައެވެ. ދިމިޝްޤުގެ ހުރި ޢާމިލުގެ މައްޗަށް ކާމިޔާބުހޯދައި، އަލްއަމީންގެ ވެރިރަށް އޭނާގެ ބާރުގެދަށަށް ގެނައުމަށްފަހު އެރަށުގެ ވަށައިގެންވާ ރަށްތަކަށް އޭނާގެ ބާރުފޯރުވިއެވެ. އޭރު ބަޢްދާދުވަނީ އަލްއަމީންއާއި އިދިކޮޅު ހަނގުރާމާއިގެން މަޝްޢޫލުވެފައެވެ. އެހެންކަމުން އައްސުފިޔާނީއަށް އޭނާގެ މަޤްޞަދު ކާމިޔާބުވުމަށް ވަރަށްބޮޑު ފުރުޞަތެއްލިބިގެންދިޔައެވެ. ހަމައެފަދައިން އޭނާއާއި ހަނގުރާމާއަށް އަލްއަމީން، އަލްޙުސައިން ބިން ޢަލީ އިބުނުޢީސާއަށް އޭނާގެ ބާރުކަނޑުވައިލެވޭގޮތެއްނުވިއެވެ. އައްސުފިޔާނީގެ ބާރު ދެރަވެގެން ދިއުމުގެ ސަބަބަކަށްވީ ޔަމަނުގެ ދަރިކޮޅާއި މުޟަރުދަރިކޮޅާއި ދެމެދު އުފެދުނު ދެކޮޅުވެރިކަމެވެ. އެހެންކަމުން އައްސުފިޔާނީ މަޤްޞަދު ޙާޞިލުވާގޮތެއްނުވިއެވެ.


     

    އަލްއަމީންގެ ވަޒީރުންނާއި ދަޢުލަތުގެ ބޮޑުން:

            އަލްއަމީންގެ ވަޒީރުކަމުގެ މަޤާމާއި ހަވާލުކުރެއްވި އަލްފަމްލު ބިން އައްރަބީޢުއެވެ. އެހެންނަމަވެސް 193 ވަނައަހަރު އަލްއަމީނަށް ކާމިޔާބުލިބޭނޭކަމުގެ އުއްމީދު ކުޑަވުމުން މީނާފިލިއެވެ. އޭނާއަށްފަހު ވަޒީރުގެކަމުގެ މަޤާމަށް އަލްއަމީން އެހެންމީހަކު އިސްކުރިކަން އެނގޭކަށެއްނެތެވެ. އަލްއަމީން އެމަނިކުފާނުގެ ދަޢުލަތުގެ ކަންތައްތަކުގައި އިޢުތިމާދުކުރައްވާފައިވަނީ، އަލްއައްބާސް ބިން އަލްފަޟްލު ބިން އައްރަބީޢުއެވެ. މީނާއާއި ޙަވާލުވެފައިވަނީ ޚަލީފާގެ ހިޖާބާކަމެވެ. ބަކުރު ބިން އަލްމޫތަމިރުއާއި ޙަވާލުވެފައިވަނީ ދީވާނުލްޙަތަމެވެ. ހަމައެފަދައިން އަލްއަމީންގެ ދަޢުލަތުގެ ބޮޑުންގެ ތެރޭގައި ޢަލީ ބިން ޢިސާ ބިން މާހާން ހިމެނެއެވެ. މީނާ ޤަތުލުވީ ޠާހިރު ބިން އަލްޙުސައިންއާއި ދެކޮޅަށްކުރި ހަނގުރާމާގައެވެ. މީނާއަކީވެސް މީނާގެ ބައްޕަފަދަ މަކަރުވެރި ޚިޔާނާތްތެރި، ޣަދަރުވެރިއެކެވެ. އަމީނާއި މައުމޫނާއި ދެމެދު ކުރެވުނު ހަނގުރާމާއިގައި އަލްމައުމޫންގެ ކޮޅަށް ކާމިޔާބު ލިބެންފެށުމުން މީނާ އަލްއަމީނުގެ މައްޗަށް ދެކޮޅުވެރިވެ އަމީނު ހައްޔަރުކޮށް އެމަނިކުފާނު ޖަލަށްލުމަށްފަހު އަލްމައުމޫނަށް ބައިޢަތުހިފިއެވެ. އެހެންނަމަވެސް ޠާހިރު ބިން ޙުސައިން އޭނާއާއި ދެކޮޅުވެރިވެ ، އަމީނު ޖަލުން މިނިވަންކުރިއެވެ. އެމަނިކުފާނު ދެވަނަފަހަށް ޚަލީފާކަމުގެ މަޤާމަށް ވަޑައިގަތެވެ. އެއާއެކުވެސް އަލްއަމީން އޭނާއަށް މަޢާފުދެއްވުމުންވެސް އިޞްލާހުވާގޮތެއްނުވިއެވެ. ދެވަނަފަހަރަށް ޣަދަރުވެރިވުމުގެ މަޤްޞަދުގައި ބަޣްދާދުން ފިލައިގެންދިއުމަށް އޭނާ ޤަޞްދުކުރުމުން، އަލްއަމީނުގެ ސިފައިން އޭނާ ހައްޔަރުކުރުމަށްފަހު ޤަތުލުކޮށްލިއެވެ.


     

    އަލްއަމީންގެ ޝަޙްޞިއްޔަތާއި އަޙްލާޤް:

            އިބުނު ޠަބާޠަބާ ބަޔާންކުރައްވާފައިވާ ގޮތުގައި އަލްއަމީނަކީ ކުޅިވަރާއި މަޖަލަށް ހުސްވެހުންނެވި އަދި އެކަންތައްތަކުގައި މަޝްޢޫލުވެ ހުންނެވި، ދަޢުލަތުގެ ކަންތައް ތަދުބީރުކޮށްދެއްވުން ދުރުބޭފުޅެކެވެ. އަލްޖާހިޟު އިސްޙާޤު ބިން އިބުރާހީމުލް މަޥްޞިލީގެ ކިބައިން ރިވާކުރައްވާފައިވެއެވެ. އެމަނިކުފާނު އިށީދެވަޑައިގަންނަވަނީ ކޮްންތާކު ކޮންބައެއްގެ ކައިރީގައިކަން ނުބައްލަވައެވެ. އެމަނިކުފާނަކީ މުދަލުން އިސްރާފުކުރެއްވުން ގިނަބޭފުޅެކެވެ.

            އެއާއެކުވެސް އެމަނިކުފާނަކީ، ބާރުގަދަ ބޭފުޅެކެވެ. ބުނެވޭގޮތުގައި އެމަނިކުފާނުގެ ދެއަތްްޕުޅުން އެއްފަހަރަކު ސިންގާއެއް މަރާލެއްވިއެވެ. އަލްއަމީނަކީ ފަޞާޙަތްތެރި ބަލާޣަތްތެރި އަދީބެކެވެ. އެހެންނަމަވެސް ކުރިން އިޝާރާތްކުރިހެން އެމަނިކުފާނަކީ ރައުޔު ބަލިކަށި އެއްވެސްކަހަލަ ތަދުބީރެއްނެތް ވެރިކަމަށް އެކަށީގެންވާ ބޭފުޅެއްނޫނެވެ. އަލްމައުމޫނާއި އަލްއަމީނުގެ ލަޝްކަރާއި ދެމެދު ހަނގުރާމަ ހިނގަމުން ދިޔައިރުވެސް އަލްއަމީން އިންނެވި އެމަނިކުފާނުގެ ރުދަމާއުންގެ އަރިހުގައެވެ.


     

    އަވަހާރަވުން:

        އަލްމައުމޫންގެ ލަޝްކަރު އައްޠާހިރު ބިން ޙުސައިނާއި ހަރުޤަމާ ބިން އަޢުޔުންގެ ވެރިކަމުގައި ޚުރާސާނުން ނިކުމެގެން، ބަޣްދާދުގެ ފާރުކައިރިއަށް އައުމަށްފަހު، ބަޣްދާދުގެ ދޮރުތަކާއި ހަމަލަދޭންފެއްޓިއެވެ. އޭރު އަލްއަމީނަށް ތަބައަވާ މީހުން އެމަނިކުފާނަގެ އަރިހުން ދުރުވަމުންދިޔައެވެ. ހަރުޘަމާގެ ލަޝްކަރު މަސައްކަތް ކުރަމުންދިޔައީ އަލްއަމީން ދިރިހުންނަވަނިކޮށް އަލްމައުމޫންގެ އަރިއަހަށް ގެންދިއުމަށެވެ. ނަމަވެސް ޠާހިރު ބިން އަލްޙުސައިންގެ ލަޝްކަރު އެމީހުން އެމަނިކުފާނާއި ޙަމަލާދީ އެމަނިކުފާނު ޤަތުލުކޮށްލިއެވެ،


     

    އަލްމައުމޫން 198 – 218 ހ.


     

        ޢަބްދުﷲ އަބޫއަލްއައްބާސް އަލްމައުމޫން އުފަންވެވަޑައިގަތީ ހިޖުރައިން 170 ވަނައަހަރުއެވެ. އެއީ އެމަނިކުފާނުގެ ބޮޑުބޭބޭފުޅު އަލްހާދީ އަވަހާރަވި އަހަރެވެ. އަލްމައުމޫންގެ މަންމާފުޅަކީ އުއްމުވަލަދެކެވެ. ނަމަކީ މަރާޖިލުއެވެ. ހާރޫނުއްރަޝީދު އަލްއަމީނަށްފަހު ވަލީއަހުދުގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ އަލްމައުމޫނެވެ.

            ކުރީގެ ފިލާވަޅުތަކުގައި އަލްއަމީންއާއި އަލްމައުމޫނާއި ދެމެދު އުފެދުނު ފިތުނަވެރިކަމަށް ކޮންމެވެސްވަރަކަށް ބަލާލެވިފައިވާނެއެވެ. އެފިތުނަތައް އުފެދެން މެދުވެރިވި އަލްއަމީންގެމޮޔަފުޅުކަމާއި އަލްފަޞްލު ބިން އައްރަބީޢުގެ ޙިޔާނާތުގެ ސަބަބުންނެވެ. އެއި އަލްމައުމޫނު ވަލީއަހުދުކަމުން ވަކިކުރެއްވުމަށްފަހު އަލްއަމީންގެ ދަރިކަލުން މޫސާ ބިން އަލްއަމީނަށް ޚަލީފާކަމަށް ބައިޢަތުހިފަން މަސައްކަތްކުރުމުންނެވެ.


     

    އަލްމައުމޫނަށް ދިމާވި އުނދަގޫފުޅުތައް:

            އަލްމައުމޫން އެމަނިކުފާނުގެ އަޚު އަލްއަމީންގެ މައްޗަށް ކާމިޔާބު ހޯއްދެވުމަށްފަހު ޚަލީފާކަމުގެ މަޤާމަށް އިސްވެވަޑައިގެންނެވިއެވެ. ނަމަވެސް އެމަނިކުފާނު ޙަވާލުވެވަޑައިގެންނެވި ތަރިކަ ައަކީ އުދަގުލާއި ތުރާތަކުން ފުރިފައިވާ ބުރަތަކެކެވެ. އަލްމައުމޫނާއި އެމަނިކުފާނުގެ އަޙު އަލްއަމީނުއާއި ދެމެދު ހިނގައިގެންދިޔަ ހަނގުރާމަވެގެންދިޔައީ ދެކޮޅުވެރިންނަށް ލިބުނު ރަނުގެ ފުރުޞަތަކަށެވެ. ފާރިސީންގެ ކަނޑީގެ ބާރުގައި ލިބިގެންދިޔަ ކާމިޔާބީއަށް ޢަރަބީން ދެކޮޅުވެރިވިއެވެ. ހަމައެފަދައިން ޚުރާސާނުން ބަޣްދާދަށް އަލްމައުމޫން ބަދަލުވެވަޑައިގަތުމުގެ ސަބަބުން ފާރިސީން ދެކޮޅުވެރިވެގެންދިޔައެވެ. އެހެންކަމުން އަލްމައުމޫނުގެ މޫނުފުޅުމަތީ ތަފާތު ޙަރަކާތްތައް ހިގައިގެން ދިއުމުގެ ނަތީޖާއަކަށްވީ އެމަނިކުފާނުގެ ޚަލީފާކަމުގެ ދުވަސްވަރު އެޙަރަކާތްތައް ހުއްޓުވުމަށް މަސައްކަތްކުރައްވަން ޖެހިވަޑައިގަތުމެވެ. އަލްމައުމޫންގެ ދުވަސްވަރުގައި ހިނގައިގެންދިޔަ ދެކޮޅުވެރިކަމުގެ ޙަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ކަންތައްތަކަކީ:

    1. އަބިއްސަރާޔާގެ ޘައުރާ
    2. ނަޞްރު ބިން ޝަބަތުގެ ޘައުރާ
    3. ބަޣްދާދުގެ ޘައުރާ
    4. އައްޒިޠުގެ ޙަރަކާތް
  3. މިޞްރު މީހުންގެ ޘައުރާ
    1. ބާބެކު އަލްޚަރަމީ ޘައުރާއެވެ.


     

  4. އަބިއްސަރާޔާގެ ޘަައުރާ:

    އަބޫސަރާޔަކީ އައްސަރިއްޔު ބިން މަންޞޫރުއްޝައިބާނީއެވެ. މީނާއަކީ ހަރްޘަމަތުގެ ލަޝްކަރުގައި ހިމެނޭ ޤާއިދެކެވެ. هرثمة އަމީނުއާއި ދެކޮޅަށް ކުރި ހަނގުރާމައިގައި ކާމިޔާބު ލިބުން އަލްފަޟްލު ބިން ސަހްލު ވެރިކަމުން ވަކިކުރެއްވުމަށްފަހު، އޭނާގެ ބަދަލުގައި އޭނާގެ އަޚު އަލްޙަސަން ބިން ސަހްލަށް އެމަޤާމު ދިނެވެ. أبى السرايا ގެ ޘަވްރާގެ ސަބަބެއް ކަމުގައި އޭނާއާއި އޭނާގެ ސިފައިންގެ މުސާރަ ލަސްވުން ވެސް ހިމެނެއެވެ. އެހެންކަމުން أبى السرايا ، ހަރުޘަމާގެ ލަޝްކަރުން ވަކިވުމުށް އޭނާއަށް ވަރަށް ގިނަ މީހުން ތަބަޢަވިއެވެ. އެއަށްފަހު އޭނާ ދަތުރުކޮށް އަލްކޫފާއަށް ވެރިވެ، މަދާއިނުގެ މައްޗަށް ބާރުފޯރުވުމަށްފަހު، އަލްކޫފާގެ ވަށައިގެންވާ ތަންތަނަށްވެސް އޭނާގެ ބާރުގެ ދަށަށް ގެނައެވެ. އަލްޙަސަނު ބިން ސުހައިލު އޭނާއާއި ހަނގުރާމައަށް ވަރަށްގިނަ ލަޝްކަރުތަކެއް ފޮނުވިއެވެ. ނަމަވެސް އަލްޙަސަނު ބިން ސުހައިލުގެ ހުރިހާ ލަޝްކަރެއް أبى السرايا ގެ ކުރިމަތީގައި ބަލިވެގެންދިޔައެވެ. އެހެންކަމުން އަލްޙަސަނު ބިން ސުހައިލަށް ހަރުޘަމާގެ އެހީހޯދުންނޫންގޮތެއް ނެތިގެންދިޔައެވެ. ހަރުޘަމާގެ ލަޝްކަރާއިގެން ގޮސް أبى السرايا އާއި ހަނގުރާމަފެށުމުން އޭނާއަށް މަޖްބޫރުވެގެން ކޫފާ ދޫކޮށްލިއެވެ. އެއަށްފަހު ޚަލީފާގެ ލަޝްކަރު އޭނާ ފަހަމުންގޮސް، އެންމެފަހުން އޭނާ ހައްޔަރުކުރިއެވެ. އޭރު އޭނާވަނީ ވަރަށްބޮޑަށް ޒަޚަމްވެފައެވެ. އަލްޙަސަން ބިން ސުހައިލުގެ ކައިރިއަށް އޭނާ ގެނެވުމުން ޤަޠުލުކުރުމަށްފަހު، ހިޖްރައިން 200 ވަނަ އަހަރު ޞަލީބަށް އެރުވިއެވެ. މި ޘައުރާ ދިހަމަސް ދުވަހަށް ދެމިގެން ދިޔައެވެ.


     

    2- ނަޞްރު ބިން ޝަބަތުގެ ޘައުރާ

    ނަޞްރު ބިން ޝަބަތަކީ ޢަރަބި މާތްމީހެކެވެ. ނަޞްރު ބިން ޝަބަތުއަށް ޢަރަބިންގެ ކޮޅުދައްވަމުން، ފާރިސީންގެ އާރާއިބާރު ގަދަކަމުން ދާތަން ފެނުމުން، ޢަރަބިންގެ ޢުންޞުރުް ދިފާޢު ކުރުމުގެ މަޤްޞަދުގައި ޘައުރާ އެއްގެނައެވެ. ނަޞްރު ބިން ޝަބަތު މިއިންޤިލާބުގެނައި އަލްއަމީން ޤަތުލުވެ ދައުލަތުގެ ބާރު އަލްމައުމޫނަށް ލިބިވަޑައިގަތުމުންނެވެ. އެއީ ހިޖްރައިން 198 ވަނަ އަހަރުއެވެ. އޭނާގެ މަރުކަޒެއްކަމުގައި ބަލާފައިވަނީ ޙަލަބުގެ އުތުރެވެ. އޭނާގެ ނުފޫޡު ގަދަވެ، ތަބަޢަވާ މީހުންގިނަވެ، ކާމިޔާބީތައް އިތުރުވެގެންދިޔައެވެ.


     

    ޚަލީފާ އަލްމައުމޫންގެ ޢަމުރުފުޅަށް އައްޠާހިރު ބިން އަލްޙަސަން، ބަޣުދާދުގެ ކަންތައްތައް އަލްޙުސައިން ބިން ސުހައިލުއާއި ޙަވާލުކުރުމަށްފަހު، ނަޞްރާއި ހަނގުރާމައަށް ނުކުތެވެ. މިދެބައިމީހުންގެ މެދުގައި އެތައް ހަނގުރާމައެއް ހިގައިގެން ދިޔައިރުވެސް ވަކިފަރާތަކަށް ބުރަވާގޮތެއް ނުވިއެވެ. ޠާހިރު މިހަނގުރާ ކުރަމުންދިޔާ ސީރިޔަސްކޮށް ކަމަށް ނުވާތީ ޚަލީފާ މައުމޫނު އޭނާގެ ބަދަލުގައި ޢަބުދުﷲ ބިން ޠާހިރުއާއި ޙަވާލު ކުރެއްވިއެވެ. އަދި ޠާހިރު ބިން އަލްޙުސައިންއާއި ޚުރާސާނުގެ މާލިކަށް ޙަވާލު ކުރިއެވެ. ޢަބްދު ﷲ ބިން ޠާހިރު ހަނގުރާމަ ވަރުގަދަކޮށް އެންމެފަހުން ނަޞްރު އަމާނަށް އެދުމަށް މަޖްބޫރުވިއެވެ. ޚަލީފާ އަލްމައުމޫނު އެނާއަށް އަމާނުގެ ފަތެއް ދެއްވިއެވެ. ވަރަށްދިގު ހަނގުރާމައަކަށްފަހު އަމާންކަމުގައި ބަޣްދާދަށްވަނެވެ. އެއީ ހިޖުރައިން 210 ވަނައަހަރުއެވެ.


     


     


     

    3 ޘައުރާ ބަޣްދާދު:

        އަލްއަމީން ޤަތުލުވުމާގުޅިގެން އަލްފަޟުލް ބިން ސަހުލު ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރިއެވެ. އެގޮތުން އޭނާގެ އަޙް އަލްޙަސަނު ބިން ސަހުލު ޢިރާޤުގެ ވެރިކަމަށް ޢައްޔަންކުރިއެވެ. ޚުރާސާނުގެ ހުރިހާ ބާރެއް އޮތީ އަލްފަޟުލު އަތުގައެވެ. ކުރިން ޢިޝާރާތްކުރިހެން القضل بن سهل ވަނީ ވެރިރަށުން އެންމެ ހަރުދަނާ ދެޤާއިދުން ކަމުގައިވާ ޠާހިރުއާއި ޙަރުޘަމާ ދުރުކޮށްފައެވެ. އަލްފަޟުލް ބިން ސަހުލުވަނީ ޢަލަވީީންގެތެރެއިން ވަލީއަހުދަކު ޢައްޔަންކޮށް ވެރިކަމުގެބާރު އައްބާސީންގެ ކިބައިން ޢަލަވީީންނަށް ބަދަލުވެގެންދާގޮތަށް ރާވާފައެވެ. ނަތީޖާއަކަށްވީ މުޅި ބަޣްްދާދުގައި ހަމަނުޖެހުން އުފެދި އަލް ޙަސަނު ބިން ސަހުލުއާއި މީސްތަކުން ދެކޮޅުވެރިވުމެވެ. އަލް ޙަސަނު ބިން ސަހުލު މި ހަމަނުޖެހުން މައިތިރިކުރެވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އޭނާއަކަށް އެކަމުގައި ކާމިޔާބުވާގޮތެއް ނުވިއެވެ.

        އަލް ޙަސަނު ބިން ސަހުލު ބަލިވުމާގުޅިގެން މިހަމަނުޖެހުމުގެ މަސް ރަހުން ދުރުވާންޖެހުނެވެ. ބަޣްދާދުގެ އަހުލުވެރިން ފުރުޞަތުގެ ބޭނުންހިފައި، އަލްމައުމޫން ޢަަޒަލުކުރުމަށް ޢަޒުމް ކަނޑައަޅައި ޚަލީފާކަމުގެ މަޤާމަށް އިބްރާހީމުލް މަހްދީ އިސްކުރުމަށް މަސައްކަތްކުރިއެވެ. އެއީ ހިޖުރައިން 202 ވަނައަހަރުއެވެ. އަދި އިބްރާހީމް މަހުދީއަށް ކޫފާއައީ السواد އާއި المدائن ގެ މީހުންގެ ތާއީދުލިބުނެވެ. އިބްރާހީމްއަކީ ޚަލީފާ މަހުދީގެ ބޭފުޅެކެވެ. އަދި ޚަލީފާ ހާރޫނުއްރަޝީދުގެ އަޚެކެވެ. އިބްރާހީމް މަހުދީއަކީ ޅެމާއި މިއުޒިކާއި، ލަވަޔަށް ސަމާލުކަންދީ އެރޮގުގައި ކުރިއަށްގޮސްފައިވާ ބޭފުޅެކެވެ. އެހެންނަމަވެސް އެމަނިކުފާނަށްވެސް ތަހުތާއި ޖާހާއި ވެރިކަން ލިބުމުގެ ފުރުޞަތު ތަނަވަސްވުމުން އެއްވެސް ލަސްކުރެއްވުމެއްނެތި ސިޔާސީ ދާއިރާގެ ދޮރޯށީން ވެދެވަޑައިގެންނެވުމަށް ޤަޞްދުކުރެއްވިއެވެ.


     

        މިކަންތައްތަކުގެ ކުރިމަތީގައި ޚަލީފާ މައުމޫން، އެމަނިކުފާނުގެ ވެރިކަމާއި ނުފޫޒު ވަރަށްވަރުގަދަ ގޮތެއްގައި ދިފާޢު ކުރެއްވުމަށް ޤަޞްދުކުރެއްވިއެވެ. އެހެންކަމުން އެމަނިކުފާނު مرو އިން ބަޣްދާދަށް ވަޑއިގެންނެވިއެވެ. މަގުމަތީގައި އަލް ފަޟުލު ބިން ސަހުލުއާއި އައްރިޟާ ޤަތުލުކުރެއްވިއެވެ. މިކަމުގެ ނަތީޖާއަކަށްވީ، މީސްތަކުން އެމަނިކުފާނަށް ތަބަޢަވެ، އިބްރާހީމް މަހުދީގެ ކިބައިން ދުރުވެގަތުމެވެ. އެކަމަށް ބިރުން އިބުރާމުލް މަހުދީ ފިއްލެވިއެވެ. ޚަލީފާ މައުމޫން، އެމަނިކުފާނުގެ ވެރިކަމުގެ ވެރިރަށަށް ވެދެވަޑައިގަތީ ހިޖުރައިން 204 ވަނައަހަރުއެވެ.

        އިބްރާހީމް މަހުދީއަށް ނަޞްރުދިން މީހުންގެތެރޭގައި، އިބްރާހީމް ބިން މުޙައްމަދު ބިން ޢަބްދުލްވައްޙާބު ބިން އިބްރާހީމް އަލްއިމާމު ހިމެނެއެވެ. މީނާވެސްވަނީ އިބްރާހީމް މަހުދީއާއެކު ފިލާފައެވެ. ޚަލީފާ މައުމޫން ބަޣްދާދަށް ވަދެވަޑައިގަތުމާގުޅިގެން ދިމާވެގެންދިޔަ މައްސަލަތަކުގެ، ފައިދާނަގައި އެމަނިކުފާނާއި ދެކޮޅަށް މުޒާހަރާއެއް މީނާ ފިލާ ހުރެރޭވިއެވެ. ޤަޞްދަކީ އަލްމައުމޫން ވެރިކަމުން ވަކިކުރުމަށްފަހު އިބްރާހީމް މަހުދީ ޚަލީފާކަމަށް ގެނައުމެވެ. އަލްމައުމޫނަށް އެމުޒާހަރާގެ ޚަބަރު ލިބިވަޑައިގަތީ ހިޖުރައިން 210 ވަނައަހަރުއެވެ. އެޚަބަރު ލިބިވަޑައިގަތުމުން އެމަނިކުފާނު އޭނާ ހައްޔަރުކުރެއްވުމަށްފަހު، އެކަމުގެ އަދަބު ދެއްވައި، އެކަމުގައި ބައިވެރިވާކަމަށްބުނި ގިނަމީހުންނަށް މަޢާފު ދެއްވިއެވެ.

        އިބްރާހީމް މަހުދީ އެއަހަރު ރަބީޢުލްއައްވަލުމަހާއި ހަމައަށް ފިލައިގެން އުޅުނެވެ. އެއަށްފަހު ޚަލީފާ މައުމޫންގެ ސިފައިން އިބްރާހީމް މަހުދީ ހައްޔަރުކުރުމަށްފަހު އެމަނިކުފާނުގެ އަރިއަހަށް ގެނައުމުން އޭނާއަށް މަޢާފު ދެއްވިއެވެ.


     

    4- ثورة الزط :

        އިބުނު ޚާލިދޫން ބަޔާންކުރައްވާގޮތުގައި الزط އަކީ ސިފައިންނާއި ހަނގުރާމައިގެ ކަންތައްތަކާއި މަޝްޣޫލުވުމުން ބަޞަރާއަށްދާ މަގުމަތީ، މީސްތަކުނަގެ މުދާފޭރި، ރަށުތެރޭގައި ފިތުނަފަސާދަ އުފެއްދުމަށް މަސައްކަތްކުރާބައެކެވެ. މިބައިމީހުންގެ ޢަޞްލު ރުޖޫޢަވަނީ އިންޑިޔާއަށެވެ. އެމީހުންގެހުރިހާވެސް މަޤްޞަދަކީ ފިތުނަފަސާދަ އުފެއްދުމާއި ހަމަނުޖެހުން އުފެއްދުމެވެ. ޚަލީފާ މައުމޫން ބަޣްދާދަށް ވަޑައިގަތުމަށްފަހު އެމީހުންގެ ކަންތައްތައް ހަމަޖެއްސެވުމަށް މަސައްކަތްކުރެއްވިއެވެ. އެހެންކަމުން ބަލިވެދާނެކަމަށް ލަފާކުރެވުމުން، އެމީހުންގެ ޙަރަކާތްތައް ހުއްޓާލިއެވެ. ސިފައިންގެ ކިބައިން ލިބެމުންދިޔަ ޕްރެޝަރުކުޑަވުމުން އަނެއްކާވެސް އެބުރިއައިސް ހަމަނުޖެހުންތައް އުފައްދަން މަސައްކަތްކުރެއެވެ. އެހެންކަމުން އެމީހުންގެ ފަސާދައިގެ ދުވަސްތައް އިތުރުވެގެން ގޮސް ޚަލީފާ މުޢުތަސިމުގެ ޒަމާނާހަމައަށް ދެމިގެންދިޔައެވެ. އެމީހުންގެ ކަންތައްތައް ހަމައަކަށް އެޅުނީ ހިޖުރައިން 219 ވަނައަހަރު މުޢުޫތަސިމުގެ ޤާއިދެއް ކަމުގައިވާ އަޖީފު ބިން ޢަަންބަސަަތުގެ ވެރިކަމުގައެވެ. އެމީހުން އިސްލާމުވެ، އެންމެފަހުން އަމާނަށް އެދުމުން އެމީހުން عين زربة އަށް ބަދަލުކުރެއްވިއެވެ. މިހިސާބުން އެމީހުންގެ ނުރައްކާ ފިލައިގެންދިޔައެވެ.

    5- ثورة المصريين :

        އަރަބި ޝަމާލް( އުތުރު) އާއި އަރަބި ޖަނޫބު( ދެކުނު) މިދެބައިމީހުންގެ މެދުގައި ދެކޮޅުވެރިކަން ފެށުމުން މިޞްރުގައި ވަރަށްވަރުގަދަ ޘައުރާއެއް އުފެދުނެވެ. ޤައިޞް ދަރިކޮޅުގެ މީހުން ތާއީދުކުރަނީ އަލްއަމީނަށެވެ. ޔަމަނުގެ މީހުން ތާއީދުކުރަމުންދިޔައީ މައުމޫނަށެވެ. މިޘައުރާ ހަމަޖެއްސެވުމަށް މައުމޫން ޢަބްދުﷲ ބިން ޠާހިރު ފޮނުއްވިއެވެ. އޭނާ މިޞްރަށް ގޮސް އެކަންތައްތައް ހަމަޖެއްސިއެވެ. ނަމަވެސް ޢަބްދުﷲ ބިން ޠާހިރު މިޞްރުން ނިކުމެވަޑައިގެންނެވުމުން، ދެވަނަފަހަރަށް ޘައުރާ ގެނައެވެ. ޚަލީފާ މައުމޫނަށް މަޖުބޫރުވެވަޑައިގެން އެކަންތައް ހަމަޖެއްސަވައި އަމަން އަމާންކަން ޤާއިމުކުރެއްވުމަށްޓަކައި މިޞްރަށް ވަޑައިގެންނެވިއެވެ.


     

    6- މައުމޫނާއި ޢަލަވީން

        ޚަލީފާމައުމޫނުގެ ދައުރުގައި ޢައްބާސީ ދައުލަތުގައި އެންމެ ފުރަތަމަ ފަހަރަށް ޢަލަވީންނަށް، ނަސީބުވެރިކަމެއް ލިބިގެންދިޔައެވެ. ޚަލީފާ މައުމޫން އިޢުލާންކުރެއްވި ގޮތުގައި އެމަނިކުފާނު ޢައްބާސްގެފާނުގެ ބޭފުޅުންނާއި ޢަލީގެފާނުގެ ބޭފުޅުންނަށް ބެއްލެވިއިރު ޚަލީފާކަމަށް އެންމެ ޙައްޤު ުފަރާތެއްކަމުގައި ދެކެވަޑައިގަތީ ޢަލީ ބިން މޫސާ އައްރިޟާއެވެ. އެހެންކަމުން ޚަލިފާ މައުމޫން އެމަނިކުފާނަށް ވަލީއަހުދުކަން ދެއްވިއެވެ. އަދި އެމަނިކުފާނާއި ޢަލީ ބިން މޫސާ އައްރިޟާގެ ނަންފުޅުގައި ދިރުހަމާއި ދިނާރު ޖެއްސެވިއެވެ. އަދި އެމަނިކުފާނުގެ ދަރިކަބަނލުން އުއްމު ޙަބިބާއި ޢަލީ ބިން މޫސާ އައްރިޟާއާއި ކައިވެނިކޮށްދެއްވިއެވެ. އެއަށްފަހު އެމަނިކުފާނުގެ ދެވަނަ ދަރިކަނބަލުން އުއްމު ފަޟުލު- މުޙައްމަދު ބިން މޫސާ އައްރިޟާއާއި ކައިވެނިކޮށްދެއްވިއެވެ. އަދި ޢައްބާސީންގެ ޝިޢާރު ކަމުގައިވާ ކަޅުކުލަ ބޭލެއްވުމަށްފަހު، ޢަލަވީންގެ ޝިޢާރުކަމުގައިވާ ފެހިކުލަލުމަށް އަމުރުކުރެއްވައި، އެމަނިކުފާނުވެސް ތުރުކުރެއްވިއެވެ.

        ކުރިން އިޝާރާތްކުރިހެން ބަޣްދާދުގެ އިންޤިލާބުގެ ސަބަބުން އަލްމައުމޫނަށް މަޖުބޫރުވެވަޑައިގެން ޢަލީ އައްރިޟާގެ ކިބައިން ސަލާމަތްވެވަޑައިގެން ޢަލަވީންގެ ޝިޢާރު ބޭލުއްވުމަށްފަހު ދެވަނަފަހަރަށް ޢައްބާސީންގެ ޝިޢާރުކަމުގައިވާ ކަޅުކުލަ ތުރުކުރެއްވިއެވެ.


     

    އަލްމައުމޫންގެ ދުވަސްވަރު އުފެދުނު ދައުލަތްތައް:

        ޚަލީފާ ހާރޫނުއްރަޝީދުގެ ޒަމާނުގައި ހިގައިގެންދިޔަފަދަ ކަންތައްތަކެއް އަލްމައުމޫންގެ ޒަމާނުގައިވެސް ހިގައިގެންދިޔައެވެ. ހާރޫނުއްރަޝީދުގެ ޒަމާނުގައި މަޣްރިބުގައި الدولة الأدارسة އާއި ތޫނިސްގައި الدولة الأغالبة އުފެދުނެވެ. އަލްމައުމޫންގެ ޒަމާނުގައި ޙަރާސާގައި الدولة الطاهرية އުފެދުނެވެ. އެއީ އެރަށުގެ ވާލީއަކަށް ޠާހިރު ބިން ޙުސައިން ހިޖުރައިން 205 ވަނައަހަރު ޢައްޔަން ކުރެއްވުމާއި ގުޅިގެންނެވެ. މިދައުލަތް ހިޖުރައިން 259 ވަނައަހަރާއި ހަމައަށް ދެމިގެންގޮސްފައިވެއެވެ.

        ހިޖުރައިން 203 ވަނައަހަރު ޔަމަނަށާއި ތަހާމާ އަށް މުޙައްމަދު ބިން އިބްރާހީމްއައްޒިޔާދީ ޢައްޔަންކުރެއްވުމާއި ގުޅިގެން الدولة الريادية އުފެދިގެން ދިޔައެވެ. މީނާއަކީ ޒިިޔާދު ބިން އަބީ ސުފިޔާނުގެ ދަރިކަލެކެވެ. މިދައުލަތް ހިޖުރައިން 409 ވަނައަހަރާއި ހަމައަށް ދެމިގެން ގޮސްފައިވެއެވެ.


     

    ޚަލީފާ މައުމޫންގެ އަޚްލާޤު

        ޚަލީފާ މައުމޫނަކީ ޢައްބާސީން ޚަލީފާއިންގެ ތެރެއިން އެންމެ އަލިގަދަ އެއްބޭފުޅެވެ. އަލްމައުމޫންގެ ކުޅަދާނަކަމާއި، ކެރުމާއި، ހިތްވަރުގެ ސަބަބުންނޫނަމަ، އެމަނިކުފާނުގެ ޒަމާނުގައި އިސްލާމީ އުއްމަތް ހަލާކާއި ގެއްލުމުގެ ތެރެއަށް ވެއްޓިގެންދިޔައީހެވެ.

        ޚަލީފާ މައުމޫނުގެ އެންމެ ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި އެމަނިކުފާނުގެ ثقافة ގެ މަތިވެރިކަމާއި، ޢިލްމަށްލޯބިކުރެއްވުމާއި، ޘަޤާފަތަށް ޚިދުމަތްކުރެއްވުމާއި ޢައްބާސީ ޚަލީފާއިންގެ އެންމެ މަތީގައިވަނީ އެމަނިކުފާނެވެ. އެމަނިކުފާނުގެ ބައިތުލް ޙިކުމަތުގައި ބޭރުގެ ޢިލްމުތަކުގެ ޚަޒާނާއެއް ޖަމުޢުކުރެއްވިއެވެ. ބޭރުގެ ހުރިހާ ފޮތްތަކެއް ގަނެގެން ގެނައުމަށް އެމަނިކުފާނު އަމުރުކުރެއްވިއެވެ. އެއަށްފަހު އެފޮތްތައް ޢަރަބި ބަހަށް ތަރުޖަމާކުރުމަށް އަމުރުކުރެއްވިއެވެ. އެމަނިކުފާނުގެ ޒަމާނުގައި އުފެދިފައިވާ މަޝްހޫރު ޢިލްމުވެރިންގެ ތެރޭގައި އަލްކިންދީ އާއި مترجم الحجاج بن يوسف بن مطر ހިމެނެއެވެ. އިޤްލީދިސް އާއި ބަޠުލައިމޫސްގެ ފޮތްތައް ޢަރަބިބަހަށް ތަރުޖަމާކުރެއްވ الحجاج بن يوسف بن مطر އެވެ.

        ހަމައެފަދައިން އެހެންމީހުންނަށް މަޢާފުކުރުމަކީ އަލްމައުމޫނުގެ ޚާއްޞަ ސިފަފުޅެކެވެ. އެގޮތުން އެމަނިކުފާނުގެ ދެކޮޅުވެިންނަށްވެސް ވަރަށް ދީލަތި ގޮތެއްގައި އަފޫކުރައްވައެވެ. މިސާލަކަށް އަލް ފަޟުުލު ބިން އައްރަބީޢު އާއި އިބްރާހީމް ބިން މަހުދީ، ފާހަގަކުރެވެއެވެ.


     

    އަލްމައުމޫންގެ ވަޒީރުން:

        ޚަލީފާ އަލްމައުމޫނަކީ މަތިވެރި ބޭފުޅެކެވެ. އެހެންކަމުން މަތިވެރި ޚަލީފާއިންގެ އަރިއަހުގައި ވަޒީރުންގެ ދަރަޖަވެސް އުފުލިގެންދިޔައެވެ. މިފަދަ ވަޒީރުން ވަރަށްމަދު ފަހަރަކު ނޫނީ ތިމާމެންގެ ބާރުގެ ދަށަށް ޚަލީފާއިން ގެނައުމަށް މަސައްކަތެއް ނުކުރެއެވެ. އަލް ފަޟުލު ބިން ސުހައިލު މިފަދައިން މަސައްކަތްކުރުމުން ނަތީޖާއަކަށްވީ، އެކަމުގެ އަގު އޭނާގެ ފުރާނައިން އަދާކުރަންޖެހުމެވެ.

        އަލްމައުމޫންގެ ވަޒީރުންގެ ތެރެއިން ފާހަގަކޮށްލެވޭ ވަޒީރުންގެ ތެރޭގައި أحمد بن أبى خالد الأحول ، أحمد بن يوسف ، عباد بن يحي ، أبا عبد الله محمد بن يزداد بن سويد ފާހަނގަކުރެވެއެވެ.


     

    ދައުލަތުގެ ބޮޑުން:

        ޚަލީފާ މައުމޫންގެ ބޮޑުންގެތެރޭގައި يحي بن أكثم التميمي ހިމެނެއެވެ. އަލްމައުމޫންގެ އުއްތަމަ ފަނޑިޔާރަކީ އޭނާއެވެ. އަދި އޭނާއަކީ މުޙައްދިޘެކެވެ. ހަމައެފަދައިން އަޙްމަދު ބިން އަބީ ދާއޫދު އަލްމުޢުތަޒިލީ އަކީވެސް މައުމޫންގެ ބޮޑުންގެ ތެރެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އަލްމައުމޫން، އަލްމޫތަސިމު، އަލްވާޘިޤުގެ ދުވަސްވަރުގައި قاضى القضاة އަކީ އަޙްމަދު ބިން އަބީ ދާއޫދެވެ.


     

    އަވަހާރަވުން:

        ޚަލީފާ އަލްމައުމޫނު އަވަހާރަވީ ހިޖުރައިން 217 ވަނަ އަހަރު އެމަނިކުފާނު ޠޫރަސް އަށް ހަނގުރާމައަށް ވަޑައިގެން ހުންވަނިކޮށް އެމަނިކުފާނުގެ ޢުމުރުފުޅުން 84 ފުޅުގައެވެ


     

    އަލްމުޢުތަޞިމް 218 - 227ހ.

            އަބޫ އިސްޙާޤު މުޙައްމަދުލް މުޢުތަސިމް އުފަންވެވަޑައިގަތި ހިޖުރައިން 187 ވަނައަހަރުއެވެ. އެމަނިކުފާނުގެ މަންމަގެ ނަންފުޅަކީ މާރިދާއެވެ. އެމަނިކުފާނު ބޮޑުފުޅުވެފައިވަނީ ޢަސްކަރީވެއްޓެއްގައެވެ. ނަތީޖާއަކަށްވީ އެމަނިކުފާނަކީ، ހިތްވަރުގަދަ، ކާމިޔާބީތަކަށް އިސްކަންދެއްވާ ބޭފުޅަކަށްވުމެވެ. އެހެންކަމުން މުއުތަސިމްއަކީ ޢިލްމީ ޘަަޤާފަތުގައި ފާހަގަކޮށްލެވޭ ބޭފުޅެއްނޫނެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އެމަނިކުފާނުގެ ބައްޕާފުޅު ޚަލީފާ ހާރޫނުއްރަޝީދުވަނީ، އެމަނިކުފާނު ވަލީއަހުދުކަމުން މަޙްރޫމްކުރައްވާފައެވެ. ޚަލީފާ މައުމޫންގެ ޚަލީފާކަމުގައި، މުއުތަސިމްއަކީ އެމަނިކުފާނުގެ ކަނާތްޕުޅެވެ. އެއީ ދިމާވާ ތަފާތު މައްސަލަތަކުގައްޔާއި، ޚާއްޞަގޮތެއްގައި ހަނގުރާމައިގެ ކަންތައްތަކުގައެވެ. ޚަލީފާ މައުމޫންވަނީ މުއުތަސިމް ޝާމްކަރައާއި މިޞްރުގެ ވާލީކަމުގެ މަޤާމު ޙަވާލުކުރައްވާފައެވެ. އެއަށްފަހު އެމަނިކުފާނުުގެ ވަލީއަހުދުކަމުގެ މަޤާމަށް ޢައްޔަންކުރެއްވިއެވެ.

            ޚަލީފާ މައުމޫން އެމަނިކުފާނުގެ ޚަލީފާކަމުގެ ދުވަސްވަރު އެޅުއްވި ފިޔަވަޅުފުޅެއްގެ ސަބަބުން، މުސްލިމުންގެ ޚަލީފާއިންގެ ތެރެއިން އެންމެފާހަގަކޮށްލެވޭ ޚަލީފާއިންގެ ތެރެއިން އެމަނިކުފާނު ހިމެނިވަޑައިގެންނެވިއެވެ. ޚަލީފާ މައުމޫންގެ ދަރިކަލުން ޢައްބާސްއަކީ، އެމަނިކުފާނުގެ ސިފައިންގެ އަރިއަހުގައި ދަރަޖަ އުފުލިގެންވާ، އަދި ޚަލީފާކަމަށް އެކަށީގެންވާބޭފުޅެކެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ބަދަލުގައި މައުމޫން ވަލީއަހުދުކަމަށް ޢައްޔަންކުރެއްވީ މުއުތަސިމުއެވެ. އެމަނިކުފާނުގެ ތިލަފަތްބުރަކަމާއި، ހިތްވަރުގަދަކަމުގެ ސަބަބުންނެވެ. މައުމޫނަށް އެމަނިކުފާނުގެ އަޚުްގެ ކިބައިގައި ޘަޤާފަތާއި ޢިލްމީ ތަޖުރިބާ މަދުކަމަށް ފެނިވަޑައިގަތުމުން، އެމަނިކުފާނަށް ޚަލީފާކަން ހިންގަވާނެގޮތުގެ ދޫސްތޫރެއް އެކުލަވައިލެއްވިއެވެ. އެދޫސްތޫރުގައި ، މުއުތަސިމް އެންމެ އިސްކަމެއްދެއްވަން ޖެހިވަޑައިގަންނަވާނެ ކަންތައްކަމަށް މައުމޫން ވިދާޅުވެފައިވަނީخلق القرآن ގެ މައްސަލައާއި بابك الخرمى ގެ ބާރުކަނޑުވާލެއްވުމަށް ވިދާޅުވެފައިވާ ވިދާޅުވުމާއި، ބައެއް ޚާއްޞަ ޝަޚްސިއްޔަތުތަކާއި މެދު ވިސްނެވުމަށާއި، އަނެއްބައި ޝަޚްސިއްޔަތުތަގެ ކިބައިން ރައްކާތެރިވެ ވަޑައިގަތުމަށް ނަޞޭޙަތް ދެއްވަވައި އިރުޝާދު ދެއްވާފައިވެއެވެ.

            މިކަމާބެހޭގޮތުން الطبري އޭނާގެ ތާރީޚް تاريخ الأمم والملوك ގައި ބަޔާންކުރައްވާފައިވެއެވެ. " އަލްމައުމޫން ވިދާޅުވެފައިވެއެވެ. ކިރިތި ޤުރްއާނުގެ މައްސަލާގައި، ކަލޭގެ އަޚުްގެ ސީރަތުގައި ހިފާށެވެ. ރައްޔިތުންގެ ކަންތައްތަކުގައި ޣާފިލުނުވާށެވެ. ރައްޔިތުންނެވެ. ރައްޔިތުންނެވެ. ޢާއްމުންނެވެ. ޢާއްމުންނެވެ. ވެރިކަންވަނީ އެމީހުންނާއެކުގައެވެ. އެމީހުންގެ ބާރުގަދަ މީހުންގެ ކިބައިން ބަލިކަށި މީހުންގެ ޙައްޤުތައް ހޯދައިދޭށެވެ. އެމީހުންގެ އެއްބަޔަކު އަނެއްބަޔަކާމެދު އިންޞާފުން ކަންތައްކުރާށެވެ. އަބޫޢަބްދުﷲ އަޙްމަދު ބިން ދާއުދު ކަލެއާއި ވަކިނުވާށެވެ. ކަންތައްތަކުގައި އޭނާއާއި މަޝްވަރާކުރާށެވެ. އޭނާއަކީ އެކަމުގެ އަހުލުވެރިއެކެވެ. "

            ޚަލީފާ މުއުތަސިމުގެ ޒަމާނުގައި ޢަލަވީންގެ މާބޮޑުޙަރަކާތެއްނެތެވެ. އެހެންނަމަވެސް މުޙައްމަދު ބިން ޤާސިމު ބިން ޢަލީ ބިން އުމަރު ބިން އަލީ އިބުނު ޙުސައިން ބިން ޢަލީ އިންޤިލާބެއް ނެވިއެވެ. އެމަނިކުފާނު އިންޤިލާބު ގެންނެވީ ކޫފާގައި ހުންނަވާފައެވެ. އެއަށްފަހު ކޫފާއިން ނިކުމެވަޑައިގެން ޚުރާސާނަށް ވަޑައިގެން އެމަނުކުފާނުގެ ޙަރަކާތްތައް ކުރިއަށްގެންދެވިއެވެ. ނަމަވެސް ޢަބްދުﷲ ބިން ޠާހިރު އިންޤިލާބު ހަމަޖެއްސުވެމަށްފަހު، މުޙައްމަދު ހައްޔަރުކުރައްވައިގެން މުއުތަސިމުގެ އަރިއަހަށް ގެންނެވުމުން އޭނާ ޖަލަށްލެއްވިއެވެ.


     


     


     

    މުއުތަސިމްއާއި ތުރުކީން:

            ތާރީޚްގައި ހިގައިގެންގޮސްފައިވާ ޙާދިޘާތަކުގެ ސަބަބުން ޢަރަބިންނާއި ފާރިސީންގެ އިތުބާރުވަނީމުއުތަސިމުގެކުރިފުޅުމަތީ އެމީހުންގެ ގެއްލިފައެވެ. ފާރިސީންނަށް ބަލާއިރު އެމީހުން ބޭނުންވަނީ ވެރިކަން އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށެވެ. އެކަންތައްވަނީ އެތައްފަހަރެއްގެ މަތިން ފަހުމުވެފައެވެ. އެހެންކަމުން ޢައްބާސީ ޚަލީފާއިންވަނީ އެފަދަ މީސްމީހުންނަށް ތަފާތު އަދަބުތައް ދެއްވާފައެވެ. އެކަންތައް ފެށިގެންއައީ أبى سلمة الخلال އާއި أبى مسلم الخراساني އާއި الفضل بن سهل ގެފަރާތުންނެވެ.

             ޢަރަބިންނަށް ބަލާއިރު އެމީހުންނަށް އެގިބަޔާންވެގެންދިޔައީ ޚަލީފާ އަލްއަމީނފާރިސީންގެކަނޑީގެބާރުގައި ނެތިދިޔުމުން ، އެމީހުންގެ ބާރުވެސް ނެތިދިޔައީކަމެވެ. އެހެންކަމުން ބާޙިޘުން ދެކެވަޑައިގަންނަވާގޮތުގައި نصر بن شبت ގެ އިންޤިލާބަކީ ޢަރަބިންގެ ޙައްޤުތައް ދިފާޢު ކުރެއްވުމުގެ ގޮތުން ގެނައި އިންޤިލާބެެވެ.

             ކުރިން އިޝާރާތްކުރިކަންތައްތަކަށް ބައްލަވައި ޚަލީފާ މުއުތަސިމް، ޤަޞްދުކުރެއްވީ އެމަނިކުފާނު އެބަޔަކަށް އިޢްތިމާާދުކުރައްވާނޭ މުޅިން އާބަޔަކު ގެންނެވުމަށެވެ. އެއީ އެބަޔަކަށް އެމަނިކުފާނު އިތުބާރުކުރައްވާ، އަދި އެބަޔަކު އެމަނިކުފާނަށް އިތުބާރުކުރާބަޔެކެވެ. މީގެ އިތުރުން މުއުތަސިމްއަކީ ވަރަށްގިނަވަގުތު، ހަނގުރާމާއިގައި އުޅުއްވާ، ވަރަށް ވަރުގަދަ ހަނގުރާމަތަކާއި ކުރިމަތިލައްވާ ބޭފުޅެކެވެ. އެއީ الزط ، بابك الخرمى އަދި ރޫމީންނާއި އިދިކޮޅަށެވެ. އެހެންކަމުން އެމަނިކުފާނު ދެކެވަޑައިގެންނެވި ގޮތުގައި އެމަނިކުފާނުގެ ލަޝްކަރު ވަރުގަދަ ކުރެއްވުމުގެ ގޮތުން، ހިތްވަރުގަދަކަމަށް މަޝްހޫރު މީހުން އެހަނގުރާމަތަކުގައި ބައިވެރިކުރުމަކީ ކޮންމެހެންވެސް މުހިިއްމުކަމެކެވެ.

             ކުރިން އިޝާރާތްކުރި ޤަޞްދު ޙާޞިލުކުރުމުގެ ގޮތުންޚަލީފާ މުއުތަސިމް، ތުރުކީން އެމަނިކުފާނުގެ ގަނޑުވަތުގައްޔާއި ލަޝްކަރުގައި ބޭނުންކުރައްވަން ފެއްޓެވިއެވެ. މުއުތަސިމް ތުރުކީންގެންވާފައިވަނީ ، بلاد ما وراء النهرންނެވެ. އެއީ އަޅުންގެ ގޮތުގައި ބައްލަވައިގެން ނުވަތަ އެރަށްރަށުގެ ވާލީން ޖިޒީގެގޮތުގައި ފޮނުވާ މީހުންގެ ތެރެއިންނެވެ. ޚަލީފާ މުއުތަސިމު އެމަނިކުފާނުގެ ރައްކާތެރިކަން ބެލެހެއްޓުމުގެ މަސައްކަތާއި، ލަޝްކަރުގައި ހަނގުރާމަކުރާ މުޖާހިދުންގެ ގޮތުގައްޔާއި، މިނޫންވެސް ތަފާތު ބޭނުންތަކުގައި، ނުވަތަ ކަންކަމުގައި އެމީހުންގެ ބޭނުން ހިއްޕަވަންފެއްޓެވިއެވެ. ހަމައެފަދައިން އެމީހުންގެ ހިތްވަރާއި ކާމިޔާބީތަކުގެ ސަބަބުން، ޚަލީފާގެ ރުހުމާއި ލޯބި އެމީހުން ހޯދައިގަތެވެ. އަދި އިސްލާމީ ލަޝްކަރުގައި ތިބި ޢަރަބިއެތައް ފަހުލަވާނުންގެ ނަންތައް ފަޑުކޮށްލިއެވެ.

            ޚަލީފާ މުއުތަސިމުގެ ދުވަސްވަރު ތުރުކީންގެ ނުބައިކަން ފެށިގެންދިޔައެވެ. އެގޮތުން މީސްތަކުންނަށް އަނިޔާކުރުމާއި، ބަޣްދާދުގައިވެސް މީސްތަކުންގެ މުދަލަށާއި ޙުރްމަތަށް އަރައިގަންނަމުން ދިޔައެވެ. އެކަމުގެ ސަބަބުން މީސްތަކުނަގެ ޝަކުވާތައް އިތުރުވުމުން ޚަލީފާ މުއުތަސިމް، މަދީނަތު ސާމައްރާ ބިނާކުރެއްވުމަށްފަހު، އެމަނިކުފާނާއި ލަޝްކަރާއި، ދައުލަތުގެ ލިޔެކިޔުމާއިބެހޭ ހުރިހާކަމެއް އެރަށަށް ބަދަލުކުރެއްވިއެވެ.

            ޚަލީފާ މުއުތަސިމުގެ ޝަޙްސިއްޔަތުގެ ސަބަބުން ތުރުކީންނަށް، މާބޮޑު ހަމަނުޖެހުމެއް އުފެއްދުމަށް ފުރުޞަތެއް އެދައުރުގައި ލިބިގެނެއްނުދިޔައެވެ. ހަމައެފަދައިން، އެމަނިކުފާނުގެ ދަރިކަލުން ވާސިޤު ބިން މުއުތަސިމްގެ ދުވަސްވަރުގައިވެސް، އެމީހުންނަށް އެފަދަ ފުރުޞަތެއް ލިބިގެނެއްނުދިޔައެވެ. ނަމަވެސް އަލްވާސިޤު އަވަހާރަވުމުން، ވެރިކަމުގެމައްޗަށް އެމީހުންގެ ބާރުފޯރުވަންފެއްޓިއެވެ. އަދި މިކަމުން ވަރަށްބޮޑު ނަޞީބެއް އަލްމުތަވައްކިލުގެ ޒަމާނުގައި ލިބި، އެމީހުންގެ ބާރު ވެރިކަމުގެ މައްޗަށް ފުރިހަމަވެގެންދިޔައީ މުންތަޞިރުގެ ޚަލީފާކަމުގައެވެ.

            ތުރުކީ ޤާއިދުންގެ ތެރެއިން ޚަލީފާ މުއުތަސިމުގެ ޒަމާނުގައި އެނަމެ ފާހަގަވެގެންދިޔައީ، الأفشين ( حيدر بن كاوس) އެވެ. މުއުތަސިމުގެ ޒަމާނުގައި، الزط ، بابك الخرمى އާއި ރޫމީންނާއި ދެކޮޅަށް، ކުރިހަނގުރާމަ ކާމިޔާބުލިބުމުގައީ، الأفيشين ދައުރު ފާހަގަވެގެންދެއެވެ. އެހެންނަމަވެސް ، الأفشين ، ޚަލީފާއާއި އިދިކޮޅުހަދައި އޭނާގެ ރަށްކަމުގައިވާ أشروسنة ( الترستان الروسية ) މިނިވަންކުރުމަށް މަސައްކަތްކުރަމުންދާ ކަމުގެ ތުހުމަތުގައި، އޭނާ ޖަލަށްލެއްވިއެވެ. އޭނާމަރުވީ ޖަލުގައި އޮވެއެވެ. ހަމައެފަދައިން ތުރުކީ ޒަޢީމުންގެ ތެރޭގައި، އީތާޚް، އަޝިނާސް އަދި بغا الكبير ހިމެނެއެވެ.


     

            ޚަލީފާމުއުތަސިމް ތުރުކީންނަށް ދައުލަތުގެ އެހާމަތީ މަޤާމުތަކެއްދެއްވުމުގެ ނަތީޖާއަކަށްވީ، ޢަރަބީން ޚަލީފާއާއި، الأفشين އާއި ދެކޮޅަށް ބަޣާވާތުގެ ޙަރަކާތްތަކެއް ފެއްޓުމެވެ. މިހަމަނުޖެހުން ނިމިގެންދިޔައީ ޚަލީފާމުއުތަސިމް، ޤަތުލުކުރުމަށް ރޭވުމާއި އައްބާސް ބިން މައުމޫން ޚަލީފާއަކަށް ޢައްޔަންކުރުމަށެވެ.


     

    އައްބާސް ބިން އަލްމައުމޫންގެ އިންޤިލާބު:

            ކުރީގައި ބަޔާންކޮށްފައިވާ ފަދައިން، އައްބާސް ބިން މައުމޫނަކީ، އެމަނިކުފާނުގެ ބައްޕަގެ ޙަޔާތްޕުޅުގައި ވަރަށް ފާހަގަކޮށްލެވޭ ޤާއިދެކެވެ. އެހެންނަމަވެސް އެމަނިކުފާނު އޭނާގެ ޙައްޤެއްކަމުގައި ދެކެވަޑައިގަންނެވި ވެރިކަން، އެމަނިކުފާނުގެ ބޮޑުބޭބޭއަށް ދޫކޮށްލެއްވުމަށްފަހު އޭނާއަށް ޚަލީފާކަމަށް ބައިޢަތުހިއްޕެވިއެވެ. އަލްމައުމޫން އަވަހާރަވުމުން ބައެއް ޤާއިދުން އަލްމުއުތަސިމްއަށް ބައިޢަތު ހިފުމާއިމެދު ވަކިގޮތެއް ނުނިންމަވާ ތިއްބެވިއެވެ. އަދި އެބޭފުޅުން ޢައްބާސްއަށް ޚަލީފާކަމަށް ބައިޢަތުހިފުމަށް ވިސްނެވިއެވެ. އެހެންނަމަނަވެސް އެވިސްނުމަކީ ވަރަށް ކުރުވިސްނުމަކަށް ވެގެންދިޔައެވެ. އެއީ ކުރިން އިޝާރާތް ކުރިހެން ޢައްބާސް އެމަނިކުފާނުގެ ބައްޕަގެ ގޮވައިލެއްވުމަށް އިޖާބަދެއްވައި ބޮޑުބޭބެ އަލްމުޢުތަޞިމަށް ބައިޢަތު ހިއްޕެވުމަށް އަވަސްވެވަޑައި ގެންނެވިކަމެވެ

            ޚަލީފާ އަލްމުޢުތަޞިމު ރަބިންނަށްވުރެ ފާރިސީން އަރިސްކޮށް އެމީހުންނަށް ދައުލަތުގެ މަތީމަޤާމުތައް ދެއްވުމުން އަދި ޚާއްޞަ ގޮތެއްގައި الأفشين އަށް ދެއްވިބާރުތަކުގެ ސަބަބުން ވަރަށް ގިނަ ޢަަރަބި އަބުޠާލުންގެ ތަރި އޮއްސިގެންދިޔައެވެ. އެހެންކަމުން އެބައިމީހުންގެ ހިތުައި ދެވަނަފަރަށް ޢައްބާސަށް ވެރިކަމަށް ބައިޢަތުހިފުމުގެ ޚިޔާލުއުފެދިގެންދިޔައެވެ. އެހެންކަމުން އަލްމުޢުތަޞިމުގެ ހަނގުރާމަތަކުގައި މަތީމަޤާމެއްހޯދައިފައިވާ ޢަޖީފު ބިން ޢަންބަސާ ގެ ވެރިކަމުގައި ދެކޮޅުވެރިކަމުގެ ޙަރަކާތްތައް އުފެދިގެން ދިޔައެވެ. އެމީހުންގެ އެޙަރަކާތުގެ މަޤުޞަދަކީ އަލްމުއުތަޞިމާއި އަފުޝީން އާއި އަޝްނާސް ޤަތުލުކުރުމަށް ފަހު އައްބާސަށް ވެރިކަން ހޯދައިދީ ގެއްލިފައިވާ ޢަރަބީންގެ މަތިވެރިކަން އަނބުރާ ހޯދުމެވެ. އެހެންނަމަވެސް މިކަން ތަންފީޒުކުރުމުގެ ކުރިން ފަޅާއެރިއެވެ. ބުނެވޭ ގޮތުގައި އެމީހުން ރާބޮއިގެން މަސްތުވެތިބެ އެވާހަކަދެއްކުމުގެ ސަބަބުން ، ޚަލީފާ އަލްމުޢުތަޞިމަށް އެކަންއެގިވަޑައިގަތީއެވެ. އެހެންކަމުން އެމަނިކުފާނު އެއެންމެން ހައްޔަރުކުރައްވައި ޢައްބާސް ޖަލަށް ލެއްވުމަށްފަހު އޭނާއަށް ފެންލިބޭނެ މަގުބަންދު ކުރެއްވިއެވެ. އަދި މިޙަރަކާތުގައި ޢަޖީފު ބިން ޢަންބްސާވެސް ނެތިދިޔައީއެވެ.


     


     

    އަލްމުޢުތަޞިމުގެ ވަޒީރުން:

            ޚަލިފާ އަލްމުޢުތަޞިމުގެ ފުރަތަމަ ވަޒީރަކީ އެމަނިކުފާނުޚަލީފާކަމަށް އިސްވެވަޑައިގަތުމުގެ ކުރިން ކާތިބު ކަމުގެ މަޤާމުގައި ހުރި الفضل بن مروان އެވެ. މީނާއަކީ އެއްވެސްކަހަލަޢިލްމުވެރިކަމެއްނެތް އަޚުލާޤު ގޯސްމީހެކެވެ. އެންމެފަހުން ޚަލީފާ މުޢުތަޞިމު އޭނާ މަޤާމުން ދުރުކުރެއްވުމަށްފަހު އޭނާގެ މުދާތައް އަތުލެއްވިއެވެ. އެއަށްފަހު އެމަނިކުފާނުގެ ވަޒީރުކަމުގެ މަޤާމާއި ޙަވާލިކުރެއްވީ أحمد بن عمار އާއި އެވެ. މީނާއަކީ މުއްސަދި ދީލަތި ، އެހެންނަމަވެސްވަޒީރުކަމުގެ އަދަބުތަކަށް ޖާހިލު އަދަބާއި ބަސް ނުދަންނަމީހެކެވެ. އޭނާއަށްފަހު ވަޒީރުކަމާއި ޙަވާލުކުރެއްވީ محمد بن عبد الملك الزيات އާއި އެވެ. ޚަލީފާ މުޢުތަޞިމު މިދުނިޔެ ދޫކުރެއްވުމާއި ހަމައަށް އޭނާ ވަޒީިރުކަމުގެ މަޤާމުގައި ހުއްޓެވެ.


     


     

    އަވަހާރަވުން:

            ޚަލީފާ އަލްމުޢުތްޞިމު އަވަހާރަވީ ހިޖުރައިން 227 ވަނައަހަރު އެވެ. އޭރު އެމަނިކުފާނުގެ ދަރިކަލުން الواثق އަށްވަނީ ޚަލީފާކަމަށް ބައިޢަތުހިއްޕަވާފައެވެ.


     

    ޢައްބާސީ ދައުލަތުގައި ކޮށްފައިވާ މުޙިއްމުކަންތައް:

                ބަޣްދާދު ބިނާކުރެވުނުފަހުން ޤަރުނެއްގެ ފަހުން ވެރިކަންކުރާނޭ އާރަށެއް ބިނާކުރެއްވުމަށް ޢައްބާސީދައުލަތުގެ ޚަލީފާކަމަށް ޚަލީފާމުއުތަސިމު ވަޑައިގަތުމަށްފަހު ޤަޞްދުކުރެއްވިއެވެ. އެމަނިކުފާނު ކޮންމެހެން އެރަށް ބިނާކުރައްވަން ޤަޞްދުކުރެއްވީ އެފަދަ ރަށަކަށް ބޭނުންޖެހިގެނެއްނޫނެވެ. ނަމަވެސް ރައްޔިތުންގެތެރެއަށް އަލަށް އިތުރުވެގެންދިޔަ ޢަޞަބިޔާއެއްގެ ސަބަބުންނެވެ. އެޢަޞަބިޔާއަކީ ޚަލީފާމުއުތަސިމް އެމަނިކުފާނުގެ ލަޝްކަރުގެތެރެއަށް އިތުރުކުރެއްވީ ތުރުކީންނެވެ. އެމީހުންގެ ގިނަކަމުގެ ސަބަބުންނާއި، ހަރުކަށިކަމުގެ ސަބަބުން ބަޣްދާދުގެ ރައްޔިތުންނަށް އުދަނގޫތަކެއް ފޯރައިގެން ދިޔައެވެ. ހަމައެފަދައިން ތުރުކީންނާއި ފާރިސީންނާއި ޢަރަބި ސިފައިންގެމެދުގައި ޚިޔާލު ތަފާތުވުންތައްއުފެދި، ދެކޮޅުވެރިކަންއުފެދި، ނުރައްކަލުގެ އިންޒާރު އިތުރުވެގެންދިޔައެވެ. އެހެންކަމުން ޚަލީފާމުއުތަސިމް އެމަނިކުފާނުގެ ތުރުކީސިފައިންނާއި އެމަނިކުފާނަށް އާތަނެއް ހޯއްދަވަން ޤަޞްދުކުރެއްވިއެވެ. ސާމަރާއަށް ބަދަލުވެވަޑައިގަތުމުގެ ކުރިން ނުވަތަ އެތަން އިޚްތިޔާރުކުރެއްވުމުގެ ކުރިން ޚަލީފާމުއުތަސިމް ވަރަށް ގިނަތަންތަން ބެއްލެވިއެވެ. ސާމަރާއަކީ ބަޣްދާދާއި 130 ކިލޯމީޓަރުގެ ދުރުގައި ދިޖުލަތު ކޯރުގެކައިރީގައިވާ ބިމެކެވެ. ޚަލީފާމުއުތަސިމް މިއިޚްތިޔާރުކުރެއްވި ބިމަކީ ވަރަށްމޮޅު ދަނޑުވެރިކަމާއި އިސްތިރާތީޖީގޮތުންވެސް ރަނގަޅު ސަރަހައްދެކެވެ.

            ޚަލީފާމުއުތަސިމް އެމަނިކުފާނުގެ މިއާ ވެރިރަށް ބިނާކުރައްވަން ފައްޓާވާފައިވަނީ ހިޖުރައިން 221 ވަނައަހަރު މީލާދީ 836 ވަނައަހަރުއެވެ. އެހެންކަމުން މިކަމަށްޓަކައި ތަފާތު ތަންތަނުން ބިނާކުރާ މީހުންނާއި، ދަނޑުތަޅާމީހުންނާއި، ވަޑިންނާއި ތަފާތު ހުނަރުތަކުގެ އަހުލުވެރިން އެމަނިކުފާނު ޖަމަޢަ ކުރެއްވިއެވެ. އެއަށްފަހު އެމަނިކުފާނުގެ ގަނޑުވަރުގެ އަސާސް އެކަށައެޅުއްވިއެވެ. އަދި ސިފައިންނަށް ބިންތައް ކަނޑައިދެއްވައި ބާޒާރުތަކާއި ބަގީޗާތައް ބިނާކުރެއްވިއެވެ. ނަމަވެސް އެމަނިކުފާނުގެ ރަށުގެ ވަށައިގެން ފާރުބިނާކުރެއްވުމަށް އެހާބޮޑުސަމާލުކަމެއް ނުދެއްވައެވެ. އެއީ އެމަނިކުފާނުގެ ދައުލަތުގެ ބާރުގަދަކަމާއި، ވަރުގަދަކަމުގެ ސަބަބުންނެވެ. އެމަނިކުފާނު އެކަމުގައި އިއުތިމާދުކުރައްވާފައިވަނީ ލަޝްކަރުތަކުގެ ވަރުގަދަކަމާއި، ދައުލަތުގެ ދަވާވީންގެ ކަންތައް ބަލަހައްޓާ މީހުންގެ މައްޗަށެވެ. އެއަށްފަހު ލަޝްކަރުގެ ކޮންމެބަޔަކަށްވެސް އެމީހުން ގަނޑުވަރުބިނާކުރުމަށްޓަކައި ބިންދެއްވިއެވެ. ޚަލީފާ އެންމެބޮޑު އިސްކަމެއް ދެއްވާފައިވަނީ ވެރިރަށް އިޤްތިޞާދީ ގޮތުންނާއި ޢުމްރާނީގޮތުން ކުރިއަށްގެންދެވުމަށެެވެ. ރަށުގެ ހުޅަނގުފަރާތުގައި ދަނޑުވެރިކަމުގެ މަސައްކަތްކުރައްވައި، ގަސްތައް އިންދަވައި ފެންކޯރުތައް ކޮންނަވައި، ތަފާތު މަސައްކަތުގެ އަހުލްވެރިން ސާމައްރާއަށް ގެންނެވިއެވެ. އަދި ބާޒާރުތައް ތަރުތީބުކުރެއްވިއެވެ.

                ސާމައްރާ ފަރުމާކޮށްފައިވާ ގޮތަށާއި، މިހާރުހުރި އާސާރުތަކަށް ބަލާއިރު، ޚަލީފާމުއުތަސިމްވަނީ އިޖުތިމާޢީ އަދި ޢަސްކަރީގޮތުން ސާމައްރާ ވަރަށްފުރިހަމައަށް ބައިކުރައްވާފައެވެ. އެންމެ ފުރަތަމަ އެރަށަކީ ޢަސްކަރީމަރުކަޒެއްގެ އިތުރުން، އިސްލާމީ ޙަޟާރަތުގެ މަރުކަޒެކެވެ. ސާމައްރާ ފަރުމާކުރެވިފައިވަނީ ދިޖުލަތުކޯރުގެ އައްސޭރިން ފެށިގެން އިރުމައްޗަށެވެ. ރަށުގެ މަގުތައް ތައްޔާރުކުރެވިފައިވަނީ ސީދަލަށެވެ. އެއީ ރަށުގެ ދިގަށާއި ހުރަހަށެވެ. އެންމެފުޅާމަގުގެ ފުޅާމިނަކީ ދުއިސައްތަމުށެވެ. އެހެންކަމުން ސާމްރަށް ބިނާކުރެވިފައިވަނީ ޤަދީމީ ޔޫނާނީ ތަޚްޠިޠަސެވެ.

                މުޢުޖަމުލް ބުލްދާނުގައި ، އަލްޔާޤޫތުވަނީ ސާމަރާގެ 17 ގަނޑުވަރެއްގެ ނަންތަންހިމަނާފައެވެ. އެއީ ޚަލީފާމުއުތަސިމްއާއި މުތަވައްކިލު ބިނާކުރައްވާފައިވާ ގަނޑުވަރުތަކެވެ. ސާމަރާގައިވާ އެންމެފާހަގަކޮށްލެވޭ ތަންތަނުގެތެރޭގައި. دارالعامة ، بيت الخلافة ، قصر الجوسق ، قصر لؤلؤ ގެ އިތުރުން ސިޔާސީ ޖަލުފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ސާމައްރާގައި ބޭއްވޭ މުބާރާތްތަކާއި، ޙައިވާންބަގީޗާތައްވެސް ފާހަގަކޮށްލެވެއެވެ.


     

                ކުޑަވެސް ޝައްކެތްނެތް ގޮތުގައި ސާމައްރާގެ ޢިމްރާނީ ޙަޔާތަށް އެންމެ ފާހަގަކޮށްލެވޭ ދުވަސްވަރަކީ ޚަލީފާމުތަވައްކިލުގެ ދުވަސްވަރެވެ. އެމަނިކުފާނު އެރަށުގައި ގަނޑުވަރުތައް ބިނާކުރެއްވުމުގެ ގޮތުން 140 މިލިޔަން ދިރްހަމް ޚަރަދުކުރެއްވިއެވެ. މީގެއިތުރުން ސާމައްރާގެ ތަންތަނުގެ ތެރޭގައި ފެންގަނޑާއި އަލްމަސްޖިދުޖާމިޢު ފާހަގަކޮށްލެވެއެވެ. މިމިސްކިތުގެ ސަރަޙައްދުގެ ބޮޑުމިނުގައި 44ހާސް މީޓަރު ހުއްޓެވެ. މިމިސްކިތުގައި އެންމެ ފާހަގަކޮށްލެވޭ ތަނަކީ ވަށްކޮށްހަދާފައިވާ މުންނާރެވެ.

            އަލްމުތައްވައްކިލުގެ ވެރިކަމުގައި ދުވަސްވަރު ތުރުކީންގެ އުދަގުލުގެ ސަބަބުން ދިމިޝްޤަށް ވަޑައިގެންނެވުމަށްފަހު، ދެވަނަފަހަރަށް ސާމައްރާއަށް ވަޑައިގެން އެއާޖެހިގެން އެހެންރަށެއް ބިނާކުރެއްވިއެވެ. އެރަށް މަޝްހޫރުވެފައިވަނީ މުތަވައްކިލިއްޔާގެ ނަމުންނެވެ. މުތަވައްކިލު އެމަނިކުފާނަށް އާވެރިރަށް ބިނާކުރެއްވުމަށް 200މިލިޔަން ދިރްހަމް ހޭދަކުރެއްވިއެވެ. އެއަށްފަހު ހިޖުރައިން 247 ވަނަ އަހަރު އެމަނިކުފާނު އެރަށަށް ބަދަލުވެވަޑައިގެން ދައުލަތުގެ ދަވާވީންވެސް އެރަށަށް ބަދަލުކުރެއްވިއެވެ. އެހެންނަމަވެސް އޭގެ ނުވަމަސްފަހުން މުތަވައްކިލު ޤަތުލުކުރުމާއިގުޅިގެން، މީސްތަކުން ސާމައްރާއަށް ބަދަލުވުމާއި ގުޅިގެން މުތަވައްކިލިއްޔާ އިހުމާލުކުރެވުނެވެ. އެހެންނަމަވެސް އެރަށް މުޅިން އިހުމާލުކުރެވުނީ ހިޖުރައިން 289 ވަނައަހަރު ޚަލީފާމުއުޠަޟިދު ޚަލީފާކަމުގެ ފަހުގެ ދުވަސްވަރު އެމަނިކުފާނު ބަޣްދާދަށް ބަދަލުވެވަޑައިގަތުމާއިގުޅިގެންނެވެ.


     

    އައްރާފިޤަތު: الرقه:

                الرقه ބިނާކުރެވުނީއަލްއިސްކަންދަރު މަގްޑޯނީ ދުވަސްވަރުއެވެ. އެހެންނަމަވެސް އެރަށުގެ ނަން އިސްލާމީ އަހުދުގައި ފާހަގަވެގެން ގޮސްފައެއްނުވެއެވެ. އެނަން ފާހަގަވެގެންދިޔައީ އެރަށާއި ޖެހިގެން ޚަލީފާ އަބޫޖަޢުފަރުލް މަންޞޫރު އައްރާފިޤަތު ބިނާކުރެއްވުމާއި ގުޅިގެންނެވެ. އައްރާފިޤަތު ބިނާކުރެވިފައިވަނީ ވަށްބުރުގެ ސިފައިގައެވެ.ަބޫޖަޢުފަރުލް މަންޞޫރު އެރަށް ބިނާކުރައްވާފައިވަނީ ޢަސްކަރީ މަރުކަޒެއްގެ ގޮތުގައެވެ. އެރަށް ބިނާކުރެއްވުމުގެ ބޭނުމަކީ ބޭޒަންޓައިން ސިފައިންގެ ކުރިމަތީގައި އޮތް އިސްލާމީ ފައުޖެއްގެ ގޮތުގައެވެ. ޚަލީފާހާރޫނުއްރަޝީދުވެސް އައްރާފިޤަތު ބޭނުންކުރެއްވީ މިޤަޞްދުގައެވެ. ޚަލީފާހާރުނުއްރަޝީދު ކުރެއްވި ހަނގުރާމަތަކުގެ ގިނަކަމުން، އެރަށުގައި ވަރަށްގިނަ ގަނޑުވަރުތައް ބިނާކުރެއްވިއެވެ. ޚަލީފާއިންނާއި ލަޝްކަރުތަކުގެ ޤާއިދުންނާއި ސިފައިން ވަރަށްގިނައިން، އެރަށަށް ޒިޔާރަތްކުރައްވައެވެ. އެބޭބޭފުޅުން ގަނޑުވަރުތަކާއި ތަންތަންބިނާކުރެއްވުމުގެ ސަބަބުން އައްރާފިޤަތު، الرقه ހަމައަށް ފުޅާވެގެންދިޔައެވެ. އެރަށްތަޅާ ސުންނާފަތިކޮށްލީ 13 ވަނަޤަރުނުގައިމަޣޫލުންނެވެ.

    އަލްޢަސްކަރު:

            މިރަށް ބިނާކުރެއްވި ޚަލީފާ އަބޫއައްބާސް އައްސައްފާޙު ގެ ބޮޑުބޭބެ ޞާލީޚް ބިން ޢަލީ ހިޖުރައިން 132 ވަނައަހަރު އެމަނިކުފާނުގެ ސިފައިންނެވެ. އެހެންކަމުން އެރަށް މަޝްހޫރުވަފައިވަނި އަލްޢަސްކަރުގެނަމުންނެވެ.


     

    ޢައްބާސީދައުލަތާއި ބީޒަންޓައިންދައުލަތާއި އޮތްގުޅުން

                މުސްލިމުންނާއި ބީޒަންޓައިންދައުލަތާއި ދެމެދުގައިވާ ސަރަޙައްދީރޮގަކީ، ހަނގުރާމާއިގެ ޙަރަކާތްތައް ކޮންމެވެސްވަރަކަށް ހިނގަމުންދާ ސަރަޙައްދެވެ. އެހެންނަމަވެސް ޢައްބާސީދައުލަތުގެ ދުވަސްވަރު މިޙަރަކާތްތައް އޮތީ އުމަވީދައުލަތުގެދުވަސްވަރު މިކަންއޮތް ގޮތަކަށްނޫނެވެ. އުމަވީންގެ ދައުލަތުގެ ޚަލީފާއިންގެ މަޤްޞަދަކީ އެބޭފުޅުންގެ ދައުލަތް ފުޅާކުރުމާއި ޢަދުއްވުންގެ ސަރަޙައްދުގެތެރެއަށް ވަނުމެވެ. ހަމައެފަދައިން ބޭޒަންޓައިންދައުލަތުގެ ވެރިރަށްކަމުގައިވާ ޤުސްޠަންޠީނިއްޔާ އެބޭފުޅުންގެ ބާރުގެދަށަށް ގެނައުމެވެ. އެބޭފުޅުންނަށް އެމަޤްޞަދު ޙާޞިލުވާންއޮތީ، ކުރިން ފާރިސްކަރަ ފަޠަޙަކުރިފަދައިން ބަޣްދާދާއި ރޫމްކަރަް ފަޠަޙަކޮށްގެންނެވެ.

                ނަމަވެސް ޢައްބާސީން މިކަމުގައިވަނީ، އެބޭފުޅުންގެ ސިޔާސަތުގެ ބަދަލުކޮށްފައެވެ. ޢައްބާސީންގެ އެބޭފުޅުންގެ ހަނގުރާމާއިގެ ސިޔާސަތަކަށް ހައްދާވާފައިވަނީ، އެބޭފުޅުންގެ ބާރުގަދަކަން ދެއްކެވުމުގެ ގޮތުން ޢަދުއްވުންނަށް ކުއްލިހަމަލާތައް ދިނުމެވެ. އަދި ޢަދުއްވުން ބިރުގެންނެވުމެވެ. މިކަމާއިބެހޭގޮތުން ޑޮކްޓަރ ޙަސަން އިބްރާހީމް ވިދާޅުވަނީ އެކަމުގައި މައިގަނޑު ދެސަބަބެއްވެއެވެ.

                1- ބިލާދުއްޝާމްގެ އަހުލުވެރިންނާއި ޢައްބާސީންނާއި އޮތްދުރުހެލިކަމެވެ. އޭރުވެސް ޝާމުކަރައިގެ މީހުންތިބީ އުމަވީންނަށް ކިޔަމަންތެރިކަން އަދާކޮށްގެންނެވެ. ޤުސްޠަންޠީނިއްޔާ އާއި ދެކޮޅަށް ހިންގޭ ކޮންމެ ޙަރަކާތެއްގެ، ޤާއިދާއެއްކަމުގައި ބަލަންޖެހެނީ ޝާމުކަރައެވެ. އެހެންކަމުން ޤާއިދާއެއްކަމުގައި ބަލާތަނަކީ އަމާންތަނަކަށް، ނުވާނަމަ ނުވަތަ ލަޝްކަރަށް އަމާންތަނަކަށް ނުވާނަމަ، ކާމިޔާބުލިބުމަކީ ވަރަށް ދުރުގައިވާކަމެކެވެ.


     

                2- البحر الأبيض المتوسط ގައި އުމަވި ޢުސްޠޫލުތަކާއި ވާދަކުރެވޭ ފަދަ ޢުސްޠޫލުތަކެއް ތައްޔާރުކުރުމަށް ޢައްބާސީން އަހުމިއްޔަތުކަމެއް ނުދިނުންވެސް މިކަމުގައި ހިމެނެއެވެ. ޤުސްޠަންޠީނިއްޔާ ފަޠަޙަކުރުމަށްޓަކައި މިފަދަ ޢުސްޠޫލެއް އޮތުމަކީ ވަރަށް މުހިއްމުކަމެކެވެ.

    ތިންވަނަ ސަބަބަކަށް ބަލާއިރު މިކަމަކީ ކުރީގެ ދެކަމަށްވުރެވެސް ނުރައްކާތެރިކަން ކުޑަކަމެއްނޫނެވެ. އެއީ އިސްލާމީ الإمبراطورية އޮތީ ވަރަސްބޮޑަށް ފުޅާވެގެންގޮސްފައެވެ. އެހެންކަމުން މިފަދަ ބޮޑުސަރަޙައްދެއް ބެލެހެއްޓުމަށް ވަރަށްބޮޑު މަސައްކަތްތަކެއް ކުރަންޖެހެއެވެ. އެއީ ދައުލަތުގެ ސަރަޙައްދު ހިމާޔަތްކުރުމުގެ ގޮތުންނެވެ. ޢައްބާސީންނަށްވަނީ އަންދަލުސް ގެއްލިފައެވެ. އުތުރު އެފްރިކާގެ ސަރަޙައްދުތަކުގައި އިރުއިރުކޮޅާ ދެކޮޅުވެރިކަމުގެ ޙަރަކާތްތައް ފެށެއެވެ. އެހެންކަމުން ޢައްބާސީން ދުށްގޮތުގައި އެމީހުންނަށް އެންމެ ފައިދާހުރިގޮތަކީ، އެމީހުންގެ އަތްދަށުގައިވާ ސަރަޙައްދުތައް އެމީހުންގެ އަތުންބީވެގެން ދިޔަނުދިނުމެވެ. އަދި އެމީހުންގެ الإمبراطورية ރައްކާތެރިކުރުމެވެ. އަދި ފުޅާކުރުމުގެ ޙަރަކާތުގައި އެމީހުންގެ އެތެރޭގެ ބާރުތައް ބަލިކަށިވެގެންނުދިއުމެވެ.     އެހެންކަމުން ކުރިން އިޝާރާތްކުރިހެން، ޢައްބާސީން، އެމީހުންގެ ދައުލަތަކީ ބާރުގަދަ ދައުލަތެއްކަން، ޢަދުއްވުންނަށް އެންގުމުގެ ގޮތުން ޢަދުއްވުންގެ ރަށްތަކަށް ދޭތެރެ ދޭތެރެއިން ޙަމަލާތައް، ވަކި އިންތިޒާމެއްގެ ދަށުން ދެމުންގެންދިޔައެވެ. އެޙަމަލާތަކަށް އެމީހުންނަށް ދީފައިވަނީ الصوائف އަދި الشواتى އެވެ. އެހެންކަމުން ޢައްބާސީންގެ އެމީހުންގެ ހަނގުރާމައިގެ ޙަރަކާތްތަކަށް އިސްކަންދީފައިވަނީ ސައިފުގައެވެ. ވަރަށްމަދުންނޫނީ އެމީހުން ފިނިމޫސުމުގައި ޙަމަލާތައް ނުދެއެވެ. ހޫނުމޫސުމުގެ ޙަމަލާތަކަކީ އިންތިޒާމުކޮށްދެމުން ގެންދިޔަ ޙަމަލާތަކެކެވެ.

            ޢައްބާސީން އެމީހުންގެ ދައުލަތް ފެށުމާއިއެކު ހޫނުމޫސުމުގެ ޙަމަލާ ފެއްޓިއެވެ. އެއީ ހިޖުރައިން 133 ވަނައަހަރުއެވެ. ޢައްބާސީންގެ ފުރަތަމަ ޙަމަލާގެ ޤާއިދަކީ ސަޢީދު ބިން ޢަބްދުﷲ އެވެ.

                ޚަލީފާ އަބޫ ޖަޢުފަރު ބިން އަލްމަންޞޫރުގެ ޚަލީފާކަމުގައި ހިގާފައިވާ އެންމެ     މުހިއްމު ޞަވާއިފަކީ ރޫމުގެ ރަސްގެފާނު مطية އަށް ޙަމަލާދެއްވައި އެރަށުގެ ފާރުތައް ހަލާކުކޮށްލެއްވުމަށްފަހު ގަދަކަމުން އެރަށަށް ވެންނެވުމުން ޖެހިގެން އައި އަހަރު އަލްމަންޞޫރު އެރަށަށް ޙަމަލާދެއްވިއެވެ. އެޙަމަލާގެ ވެރިއަކީ އެމަނިކުފާނުގެ އަޚް ޢައްބާސް ބިން މުޙައްމަދު އާއި ބޮޑުބޭބެ ޞާލޙް ބިން މޫސާއެވެ. އެޙަމަލާގައި އެބޭފުޅުންގެ އަރިހުގައި އުއްމުޢީސާއާއި ލުބާބާވެސް ބައިވެރިވެވަޑައިގަތެވެ. އެބޭފުޅުންވަނީ ބަނީ އުމައްޔާ ދައުލަތް ވެއްޓިއްޖެނަމަ މާތްﷲގެ މަގުގައި ހަނގުރާމަ ކުރުމަށް ނަދުރު ވިދާޅުވެފައެވެ.


     

                ޞާލޙް ބިން މޫސާ އެރަށަށް ވެދެވަޑައިގަތުމަށްފަހު، ރޫމީން ހަލާކުކޮށްލި ތަންތަން އިޞްލާޙްކުރެއްވުމަށްފަހު ރޫމީންގެ ސަރަޙައްދުތެރެއަށް ވެދެވަޑައިގެން އެމީހުންގެ ކިބައިން ބަދަލުހިއްޕެވިއެވެ. ޞާއިފަތުގެ ހަނގުރާމަތަކަށް ލަޝްކަރުތައް ދާއިރު ޢާއްމުގޮތެއްގައި ލަޝްކަރުގެ ޤާއިދަކީ ޚަލީފާ ނުވަތަ އެމަނިކުފާނުގެ ވަލީއަހުދެވެ. މިގޮތުން ރޫމީންނަށް އެންމެ ބޮޑު މުޞީބާތެއް ކުރިމަތީވީ ޚަލީފާ ހާރޫނުއްރަޝީދުގެ ޒަމާނުގައި ހިނގި ހަނގުރާމަތަކުގަ އެވެ. މިހަނގުރާމައިގައި އެމީހުން ވަރަށްބޮޑަށް ޒަލީލުވެގެންދިޔައެވެ.


     

    އަލްއަވާޞިމް ވައްޘުޣޫރު

                އަލްއަވާޞިމް މިލަފުޡުން ދޭހަވާ މާނައަކީ އެތެރޭގެ ރައްކާތެރިކަމުގެ ގޮތުން ބިނާކުރެވިފައިވާ، ކިއްލާތަކެވެ. މިތަންތަނުގެ ސަބަބުން ސަރަޙައްދުތައް ރައްކާތެރިކޮށްދީ ބީޒަންޓައިންދައުލަތުގެ ޙަމަލާތަކުން ސަލާމަތްވުމަށް އެހީތެރިވެދެއެވެ. ހަމައެފަދައިން މުސްލިމުން އެމީހުންގެ ޢަދުއްވުންނާއި ކުރާ ހަނގުރާމަތަކުގައި މިރަށުގެ ޙިމާޔަތް ހޯދާކަމެވެ. ހަމައެފަދައިން އެތަންތަނަކީ އުތުރުފަރާތުގައި ބޭޒަންޓައިން ސަރަޙައްދާއި ގުޅިފައިވާ ކިއްލާތަކާއި ވަކިވަކިކޮށްދޭ މަގެވެ. ކުރިން މިއިޝާރާތް ކުރި ކިއްލާތަކަށް ކިޔަނީ އަައްޘުޣޫރުއެވެ.

                އަލްޢަވާސިމްއާއި އައްޘުޣޫރު އުފެއްދުމަށްފަހު ހާރޫނުއްރަޝީދު އެމަނިކުފާނުގެ ބާރު ޢަދުއްވުންނަށް ހާމަކޮށްދެއްވުމުން ފުއްދަވާލީއެއްނޫނެވެ. އެމަނިކުފާނު ބޭޒަންޓައިންދައުލްތުން މުސްލިމުދައުލަތާއި ދެމެދު ޤާއިމުކޮށްފައިވާ ދިފާޢީ ނިޒާމާއެއްގޮތަށް އެމަނިކުފާނުގެ ދައުލްތުގެ ސަރަޙައްދުތަކުގެ ދިފާޢީނިޒާމުޤާއިމުކުރެއްވިއެވެ. އަދި އެކަންތައް ބެލެހެއްޓުމަށް ހަނގުރާމައިގައި ތަޖުރިބާކާރުން ބޭނުންކުރެއްވިއެވެ. އަދި އެމީހުންގެ ލަޤަބަކީ حكام الثور ކަމުގައި ހަމަޖެއްސެވިއެވެ.

                އައްޞަވާޢިފު އަދި އައްޝަވާތީގެ ނިޒާމަކީ މުސްލިމުންނާއި ބޭޒަންޓައިން ދައުލަތާއި ދެމެދު އެދުވަސްވަރުއޮތް ހަނގުރާމައިގެ ގުޅުމެވެ. ބައެއްފަހަރަށް ޙުނުމުސުމާއި ފިނިމޫސުމުގެ މިޙަމަލާތައް ވަރަށް ވަރުގަދަ ޙަމަލާތަކަށްވެސް ބަދަލުވެގެންދެއެވެ. މިގޮތުން މިދެމޫސުމުގެ ހަނގުރާމަތަކުގައި އެންމެ ފާހަގަކޮށްލެވެނީ ހާރޫނުއްރަޝީދުއާއި އެމަނިކުފާނުގެ ދަރިކަލުން އަލްމުއުތަސިމްގެ ނަންފުޅެވެ. ތާރީޚްގައްޔާއި ޢަރަބިޅެންތަކުގައިވަނީ އެހަނގުރާމަތައް ބަޔާންކޮށްފައެވެ. މިހަނގުރާމަތަކުގެ ތެރޭގައި:


     

    ޤުސްޠަންޠީނިއްޔާ ކަނޑުއޮޅި:

                މިޞާއިފަތަކީ ޚަލީފާމަހްދީ ބީޒަންޓައިން ދައުލަތާއި ދެކޮޅަށް ހިޖުރައިން 165 ވަނައަހަރު ދެއްވި ޙަމަލާއެކެވެ. އެއީ އިސްލާމީ ސަރަޙައްދުތަކަށް ބޭޒަންޓައިނުން ހިންގަމުންގެނަދިޔަ ދެކޮޅުވެރިކަމުގެ ޙަރަކާތްތަކަށް ރައްދުދެއްވުމުގެ ގޮތުންނެވެ. މިޞާއިފާއަށް އަލްމަހްދީ އެމަނިކުފާނުގެ ދަރިކަލުން ފޮނުއްވީ ސަތޭކަހާސްމީހުންގެ މައްޗަށް ވެރިކުރެއްވުމަށްފަހުއެވެ. އެލަޝްކަރުގައި މަޝްހޫރު ޤާއިދު ޔަޒީދުބިންމަޒީދު އައްޝައިބާނީ ހިމެނެއެވެ. އެހަނގުރާމައިން އައްރަޝީދުއަށް ނަޞްރު ލިބިވަޑައިގެން ޚަލީޖުޤުސްޠަންޠީނިއްޔާއާއި ހަމައަށްވަޑައިގަތެވެ. މިކަމުގެ ސަބަބުން ޤުސްޠަންޠީނިއްޔާ އެމްޕަރާ ލިޔޯން4ގެ ހުވަފަތް އަނބިކަނބަލުނ އިރީނީ (Irene) ހިތަށް ބިރުވެރިކަންވަދެ، ހާރޫނުއްރަޝީދު އަރިހުން ޞުލުޙައަށް އެދިވަޑައިގަތެވެ. ހާރޫނުއްރަޝީދު އެކަމަނާއާއި ޞުލްޙަވެވަޑައިގަތީ ކޮންމެ އަހަރަކު ހަތްދިހަހާސް ދީނާރު ދެއްކެވުމުގެ މައްޗަށެވެ. މިހަނގުރާމައިގައި އެމީހުންގެ ތެރެއިން ފަންސާސް ހަތަރުހާސް މީހުން ޤަތުލުވިއެވެ. ކުރިން ޢިޝާރާތްކުރި ޞުލްޙައިގެ މުއްދަތަކީ ތިންއަހަރެވެ.

                ޚަލީފާމަހްދީ މިހޯއްދެވި މަތިވެރި ކާމިޔާބީގެ ސަބަބުން ވަރަށްގިނަ ރަސްރަސްކަލުން އެމަނިކުފާނާއިމެދު ޖެހިލުންވެގެނަދިޔައެވެ. އަދި އެފަދަ ރަސްރަސްކަލުން އެމަނިކުފާނަށް ކިޔަމަންވުމަށް އެދިވަޑައިގެން ރަސަލަން ފޮނުއްވިއެވެ. މިގޮތަށް އެމަނިކުފާނުގެ ކިޔަމަނުގެ ދަށަށް ވަރަށްގިން ރަސްރަސްކަލުން ވެދެވަޑައިގަތެވެ. އެބޭފުޅުންގެ ތެރޭގައި ޠަބަރިސްތާނުގެ ރަސްގަފާނާއި، ސިންދުގެ ރަސްގަފާނާއި، ފަރްޣާނާގެ ރަސްގަފާނާއި، ސަޖިސްތާނުގެ ރަސްގަފާނާއި، ތުރުކުންގެ ރަސްގެފާނާއި، އިންޑިއާއި ޗައިނާގެ ރަސްރަސްކަލުން ހިމެނިވަޑައިގަންނަވައެވެ.

                އޭގެ ދުވަސްކޮޅެއްފަހުން ބޭޒަންޓައިން ދައުލަތުގެ ތެރޭގައި ތިންބާރެއްގެ މެދުގައި ވަރަށްބޮޑު ދެކޮޅުވެރިކަމެއް ފެށިގެންދިޔައެވެ. އެއީ މަލިކާގެ ބާރާއި، އެކަމަނާގެ ދަރިކަލުންގެ ބާރާއި ލަޝްކަރުގެ ބޮޑެތިމީހުންގެ ބާރެވެ. އެންމެ ފުރަތަމަ މަލިކާގެ ބާރުކެނޑި އެކަމަނާގެ ދަރިކަލުން ޤުސްޠަންޠީން 6 ގެ ނަމުގައި ވެރިކަމަށް އިސްވިއެވެ. އެހެންނަމަވެސް ދެވަނަފަހަރަށް މަލިކާގެ ވެރިކަމަށް އިސްވެވަޑައިގަތެވެ. ކުރިން އިޝާރާތްކުރި ހަނގުރާމަ ހިގާފައިވަނީ އެކަމަނާގެ ވެރިކަމުގައެވެ.

                އެއަށްފަހު ލަޝްކަރުގެ ފަރާތުން ނަޤްފޫރުގެ ވެރިކަމުގައި އެކަމަނާއާއި ދެކޮޅަށް އިންޤިލާބެއް ގެނައުމަށްފަހު އޭނާއަކީ ބޭޒަންޓައިންދައުލަތުގެ އެމްޕަރާކަމުގައި އިޢުލާންކުރިއެވެ. އެއީ ހިޖުރައިން 187 ވަނައަހަރުއެވެ. ބޭޒަންޓައިން ލަޝްކަރުދުށްގޮތުގައި الإمبراطورية البيزنطية ، އިސްލާމީ ލަޝްކަރުގެ ކުރިމަތީގައި ބަލިވުމަށް ދިމާވީ، އަންހެނަކު ވެރިކަމުގައި އިނުމުގެ ސަބަބުންނެވެ. އެހެންކަމުން ނަޤުފޫުރު ހާރޫނުއްރަޝީދަށް ސިޓީއެއްފޮނުވިއެވެ. އޭރު ޚަލީފާކަންވަނީ ހާރޫނުއްރަޝީދުއަށް ލިބިވަޑައިގެންފައެވެ. އެސިޓީގައި ް ނަޤުފޫުރު ލިޔެފައިވެއެވެ.

                '' ރޫމްގެ ރަސްގެފާނު ނަޤުފޫުރު ފަރާތުން ޢަރަބިންގެ ރަސްގެފާނު ހާރޫނަށް، ދެންއެއަށްފަހު ދަންނައެވެ! އެއަންހެންމީހާވަނީ ކަލޭރަސްކަލެއްގެ މަޤާމުގައި ބޭންދުމަށްފަހު އޭނާއަކީ ރާޒުވާކުޅިބައެއްކަމުގައި ވެފައެވެ. ކަލޭކޮންމެހެން ދަންނަންޖެހޭކަމަކީ އަހަރެންނަކީ ރަސްގެފާނުކަމާއި، ކަލެއަކީ އައްރުޚުކަމެވެ. އެއަންހެންމީހާ ކަލެއަށް ދެމުންގެންދިޔަތަކެތި އަނބުރާ ރައްދުކުރާށެވެ.

                އެސިޓީ ކިޔުއްވުމަށްފަހު ޚަލީފާހާރޫނުއްރަޝީދުގެ ކޯފާފުޅުގެ ގަދަކަމުން އެމަނިކުފާނުގެ އަރިހުގައިވާ އެކަކަށްވެސް، އެމަނިކުފާނުގެ މޫނުފުޅަކަށް، ބަލާކަށްނުކުރެނުވެ. އެއަށްފަހު ދަވާދާއި ގަލަން ގެންނެވުމަށްފަހު، އެސިޓީގެ އަނެއްފުށުގައި އޭގެޖަވާބުލިޔުއްވުމަށްފަހު ނަޤްދުރުއް ނަޤުފޫުރަށް ފޮނުއްވިއެވެ.

                އެސިޓީގައި، އެމަނިކުފާނު ލިޔުއްވާފައިވެއެވެ. ޢަބްދުލްހާރޫނު އަމީރުމުއުމިނީންގެ ފަރާތްޕުޅުން ރޫމީންގެ ކުއްތާ ް ނަޤުފޫުރަށް،    ދެން އެއަށްފަހު ދަންނާއެވެ. ކަލޭގެ ސިޓީގައިވާ އެއްޗެއް ތިމަންމަނިކުފާނަށް އޮޅުންފިލާވަޑައިގެންފިއެވެ. ސިޓިގެ ޖަވާބަކީ ކަލެއަށް ދުވަހަކުވެސް އަޑުނީވޭ ، އަދި ކަލެއަށް ފެންނަކަންތަކެވެ. ތެދުމަގަށް ތަބަޢަވެއްޖެމީހަކަށް ސަލާމްހުއްޓެވެ.

    އެއަށްފަހު ޚަލީފާހާރޫނުއްރަޝިދު އެމަނިކުފާނުގެ ޢަދުއްވުންނަށް ޙަމަލާދެއްވުމަށްޓަކައި ވަރަށްބޮޑު ލަޝްކަރަކާއިގެން ވަޑައިގެންފިއެވެ. މިޙަމަލާގެ ނަތީޖާއަކަށްވީ ބޭޒަންޓީނުގެ ހުރިހާ ބާރުތަކެއް އެމަނިކުފާނުގެ ކުރިފުޅުމަތީގައި، ނުކެދުންތެރިވެގެންދިޔުމެވެ. އެއަށްފަހު އިސްލާމި ލަޝްކަރުގޮސް ހިރަޤުލާގެ ކައިރީގައި މަޑުކުރެއްވިއެވެ. މަގުމަތީގައި ދިމާހުރިހާތަނެއް ފަޠަޙަކުރެއްވުމަށްފަހު، އަރަށުގެ ބައެއްތަންތަން ޚަލިފާ ހާރުނުއްރަޝީދު ފަނާކޮށްލެއްވިއެވެ. އެއަށްފަހު ހިރަޤުލާގެ ކިއްލާތަކަށް އަލިފާންއުކާ އެކިއްލާތައް ބިމާހަމަކޮށްލިއެވެ.

                އެހިސާބުންް ނަޤުފޫުރަށް ބޭޒަންޓީނުގެ ލަޝްކަރު ބަލިވުމުގެ ސަބަބަކީ މަލިކާ އިރިނިނޫންކަމާއި، މުސްލިމުންގެ ބާރުގަދަކަމުންކަން އެގިގެންދިޔައެވެ. އަދި އެމީހުން ޖިހާދުކުރާ މަތިވެރި މަޤްޞަދުއެނގޭތީކަންވެސް އެނގުނެވެ. އެއަށްފަހު ނަޤުފޫުރުގެ އެދުމުގެ މަތިން މަލިކާ އިރީނީ ދެއްވަމުންގެންދިޔަ ޖިޒީގެ މައްޗަށް ހާރޫނުއްރަޝީދު އޭނާއާއި ޞުލްޙަވެވަޑައިގަތެވެ. އެހެންނަމަވެސް އެއީ އޭނާ ތައުދުބީރުކުރެއްވުމަށްފަހުއެވެ. ނަޤުފޫރަށް އޭނާގެ ވަޢުދުގެ މަތީގައި ދެމިހުންނެވޭ ގޮތެއްނުވިއެވެ. ހާރޫނުއްރަޝިދު ރޫމީންގެ ބިންދޫކޮށްލެއްވުމަށްފަހު ދަތުރުފެއްޓުމާއިއެކު އޭނާގެ ކޮށްފައިވަ އަހުދުއުވާލިއެވެ. އޭނާ ހީކުރީ ގަދަފިނީގެ އޭނާއާއި ޙަމަލާދޭން ވަޑައިގަންނަވަން ހާރޫނުއްރަޝީދަށް ކެރިވަޑައި ނުގަންނަވާނެކަމަށެވެ. މިއަހުދު އުވާލުންވީ އިސްލާމީލަޝްކަރުގެ ޤާއިދުންނަށް، ވަރަށްބޮޑުކަމަކަށެވެ. އޭގެތެރެއިން އެކަކަށްވެސް ހާރޫނުއްރަޝީދަށް އެވާހަކަ ދަންނަވާކަށެއް ނުކެރުނެވެ. އެމަނިކުފާނުގެ ލަޝްކަރުގެތެރޭގައި ހިމެނޭ ސިފައިންގެ މީހަކުކަމުގައިވާ އަލްޙައްޖާޖު ބިން ޔޫސުފު އަލްތަމީމީ ހާރޫނުއްރަޝީދުގެ އަރިއަހަށް ޅެމެއްގެ ސިފައިގައި އެވާހަކަ ހުށައެޅިއެވެ.

                ނަޤުފޫރު އަހުދު އުވާލިކަން އެނގިވަޑައިގަތުމުން، ހާރޫނުއްރަޝީދު ވަގުތުން ރޫމިންގެ ރަށަށް ދަތުރުކުރައްވައި ހިރަޤުލާ ފަޠަޙަކުރެއްވިއެވެ. އެއަށްފަހު ނަޤުފޫރާއި އޭނާގެ ސިފައިންނާއި އެމީހުންގެ ހަނގުރާމައިގެ ހަތިޔާރުންވެސް އެމަނިކުފާނު ޖިޒީ އަތުލެއްވިއެވެ. އެޖިޒީގެ މިންވަރަކީ ހަތްދިހަހާހެވެ.


     


     


     

    ޢާމޫރިއްޔާ:

            އެމްޕަރަމިޚާއިލ،ްދޭއް ވެރިކަންކުރި ދުވަސްވަރަކީ ޚަލީފާ މައުމޫނުވެސް ވެރިކަންކުރެއްވި ދުވަސްވަރެވެ. މިދެބޭފުޅުންވެސްވަނީ ދާޚިލީގޮތުން ވަރަށްބޮޑު ފިއްތުންތަކަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. އަދި ކޮންމެބޭފުޅެއްގެ މޫނުފުޅުމަތީންވެސް މިހަމަނުޖެހުމުގެ ކުލަތައްފެނެއެވެ. ޚަލީފާމައުމޫނާއި ދެކޮޅަށް ޙަރަކާތްތެރިވަމުން ދިޔައީ ބާބެކު އަލްޚަރަމީ އެވެ. މިޚާއިލާއި ދެކޮޅަށް ހަރަކާތްތެރިވަމުންދިޔައީ ތޯމާސް ޞްޤަލްބީއެވެ. ބާބެކުއައްޚަރަމީއަކީ އައްޚަރުމިއްޔާގެ ޒަޢީމް އަދި އެމީހުންގެ އެންމެބޮޑު ރައީސެވެ. މިއީ ފާރިސީބައެކެވެ.

            ތޯމަސްޞްޤަލްބީއަކީ އަރުމީނިޔާދަރިކޮޅުގެ މީހެކެވެ. މިމަނިކުފާނުގެ ދައުލަތުގައި ފެތުރިފައިވާ ފިތުނަފަސާދައިގެ ސަބަބުން އެމަނިކުފާނާއި އިދިކޮޅު ޙަރަކާތްތައްފެއްޓގެންދިޔަިއެވެ. އަދި މިކަމުގައި ދީނީ އިޖްތިމާޢި ޙާލަތު ގޯސްވުންވެސް ހިމެނެއެވެ. މިއިދިކޮޅު ދެޙަރަކާތްވެސް ދިޔައީ ބާރުގަދަވަމުންނެވެ. ޚަލީފާމައުމޫން ތޯމަސްގެ އެޙަރަކާތަށް ތާއީދުކުރައްވައި އޭނާއަށް މަދަދު ފޯރުއްވަމުން ގެންދެވިއެވެ. ހަމައެފަދައިން މިޚައީލްއާއި ޘިޔޯފީލް ވެސް ދިޔައީ ބާބެކުއައްޚަރަމީ އަށް އެހީފޯރުވަމުންނެވެ. ނަމަވެސް މިޚައީލް ވަރަށްބުރަ މަސައްކަކަތަކަށްފަހު ތޯމަސްގެ އިދިކޮޅު ޙަރަކާތްތައް ހުއްޓުވިއެވެ. އެއީ ޚަލީފާމައުމޫން އެމަނިކުފާނުގެ ރަށުގައި އުފެދިފައިވާ ދެކޮޅުވެރި ޙަރަކާތްތައް ހުއްޓުވުމުގެ ކުރިންނެވެ. އަލްމައުމޫން އަވަހާރަވީ ބާބެކު އަލްޚަރަމީގެ ބާރު ުވަރަށްބޮޑަށް ބަލިކަށިވެފައިވަނިކޮށެވެ. އަލްމައުމޫން އެމަނިކުފާނުގެ އަޚުް މުއުތަސިމްއަށް ވަޞިއްޔަތް ކުރައްވާފައިވަނި ބާބެކު އަލްޚަރަމީ ގެ ބާރުކަނޑުވާލެއްވުމަށެވެ.

            ޚަލީފާމުއުތަސިމް އެމަނިކުފާނުގެ ތުރުކީ ޤާއިދު އަފުޝީންގެ ވެރިކަމުގެދަށުގައި ވަރަށް ވަރުގަދަ ޙަމަލާއެއް ދެއްވިއެވެ. ބާބެކު އަލްޚަރަމީ އަށް ދުނިޔެ ދަތިވުން އަލްމަބްރާޠޫރުު ޘިިޔޯފީލް ބިން މިޚާއީލްއަށް އިސްލާމީލަޝްކަރު އޭނާ ވަށައިލިކަން އެންގިއެވެ. އަދި މުސްލިމުރަށްތަކާއި ޙަމަލާދިނުމަށް ޘިޔޯފީލަށް ް ހިތްވަރުދިނެވެ. އެއީ އިސްލާމީލަޝްކަރު އޭނާއާއި ހަނގުރާމަ ކުރުމާއިގެން މަޝްޣޫލުވެފައިވާތީއެއެވެ. ބާބެކު އަލްޚަރަމީގެ އެގޮވާލުމަށް ޘިޔޯފީލް އިޖާބަދިނެވެ. އެކަމުން އޭނާ ބޭނުންވަނީ ދެމަޤްޞަދެއް ޙާޞިލުކުރުމަށެވެ. ފުރަތަމަކަމަކީ އޭނާގެ އެކުވެރިޔާއަށް ކުރިމަތިވެފައިވާ ޕްރެޝަރު ކުޑަކޮށްދިނުމެވެ. އަދި މުސްލިމުންގެ ކިބައިން ބަދަލުހިފުމެވެ. ނަމަވެސް ޚަލީފާމުއުތަސިމް ބޭޒަންޓައިންގެ ކެރިއަރައިގަތުން އެމީން ރަށާއި ހަމައިގައި ތަޙައްމަލުކުރައްވަމުންގެނަދެވައި ބާބެކުއަލްޚަރަމީގެ މައްޗަށް އެމަނިކުފާނަށް ކާމިޔާބުލިބިވަޑައިގަންނަވަންދެން ހުންނެވިއެވެ. އެއަށްފަހު އެލަޝްކަރު ވިއްސިވިހާލިކުރައްވައި ބާބެކުއަލްޚަރަމީ ޤަތުލުކޮށްލެއްވިއެވެ.

                ޘިޔޯފީލްއޭނާގެ ޙަމަލާގެ ޓާގެޓަކީ ޒައިޠަރާކަމުގައިހެދިއެވެ. އެކަމާބެހޭގޮތުން އިބްނުލްއަޘީރު ބަޔާންކުރައްވާފައިވެއެވެ. އެރަށުގައި ތިބި ފިރިހެނުން ޤަތުލުކޮށް އަންހެނުންނާއި ކުޑަކުދިން އަޅުވެތިކުރިއެވެ. އެއަށްފަހު މަލްޠީޔާއާއި އެނޫންވެސް އިސްލާމީކިއްލާތަކަށް އޭނާ ޙަމަލާދިނެވެ. އެތަންތަނުން އޭނާގެ އަތުގައި ޖެހުނު މުސްލިމުން ކަތިލައި ލޯކޮނެ، ނޭފަތާއި ކަންފަތްކަނޑައިހެދިއެވެ. އޭނާ އަތުލައިގެން އަސީރުކުރި އަންހެނުންގެތެރޭގައި ހާޝިމުވަންހައިގެ އަންހެނަކުވިއެވެ. ދަތިކަމާއި އަނިޔާވެރިކަމުގެ ސަބަބުން އެއަންހެންމީހާ '' وامعتصماه'' މިހެންކިޔައި ހަޅޭއްލަވައިގަތެވެ. އެތަނުގައި ތިބިބަޔަކު ޞައިޙާގެ އަޑު މުއުތަސިމްއާއި ހަމައަށް ފޯރުވިއެވެ. އޭރު އެމަނިކުފާނުވަނީ ބާބެކު އަލްޚަރަމީގެކަންތަކުން ނިމިވަޑައިގެންފައެވެ. އެސައިޙާގެ ޖަވާބުގައި މުއުތަސިމް ވިދާޅުވިއެވެ. '' لبيك يا أماه '' އެއަށްފަހު މުއުތަސިމް ސުވާލުކުރެއްވިއެވެ. ރޫމީންގެ ރަށްތަކުގެ ތެރެއިން އެންމެރައްކާތެރި އެންމެ ވަރުގަދަ ރަށަކީ ކޮބައިހެއްޔެވެ؟ އެސުވާލުގެ ޖަވާބުގައި އެމަނިކުފާނަށް ދެންނެވުނެވެ. އެއީ އަމޫރއްިޔާއެވެ. އިސްލާމްދީން އައުމަށްފަހު އެކަކުވެސް އެރަށަކަށް ހުށަހޮޅިއެއްނުގަނެއެވެ. އެއީ ނަޞާރާއިންގެ ލޮލެވެ. އެރަށް ޤުސްޠަންޠީނިޔާއަށްވުރެވެސް އެމީހުންގާތުގައި މާްމަތިވެރިއެވެ. ޘިޔޯފީލްއުފަންވީ އެރަށުގައެއެވެ.

    މުއުތަސިމްގެ އޭގެކުރިން ޚަލީފާއަކު ތައްޔާރު ނުކުރައްވާވަރުގެ ބޮޑުލަޝްކަރެއް ތައްޔާރުކުރެއްވުމަށްފަހު، އެމަނިކުފާނުގެ އަރިހުގައިވާ އެންމެ ކުޅަދާނަ ޤާއިދުންނާއިއެކު، ޙަމަލާގެ ވެރިއަކަށް ހުންނަވައި ނިކުމެވަޑައިގަތީ ހިޖުރައިން 223 ވަނައަހަރުއެވެ. އެވަރުގަދަ ފަރުބަދައެއްފަދަ ލަޝްކަރގެ ކުރިމަތީގައި އަމޫރިޔާ ވެއްޓި ބިމާހަމަވެގެންދިޔައެވެ. މުއުތަސިމް މުސްލިމުއަންހެނުންނާއި ފިރިހެނުންގެ ލޭގެ ބަދަލުހިއްޕެވިއެވެ.

            ޢައްބާސީދައުލްތުގެ ދެވަނަފަތުރާގައި ހަމަނުޖެހުމާއި ފިތުނަފަސާދަ ބޮޑުވެގެން ދިޔުމުގެ ސަބަބުން އެފުރުޞަތުގެ ބޭނުންހިފައި ބޭޒަންޓައިންދައުލަތުގެ ފަރާތުން، ޢައްބާސީ ދައުލަތުގެ ސަރަޙައްދުތަކަށް ޙަމަލާދިނުމަށް ރަނުގެ ފުރުޞަތެއްކަމުގައިދެކެއެފުރުޞަތު ބޭނުންހިފައި ހިޖުރައިން 238 ވަނައަހަރު މިޞްރުގެ އައްސޭރިފަށައް ޙަމަލާދިނެވެ. އެއަށްފަހު ދިމްޔާތާއި ތަނީސް އަތުލައިގަތެވެ. ޚަލީފާ މުތައްވަކިލުގެ ފަރާތުން މިޞްރުގެ ކަަންތައް ބެލެހެއްޓެވުމަށް ހުންނެވި ޢައްބަސާ ބިން އިސްޙާޤަށް ( 238-242 ) އެމީހުންގެ ބާރުކަނޑުވާލެވޭ ގޮތެއްނުވިއެވެ. ނުވަތަ އަންހެނުންނާއި ކުޑަކުދިންނާއި މުދާފޭރިގަތުން ހުއްޓުވޭގޮތެއްނުވިއެވެ.

                ހަމައެފަދައިން ޚަލީފާމުތަވައްކިލުގެ ޒަމާނުގައި ރޫމީން މަދީނާތު ޢައިނުޒުރުބާއަށް ޙަމަލާދިނެވެ. އަދި އެރަށުގައި ތިބި الزط ގެ މީހުން އަސީރުންގެގޮތުގައި ހައްޔަރުކުރިއެވެ. ހަމައެއަހަރު މިޟޭލް3 ( 228-253/824-867 ) ވެރިކަމުގައި މުސްލިމު ުއަސީރުންނާއި ރޫމިއަސީރުންނާއި ބަދަލުކުރެވުނެވެ. މުސްލިމުންގެ އަސީރުންގެ ޢަދަދަކީ ވިހިހާހެވެ. ރޫމީންގެ ފަރާތުން އެމީހުންނަށް ދިޔައީ ހުރިހާވައްތަރެއްގެ ޢަޒާބެއް ލިބެމުންނެވެ. މިއަނިޔާގެ ސަބަބުން މަޖުބޫރުވެގެން ވަރަށްގިނަ މީހުން މަޞީޙީދީނަށް ވަންނަންޖެހުނެވެ. ބުނެވޭގޮތުގައި މަލިކާތިޔޮދޯރާ މުސްލިމު އަސީރުންނަށް މުރުތައްދުވުމަށް ހުށައެޅިއެވެ. އަދި މުސްލިމުންގެ ތެރެއިން ބަޔަކު ނަޞާރާދީން ޤަބޫލުކުރިއެވެ. އެމީހުންގެ ޢަދަދު ހަތްހާހަށް އަރައިގެންގޮސްފައިވެއެވެ. އަނެއްބަޔަކު އެކަމަށް އިންކާރުކުރުމުން އޭގެތެރެއިން ބާރަހާސް މީހުންޤަތުލުކުރިއެވެ. އަސީިރުންގެތެރެއިން ބާކިތިބީ ގާތްގަނޑަކަށް ނުވަސަތޭކަ އަންހެނުންނާއި ފިރިހެނުންނެވެ.

            ބޭޒަންޓައިންދައުލަތުން އިރާޤުގެ އުތުރުފަރާތުގެ ސަރަޙައްދަށްވެސް ޙަމަލާދިނެވެ. އެޙަމަލާގައި އެމީހުން މުސްލިމުންގެ ތެރެއިން ގާތްގަނޑަކަށް ދިހަހާސް މީހުން އަސީރުންގެ ގޮތުގައި ހައްޔަރުކުރިއެވެ. ނަމަވެސް ޚަލީފާއަލްމުތަވައްކިލު ބޭޒަންޓައިނުންގެ ކިބައިން އެކަމުގެ ބަދަލުހިއްޕެވިއެވެ. މޮނިޓަރ އޭޝިޔާގައި އެމީހުންގެ ބައެއްރަށްތައް އެމަނިކުފާނުގެ ބާރުގެ ދަށަށްގެންނެވިއެވެ. ހަމައެފަދައިން މުސްލިމުން ހިޖުރައިން 245 ވަނައަހަރު ޢަލީބިން ޔަޙްޔާ އަރުމަނީގެ ވެރިކަމުގައި ރޫމީންގެ ބަޠާރިޤަކު ހައްޔަރުކުރިއެވެ. އަދި މަދީނާގެ ލުއުލުއާ އަތުލައިގަތެވެ.

            ހިޖުރައިން ( 256- 279 ) ވަނައަހަރު ޚަލީފާކަމަށް އަލްމުޢުތަމަދު ޙަވާލުވެވަޑައިގަތުމާގުޅިގެން ޢައްބާސީދައުލަތުގެ އަލްޖަޒިރާ އާއި ޢިރާޤު ގެ ސަރަޙައްދު ރޫޅިގެންދިޔައެވެ. އަދި މުސްލިމުންނާއި ރޫމީންގެ ދެކޮޅުވެރިކަން އަލުންފެށިގެންދިޔައެވެ. އެއީ ރޫމީން ޢައްބާސީދައުލަތުގެ ސަރަހައްދާ ތޮޅެންފެއްޓުމުންނެވެ. އެދުވަސްވަރު ބޭޒަންޓައިން ދައުލަތުގެ ވެރިކަމަށް ބާސިލް1 (23-273/767-786 ) އިސްވުމާއިގުޅިގެން އެމީހުންގެތެރޭގައި އަމަންއަމާންކަން ޤާއިމުވުމުގެ ސަބަބުން މުސްލިމުބައެއް އަމީރުންގެ މައްޗަށް ކާމިޔާބުވެސްހޯދިއެވެ. އެކަމަށް އެމީހުންނަށް އެހީތެރިވެދިނީ ޚަލީފާއިންގެ ބާރުދަށްވުމާއި، ލަޝްކަރުތަކުގެވެރިން ޚަލީފާގެ މައްޗަށް ބާރުފޯރުވުމާއިއެކު، ސިފައިންގެ އިންޤިލާބުގެ ސަބަބުންނެވެ.

المتابعون