28‏/10‏/2009

ޢުޘްމާން ބިން އައްފާން

މުސްލިމުންގެ ތިންވަނަ ޚަލީފާ ޢުޘްމާން ބިން އައްފާން

ޢައްފާން

ބައްޕާފުޅުގެ ނަން

ޢުޘްމާން ބިން ޢައްފާން

ނަން

އުރުވާނބިންތި ކުރައިޛް

މަންމާފުޅުގެ ނަން

ޒުލްނުރައިންގެ

ލަޤަބު

އަބުލްއާސް

ބައްޕާފުޅު ފަރާތުގެ ކާފަ

 

ކުންޔާ

 

މަންމާފުޅުފަރަތުކާފަ

އުމަވީދަރިކޮޅު

ދަރިކޮޅު

ޢާއިލީ ގޮތުން ކީރިތިރަސޫލާ އާއި ގާތްކަން: އުޘްމާނުގެ ފާނުގެ މައިކަނބަލުންނަކީ ކީރިތިރަސޫލާގެ ބޮޑުދައިތާފުޅެއް ކަމުގައިވާ އަލްބައިޟާގެ ދަރިކަނބަލުން އުރުވާބިނތި ކުރައިޛްއެވެ. ވުމާއިއެކު ޢުޘްމާނުގެފާނަކީ އެކަލޭގެ ފާނުގެ މަންމަ ފަރާތްޕުޅުންނާއި ބައްޕަ ފަރާތްޕުޅުން ކީރިތިރަސޫލާއާއި ވަރަށް ތިމާގެ ބެފުޅެކެވެ.

ދުނިޔޭގެ އަލިކަން ދެކިވަޑައިގަތުން: (ކީރިތި ރަސޫލާ އަށްވުރެ 6 އަހަރުފަހުންނެވެ.މީލާދީ ގޮތުން؛ 576 )

ވިޔަފާރި

ދިރިއުޅުއްވުމަށް ކުރެއވެވި މަސއްކަތްޕުޅު

މައްކާ

ރަށް

  

ހިޖުރައިން 35 ޒުލްހައްޖު 18

އަހަރު


 

ކީރިތި ރަސޫލާ ދުނިޔޭގައި ހުންނަވައި ސުވަރުގެ ލިބޭނެކަން ހަމަކުރެއްވެވި 10 ބޭކަލުންގެ ތެރެއިން އެއްބޭކަލެއް.

ދެހިޖުރާގައި ބައިވެރިވެ ވަޑައިގަތެވެ. ހަބުޝްކަރައާއި މައްކާއާއި މަދީނާއަށް ކުރެއްވެވި ހިޖުރަ

މުހިންމު ސިފަފުޅުތައް:

ހަށިގަނޑުގެ ސިފަފުޅުތަކާއި އެއްވަރަށް އިސްލާމީ އަޚުލާޤުގެ ރިވެތިމިޘާލެއްކަމުގައި ބެލެވެއެވެ. ލަދުވެތިކަމާއި އިއްފަތްތެރިކަން، މަޑުމައިތިރިކަމައި ދީލަތިކަން މިހިރީ ފާހަނގަ ކުރެވޭ ކަންކަމެވެ.

އެކަލޭގެ ފާނުގެ ދީލަތިފުޅުކަމުގެ ސަބަބުން މުސްލިމުންނަށް ލިބިލެއްވި ބައެއް ކަންތައްތައް .

1 – މުސްލިމުން މަދީނާއަށް ހިޖުރަކުރުމަށްފަ ފެން ބޯނެ ވަޅެއް ނެތުމާއިއެކު، ޔަހޫދީން ފެންވިއްކާ ވަޅެއް ޢުޘްމާންގެފާނު ބައްލަވައިގެން މުސްލިމުންނަށް ވަޤްފުކުރެއްވިއެވެ.

2 – ތަބޫކު ހަނގުރާމައަށް މުސްލިމުން ނުކުތްހިންދު ތިރީސްހާސް މީހުން ހިމެނޭ ބޮޑު ލަޝްކަރުގެ 3/1 ޚަރަދު ޢުޘްމާނުގެފާނު އަމިއްލަފުޅު ތަކެތީން ފުރިހަމަ ކޮށްދެއްވިއެވެ،

އިސްލާމްވެ ވަޑައިގަތުން:

- ޢުޘްމާނުގެ ފާނު ހިމެނިވަޑައިގެންވަނީ ޢަބޫބަކުރުގެ ފާނުގެ މަސައްކަތްޕުޅުން އިސްލާމީ ހިޔާވަހިކަމުގެ ދަށަށް ވަޑައިގެންނެވި އެތަކެއްބޭ ފުޅުންގެ ތެރެއިން އެއްބޭފުޅެއް ކަމުގައެވެ.

- ޢުޘްމާނުގެފާނު ވިދާޅުވާ ގޮތުގައި އެއްދުވަހަކު އެކަލޭގެފާނާއި މުޚާތަބު ކުރަށްވައި ކީރިތިރަސޫލާ ވިދާޅުވިއެވެ. " އޭ ޢުޘްމާނެވެ. ﷲގެ ސުވަރުގެ ލިބިގަންނާށެވެ! ތިމަންކަލޭގެ ފާނަކީ، ކަލޭގެފާނާއި އަދި އެންމެންގެ ގާތަށް ފޮނުއްވުނު ރަސޫލަކީމެވެ'. ޢުޘްމަނުގެފާނު ބަޔާންކުރައވަގޮތުގައި އެބަސްފުޅުގެ ޢަޘަރު ކޮށް އިސްލާމްވެ ވަޑައިގަތީއެވެ.

- ބައެއް ޢިލްމުވެރީންވިދާޅުވާ ގޮތުގައި 5 ވަނައަށް އިސްލާމް ދީން ޤަބޫލް ކުރެއްވެވި ބޭފުޅަކީ ޢުޘްމާންގެފަނެވެ.

ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި ދީނަށްޓަކައި ކުރެއްވެވި މުހިންމު ކަންތައްތައް:

- އިސްލާމްވެ ވަޑައި ގަތުމަށްފަހު ދީނަށްޓަކައި މުދަލުން ކުރެއްވެވި ގިނަގުނަ ހޭދައިގެ އިތުރުރަށް ހަށިގަނޑާއި ފުރާނަފުޅަށް ޤުރުބާންވެ ވަޑައިގަތުމަށްވެސް ޖެހިލުންވެ ވަޑައި ނުގަންނަވައެވެ.

- ބަދުރު ހަނގުރާމަ ފިޔަވައި ކީރިތި ރަސޫލާ ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ހަނގުރާމައެއްގައި ޢުޘްމާނުގެފާނު ބައިވެރިވެ ވަޑައިގަތެވެ. – ކީރިތި ޤުރުޢާން ބާވައި ލެއްވެމުން ދިޔަދުވަސްވަރު ، ކީރިތި ރަސޫލާއަށް ވަޙީ ލިޔުއްވައި ދެއްވުމުގެ އަމާނާތްތެރި އަދި ބުރަ މަސްއޫލިއްޔަތު އުފުއްލެވިއެވެ.

- ހުދައިބިއްޔަގެ އެގްރިމެންޓް ކުރެވުނު އަހަރު ކީރިތިރަސޫލާ މައްކާއަށް ވެދެވަޑައިގަތުމައި މެދު މުޝްރިކުން ދެކޮޅުހެދިމައްސަލާގައި ކީރިތި ރަސޫލާގެ ސަފީރެއްގެ ގޮތުން މައްކާއަށް ވަޑައިގަތުމުގެ ޝަރަފު ޢުޘްމާނުގެ ފާނަށް ލިބިވަޑައިގެންނެވިއެވެ.

ޚަލީފާ ކަން ލިބިވަޑައިގަތުން:

* ހިޖުރައިން 23 ވަނައަހަރު ޒުލްޙައްޖަމަހުގެ 29 ވީ ހޯމަދުވަހުއެވެ.

* ރަސްމީގޮތުން ހަވަލުވެ ވަޑައިގަތީ އެއިގެ 1 ދުވަސްފަހުން ހިޖުރައިން 24 ވަނަ އަހަރު މުހައްރަމް މަހު 1 ވީ އަންގާރަ ދުވަހުއެވެ.

* މީލާދީ ގޮތުން 644 ވަނަ އަހަރު ނޮވެމްބަރ މަހުގެ 7 ވަނަ ދުވަހުއެވެ.

* އުމުރު ފުޅަކީ 70 އަހަރެވެ.

ޚަލީފާ ކަމުގެ ދުވަސްވަރު އިސްލާމީ ޖިހާދު އަދި މުހިންމު ޚިދުމަތްތައް:

* ހިޖުރައިން 25 ވަނަ އަހަރު އަރުމީނިޔާ އާއި އާޒަރު ބައިޖާނުގައި ހިނގި ބަޣާވާތް ހަމަޖެއްސުމަށް ކުރެވުނު ހަނގުރަމާގައި އެސަރަހައްދުގެ ވަރަށް ގިނަ ރަށްތަށް ފަތަޙަވިއެވެ.

* ހިޖުރައިން 27 ވަނައަހަރު ޠުރާބުލިސް ފަޠަޙަވިއެވެ. އެއަށްފަހު ޠޫނިސް، މުރާކިޝް އަދި ޖަޒާއިރު ފަޠަހަވިއެވެ.

* ހިޖުރައިން 27 ވަނައަހަރު މުޢާވިއަތުގެ ފާނުގެ ވެރިކަމުގެ ދަށުން މުސްލިމުން ސައިޕުރަސް އަށްހަމަލަ ދިނެވެ.

* ހިޖުރައިން 30 ވަނަ އަހަރު ޠަބުރުސްތާނުގައި ކުރި ބަޣާވާތެއް ހަމޖެއްސުމުގެ ތެރޭގައި މުޅި ސަރަހަށްދު ފަތަޙަވިއެވެ.

* ހިޖުރައިން 31 ވަނައަހަރު 600 ހަނގުރާމަވެރި ނަވުގައި ޝާމްކަރައިގެ ގޮޑުދޮށު ރަށްތަކަށް ޙަމަލާދިނެވެ. ނަމަވެސް މުއާވިޔަތުގެފާނައި އަބުދުﷲ ބުން ޢަބީޞަރަޙަ އެބައިމީހުންނާއި ހަނގުރާމަކުރައްވައި ބަލިކުރެއްވިއެވެ.

* ފުރަތަމަފަހަރަށް އިސްލާމީ ކަނޑުގެ ލަޝްކަރު އުފެއްދެވިއެވެ.

* ސަރުކާރުގެ ޚަޒާނާ މަތިވެރިވެ، މީސްތަކުންގެ މުސަރަ ބޮޑު ކޮށްދެއްވުމުގެ އިތުރުން ސަރުކާރުގެ އޮފީސް ޢިމާރާތްތަކާއި، މަގުތައް، ފާލަންތަކާއި މުސާފިރު ޚާޏާތައް ބިނާކުރައްވައި ފެންވަޅުތައް ތައްޠާރު ކުރެއްވެވިއވެ.

* ހިޖުރައިން 26 ވަނައަހަރު ކަޢުބަތުﷲގެފުޅު ވަށައިގެންވާ އެތަކެއް ގޭގެ ބައްލަވައިގެން އަލްމަސްޖިދުލް ޙަރާމް ބޮޑުކުރެއްވިއެވެ.

* ހިޖުރައިން 29 ވަނައަހަރު އަލްމަސްޖިދުންނަބަވީ ބާވެ އަދި ތަންދަތި ވުމުގެ ސަބަބުން އަލުން ޢާކުރައްވައި ބިނާކުރެއްވެވިއެވެ. މިގޮތުން ކުރިއަށްވުރެ 20 ގަޒު ދިގުމިނަށް 30 ގަޒު ފުޅާމިނަށް އިތުރުކުރިއެވެ.

* ޢަބޫބަކުރުގެފާނު އެއްކުރައްވައި ޖަމުޢުކުރައްވާފައިވާ މުޞްޙަފުން އެތައް ކޮޕީތަކެއް ލިޔުއްވައި، އިސްލާމީ ދުނިޔޭގެ ބޮޑެތި ރަށްރަށަށް ހިޖުރައިން 24 ވަނައަހަރު އެކޮޕީތައް ބެއްސެވިއެވެ.

ޝަޙިދުވުން:

* މުޝްރިކުން އެކަލޭގެފާނު ގެކޮޅުން ނުކުމެވަޑައިގަތަނުދީ 40 ދުވަސް ބަންދުކޮށްގެން ހިފެހެއްޓިއެވެ.

* މުޝްރިކުން (ދެކޮޅުވެރިން) އެކަލޭގެފާނުގެ ގެއަށްވަދެ ވަރަށް އިޙާނެތި ގޮތުގައި އެކަލޭގެފާނު ޝަހީދު ކުރިއެވެ.

* މިހިތާމަވެރި ހާދިޘާ ހިނގީ ހިޖުރައިން 35 ވަނައަހަރު ޒުލްހައްޖަމަހު 18 ވީ ހުކުރު ދުވަހުއެވެ.

* އުމުރުފުޅަކީ 82 އަހަރު ފުޅެވެ.

* ޚަލީފާ ކަން ކުރެއްވީ 11 އަހަރާއި 11 މަހާއި 18 ނުވަތަ 19 ދުވަހުއެވެ.

* ފަސްދާނު ލެވުނީ މަދީނާގެ ޤަބުރުސްތާން ޖަންނަތުލް ބަޤީޢުގައެވެ.

ليست هناك تعليقات:

إرسال تعليق

المتابعون